Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހުންގެ ޚިދުމަތް

އިންތިޚާބާއި ގުޅިގެން ސަލާމަތީ ގޮތުން ފާހަގަކުރެވޭ ފަދަ ބޮޑު ކަމެއް ހިނގާފައިނުވޭ: ފުލުހުން

ހޮނިހިރު ދުވަހު ބޭއްވި ތިން އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނުގައި ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބުނު ކަމަށް ފުލުހުން ބުނޭ. ފުލުހުން ބުނީ، އިންތިޚާބުގެ ކަންކަން އަމާންކަމާއެކު ކުރިއަށްދިޔައިރު ސަލާމަތީ ގޮތުން ފާހަގަކުރެވޭ ފަދަ ބޮޑު ހާދިސާއެއް ހިނގާފައިނުވާ ކަމަށާއި، އަދި އިންތިޚާބާ ގުޅިގެން އެއްވެސް މީހަކު ބަންދުގައި ނެތް ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 5 އެޕްރީލު 2026 | އާދީއްތަ 09:00
ފުލުހުން ވޯޓުލާ މަރުކަޒުތައް ކައިރީގައި ހަރަކާތްތެރިވަނީ.

ފުލުހުން ވޯޓުލާ މަރުކަޒުތައް ކައިރީގައި ހަރަކާތްތެރިވަނީ. | މޯލްޑިވްސް ޕޮލިސް ސާރވިސް

އިންތިޚާބާއި ގުޅިގެން ސަލާމަތީ ގޮތުން ފާހަގަކުރެވޭ ފަދަ ބޮޑު ކަމެއް ހިނގާފައިނުވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ. 

ހޮނިހިރު ދުވަހު ވަނީ ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބު ކުރިއަށް ގެންގޮސްފަ އެވެ.

Advertisement - newsAdvertisement

ރާއްޖޭގައި އެއް ދުވަހެއްގައި ފުރަތަމަ ފަހަރަށް ތިން އިންތިޚާބެއް ކުރިއަށް ގެންގޮސްފައިވާއިރު، އިންތިޚާބާ ގުޅިގެން ފުލުހުން ވަނީ ޚާއްސަ އޮޕަރޭޝަނެއް މުޅި ރާއްޖޭގައި ކުރިއަށް ގެންގޮސްފަ އެވެ. އަދި އިންތިޚާބުގެ ކަންކަން ކުރިއަށް ދިޔަ ވަގުތު ސަލާމަތީ ގޮތުން ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ވޯޓުލާ މަރުކަޒުތައް ކައިރީގައި ވެސް ފޯރިމަރާފައިވެ އެވެ. 

ފުލުހުން ވޯޓުލާ މަރުކަޒުތައް ކައިރީގައި ހަރަކާތްތެރިވަނީ.
ފުލުހުން ވޯޓުލާ މަރުކަޒުތައް ކައިރީގައި ހަރަކާތްތެރިވަނީ.
ފުލުހުން ވޯޓުލާ މަރުކަޒުތައް ކައިރީގައި ހަރަކާތްތެރިވަނީ.
ފުލުހުން ވޯޓުލާ މަރުކަޒުތައް ކައިރީގައި ހަރަކާތްތެރިވަނީ.

މި މަސައްކަތްތަކާ ގުޅޭގޮތުން ފުލުހުން ބުނީ، ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު އަދި ރިފެރެންޑަމްގެ ވޯޓުލުން ކުރިއަށް ދިޔައިރު މާލެއާއި އަތޮޅުތަކުގެ ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބުނު ކަމަށެވެ. އަދި ޚާއްސަކޮށް ވޯޓުލުން ކުރިއަށް ދިޔައިރު ފުލުހުން ދެމުންދިޔަ އިރުޝާދުތަކާ އެއްގޮތަށް ރައްޔިތުން އަމަލު ކުރުމަކީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށާއި، ހުރިހާ ކަމެއް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށް ފުލުހުން ބުންޏެވެ. 

މީގެ އިތުރުން ފުލުހުން ބުނީ، އިންތިޚާބުގެ ކަންކަން ކުރިއަށްދިޔައިރު ސަލާމަތީ ގޮތުން ފާހަގަކުރެވޭ ފަދަ ބޮޑު ކަމެއް ހިނގާފައިނުވާ ކަމަށާއި، އިންތިޚާބާ ގުޅުންހުރި އެއްވެސް މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު އެއްވެސް މީހަކު ބަންދުގައި ނެތް ކަމަށެވެ.

މުޅި ރާއްޖޭގައި ހަރަކާތްތެރިވި ފުލުހުން ކުރި ބުރަ މަސައްކަތް ފާހަގަކޮށް އެ ޚިދުމަތުން ވަނީ ރައްޔިތުންގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކޮށް މުޖުތަމައުގެ އަމަންއަމާންކަން ދެމެހެއްޓުމުގައި އަބަދުވެސް ސާބިތުކަންމަތީގައި އޮންނާނެކަމުގެ ޔަގީންކަން ދީފަ އެވެ. 

ކައުންސިލް އިންތިޚާބުއަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީޚިޔާލު ހޯދުމުގެ ވޯޓުފުލުހުންގެ ހިދުމަތްދިވެހި ފުލުހުން

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންގެ ފައިސާއިން ރިޝްވަތު ނެންގެވި ކަމަށް ތުހުމަތު ކުރެވޭ ޓޫފޯ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކޮށްފި

ފުލުހުންގެ ފައިސާއިން ރިޝްވަތު ނެންގެވި ކަމަށް ތުހުމަތު ކުރެވޭ ޓޫފޯ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކޮށްފި

05 އެޕްރީލު 2026
ރައްޔިތުން މިއަދު މިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފަ: ކުރީގެ ރައީސް ސޯލިހު

ރައްޔިތުން މިއަދު މިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފަ: ކުރީގެ ރައީސް ސޯލިހު

04 އެޕްރީލު 2026
އިންތިޚާބުގައި ފެނިގެންދިޔައީ މުޅި ރާއްޖެ އަލުން ރަން ރީނދޫވި މަންޒަރު: ޝާހިދު

އިންތިޚާބުގައި ފެނިގެންދިޔައީ މުޅި ރާއްޖެ އަލުން ރަން ރީނދޫވި މަންޒަރު: ޝާހިދު

04 އެޕްރީލު 2026
ސަރުކާރެއް ފާލުން ނެއްޓިގެން ދިއުމުން ދިވެހި ރައްޔިތުން މިވަނީ ވަރަށް ޒިންމާދާރު ކަމާއި އެކު ބަސް ބުނެފައި: ފައިސަލް

ސަރުކާރެއް ފާލުން ނެއްޓިގެން ދިއުމުން ދިވެހި ރައްޔިތުން މިވަނީ ވަރަށް ޒިންމާދާރު ކަމާއި އެކު ބަސް ބުނެފައި: ފައިސަލް

04 އެޕްރީލު 2026
އިންތިޚާބާއި ގުޅިގެން އަންނަ އާދިއްތަ ދުވަހާއި ހޯމަ ދުވަސް ސަރުކާރު ބަންދު ކޮށްފި

އިންތިޚާބާއި ގުޅިގެން އަންނަ އާދިއްތަ ދުވަހާއި ހޯމަ ދުވަސް ސަރުކާރު ބަންދު ކޮށްފި

04 އެޕްރީލު 2026

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު