Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުސިމްޑީ ޓެކް

ވޯލްޑްކަޕް ގެ ފައިނަލާ ދިމާކޮށް، ސިމްޑީގެ ޚާއްސަ ޕްރޮމޯޝަނަކާއި "ޕްރެޑިކްޓް އެންޑް ވިން" ސޯޝަލް މީޑިއާ މުބާރާތެއް!

ސިމްޑީ ޓެކުން ކުރިއަށްގެންދާ "ޕްރެޑިކްޓް އެންޑް ވިން" މުބާރާތުގައި މެޗުތަކުގެ ނަތީޖާ ދިމާކޮށްގެން ލެނޯވޯ އައިޑިއާޕެޑް ލެޕްޓޮޕެއް ހޯދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ. މީގެ އިތުރުން، މި ޕްރޮމޯޝަންގެ ދަށުން ލެނޯވޯ ބްރޭންޑުގެ ލެޕްޓޮޕްތަކާއި އެކްސެސަރީޒްތަކުން ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ އިންތިޒާމު އެ ކުންފުނީގެ ޝޯރޫމްތަކުގައި ވަނީ ހަމަޖައްސާފަ. މި ހަރަކާތަކީ ކިޔަވާ ކުދިންނާއި އޮފީސް މަސައްކަތްތަކަށް ބޭނުންވާ ފެންވަރު ރަނގަޅު އުފެއްދުންތައް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ހިންގާ ކެމްޕޭނެއް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 7 ޖުލައި 2026 | އަންގާރަ 09:35
މި ކެމްޕޭނުގެ ދަށުން ކުރިއަށްގެންދާ "ޕްރެޑިކްޓް އެންޑް ވިން" މުބާރާތުގައި ބައިވެރިވެގެން މެޗުތަކުގެ ނަތީޖާ ދިމާކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް ލެނޯވޯ އައިޑިއާޕެޑް 5 ޓޫ-އިން-ވަން (14 އިންޗި) ލެޕްޓޮޕެއް ލިބޭނެ

މި ކެމްޕޭނުގެ ދަށުން ކުރިއަށްގެންދާ "ޕްރެޑިކްޓް އެންޑް ވިން" މުބާރާތުގައި ބައިވެރިވެގެން މެޗުތަކުގެ ނަތީޖާ ދިމާކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް ލެނޯވޯ އައިޑިއާޕެޑް 5 ޓޫ-އިން-ވަން (14 އިންޗި) ލެޕްޓޮޕެއް ލިބޭނެ | ސިމްޑީ

ފީފާ ވޯލްޑް ކަޕް 2026 ގެ ފޯރިގަދަ ފައިނަލް ބުރުގެ މެޗުތަކާ ދިމާކޮށް، ސިމްޑީ ޓެކުން ހާއްސަ ޕްރޮމޯޝަނަކާއި "ޕްރެޑިކްޓް އެންޑް ވިން" ސޯޝަލް މީޑިއާ މުބާރާތެއް ފަށައިފި އެވެ. މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން 31 ޖުލައިގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތްތަކަކީ ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ވޯލްޑް ކަޕްގެ ފޯރީގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށާއި، ލެނޯވޯ ބްރޭންޑުގެ އުފެއްދުންތަކުން ހާއްސަ ޑިސްކައުންޓްތަކެއް ފޯރުކޮށްދިނުމަށް ހިންގާ ކެމްޕޭނެކެވެ.

މި ކެމްޕޭނުގެ ދަށުން ކުރިއަށްގެންދާ "ޕްރެޑިކްޓް އެންޑް ވިން" މުބާރާތުގައި ބައިވެރިވެގެން މެޗުތަކުގެ ނަތީޖާ ދިމާކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް ލެނޯވޯ އައިޑިއާޕެޑް 5 ޓޫ-އިން-ވަން (14 އިންޗި) ލެޕްޓޮޕެއް ލިބޭނެ އެވެ. މި މުބާރާތުގައި މެޗުތަކުގެ ނަތީޖާ ދިމާކުރަން ޖެހެނީ ވޯލްޑް ކަޕްގެ ގަދަ 16 އިން ފެށިގެން ފައިނަލް މެޗާ ހަމައަށެވެ. ކޮންމެ މެޗެއްގެ ނަތީޖާ ރަނގަޅަށް ދިމާކުރާ ކޮންމެ ފަރާތަކަށް 5 ޕޮއިންޓް ލިބޭއިރު، މުބާރާތުގެ ލީޑަރބޯޑު ދޭތެރެދޭތެރެއިން އާންމުކުރަމުންދާނެ ކަމަށް ސިމްޑީ ޓެކުން ބުނެ އެވެ.

މި މުބާރާތުގައި ބައިވެރިވުމަށްޓަކައި ސިމްޑީ ޓެކްގެ އިންސްޓަގްރާމް ޕޭޖް ފޮލޯކޮށް، މެޗުތަކުގެ ނަތީޖާ ދިމާކުރުމަށް އާންމުކުރާ ޕޯސްޓްތަކަށް ލައިކް ދީ ޝެއަރ ކުރަންޖެހެ އެވެ. އަދި ކޮންމެ މެޗެއް ފެށުމުގެ ކުރިން އެ މެޗަކުން މޮޅުވާނެ ކަމަށް ލަފާކުރާ ޓީމެއްގެ ނަން ކޮމެންޓް ކުރަންޖެހޭނެ އެވެ. މުބާރާތުގެ އުސޫލުގައިވާ ގޮތުން ކޮންމެ މީހަކަށްވެސް ކޮމެންޓް ކުރެވޭނީ އެއް ފަހަރު ކަމަށާއި، އެޑިޓްކޮށްފައިވާ ނުވަތަ ޑިލީޓްކޮށްފައިވާ ކޮމެންޓްތައް ބަލައިނުގަންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މުބާރާތް ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތްތަކުގެ މެދުގައި އެއްވަރުވެއްޖެނަމަ، ނަސީބުވެރިޔާ ހޮވާނީ ގުރުއަތުންނެވެ.

މީގެ އިތުރުން، މި ޕްރޮމޯޝަންގެ ދަށުން ލެނޯވޯ ބްރޭންޑުގެ ހޮވާލެވޭ ލެޕްޓޮޕްތަކާއި އެކްސެސަރީޒްތަކުން ހާއްސަ އަގުތަކެއް ވަނީ ކަނޑައަޅާފަ އެވެ. ސިމްޑީ ޓެކް ޝޯރޫމަށް ޒިޔާރަތްކޮށްގެން ލެނޯވޯގެ އެންމެ ފަހުގެ އުފެއްދުންތައް ބަލާލުމުގެ ފުރުސަތާއި، ތަޖުރިބާކާރުންގެ އިރުޝާދާއެކު މުދާ ގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފަ އެވެ. މި ޕްރޮމޯޝަނަކީ ކިޔަވާ ކުދިންނާއި، އޮފީސް މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން ގޭމް ކުޅޭ ފަރާތްތަކަށްވެސް ބޭނުންވާ ފެންވަރު ރަނގަޅު އުފެއްދުންތައް ހެޔޮ އަގުގައި ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

ސިމްޑީ ޓެކަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ޓެކްނޮލޮޖީގެ ސާމާނު ފޯރުކޮށްދޭ ކުންފުންޏެއްގެ އިތުރުން، ކެނަން، ގޮޑޮކްސް، ލެނޯވޯ، މައިލްސްޓޯން އަދި ޖޭބީއެލް ފަދަ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. ދެ ޝޯރޫމާއި ސަރވިސް ސެންޓަރެއްގެ އެހީގައި ވޭތުވެދިޔަ 20 އަހަރަށްވުރެ ގިނަ ދުވަހު ސިމްޑީ ޓެކުން ދަނީ ރާއްޖޭގެ ސަރުކާރުގެ އިދާރާތަކަށާއި، ފަތުރުވެރިކަމުގެ ދާއިރާއަށާއި އާންމު ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ.

2026 ވާރލްޑް ކަޕްސިމްޑީ ޓެކްލެނޯވޯކެނޯ

އިތުރަށް ކިޔާލަން

06 ޖުލައި 2026

ޕޯޗުގަލް އާއި ސްޕެއިން މެޗް - ތަޖުރިބާކާރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އުުންމީދީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްގެ ކުރިމަތިލުމަކަށް!

ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި ޕޯޗުގަލް އާއި ސްޕެއިން ބައްދަލުކުރާ ފޯރިގަދަ "އައިބީރިއަން ޑާބީ" އަށް ދެ ޓީމު ތައްޔާރުވެފައިވާއިރު، މިއީ ތަޖުރިބާކާރު ރޮނާލްޑޯ އާއި ޒުވާން ޔަމާލްގެ ކުރިމަތިލުމަކަށް ވާނެ. މި މެޗަށް ނުކުންނައިރު 34 މެޗުން ބަލިނުވެ އޮތް ސްޕެއިންއަށް މޮޅުވުމުގެ ފުރުސަތު ބޮޑުކަމަށް ތަފާސްހިސާބުތަކުން ދެއްކި ނަމަވެސް، މިއީ ރޮނާލްޑޯގެ ބައިނަލްއަގުވާމީ ކެރިއަރުގެ ފަހު މެޗަށް ވުމުގެ ފުރުސަތު އޮތުމުން ޕޯޗުގަލްއިން މެޗު ކާމިޔާބުކުރަން ބޮޑު އިސްކަމެއް ދޭނެ. މި މެޗުން މޮޅުވާ ޓީމެއް ކުއާޓާ ފައިނަލުގައި ބައްދަލުކުރާނީ އެމެރިކާ ނުވަތަ ބެލްޖިއަމްއާ.

06 ޖުލައި 2026
ޕޯޗުގަލް އާއި ސްޕެއިން މެޗް - ތަޖުރިބާކާރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އުުންމީދީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްގެ ކުރިމަތިލުމަކަށް!
29 ޖޫން 2026

ކޭޕް ވާޑްގެ ވޯލްޑް ކަޕް ޓީމުގެ ކެޕްޓަންގެ މައްޗަށް ރޭޕްގެ ތުހުމަތުކޮށްފި

ކޭޕް ވާޑްގެ ގައުމީ ޓީމުގެ ކެޕްޓަން ރަޔަން މެންޑޭސް، އެ ޓީމުގެ ތަރުޖަމާނަކަށް ޖިންސީ ގޯނާކުރި ކަމުގެ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވެއްޖެ. މިދިޔަ މާރިޗު މަހު ނިއުޒީލޭންޑުގައި ހިނގި މި ހާދިސާއާ ގުޅިގެން، އަނިޔާލިބުނު އަންހެން މީހާ ވަނީ މެޑިކަލް ރިޕޯޓުތަކާއެކު ފީފާއަށާއި ކޭޕް ވާޑްގެ ފުޓްބޯޅަ އިދާރާއަށް މައްސަލަ ހުށަހަޅާފައި. ނިއުޒީލޭންޑް ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދާއިރު، ފީފާއިން ބުނެފައިވަނީ މި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށް.

29 ޖޫން 2026
ކޭޕް ވާޑްގެ ވޯލްޑް ކަޕް ޓީމުގެ ކެޕްޓަންގެ މައްޗަށް ރޭޕްގެ ތުހުމަތުކޮށްފި
29 ޖޫން 2026

ސައުދީ ޓީމު ވޯލްޑް ކަޕުން ކެޓުމުގެ ޒިންމާ އުފުލާ، ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އިސްތިއުފާ ދެއްވައިފި

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ސައުދީ އަރަބިއްޔާ ކަޓައި، ކުރިމަތިވި ނާކާމިޔާބީގެ ފުރިހަމަ ޒިންމާ އުފުއްލަވައި އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޔާސިރު އަލް މިސެހަލް މަގާމުން އިސްތިއުފާ ދެއްވައިފި. ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވަމުން އޭނާ ވިދާޅުވީ، ޒިންމާދާރުވުމުގެ ގޮތުން އާ ބޯޑަކަށް ފުރުސަތު ދޭންޖެހޭ ކަމަށް ގަބޫލުކުރައްވާތީ އާ އިންތިޚާބެއް ބޭއްވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް.

29 ޖޫން 2026
ސައުދީ ޓީމު ވޯލްޑް ކަޕުން ކެޓުމުގެ ޒިންމާ އުފުލާ، ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އިސްތިއުފާ ދެއްވައިފި
21 ޖޫން 2026

ވޯލްޑް ކަޕްގައި އެންމެ ހަލުވި ކުޅުންތެރިއަކަށް އޮސްޓްރޭލިއާގެ ބޮސް

2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް އެންމެ ބާރަށް ދުވި ކުޅުންތެރިޔާގެ މަގާމު، ގަޑިއަކު 36.7 ކިލޯމީޓަރުގެ ބާރުމިނާއެކު އޮސްޓްރޭލިއާގެ ޑިފެންޑަރު ޖޯޑަން ބޮސް ހޯދައިފި. ފޭނޫޑަށް ކުޅޭ އުމުރުން 23 އަހަރުގެ ބޮސް މި ލިސްޓުގެ އެއްވަނަ ހޯދީ އާލިންގް ހާލަންޑާއި ކީލިއަން އެމްބާޕޭ ފަދަ މަޝްހޫރު ތަރިން ފަހަތަށް ޖައްސާލުމަށްފަހު.

21 ޖޫން 2026
ވޯލްޑް ކަޕްގައި އެންމެ ހަލުވި ކުޅުންތެރިއަކަށް އޮސްޓްރޭލިއާގެ ބޮސް
20 ޖޫން 2026

އީރާނުގެ ވޯލްޑް ކަޕް ޓީމަށް ކުރިމަތިކޮށްފައިވާ ހުރަސްތަކާ ގުޅޭގޮތުން ވައިޓް ހައުސްއިން މަޝްވަރާކުރަނީ

2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ އީރާނު ޓީމަށް އެމެރިކާއިން ކަނޑައަޅާފައިވާ ދަތުރުފަތުރުގެ ހަރުކަށި އުސޫލުތަކަށް ލުޔެއް ދިނުމާ މެދު ވައިޓް ހައުސްއިން މަޝްވަރާކުރަން ފަށައިފި. މިހާރު އޮތް އުސޫލުގެ ސަބަބުން ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާތީ، މެޗުތަކަށް ދަތުރުކުރުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމަށް އީރާނުން ދަނީ ބާރުއަޅަމުން. މިކަމާ ގުޅިގެން އެމެރިކާ ސަރުކާރުން ބުނެފައިވަނީ ގައުމީ ސަލާމަތަށް ބަލައި، ހުރިހާ ޓީމުތަކަކަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް.

20 ޖޫން 2026
އީރާނުގެ ވޯލްޑް ކަޕް ޓީމަށް ކުރިމަތިކޮށްފައިވާ ހުރަސްތަކާ ގުޅޭގޮތުން ވައިޓް ހައުސްއިން މަޝްވަރާކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު