Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލިފާނުގެ ހާދިސާ

ފުންފަޅު ގޭގައި ރޯވި އަލިފާނުގެ ހާދިސާ: އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް، 58 މީހުންނަށް އެހީތެރިކަން ފޯރުކޮށްދިން!

6 ޖުލައި 2026 | ހޯމަ 07:44

ގ. ފުންފަޅުގޭގެ 5 ފަންގިފިލާގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ނިއްވާލާފައިވާއިރު، މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން 28 މީހަކަށް ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައި. މި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު 58 މީހަކަށް އެންޑީއެމްއޭއިން ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އަލިފާން ރޯވި އެޕާޓްމަންޓުގެ ސާމާނުތައް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 6 ޖުލައި 2026 | ހޯމަ 07:44
ފުންފަޅު ގޭގައި ރޯވި އަލިފާނުގެ ހާދިސާގައި އެޕާޓްމަންޓުގެ ކޮޓަރިއެއް އަނދާ ހުލިވެފައި.

ފުންފަޅު ގޭގައި ރޯވި އަލިފާނުގެ ހާދިސާގައި އެޕާޓްމަންޓުގެ ކޮޓަރިއެއް އަނދާ ހުލިވެފައި. | އެމްއެންޑީއެފް

ގ.ފުންފަޅު ގޭގައި ރޯވި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އިމާރާތުގައި ދިރިއުޅޭ 58 މީހުންނަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފި އެވެ.

މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބުނީ  އާދިއްތަ ދުވަހުގެ ރޭ 22:49 ހާއިރު އެވެ. އެ ގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ އާދިއްތަ ދުވަހުގެ ރޭ 23:48 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

Advertisement - newsAdvertisement

މި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން އެންޑީއެމްއޭއިން ބުނީ، އަލިފާން ރޯވި އެ ގޭގެ ފަސްވަނަ ފަންގިފިލާގައި ކަމަށްވާއިރު، ބޭނުންނުކުރޭ ވަރަށް އެ އެޕާޓަމަންޓުގެ ސާމާނުތައް އަނދާފައިވާ ކަމަށާއި، ވަރަށް ބޮޑަށް ސީލިންގަށް ވެސް ދުމުގެ އަސަރުކޮށް ކަޅު ވެފައިވާ ކަމަށެވެ. އަދި ދުމުގެ އަސަރުކޮށްގެން އައިޖީއެމްއެޗް ގައި 25 މީހަކަށް އަދި އޭޑީކޭގައި 3 މީހަކަށް ފަރުވާ ދީފައިވާ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ. 

އެމްޑީއެމްއޭއިން ބުނީ، މި ހާދިސާއާ ގުޅިގެން އެހީތެރިކަން ދިނުމަށް ގަލޮޅު މަދަރުސާގައި އިވެކުއޭޝަން ސެންޓަރެއް ގާއިމުކޮށް، އެ އިމާރާތުގައި ދިރިއުޅޭ 58 އަށް ވުރެ ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

 

އެގޮތުން އަލިފާން ރޯވި ފަސްވަނަ ފަންގިފިލާގެ ތިން އެޕާޓްމަންޓަށާއި، ފެންވައިރުގެ މައްސަލަ ދިމާވެ ފެން ނުލިބޭ އެޕާޓްމަންޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެންޑީއެމްއޭ ގެ ފަރާތުން އިންސާނީ އެހީތެރިކަމާއި، ވަގުތީ ބޯހިޔާވަހިކަމުގެ އިތުރުން ކެއިންބުއިމުގެ އިންތިޒާމުތައް ހަމަޖައްސައިދީފައިވާ ކަމަށެވެ. 

މީގެ އިތުރުން ބައެއް މީޑިއާތަކުގެ އެގޭގައި ދިރިއުޅޭ ފަރާތްތަކާ ހަވާލާދީ ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އެ އެޕާޓްމަންޓުގެ ކޮޓަރިއެއްގައި އޮތް ޕަވަބޭންކެއްގައި ރޯވެގެން ކަމަށެވެ. 

ނަމަވެސް ކަމާބެހޭ އެއްވެސް އިދާރާއަކުން މިކަން ކަށަވަރު ކޮށްދީފައިނުވެ އެވެ. 

ގ.ފުންފަޅު ގޭއެމްއެންޑީއެފްއަލިފާނުގެ ހާދިސާނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

02 ޖުލައި 2026

ހުޅުމާލޭ 110 ވަނަ ފުލެޓުގައި ހިނގި އަލިފާނުގެ ހާދިސާ: ދެ އެޕާޓްމަންޓެއް ބޭނުން ނުކުރެވޭ ވަރަށް އަނދާ، 15 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް!

02 ޖުލައި 2026
ހުޅުމާލޭ 110 ވަނަ ފުލެޓުގައި ހިނގި އަލިފާނުގެ ހާދިސާ: ދެ އެޕާޓްމަންޓެއް ބޭނުން ނުކުރެވޭ ވަރަށް އަނދާ، 15 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް!
02 ޖުލައި 2026

ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާޙުކުރަނީ

02 ޖުލައި 2026
ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާޙުކުރަނީ
30 ޖޫން 2026

ގަދަވަޔާއި ވިއްސާރައިގައި އާރަށު ނިވަލުގައި މަޑުކޮށްގެން ތިބި މަސްވެރިންތަކެއް ސަލާމަތީ ބާރުތަކުން ފަހާލައިފި!

30 ޖޫން 2026
ގަދަވަޔާއި ވިއްސާރައިގައި އާރަށު ނިވަލުގައި މަޑުކޮށްގެން ތިބި މަސްވެރިންތަކެއް ސަލާމަތީ ބާރުތަކުން ފަހާލައިފި!
30 ޖޫން 2026

މީހަކު ރަހީނުކޮށް އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

30 ޖޫން 2026
މީހަކު ރަހީނުކޮށް އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ
26 ޖޫން 2026

ފިޔޯރީ ކައިރިން ފެނުނު ބޭރުގެ ދެ މަސް ބޯޓުން ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް އެއްޗެއް ފެނިފައިނުވޭ: އެމްއެންޑީއެފް

26 ޖޫން 2026
ފިޔޯރީ ކައިރިން ފެނުނު ބޭރުގެ ދެ މަސް ބޯޓުން ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް އެއްޗެއް ފެނިފައިނުވޭ: އެމްއެންޑީއެފް
25 ޖޫން 2026

ފިޔޯރީ ކައިރިން ބޭރުގެ ދެ މަސްބޯޓެއް ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

25 ޖޫން 2026
ފިޔޯރީ ކައިރިން ބޭރުގެ ދެ މަސްބޯޓެއް ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
15 ޖޫން 2026

ހިލޭ އެހީގެ ގޮތުގައި އޮސްޓްރޭލިއާ އިން ހަދިޔާކުރި ނޭވީ މަނަވަރު ރާއްޖެއަށް ގެނެސްފި

15 ޖޫން 2026
ހިލޭ އެހީގެ ގޮތުގައި އޮސްޓްރޭލިއާ އިން ހަދިޔާކުރި ނޭވީ މަނަވަރު ރާއްޖެއަށް ގެނެސްފި
12 ޖޫން 2026

އެމްއެންޑީއެފްގެ އަސާސީ ތަމްރީނު ކޯހުގެ 72 ވަނަ ބެޗުން 137 ސިފައިން ދަސްވެނިވެއްޖެ

12 ޖޫން 2026
އެމްއެންޑީއެފްގެ އަސާސީ ތަމްރީނު ކޯހުގެ 72 ވަނަ ބެޗުން 137 ސިފައިން ދަސްވެނިވެއްޖެ
08 ޖޫން 2026

ރާއްޖޭގެ މޫސުން ގޯސްވެ، ޅ.އަތޮޅުން ފެށިގެން އދ.އަތޮޅަށް ވައިޓް އެލާޓް!

08 ޖޫން 2026
ރާއްޖޭގެ މޫސުން ގޯސްވެ، ޅ.އަތޮޅުން ފެށިގެން އދ.އަތޮޅަށް ވައިޓް އެލާޓް!
03 ޖޫން 2026

ފުލުހުންގެ އިންޓެލިޖެންސްގެ ނަން ބަދަލު ކުރި ގޮތް ގޯސް، ރާއްޖޭގެ ސަލާމަތީ އޮނިގަނޑާ މެދު ނުބައި ތަސައްވުރެއް އުފެދިދާނެ: ހަމީދު

03 ޖޫން 2026
ފުލުހުންގެ އިންޓެލިޖެންސްގެ ނަން ބަދަލު ކުރި ގޮތް ގޯސް، ރާއްޖޭގެ ސަލާމަތީ އޮނިގަނޑާ މެދު ނުބައި ތަސައްވުރެއް އުފެދިދާނެ: ހަމީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް