Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަނިމާދޫ

ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތް މުޅިން ހުއްޓިފައި، އެއްވެސް ކަމެއް ނުހިނގާ

6 ޖުލައި 2026 | ހޯމަ 08:50

ހއ. ހަނިމާދޫގައި ހަތަރު ބުރީގެ ޕޮލިސް ސްޓޭޝަނެއް ބިނާކުރުމަށް އާރްޑީސީއާ ހަވާލުކުރި މަޝްރޫއުގެ މަސައްކަތް މުޅިން ހުއްޓިފައިވާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި. ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް ނުދާތީ، ރަށުގެ އަމާންކަން ގާއިމުކުރުމަށްޓަކައި މި މަސައްކަތް އަވަސްކޮށްދިނުމަށް ކައުންސިލުން ވަނީ ގޮވާލާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ޖުލައި 2026 | ހޯމަ 08:50
ހަނިމާދޫގައި ޕޮލިސް ސްޓޭޝަން އެޅުމަށް ދޫކޮށްފައިވާ ސަރަޙައްދު

ހަނިމާދޫގައި ޕޮލިސް ސްޓޭޝަން އެޅުމަށް ދޫކޮށްފައިވާ ސަރަޙައްދު | ރާއްޖެ އެމްވީ

ހއ. ހަނިމާދޫގައި ޕޮލިސް ސްޓޭޝަން ޤާއިމުކުރުމަށް ފަށާފައިވާ މަޝްރޫއުގެ މަސައްކަތް މުޅިން ހުއްޓިފައި އޮތުމާ ގުޅިގެން އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ކައުންސިލު މެމްބަރު އަހުމަދު އަނާން ވިދާޅުވީ، ހަނިމާދޫގައި ޕޮލިސް ސްޓޭޝަން ޤާއިމުކުރުމުގެ މަޝްރޫއަކީ ނިމިދިޔަ 2025 ވަނަ އަހަރުގެ އޯގަސްޓު މަހު ހަވާލުކުރި މަޝްރޫއެއް ކަމަށެވެ. ނަމަވެސް މި މަޝްރޫއުގެ މަސައްކަތް މިހާރު މުޅިން ހުއްޓިފައި އޮތުމަކީ ރަށުގެ ރައްޔިތުންނަށް ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ މި މަޝްރޫއު ހަވާލުކޮށްފައިވަނީ ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީ އާއެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށެވެ. އަދި އާރްޑީސީން މި މަސައްކަތް ކުރަމުން ދަނީ ތާޑްޕާޓީ ކުންފުންޏަކާ ހަވާލުކޮށްގެން ކަމަށް އަނާން ވިދާޅުވި އެވެ.

ހަނިމާދޫގައި ޕޮލިސް ސްޓޭޝަން އެޅުމަށް ދޫކޮށްފައިވާ ސަރަޙައްދު

ހަނިމާދޫގައި ޕޮލިސް ސްޓޭޝަން އެޅުމަށް ދޫކޮށްފައިވާ ސަރަޙައްދު | ރާއްޖެ އެމްވީ

މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި ހަތަރު ބުރީގެ އިމާރާތެއް އެޅުމަށް ހަވާލުކުރެވިފައިވީނަމަވެސް، މިހާރު މި މަޝްރޫއު މުޅިން ހުއްޓިފައި އޮތުމުން އެއްވެސް ވަރަކަށް އެ ތަނުގައި މަސައްކަތެއް ކުރިއަކަށް ނުދާކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

  ހދ ހަނިމާދޫގައި ޕޮލިސް ސްޓޭޝަން ޤާއިމު ކުރުމުގެ މަޝްރޫއަކީ ނިމިދިޔަ 2025 ވަނަ އަހަރު ހަވާލުކޮށްފައިވާ މަޝްރޫއެއް، އެގޮތުން މިދިޔަ އަހަރުގެ އޯގަސްޓު މަހު މަޝްރޫއު ޙަވާލު ކުރިނަމަވެސް، މި މަޝްރޫއުގެ މަސައްކަތް ކުރިއަކަށް ނުދޭ، މިހާރު މި މަޝްރޫއު މުޅިން ހުއްޓިފައި މި އޮތީ، އެއްވެސް ވަރަކަށް މިތަނުގައި މަސައްކަތެއް ކުރިއަށްދާތަނެއް ނުފެނޭ، އަދި ޕްރޮޖެކްޓުގައި މަސައްކަތް ކުރާ ބަޔަކުވެސް މިހާރު ނުފެނޭ
ހަނިމާދޫ ކައުންސިލު މެމްބަރު އަހުމަދު އަނާން

ރަށުގައި ޕޮލިސް ސްޓޭޝަނެއް ޤާއިމުކުރުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށާއި، މި މަޝްރޫއު އަވަސް ކުރުމަށް ކައުންސިލުން ގޮވާލާ ކަމަށް އަނާން ވިދާޅުވި އެވެ.

 

ހއ. ހަނިމާދޫމޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއަހުމަދު އަނާންދިވެހި ފުލުހުންގެ ޚިދުމަތް

އިތުރަށް ކިޔާލަން

03 ޖުލައި 2026

ރައްޔިތުންގެ ހިތްތަކަށް އަމާންކަން ގެނެސްދޭ ފަރުވާއަކަށް ފުލުހުން ވާންޖެހޭ: ސީޕީ

03 ޖުލައި 2026
ރައްޔިތުންގެ ހިތްތަކަށް އަމާންކަން ގެނެސްދޭ ފަރުވާއަކަށް ފުލުހުން ވާންޖެހޭ: ސީޕީ
03 ޖުލައި 2026

ފުލުހުންގެ ޚިދުމަތާ އަލަށް 140 ފުލުހުން ގުޅިއްޖެ

03 ޖުލައި 2026
ފުލުހުންގެ ޚިދުމަތާ އަލަށް 140 ފުލުހުން ގުޅިއްޖެ
26 ޖޫން 2026

އައްޑޫ ލިންކްރޯޑާއި މަގުތައް ހެދުމުގެ ގާބިލުކަމެއް އާރްޑީސީ އަކު ނެތް: މެންބަރު ދީދީ

26 ޖޫން 2026
އައްޑޫ ލިންކްރޯޑާއި މަގުތައް ހެދުމުގެ ގާބިލުކަމެއް އާރްޑީސީ އަކު ނެތް: މެންބަރު ދީދީ
20 މެއި 2026

އޮޕަރޭޝަން ފްރޮންޓިއަރ-664 ބޭންކް އެކައުންޓެއް ފްރީޒްކޮށް، 1.16 މިލިޔަން ރުފިޔާ ހޯދާފައިވޭ

20 މެއި 2026
އޮޕަރޭޝަން ފްރޮންޓިއަރ-664 ބޭންކް އެކައުންޓެއް ފްރީޒްކޮށް، 1.16 މިލިޔަން ރުފިޔާ ހޯދާފައިވޭ
05 އެޕްރީލު 2026

އިންތިޚާބާއި ގުޅިގެން ސަލާމަތީ ގޮތުން ފާހަގަކުރެވޭ ފަދަ ބޮޑު ކަމެއް ހިނގާފައިނުވޭ: ފުލުހުން

05 އެޕްރީލު 2026
އިންތިޚާބާއި ގުޅިގެން ސަލާމަތީ ގޮތުން ފާހަގަކުރެވޭ ފަދަ ބޮޑު ކަމެއް ހިނގާފައިނުވޭ: ފުލުހުން
05 އެޕްރީލު 2026

ފުލުހުންގެ ފައިސާއިން ރިޝްވަތު ނެންގެވި ކަމަށް ތުހުމަތު ކުރެވޭ ޓޫފޯ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކޮށްފި

05 އެޕްރީލު 2026
ފުލުހުންގެ ފައިސާއިން ރިޝްވަތު ނެންގެވި ކަމަށް ތުހުމަތު ކުރެވޭ ޓޫފޯ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކޮށްފި
04 އެޕްރީލު 2026

ގިނަ އަދަދެއްގެ މަސްތުވާތަކާއްޗާއެކު މާލެއިން ހަ މީހަކު ހައްޔަރުކޮށްފި

04 އެޕްރީލު 2026
ގިނަ އަދަދެއްގެ މަސްތުވާތަކާއްޗާއެކު މާލެއިން ހަ މީހަކު ހައްޔަރުކޮށްފި
28 މާރިޗު 2026

ސިނަމާލެ ބްރިޖްގެ ދަށުގައި ބިދޭސީން ދިރިއުޅޭ މައްސަލަ ބަލަނީ

28 މާރިޗު 2026
ސިނަމާލެ ބްރިޖްގެ ދަށުގައި ބިދޭސީން ދިރިއުޅޭ މައްސަލަ ބަލަނީ
27 މާރިޗު 2026

ޒާތީ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިރު ދައްކާ މައްސަލަތައް ދަނީ އިތުރުވަމުން: ފުލުހުން

27 މާރިޗު 2026
ޒާތީ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިރު ދައްކާ މައްސަލަތައް ދަނީ އިތުރުވަމުން: ފުލުހުން
21 މާރިޗު 2026

ލ. ހިތަދޫގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ބިރު ދެއްކި މައްސަލައިގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ: އާއިލާ

21 މާރިޗު 2026
ލ. ހިތަދޫގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ބިރު ދެއްކި މައްސަލައިގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ: އާއިލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް