Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހި ފުލުހުން

ފުލުހުންގެ ޚިދުމަތާ އަލަށް 140 ފުލުހުން ގުޅިއްޖެ

3 ޖުލައި 2026 | ހުކުރު 08:44

ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް، 140 އޮފިސަރުން އައްޑޫ ސިޓީގައި ހުންނަ ފުލުހުންގެ ކޮލެޖުން ދަސްވެނިވެއްޖެ. ހަތަރު މަސްދުވަހުގެ މި ތަމްރީނު ޕްރޮގްރާމްގައި 104 ފިރިހެން އޮފިސަރުންނާއި 36 އަންހެން އޮފިސަރުން ބައިވެރިވެފައިވާއިރު، މުޅި ކޯހުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް އިބްރާހީމް އިރްފާހް. މި އޮފިސަރުން ދެން މަސައްކަތް ކުރަން ފަށާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 3 ޖުލައި 2026 | ހުކުރު 08:44
ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގެ ތެރެއިން. | މޯލްޑިވްސް ޕޮލިސް

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް 140 ފުލުހުން ގުޅިއްޖެ އެވެ. 

ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ކުރިއަށް ގެންދިޔަ ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފަ އެވެ. 

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާބެހޭ ވަޒީރު އަލީ އިހުސާން އެވެ.

ފުލުހުން ބުނީ، 15 ފެބްރުއަރީ 2026 ވަނަ ދުވަހު ފެށި މި ތަމްރީނު ކޯހުގައި 158 ފުލުހުން ބައިވެރިވި ކަމަށާއި، 4 މަސްދުވަހުގެ މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް، ޖުމްލަ 140 ފުލުހުން ދަސްވެނިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 104 ފިރިހެން އޮފިސަރުންނާއި 36 އަންހެން އޮފިސަރުން ކަމަށް ފުލުހުން ބުނެ އެވެ. 

މި ރަސްމިއްޔާތުގައި، ކޯހުން ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް އެވޯޑް ހަވާލު ކޮށްދެއްވީ ވަޒީރު އަލީ އިހުސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އެވެ.

ކޮމިޝަނަރސް އެކްސެލެންސް އެވޯޑް އާއި ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް އިބްރާހީމް އިރްފާހެވެ.

މީގެ އިތުރުން، އިންޑޯ މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް ކޮންސްޓަބަލް ރާކިން އަޙްމަދު ހޮވުނުއިރު، އައުޓްޑޯ މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް ޙުސައިން ރިފްޝާން އަލީ އެވެ.

ކޯހުގެ ސްކޮޑްތަކުން އެންމެ މޮޅު ދަރިވަރުންވެސް މި ރަސްމިއްޔާތުގައި ހޮވާފައިވެއެވެ. އައިނެއްލާ ސްކޮޑުން އެންމެ މޮޅު ދަރިވަރަކަށް ކޮންސްޓަބަލް އަހުމަދު ޒައިން އަމްޖަދު، ބީފާން ސްކޮޑުން ކޮންސްޓަބަލް ރާކިން އަހުމަދު، ހާޖީ ސްކޮޑުން ކޮންސްޓަބަލް އިބްރާހީމް އިރްފާހް، އަދި ރަންވިއްކާ ސްކޮޑުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް އަހުމަދު ޝިޒާނެވެ.

މުޅި ކޯހުގެ ހުރިހާގޮތަކުން އެންމެ މޮޅު ސްކޮޑަކަށް ހޮވިފފައިވަނީ އައިނެއްލާ ސްކޮޑެވެ. އައިނެއްލާ ސްކޮޑަށް ޝިލްޑް ހަވާލު ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދެވެ.

ފުލުހުން އަސާސީ ތަމްރީނު ކޯހަކީ، ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ މުވައްޒަފުންނަށް ބޭނުންވާ އިލްމީ އަދި ފަންނީ ހުނަރުތަކުގެ އިތުރުން، އަހުލާގީ ސުލޫކީ މިންގަނޑުތައް ހަރުދަނާކުރުމަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ތަމްރީނު ޕްރޮގްރާމެކެވެ. މި ކޯހުގެ މަންހަޖުގެ ތެރޭގައި އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުމާއި، ކޮމިއުނިޓީ ޕޮލިސިންގގެ އުސޫލުތަކާއި، ގާނޫނު ތަންފީޒުކުރުމުގެ ފަންނީ ހުނަރުތަކުގެ އިތުރުން، ޒަމާނީ ފުލުހުންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ މުހިންމު ދާއިރާތަކުން ތަމްރީނު ދިނުން ހިމެނެ އެވެ.

މި ކޯސް ފުރިހަމަކުރި އޮފިސަރުން ދެން މަސައްކަތް ކުރަން ފަށާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ފުލުހުން ބުނެ އެވެ. 

ދިވެހި ފުލުހުން

އިތުރަށް ކިޔާލަން

20 މެއި 2026

އޮޕަރޭޝަން ފްރޮންޓިއަރ-664 ބޭންކް އެކައުންޓެއް ފްރީޒްކޮށް، 1.16 މިލިޔަން ރުފިޔާ ހޯދާފައިވޭ

20 މެއި 2026
އޮޕަރޭޝަން ފްރޮންޓިއަރ-664 ބޭންކް އެކައުންޓެއް ފްރީޒްކޮށް، 1.16 މިލިޔަން ރުފިޔާ ހޯދާފައިވޭ
05 އެޕްރީލު 2026

އިންތިޚާބާއި ގުޅިގެން ސަލާމަތީ ގޮތުން ފާހަގަކުރެވޭ ފަދަ ބޮޑު ކަމެއް ހިނގާފައިނުވޭ: ފުލުހުން

05 އެޕްރީލު 2026
އިންތިޚާބާއި ގުޅިގެން ސަލާމަތީ ގޮތުން ފާހަގަކުރެވޭ ފަދަ ބޮޑު ކަމެއް ހިނގާފައިނުވޭ: ފުލުހުން
05 އެޕްރީލު 2026

ފުލުހުންގެ ފައިސާއިން ރިޝްވަތު ނެންގެވި ކަމަށް ތުހުމަތު ކުރެވޭ ޓޫފޯ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކޮށްފި

05 އެޕްރީލު 2026
ފުލުހުންގެ ފައިސާއިން ރިޝްވަތު ނެންގެވި ކަމަށް ތުހުމަތު ކުރެވޭ ޓޫފޯ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކޮށްފި
04 އެޕްރީލު 2026

ގިނަ އަދަދެއްގެ މަސްތުވާތަކާއްޗާއެކު މާލެއިން ހަ މީހަކު ހައްޔަރުކޮށްފި

04 އެޕްރީލު 2026
ގިނަ އަދަދެއްގެ މަސްތުވާތަކާއްޗާއެކު މާލެއިން ހަ މީހަކު ހައްޔަރުކޮށްފި
28 މާރިޗު 2026

ސިނަމާލެ ބްރިޖްގެ ދަށުގައި ބިދޭސީން ދިރިއުޅޭ މައްސަލަ ބަލަނީ

28 މާރިޗު 2026
ސިނަމާލެ ބްރިޖްގެ ދަށުގައި ބިދޭސީން ދިރިއުޅޭ މައްސަލަ ބަލަނީ
27 މާރިޗު 2026

ޒާތީ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިރު ދައްކާ މައްސަލަތައް ދަނީ އިތުރުވަމުން: ފުލުހުން

27 މާރިޗު 2026
ޒާތީ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިރު ދައްކާ މައްސަލަތައް ދަނީ އިތުރުވަމުން: ފުލުހުން
21 މާރިޗު 2026

ލ. ހިތަދޫގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ބިރު ދެއްކި މައްސަލައިގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ: އާއިލާ

21 މާރިޗު 2026
ލ. ހިތަދޫގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ބިރު ދެއްކި މައްސަލައިގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ: އާއިލާ
20 މާރިޗު 2026

އަންހެން ދެ ފުލުހުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގިކަމުގެ ކުށް ސާބިތުވެ، 5400 ރުފިޔާއިން ޖޫރިމަނާ ކޮށްފި

20 މާރިޗު 2026
އަންހެން ދެ ފުލުހުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގިކަމުގެ ކުށް ސާބިތުވެ، 5400 ރުފިޔާއިން ޖޫރިމަނާ ކޮށްފި
19 މާރިޗު 2026

ކެމިކަލް ހުރި ގުދަނުގައި ހިނގި ނުރައްކާތެރި އަލިފާނު ހާދިސާގެ ޚާއްސަ ތަހުގީގެއް ފުލުހުން ފަށައިފި

19 މާރިޗު 2026
ކެމިކަލް ހުރި ގުދަނުގައި ހިނގި ނުރައްކާތެރި އަލިފާނު ހާދިސާގެ ޚާއްސަ ތަހުގީގެއް ފުލުހުން ފަށައިފި
15 މާރިޗު 2026

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝްގެ މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

15 މާރިޗު 2026
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝްގެ މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް