Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް

އީރާނުގެ ވޯލްޑް ކަޕް ޓީމަށް ކުރިމަތިކޮށްފައިވާ ހުރަސްތަކާ ގުޅޭގޮތުން ވައިޓް ހައުސްއިން މަޝްވަރާކުރަނީ

20 ޖޫން 2026 | ހޮނިހިރު 12:51

2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ އީރާނު ޓީމަށް އެމެރިކާއިން ކަނޑައަޅާފައިވާ ދަތުރުފަތުރުގެ ހަރުކަށި އުސޫލުތަކަށް ލުޔެއް ދިނުމާ މެދު ވައިޓް ހައުސްއިން މަޝްވަރާކުރަން ފަށައިފި. މިހާރު އޮތް އުސޫލުގެ ސަބަބުން ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާތީ، މެޗުތަކަށް ދަތުރުކުރުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމަށް އީރާނުން ދަނީ ބާރުއަޅަމުން. މިކަމާ ގުޅިގެން އެމެރިކާ ސަރުކާރުން ބުނެފައިވަނީ ގައުމީ ސަލާމަތަށް ބަލައި، ހުރިހާ ޓީމުތަކަކަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް.

ރާއްޖެ އެމްވީ | 20 ޖޫން 2026 | ހޮނިހިރު 12:51
2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ގައި އީރާނާއި ނިއުޒީލެންޑް ބައްދަލުކުރި މެޗު 2-2 އިން ވަނީ އެއްވަރުވެފައި.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ގައި އީރާނާއި ނިއުޒީލެންޑް ބައްދަލުކުރި މެޗު 2-2 އިން ވަނީ އެއްވަރުވެފައި. | ގެޓީ އިމޭޖަސް


2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އީރާނުގެ ޓީމަށް ކުރިމަތިވެފައިވާ ދަތުރުފަތުރުގެ ހަރުކަށި ހުރަސްތަކަށް ބަދަލު ގެނައުމާ މެދު އެމެރިކާގެ ވައިޓް ހައުސްއިން ދަނީ ވިސްނަމުން ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ކެނެޑާ އާއި މެކްސިކޯއާ ގުޅިގެން މުބާރާތް ބާއްވާ އެމެރިކާއަށް އީރާނުގެ ޓީމަށް އެމެރިކާ އަށް އެތެރެވުމުގެ ހުއްދަ ދީފައިވަނީ ވިސާގެ ޚާއްސަ ޝަރުތުތަކެއްގެ ދަށުންނެވެ. އެގޮތުން މެޗު އޮންނަ ދުވަހުގެ އެއް ދުވަސް ކުރިން އެމެރިކާއަށް އެތެރެވުމަށާއި، މެޗު ނިމޭ ދުވަހު އެ ގައުމުން ފުރައިގެން ދާންޖެހޭ ގޮތަށް ވަނީ ޝަރުތުކޮށްފައެވެ.

މި ހަރުކަށި އުސޫލުތަކާ ގުޅިގެން، ލޮސް އެންޖެލިސްގައި ނިއުޒީލެންޑާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު 2-2 އިން އެއްވަރުވުމަށްފަހު، އީރާނުގެ ހެޑް ކޯޗު އާމިރު ގަލެނޯއީ ބުނެފައިވަނީ އެ ޓީމަކީ މި މުބާރާތުގައި އޮތް "އެންމެ ބޮޑަށް އަނިޔާ ލިބެމުންދާ" ޓީމު ކަމަށެވެ.

ނަމަވެސް، ވައިޓް ހައުސްގެ ވޯލްޑް ކަޕް ޓާސްކް ފޯހުގެ އެގްޒެކެޓިވް ޑައިރެކްޓަރު އެންޑްރޫ ޖޫލިއާނީ ވިދާޅުވީ، ޖޫން 27 ވަނަ ދުވަހު ސިއެޓްލްގައި މިސްރާ ދެކޮޅަށް ކުޅޭ ގްރޫޕްގެ ތިންވަނަ މެޗަށް ދަތުރުކުރުމުގައި އަމަލުކުރާނެ ވަގުތުތަކާ ގުޅޭގޮތުން މިހާރު "މަޝްވަރާތައް ކުރިއަށްދާ" ކަމަށެވެ.

އީރާނު ޓީމު މުބާރާތުގެ ތެރޭގައި މަޑުކޮށްގެން ތިބީ މެކްސިކޯގައެވެ. ޖޫލިއާނީ ވިދާޅުވީ ލޮސް އެންޖެލިސްގައި ކުޅުނު ފުރަތަމަ ދެ މެޗަށް ދަތުރުކުރުމުގައި ހަރުކަށި އުސޫލުތަކެއް ގެންގުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެއީ އެ ސިޓީއަށް ކުރަންޖެހެނީ 30 މިނެޓުގެ ކުރު ފްލައިޓެއް ކަމަށްވާތީއެވެ. އެހެންނަމަވެސް، ސިއާޓްލްއަށް ކުރަންޖެހޭ ދަތުރަކީ ތިން ގަޑިއިރުގެ ދިގު ދަތުރަކަށް ވާތީ، އެ ދަތުރުގެ އުސޫލުތަކަށް ބަދަލު ގެނައުމަށް "މަޝްވަރާ ކުރަމުންދާ" ކަމަށް އޭނާ ވިދާޅުވިއެވެ.

ސިއާޓްލްގެ ލޯކަލް ނިއުސް ސްޓޭޝަނެއް ކަމަށްވާ "ކޯމޯ ޓީވީ ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ޖޫލިއާނީ ވިދާޅުވީ، ގައުމީ ސަލާމަތަށް ނުރައްކާނުވާނެ ގޮތަށް ބަލައިގެން، ދަނޑުމަތީގައި ޓީމުތަކުގެ މެދުގައި އޮންނަ ވާދަވެރިކަމުގެ ހަމަހަމަކަން ގާއިމުކުރުމަށް ރައީސް ބޭނުންފުޅުވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އީރާނު ޓީމަށް އެމެރިކާއަށް އައިސް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު އޮތްކަން ޔަގީންކޮށްދިނުމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރަންޖެހޭ ކަމަށެވެ.

އީރާނު ޓީމަށް އެމެރިކާއަށް އެތެރެވެ ވޯލްޑް ކަޕްގައި ކުޅުމުގެ ހުއްދަ ދިނުމަށް ރައީސް ޓްރަމްޕް ވަނީ ރިޔާސީ ގަރާރެއްގައި ސޮއިކުރައްވާފައެވެ. އެގޮތުން އެ ޓީމުން މިހާރު ލޮސް އެންޖެލިސްގައި ކުޅެފައިވާއިރު، މި މަހުގެ 21 ވަނަ ދުވަހު ވެސް އެ ސިޓީގައި އެ ޓީމުގެ މެޗެއް އޮންނާނެއެވެ.

އީރާނުން ބުނަމުންދަނީ، ޓީމުގެ ފިޒިކަލް އަދި ޓެކްނިކަލް ތައްޔާރީތައް އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށްޓަކައި، ކޮންމެ މެޗެއްގެ ދެ ދުވަސް ކުރިން އެ ސިޓީއަކަށް ދިއުމުގެ ހުއްދަ އާއި، މެޗު ނިމޭ ފަހު ދުވަހު އެނބުރި ކޭމްޕަށް ދިއުމުގެ ހުއްދަ ލިބެންޖެހޭނެ ކަމަށެވެ.

އީރާނުގެ ގައުމީ ޓީމުން ބީބީސީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މިފަދަ ހުރަސްތަކަކީ މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމުތަކަށް ހަމަހަމަ ފުރުސަތު ދިނުމުގެ އުސޫލާ ޚިލާފު ކަމެއް ކަމަށާއި، މީގެ ސަބަބުން ޓީމުގެ ތައްޔާރީތަކަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުން ގަބޫލުކުރާ ކަމަށެވެ.

އެހެންކަމުން، މިކަމާ ގުޅޭގޮތުން ރަސްމީކޮށް ނުރުހުން ފާޅުކޮށް، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ފީފާއަށް ރަސްމީ ޝަކުވާއެއް ހުށަހަޅާނެ ކަމަށް ވެސް އީރާނުން ބުނެފައިވެއެވެ.

އީރާނުގެ ދެން އޮތް މެޗުގައި އަންނަ އާދީއްތަ ދުވަހު ބީ.އެސް.ޓީ ގަޑިން 20:00 ގައި ލޮސް އެންޖެލިސްގެ އިންގްލްވުޑްގައި ބައްދަލުކުރާނީ ބެލްޖިއަމްއާއެވެ.

އީރާން2026 ވާރލްޑް ކަޕްފީފާފުޓްބޯޅަ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

20 ޖޫން 2026

ދުނިޔޭގެ ސުޕަރ ޕަވަރ އަށް އީރާނު ބަލި ނުކުރެވި ފަހަތައް ޖެހެން ޖެހުނީ ކީއްވެ؟

20 ޖޫން 2026
ދުނިޔޭގެ ސުޕަރ ޕަވަރ އަށް އީރާނު ބަލި ނުކުރެވި ފަހަތައް ޖެހެން ޖެހުނީ ކީއްވެ؟
20 ޖޫން 2026

ވޯލްޑް ކަޕްގައި ފެންބުއިމަށް މެޗު މެދުކަނޑާލުން ހޫނު ބަހުސަކަށް

20 ޖޫން 2026
ވޯލްޑް ކަޕްގައި ފެންބުއިމަށް މެޗު މެދުކަނޑާލުން ހޫނު ބަހުސަކަށް
20 ޖޫން 2026

ސުލްހައިގެ އެއްބަސްވުމާ ޚިލާފުވެ އިސްރާއީލުން ލުބުނާނަށް ދިން ހަމަލާގައި 10 މީހުން މަރުވެއްޖެ

20 ޖޫން 2026
ސުލްހައިގެ އެއްބަސްވުމާ ޚިލާފުވެ އިސްރާއީލުން ލުބުނާނަށް ދިން ހަމަލާގައި 10 މީހުން މަރުވެއްޖެ
19 ޖޫން 2026

އިސްރާއީލާއި ހިޒްބުﷲ ހަމަލާބަދަލުކުރުން ހުއްޓާލަން އެއްބަސްވެއްޖެ

19 ޖޫން 2026
އިސްރާއީލާއި ހިޒްބުﷲ ހަމަލާބަދަލުކުރުން ހުއްޓާލަން އެއްބަސްވެއްޖެ
19 ޖޫން 2026

ހީވެސް ނުކުރާފަދަ ބޮޑު ބައްޔަކުން ގަތަރު ކެނެޑާ އަތުން ބަލިވެއްޖެ

19 ޖޫން 2026
ހީވެސް ނުކުރާފަދަ ބޮޑު ބައްޔަކުން ގަތަރު ކެނެޑާ އަތުން ބަލިވެއްޖެ
19 ޖޫން 2026

މެކްސިކޯ ދެކުނު ކޮރެއާ ބަލިކޮށް ވޯލްޑް ކަޕް ނޮކައުޓް ސްޓޭޖަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް

19 ޖޫން 2026
މެކްސިކޯ ދެކުނު ކޮރެއާ ބަލިކޮށް ވޯލްޑް ކަޕް ނޮކައުޓް ސްޓޭޖަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް
19 ޖޫން 2026

އީރާންގެ ބަނދަރުތަކަށް އެޅި ހުރަސްތައް އެމެރިކާއިން އުވާލައިފި

19 ޖޫން 2026
އީރާންގެ ބަނދަރުތަކަށް އެޅި ހުރަސްތައް އެމެރިކާއިން އުވާލައިފި
18 ޖޫން 2026

ހަނގުރާމައިގައި ހަލާކުވި އީރާނުގެ ޕެޓްރޯކެމިކަލް ޔުނިޓްތަކުގެ 89 އިންސައްތަ އަލުން މަސައްކަތް ފަށައިފި

18 ޖޫން 2026
ހަނގުރާމައިގައި ހަލާކުވި އީރާނުގެ ޕެޓްރޯކެމިކަލް ޔުނިޓްތަކުގެ 89 އިންސައްތަ އަލުން މަސައްކަތް ފަށައިފި
18 ޖޫން 2026

ފުޓްބޯޅައިގެ އެހެން ތަރިންނަށް ތައުރީފް އޮހުނު އިރު ރޮނާލްޑޯ އަށް އަމާޒުވީ ފާޑުކިޔުން

18 ޖޫން 2026
ފުޓްބޯޅައިގެ އެހެން ތަރިންނަށް ތައުރީފް އޮހުނު އިރު ރޮނާލްޑޯ އަށް އަމާޒުވީ ފާޑުކިޔުން
18 ޖޫން 2026

އީރާނަށް ހަމަލާދިނުމަށްޓަކައި ޔޫރަޕްގައި ހުރި އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ އެމެރިކާގެ ސިފައިންނަށް ނުދިނުމަކީ ލަދުވެތި ކަމެއް: ޑިފެންސް ސެކްރެޓަރީ ހެގްސެތު

18 ޖޫން 2026
އީރާނަށް ހަމަލާދިނުމަށްޓަކައި ޔޫރަޕްގައި ހުރި އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ އެމެރިކާގެ ސިފައިންނަށް ނުދިނުމަކީ ލަދުވެތި ކަމެއް: ޑިފެންސް ސެކްރެޓަރީ ހެގްސެތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް