Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެންޑީއެފް

ފިޔޯރީ ކައިރިން ފެނުނު ބޭރުގެ ދެ މަސް ބޯޓުން ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް އެއްޗެއް ފެނިފައިނުވޭ: އެމްއެންޑީއެފް

ފިޔޯރީގެ ހުޅަނގުން ދަތުރުކުރަމުންދިޔަ ބޭރުގެ ދެ މަސްބޯޓެއް، މަސްވެރި އުޅަނދަކުން ދިން މައުލޫމާތަކާ ގުޅިގެން ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ވަނީ ބަލައި ފާސްކޮށްފައި. މި އޮޕަރޭޝަނުގައި އެ އުޅަނދުތައް ހުއްޓުވައި ޗެކްކުރިއިރު، ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނޭ. އެމްއެންޑީއެފުން ފާހަގަކުރި ގޮތުގައި އެ އުޅަނދުތައް ދަތުރުކުރި ސަރަހައްދަކީ ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުރުގައި އާންމުކޮށް ރާއްޖޭގެ ސަރަހައްދު ހުރަސްކުރުމަށް ބޭނުންކުރާ މަގެއް.

އަމްނާ އިމާދު
އަމްނާ އިމާދު | 26 ޖޫން 2026 | ހުކުރު 08:26
ގދ. ފިޔޯރީ ކައިރިން ފެނުނު ބޭރުގެ ބޯޓު. އެމްއެންޑީއެފުން ވަނީ ބޯޓު ބަލާ ފާސްކޮށްފައި.

ގދ. ފިޔޯރީ ކައިރިން ފެނުނު ބޭރުގެ ބޯޓު. އެމްއެންޑީއެފުން ވަނީ ބޯޓު ބަލާ ފާސްކޮށްފައި. | އެމްއެންޑީއެފް

ގދ. ފިޔޯރީ ކައިރިން ފެނުނު ބޭރުގެ ދެ މަސް ބޯޓުން ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. 

ބުރާސްފަތި ދުވަހުގެ ހެނދުނު ގދ. އަތޮޅާއި ފުވައްމުލަކާ ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިން، ގދ. ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުން، ބޭރުގެ ދެ މަސްބޯޓެއް އިރުން ހުޅަނގަށް ދަތުރުކުރަމުންދާ ކަމުގެ ރިޕޯޓެއް ލިބިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ވަނީ ހަރަކާތްތެރިވެފަ އެވެ. 

މި އޮޕަރޭޝަންއާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، ރާއްޖޭގެ ޚާއްސަ އިގުތިސާދީ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ ބޭރުގެ ދެ މަސްބޯޓެއް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަނުން ހުއްޓުވައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ. 

އެމްއެންޑީއެފުން ބުނީ، އެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު އުޅަނދަކުން ކުރި އެ ރިޕޯޓާ ގުޅިގެން އެ ސަރަހައްދަށް ގޮސް، އެ އުޅަނދުތައް ހުއްޓުވައި، މޯލްޑިވްސް ޕޮލިސް ސަރވިސް އާ ގުޅިގެން ބަލައި ފާސްކުރިއިރު ގާނޫނާއި ގަވާއިދާ ޚިލާފު އެއްވެސް އެއްޗެއް އެ އުޅަނދުތަކުން ފެނިފައިނުވާ ކަމަށެވެ. 

މި ކަނޑުއޮޅި އަކީ ބައިނަލްއަގުވާމީ ގޮތުން ކަނޑު ދަތުރުފަތުރުކުރުމުގައި އާންމުކޮށް ރާއްޖޭގެ ސަރަހައްދު ހުރަސްކުރުމަށް ބޭނުންކުރާ ސަރަހައްދެއް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

ދޭތެރެދޭތެރެއިން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ބޭރުގެ މަސް ބޯޓުތައް އަތުލައިގަނެ އެވެ. މިގޮތަށް އަތުލައިގަނެވޭ ބޯޓުތައް ފުލުހުންނާ ހަވާލުކުރާ އިރު، މީގެ ކުރިން މިފަދަ ބޯޓުތަކުން މަސްތުވާތަކެތި ވެސް ހޯދާފައިވެ އެވެ. 

ގދ. ފިޔޯރީއެމްއެންޑީއެފްއިކްއެޓޯރިއަލް ޗެނަލް

އިތުރަށް ކިޔާލަން

25 ޖޫން 2026

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހުއްދަނެތި ދަތުރުކުރި ދެ މަސްބޯޓު ހުއްޓުވަން އެމްއެންޑީއެފް ހަރަކާތްތެރިވެއްޖެ

25 ޖޫން 2026
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހުއްދަނެތި ދަތުރުކުރި ދެ މަސްބޯޓު ހުއްޓުވަން އެމްއެންޑީއެފް ހަރަކާތްތެރިވެއްޖެ
25 ޖޫން 2026

ފިޔޯރީ ކައިރިން ބޭރުގެ ދެ މަސްބޯޓެއް ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

25 ޖޫން 2026
ފިޔޯރީ ކައިރިން ބޭރުގެ ދެ މަސްބޯޓެއް ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
15 ޖޫން 2026

ހިލޭ އެހީގެ ގޮތުގައި އޮސްޓްރޭލިއާ އިން ހަދިޔާކުރި ނޭވީ މަނަވަރު ރާއްޖެއަށް ގެނެސްފި

15 ޖޫން 2026
ހިލޭ އެހީގެ ގޮތުގައި އޮސްޓްރޭލިއާ އިން ހަދިޔާކުރި ނޭވީ މަނަވަރު ރާއްޖެއަށް ގެނެސްފި
12 ޖޫން 2026

ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި ފަޅާލުމާ ގުޅިގެން އެ ފޮށީގެ ވޯޓުލުން ބާތިލްކޮށްފި، އެ ފޮށީގެ ވޯޓުލާނީ އެހެން ދުވަހަކު

12 ޖޫން 2026
ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި ފަޅާލުމާ ގުޅިގެން އެ ފޮށީގެ ވޯޓުލުން ބާތިލްކޮށްފި، އެ ފޮށީގެ ވޯޓުލާނީ އެހެން ދުވަހަކު
12 ޖޫން 2026

އެމްއެންޑީއެފްގެ އަސާސީ ތަމްރީނު ކޯހުގެ 72 ވަނަ ބެޗުން 137 ސިފައިން ދަސްވެނިވެއްޖެ

12 ޖޫން 2026
އެމްއެންޑީއެފްގެ އަސާސީ ތަމްރީނު ކޯހުގެ 72 ވަނަ ބެޗުން 137 ސިފައިން ދަސްވެނިވެއްޖެ
08 ޖޫން 2026

ރާއްޖޭގެ މޫސުން ގޯސްވެ، ޅ.އަތޮޅުން ފެށިގެން އދ.އަތޮޅަށް ވައިޓް އެލާޓް!

08 ޖޫން 2026
ރާއްޖޭގެ މޫސުން ގޯސްވެ، ޅ.އަތޮޅުން ފެށިގެން އދ.އަތޮޅަށް ވައިޓް އެލާޓް!
03 ޖޫން 2026

ފުލުހުންގެ އިންޓެލިޖެންސްގެ ނަން ބަދަލު ކުރި ގޮތް ގޯސް، ރާއްޖޭގެ ސަލާމަތީ އޮނިގަނޑާ މެދު ނުބައި ތަސައްވުރެއް އުފެދިދާނެ: ހަމީދު

03 ޖޫން 2026
ފުލުހުންގެ އިންޓެލިޖެންސްގެ ނަން ބަދަލު ކުރި ގޮތް ގޯސް، ރާއްޖޭގެ ސަލާމަތީ އޮނިގަނޑާ މެދު ނުބައި ތަސައްވުރެއް އުފެދިދާނެ: ހަމީދު
01 ޖޫން 2026

ލޯންޗެއް އެކްސިޑެންޓްވެ ނުރައްކާތެރި ހާދިސާއެއް، ދެ މީހަކަށް ސީރިއަސް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެނީ

01 ޖޫން 2026
ލޯންޗެއް އެކްސިޑެންޓްވެ ނުރައްކާތެރި ހާދިސާއެއް، ދެ މީހަކަށް ސީރިއަސް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެނީ
31 މެއި 2026

ބައެއް ރަށްތައް ފެންބޮޑުވެ، ގެއްލުން ލިބުނުއިރު، ފާއިތުވި 24 ގަޑިއިރު ސ. ގަމަށް 106.7 މިލިމީޓަރުގެ ވާރޭ ވެހިފައިވޭ!

31 މެއި 2026
ބައެއް ރަށްތައް ފެންބޮޑުވެ، ގެއްލުން ލިބުނުއިރު، ފާއިތުވި 24 ގަޑިއިރު ސ. ގަމަށް 106.7 މިލިމީޓަރުގެ ވާރޭ ވެހިފައިވޭ!
23 މެއި 2026

މަހުދީ ބަޑީ ޑައިވަރާ ވަކިވެފައިވަނީ އެންމެ މައްޗަށް އެރި ފަހުންކަމަށް ތަރުޖަމާނު ކުރިން ވިދާޅުވި، ނަމަވެސް މިހާރު އެކަން ސާފެއް ނޫން!

23 މެއި 2026
މަހުދީ ބަޑީ ޑައިވަރާ ވަކިވެފައިވަނީ އެންމެ މައްޗަށް އެރި ފަހުންކަމަށް ތަރުޖަމާނު ކުރިން ވިދާޅުވި، ނަމަވެސް މިހާރު އެކަން ސާފެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު