Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޭޝަނަލް އިންޓެލިޖެންސް ސަރވިސް

ފުލުހުންގެ އިންޓެލިޖެންސްގެ ނަން ބަދަލު ކުރި ގޮތް ގޯސް، ރާއްޖޭގެ ސަލާމަތީ އޮނިގަނޑާ މެދު ނުބައި ތަސައްވުރެއް އުފެދިދާނެ: ހަމީދު

ފުލުހުންގެ އިންޓެލިޖެންސްގެ ނަން "ނޭޝަނަލް އިންޓެލިޖެންސް ސާވިސް" އަށް ބަދަލުކުރުމަކީ ގާނޫނީ ބިންގަލެއް ނެތި ނިންމާފައިވާ ގޯސް ނިންމުމެއް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ. މި ބަދަލުގެ ސަބަބުން ސަލާމަތީ ބާރުތަކުގެ މެދުގައި އޮޅުންބޮޅުން އުފެދި، މުޅި ގައުމުގެ އިންޓެލިޖެންސްގެ އެންމެ އިސް ދައުރު އަދާކުރަނީ ހަމައެކަނި ފުލުހުން ކަމަށް ބޭރުގެ ފަރާތްތަކަށް ސިފަވެދާނެ ކަމަށް އޭނާ ފާހަގަކުރެއްވި. އެހެންކަމުން ވަކި މުއައްސަސާއަކުން ހުރިހާ ބާރެއް ހޯދުމުގެ ބަދަލުގައި، ކަމާބެހޭ ހުރިހާ އިދާރާތަކެއް ވިލަރެސްކުރާނެ ހަރުދަނާ ގައުމީ އޮނިގަނޑެއް ގާއިމުކުރުން މުހިންމު ކަމަށް ހަމީދު ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 3 ޖޫން 2026 | ބުދަ 08:20
ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު

ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު | ރައްޔިތުންގެ މަޖިލިސް

ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ނަން "ނެޝަނަލް އިންޓެލިޖެންސް ސަރވިސް" ގެ ނަމަށް ބަދަލުކުރުމަށް ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ އިދާރީ އޮނިގަނޑަށް މިދިޔަ ހޯމަ ދުވަހުން ފެށިގެން ގެނައި ބަދަލުތަކުގެ ތެރެއިން ދިވެހި ފުލުހުންގެ އިންޓެލިޖެންސްގެ ނަން ވަނީ "ނޭޝަނަލް އިންޓެލިޖެންސް ސަރވިސް" އަށް ބަދަލުކޮށްފަ އެވެ.

މިކަމާ ގުޅިގެން މީޑިއަމްގައި ހިއްސާކުރެއްވި ބްލޮގް ޕޯސްޓެއްގައި ހަމީދު ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންޓެލިޖެންސްގެ ނަން "ނޭޝަނަލް އިންޓެލިޖެންސް ސަރވިސް" އަށް ބަދަލުކުރުމަށް ނިންމި ކަމަށް ބުނާ ޚަބަރާއެކު ގިނަ ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށެވެ. ސަބަބަކީ މި ނިންމުމަކީ ގޯސް ނިންމުމެއް ކަމަށް ވާތީ ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ. 

ހަމީދު ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސަކީ ކޮންމެހެންވެސް ވަރުގަދަވާންޖެހޭ ދާއިރާ އެއް ކަމަށެވެ. އެގޮތުން ޒަމާނީ ފުލުހުންގެ ޚިދުމަތެއްގައި ތަހުގީގުތަކަށާއި، ކުށްކުރުން ހުއްޓުވުމަށާއި، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށާއި، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ އިތުރުން، ރޭވުންތެރިކަމާއެކު ހިންގާ ބޮޑެތި ކުށްތަކާއި ގައުމީ ސަލާމަތަށް ހުރި ނުރައްކާތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ފަންނީ އިންޓެލިޖެންސް ނިޒާމެއް އޮތުން މުހިންމު ކަމަށެވެ.

އެގޮތުން ފުލުހުންގެ އިންޓެލިޖެންސަށް "ނޭޝަނަލް އިންޓެލިޖެންސް ސާވިސް" ކިޔުމުން ދޭހަވަނީ، މުޅި ގައުމުގެ އިންޓެލިޖެންސްގެ އެންމެ އިސް ދައުރު އަދާކުރާ ބަޔަކީ ފުލުހުން ކަމަށް ހަމީދު ވިދާޅުވި އެވެ. މިއީ ގާނޫނު ތަންފީޒުކުރާ އެންމެ މުއައްސަސާއަކުން، ދައުލަތުގެ މަރުކަޒީ އިންޓެލިޖެންސް އިދާރާއަކަށް ވުމަށް މަސައްކަތްކުރާ ކަމުގެ އިޝާރާތެއް ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ނަމަވެސް، ރާއްޖޭގައި މިފަދަ މަރުކަޒީ އިދާރާއެއް އުފައްދައި، އޭގެ މަސްއޫލިއްޔަތާއި، އިޚްތިސާސާއި، އިންތަކާއި، އެހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރާނެ ގޮތް ބަޔާންކުރާ ގައުމީ އިންޓެލިޖެންސް ގާނޫނެއް މިހާރު ނެތް ކަން ފާހަގަކުރައްވާ ހަމީދު ވިދާޅުވީ އެންމެ ބޮޑު މައްސަލައަކީ މިއީ ކަމަށެވެ. 

ރާއްޖޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ވަކި މުއައްސަސާއެއްގެ އެކަނި މަސައްކަތެއް ނޫންކަން ފާހަގަކުރައްވަމުން ހަމީދު ވިދާޅުވީ ފުލުހުންގެ އިތުރުން އެމްއެންޑީއެފް، ކަސްޓަމްސް، އަދި އިމިގްރޭޝަން ފަދަ އިދާރާތަކަކީ ވެސް ގައުމީ ސަލާމަތަށް ބޭނުންވާ މައުލޫމާތު އެއްކުރާ މުއައްސަސާތައް ކަމަށެވެ.

ގާނޫނީ ބިންގަލެއް ނެތި މިފަދަ ނަމެއް ބޭނުންކުރުމަކީ މައްސަލައެއް ކަމަށާ މީގެ ސަބަބުން ރާއްޖޭގެ ސަލާމަތީ މުއައްސަސާތަކުގެ މެދުގައި އޮޅުންބޮޅުން އުފެދުމުގެ އިތުރުން، އިންޓެލިޖެންސް އަދި ސަލާމަތީ ދާއިރާއިން ރާއްޖެއާ ގުޅިގެން މަސައްކަތްކުރާ ބޭރުގެ ފަރާތްތަކުގެ މެދުގައިވެސް ރާއްޖޭގެ ސަލާމަތީ އޮނިގަނޑާ މެދު ނުބައި ތަސައްވުރެއް އުފެދިދާނެ ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ. 

މިފަދަ ބަދަލެއް ގެންނަންވާނީ މަޝްވަރާކުރުމަށްފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން މިކަމާ މެދު މިނިސްޓްރީ އޮފް ޑިފެންސާއި، އެމްއެންޑީއެފް އާއި، އެންސީޓީސީ އާއި، ކަސްޓަމްސް އާއި، އިމިގްރޭޝަނާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކާ މަޝްވަރާކުރަން ޖެހޭނެ ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ. 

ހަމީދު ވިދާޅުވީ މިވަގުތު އެންމެ ބޭނުންވަނީ އެއް މުއައްސަސާއަކުން ހުރިހާ ބާރެއް ހޯދުމުގެ ބަދަލުގައި، އެ ހުރިހާ އިދާރާތަކެއް ވިލަރެސްކުރާނެ ހަރުދަނާ ގައުމީ އޮނިގަނޑެއް ކަމަށެވެ. 

މުހައްމަދު ހަމީދުނޭޝަނަލް އިންޓެލިޖެންސް ސަރވިސްދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުއެމްއެންޑީއެފްކަސްޓަމްސް އިމިގްރޭޝަން

އިތުރަށް ކިޔާލަން

02 ޖޫން 2026

14 ކޮމާންޑު ލެވެލްއެއް ހިމަނައި، ފުލުހުންގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް!

02 ޖޫން 2026
14 ކޮމާންޑު ލެވެލްއެއް ހިމަނައި، ފުލުހުންގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް!
01 ޖޫން 2026

ލޯންޗެއް އެކްސިޑެންޓްވެ ނުރައްކާތެރި ހާދިސާއެއް، ދެ މީހަކަށް ސީރިއަސް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެނީ

01 ޖޫން 2026
ލޯންޗެއް އެކްސިޑެންޓްވެ ނުރައްކާތެރި ހާދިސާއެއް، ދެ މީހަކަށް ސީރިއަސް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެނީ
31 މެއި 2026

ބައެއް ރަށްތައް ފެންބޮޑުވެ، ގެއްލުން ލިބުނުއިރު، ފާއިތުވި 24 ގަޑިއިރު ސ. ގަމަށް 106.7 މިލިމީޓަރުގެ ވާރޭ ވެހިފައިވޭ!

31 މެއި 2026
ބައެއް ރަށްތައް ފެންބޮޑުވެ، ގެއްލުން ލިބުނުއިރު، ފާއިތުވި 24 ގަޑިއިރު ސ. ގަމަށް 106.7 މިލިމީޓަރުގެ ވާރޭ ވެހިފައިވޭ!
30 މެއި 2026

މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގި މައްސަލަ ބަލަނީ

30 މެއި 2026
މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގި މައްސަލަ ބަލަނީ
25 މެއި 2026

ހުޅުމާލޭ މަގުމަތިން ގިނަ އަދަދެއްގެ ބަނގުރާފުޅިތަކާއެކު ހައްޔަރުކުރި ބަންގްލަދޭޝް ދެ މީހުން ޑީޕޯޓް ކުރަނީ

25 މެއި 2026
ހުޅުމާލޭ މަގުމަތިން ގިނަ އަދަދެއްގެ ބަނގުރާފުޅިތަކާއެކު ހައްޔަރުކުރި ބަންގްލަދޭޝް ދެ މީހުން ޑީޕޯޓް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު