Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްކޭމް ފައިސާ ހޯދުން

އޮޕަރޭޝަން ފްރޮންޓިއަރ-664 ބޭންކް އެކައުންޓެއް ފްރީޒްކޮށް، 1.16 މިލިޔަން ރުފިޔާ ހޯދާފައިވޭ

20 މެއި 2026 | ބުދަ 08:26

ފްރޮންޓިއަރ ޕްލަސް އެލަޔަންސްގައި 13 ގައުމެއް ހިމެނޭ. މިއީ ޓްރާންސްނޭޝަނަލް ސްކޭމްތައް ހުއްޓުވުމަށްޓަކައި، އެކި ގައުމުތަކުގެ އެންޓި-ސްކޭމް ސެންޓަރުތަކާއި ތަންފީޒީ އިދާރާތައް ގުޅިގެން އުފައްދާފައިވާ އެލަޔަންސް އެއް.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 20 މެއި 2026 | ބުދަ 08:26
ދުނިޔޭގެ އެކި ގައުމުތަކުގެ ނޭޝަނަލް އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ފްރޮންޓިއަރގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންޓި-ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވާހަކަދައްކަވަނީ.

ދުނިޔޭގެ އެކި ގައުމުތަކުގެ ނޭޝަނަލް އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ފްރޮންޓިއަރގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންޓި-ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވާހަކަދައްކަވަނީ. | ސްކްރީން އިމޭޖް

އޮޕަރޭޝަން ފްރޮންޓިއަރ ޕްލަސް ތިނެއްގެ ތެރެއިން ސްކޭމް މައްސަލަތަކާއި ގުޅިގެން، 664 ބޭންކް އެކައުންޓެއް ފްރީޒްކޮށް، 1.16 މިލިޔަން ރުފިޔާ ހޯދާފައިވާ ކަމަށް ދިވެހި ފުލުހުން ހާމަކޮށްފި އެވެ. 

ދުނިޔޭގެ އެކި ގައުމުތަކުގެ ނޭޝަނަލް އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ފްރޮންޓިއަރގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން  އެންޓި-ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވަނީ ސްކޭމްތަކުގައި ގެއްލުނު މިލިޔަނަކަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށާއި އެއީ ރަނގަޅު ކާމިޔާބީ އެއް ކަމަށް ފާހަގަކުރައްވާފަ އެވެ. 

ސްކޭމްގެ އެކި މައްސަލަތަކުގައި ފޭރިގަނެފައިވާ ފައިސާގެ އަދަދު 4 މިލިޔަނަށް އަރާ އިރު، އެންޓި-ސްކޭމް ސެންޓަރުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް ބޮޑަށް ރިކަވަރީ ކުރުމަށް ވެސް ވިސްނައިގެން ކަމަށް ނަވީދު ވިދާޅުވި އެވެ. މީގެ އިތުރުން މި އޮޕަރޭޝަންގެ ދަށުން ސްކޭމްގެ 349 މައްސަލަ ބަލާފައިވާކަމަށް ވެސް ނަވީދު ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އޭގެތެރެއިން 186 މައްސަލައަކީ އީކޮމާސް މެދުވެރިކޮށް ހިންގާފައިވާ ސްކޭމްގެ މައްސަލަތައް ކަމަށެވެ. 

ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި މުއްދަތުގައި 664 ބޭންކް އެކައުންޓެއް ފްރީޒްކޮށް، 1.16 މިލިޔަން ރުފިޔާ ވަނީ ހޯދާފަ އެވެ. އަދި ސްކޭމްގެ މައްސަލަތަކުގައި ޝައްކު ކުރެވުނު 574 މީހުންނާ ސުވާލުކޮށްފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ 490 ފިރިހެނުންނާއި 84 އަންހެނުންނެވެ.

ފްރޮންޓިއަރ ޕްލަސް އެލަޔަންސްގައި 13 ގައުމެއް ހިމެނެއެވެ. މިއީ ޓްރާންސްނޭޝަނަލް ސްކޭމްތައް ހުއްޓުވުމަށްޓަކައި، އެކި ގައުމުތަކުގެ އެންޓި-ސްކޭމް ސެންޓަރުތަކާއި ތަންފީޒީ އިދާރާތައް ގުޅިގެން އުފައްދާފައިވާ އެލަޔަންސެކެވެ. މި އެލަޔަންސްގައި ބައިވެރިވާ ގައުމުތަކަކީ، އޮސްޓްރޭލިއާ، ބްރޫނާއީ، ކެނެޑާ، ހޮންގް ކޮންގް، އިންޑޮނޭޝިއާ، ސައުތު އެފްރިކާ، މަކާއޯ، މެލޭޝިއާ، ދިވެހިރާއްޖެ، ދުބާއީ، ސިންގަޕޫރު، ސައުތު ކޮރެއާ އަދި ތައިލޭންޑެވެ.

އޮޕަރޭޝަން ފްރޮންޓިއަރ+އެންޓި ސްކޭމް ސެންޓަރއާދަމް ނަވީދުދިވެހި ފުލުހުންފްރޮންޓިއަރ+ އެލަޔަންސް

އިތުރަށް ކިޔާލަން

07 އެޕްރީލު 2026

މިދިޔަ ހަފްތާގައި ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 70 އިންސައްތަ ހޯދައިފި

07 އެޕްރީލު 2026
މިދިޔަ ހަފްތާގައި ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 70 އިންސައްތަ ހޯދައިފި
06 އެޕްރީލު 2026

އޮންލައިން ސްކޭމްތައް ދަނީ އިތުރުވަމުން، ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ހިންގާ އާ "ރިޕެއާ" ސްކޭމަކަށް ސަމާލުވޭ!

06 އެޕްރީލު 2026
އޮންލައިން ސްކޭމްތައް ދަނީ އިތުރުވަމުން، ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ހިންގާ އާ "ރިޕެއާ" ސްކޭމަކަށް ސަމާލުވޭ!
05 އެޕްރީލު 2026

އިންތިޚާބާއި ގުޅިގެން ސަލާމަތީ ގޮތުން ފާހަގަކުރެވޭ ފަދަ ބޮޑު ކަމެއް ހިނގާފައިނުވޭ: ފުލުހުން

05 އެޕްރީލު 2026
އިންތިޚާބާއި ގުޅިގެން ސަލާމަތީ ގޮތުން ފާހަގަކުރެވޭ ފަދަ ބޮޑު ކަމެއް ހިނގާފައިނުވޭ: ފުލުހުން
05 އެޕްރީލު 2026

ފުލުހުންގެ ފައިސާއިން ރިޝްވަތު ނެންގެވި ކަމަށް ތުހުމަތު ކުރެވޭ ޓޫފޯ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކޮށްފި

05 އެޕްރީލު 2026
ފުލުހުންގެ ފައިސާއިން ރިޝްވަތު ނެންގެވި ކަމަށް ތުހުމަތު ކުރެވޭ ޓޫފޯ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކޮށްފި
04 އެޕްރީލު 2026

ގިނަ އަދަދެއްގެ މަސްތުވާތަކާއްޗާއެކު މާލެއިން ހަ މީހަކު ހައްޔަރުކޮށްފި

04 އެޕްރީލު 2026
ގިނަ އަދަދެއްގެ މަސްތުވާތަކާއްޗާއެކު މާލެއިން ހަ މީހަކު ހައްޔަރުކޮށްފި
28 މާރިޗު 2026

ސިނަމާލެ ބްރިޖްގެ ދަށުގައި ބިދޭސީން ދިރިއުޅޭ މައްސަލަ ބަލަނީ

28 މާރިޗު 2026
ސިނަމާލެ ބްރިޖްގެ ދަށުގައި ބިދޭސީން ދިރިއުޅޭ މައްސަލަ ބަލަނީ
27 މާރިޗު 2026

ޒާތީ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިރު ދައްކާ މައްސަލަތައް ދަނީ އިތުރުވަމުން: ފުލުހުން

27 މާރިޗު 2026
ޒާތީ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިރު ދައްކާ މައްސަލަތައް ދަނީ އިތުރުވަމުން: ފުލުހުން
21 މާރިޗު 2026

ލ. ހިތަދޫގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ބިރު ދެއްކި މައްސަލައިގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ: އާއިލާ

21 މާރިޗު 2026
ލ. ހިތަދޫގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ބިރު ދެއްކި މައްސަލައިގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ: އާއިލާ
20 މާރިޗު 2026

އަންހެން ދެ ފުލުހުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގިކަމުގެ ކުށް ސާބިތުވެ، 5400 ރުފިޔާއިން ޖޫރިމަނާ ކޮށްފި

20 މާރިޗު 2026
އަންހެން ދެ ފުލުހުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގިކަމުގެ ކުށް ސާބިތުވެ، 5400 ރުފިޔާއިން ޖޫރިމަނާ ކޮށްފި
19 މާރިޗު 2026

ކެމިކަލް ހުރި ގުދަނުގައި ހިނގި ނުރައްކާތެރި އަލިފާނު ހާދިސާގެ ޚާއްސަ ތަހުގީގެއް ފުލުހުން ފަށައިފި

19 މާރިޗު 2026
ކެމިކަލް ހުރި ގުދަނުގައި ހިނގި ނުރައްކާތެރި އަލިފާނު ހާދިސާގެ ޚާއްސަ ތަހުގީގެއް ފުލުހުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް