Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުން

މަސްތުވާތަކެތި ގެންގުޅެ، ޖުވާކުޅޭ ކަމުގެ ތުހުމަތުގައި 38 ބިދޭސީން ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާއި ޖުވާކުޅުމުގެ މައްސަލައެއްގައި ބަންގްލަދޭޝްގެ 38 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ޑީޕޯޓްކުރުމަށްޓަކައި މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ. މީގެ އިތުރުން، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާގެ ދެމަފިރިއަކު ހައްޔަރުކޮށް، މުޖުތަމައުގެ ސަލާމަތަށްޓަކައި އެމީހުންގެ ބަންދަށް ކޯޓުން ވަނީ 30 ދުވަސް ޖަހާފަ. މި ދެމަފިރިންގެ ލަގެޖުން މަސްތުވާތަކެތި ފެނިފައިވާތީ، އެމީހުންގެ މައްޗަށް ޓްރެފިކްކުރުމުގެ ތުހުމަތު ފުލުހުން ކުރޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 17 އެޕްރީލު 2026 | ހުކުރު 18:28
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން

ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން | ރާއްޖެއެމްވީ

މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ބޭނުންކުރުމުގެ އިތުރުން، ޖުވާކުޅުންފަދަ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. 

ފުލުހުން ބުނީ މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މިފަދަ ކަންކަން ހިންގާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، 2026 އޭޕްރީލް 16 ވަނަ ދުވަހު އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. 

މި މައްސަލައާ ގުޅިގެން، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ޖުމްލަ 38 ފިރިހެނުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެމީހުން، އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ޑީޕޯޓްކުރުމަށް ޓަކައި، މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. 

މިފަދަ މައްސަލަތަކުގައި ބިދޭސީން ހައްޔަރު ކޮށް ޑީޕޯޓް ކުރެވޭ މިންވަރު އިތުރުވެފައިވާއިރު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާގެ ދެމަފިރިއަކު ބުރާސްފަތި ދުވަހު ހައްޔަރުކޮށް ބަންދު ކޮށްފައި ވެ އެވެ. 

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކޮށް ބަންދު ކުރި އިންޑިއާގެ ދެމަފިރިން ކަމަށްވާ ކްރިސް އެމްބްރޯސިޔާ (27އ) އަދި އިމްރާން ޕާޝާ (33އ) ގެ މައްޗަށް ކުރަނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި ސްމަގަލްކޮށް ވިޔަފާރިކޮށް ޓްރެފިކްކުރުމުގެ ތުހުމަތެވެ. ދެމީހުންގެ ބަންދަށް ވެސް ދީފައިވަނީ 30 ދުވަހެވެ. 

ބަންދު އަމުރުގައި ބުނެފައި ވަނީ މި ދެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ. މައްސަލައިގައި ފެނިފައިވާ ލަގެޖުން މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނުނުކަމާމެދު ދިފާޢުން ސުވާލު އުފައްދާފައި ނުވެއެވެ. އަދި މި މައްސަލައިގައި އިމްރާން ގެނައި ލަގެޖުގައި މަސްތުވާތަކެތި ހުރިކަން އެނގެ އެވެ. އަދި މި ދެމީހުންނާ ގުޅޭ ގޮތުން ފުލުހުންގެ ފަރާތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް ފޯމާއި ސީންއަށްދިޔަ ފުލުހެއްގެ ބަޔާނާއި ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓް ހެކީގެ ގޮތުގައި ހުށަހަޅައިފައިވެ އެވެ.

ބަންދުގައި ބަހައްޓަން ޖެހޭ ހާލަތެއްގެ ގޮތުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއާތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ އާއި، 60 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެ ދެމީހުން ބަންދުން ދޫކޮށްލައިފި ނަމަ ފިލާފާނެކަމުގެ އިޙްތިމާލު އޮތުމުންނާއި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަންދުގައި ބައިތިއްބަން ޖެހޭކަމަށް ދެކޭ ކަމަށެވެ. 

އިމިގްރޭޝަންމަސްތުވާތަކެތިމޯލްޑިވްސް ޕޮލިސް ސަރވިސްބިދޭސީން ޑީޕޯޓްކުރުން

އިތުރަށް ކިޔާލަން

17 އެޕްރީލު 2026

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާ ދެމަފިރިއަކު ހައްޔަރުކޮށް ބަންދުކޮށްފި

17 އެޕްރީލު 2026
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާ ދެމަފިރިއަކު ހައްޔަރުކޮށް ބަންދުކޮށްފި
17 އެޕްރީލު 2026

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރާ މަސައްކަތް ހުއްޓާލަން ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ގިނަ ޖަމްއިއްޔާތަކަކުން މުއިއްޒު ސަރުކާރަށް ގޮވާލައިފި

17 އެޕްރީލު 2026
ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރާ މަސައްކަތް ހުއްޓާލަން ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ގިނަ ޖަމްއިއްޔާތަކަކުން މުއިއްޒު ސަރުކާރަށް ގޮވާލައިފި
16 އެޕްރީލު 2026

ކޫއްޑޫ ކައިރިއަށް ފީނަންގޮސް އުޅުނިކޮށް މިޔަރެއް ހަމަލާދީ ޒަހަމްވި ސްޕެއިންގެ ފަތުރުވެެރިޔާގެ އެއް ފައި ބުރިކޮށްލައިފި

16 އެޕްރީލު 2026
ކޫއްޑޫ ކައިރިއަށް ފީނަންގޮސް އުޅުނިކޮށް މިޔަރެއް ހަމަލާދީ ޒަހަމްވި ސްޕެއިންގެ ފަތުރުވެެރިޔާގެ އެއް ފައި ބުރިކޮށްލައިފި
10 އެޕްރީލު 2026

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ޒުވާނެއްގެ މައްޗަށް ސާބިތުވެ، 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

10 އެޕްރީލު 2026
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ޒުވާނެއްގެ މައްޗަށް ސާބިތުވެ، 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
09 އެޕްރީލު 2026

އިމާރާތެއްގެ 10 ވަނަ ފަންގިފިލާ އިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް މީހަކު ވެއްޓިއްޖެ

09 އެޕްރީލު 2026
އިމާރާތެއްގެ 10 ވަނަ ފަންގިފިލާ އިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް މީހަކު ވެއްޓިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު