Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެންޑީއެފް

އެމްއެންޑީއެފްގެ އަސާސީ ތަމްރީނު ކޯހުގެ 72 ވަނަ ބެޗުން 137 ސިފައިން ދަސްވެނިވެއްޖެ

12 ޖޫން 2026 | ހުކުރު 07:43

އައްޑޫ ސިޓީގައި ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ކޯހުގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހަސަން ރަޝީދެވެ. މި ކޯހުގެ އެންމެ މޮޅު ދަރިވަރަކަށް ޕްރައިވެޓް މުހައްމަދު ނަޒީހު ރަޝީދު ހޮވުނުއިރު، ވަޒީރު ވަނީ ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލު ކޮށްދެއްވާފައި. އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގި މި ކޯހަކީ ގައުމީ ދިފާއީ ބާރުގެ އަސާސީ ހުނަރުތަކާއި އަޚްލާގު އުނގަންނައިދިނުމަށް ހިންގި މުހިންމު ތަމްރީނެއް.

އަމްނާ އިމާދު
އަމްނާ އިމާދު | 12 ޖޫން 2026 | ހުކުރު 07:43
އެމްއެންޑީއެފްގެ އަސާސީ ތަމްރީނު ކޯހުގެ 72 ވަނަ ބެޗުން ދަސްވެނިވި 137 ސިފައިން.

އެމްއެންޑީއެފްގެ އަސާސީ ތަމްރީނު ކޯހުގެ 72 ވަނަ ބެޗުން ދަސްވެނިވި 137 ސިފައިން. | އެމްއެންޑީއެފް

ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)ގެ އަސާސީ ތަމްރީނު ކޯހުގެ 72 ވަނަ ބެޗުން 137 ސިފައިން ދަސްވެނިވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު އައްޑޫ ޓްރެއިނިންގ ސެންޓަރުގައި ބޭއްވި 72 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާއީ އަދި ވަތަނީ ޚިދުމަތާ ބެހޭ ވަޒީރު، ހަސަން ރަޝީދު އެވެ. އަދި ދިފާއީ އަދި ވަތަނީ ޚިދުމަތާ ބެހޭ ވަޒީރު، ވަނީ ލަޝްކަރު ބަލައި ފާސްކޮށްދެއްވުމަށް ފަހު، ކޯހުން ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ހަވާލު ކޮށްދެއްވާފަ އެވެ. 

Advertisement - newsAdvertisement

އެމްއެންޑީއެފުން ބުނީ، މި ކޯހުން 137 ދަރިވަރުން ދަސްވެނިވެފައިވާ ކަމަށެވެ. 

އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން 2026 މާރިޗު 07 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ހިންގި މި ކޯހުގެ ތަމްރީނުތައް ކުރިއަށް ގެންދިޔައީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، އައްޑޫ ޓްރެއިނިންގ ސެންޓަރުގަ އެވެ.

މި ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް ސިފައިންގެ އަޒުމް ލައިދެއްވީ، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ހުސައިން އިބްރާހީމެވެ.

އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް އިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ގައުމިއްޔަތަށް ލޯބިކުރާ، ސިފަވަންތަ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ، ހަށިހެޔޮ މީހަކަށް ހެދުމާ އެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ އިލްމާއި ހުނަރު އުނގަންނައި ދިނުމަށެވެ.

މީގެ އިތުރުން ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯހުގެ އެންމެ މޮޅު ދަރިވަރުގެ އެވޯޑް ހާސިލުކޮށްފައި ވަނީ ޕްރައިވެޓް މުހައްމަދު ނަޒީހު ރަޝީދު (ސ.ނ 9047) އެވެ. ހަށިހެޔޮކަމުން އެއްވަނަ ދަރިވަރަށް ދޭ "ކޮމާންޑަރ މޮޓަރ ޙަސަން މަނިކު އެވޯޑް" ހާސިލުކޮށްފައި ވަނީ ޕްރައިވެޓް އައިޝަތު ރަނާ އަބްދުއް ރަހްމާން (ސ.ނ 9076) އެވެ. ހެވިކަމަށް އެންމެ މޮޅު ދަރިވަރަށް ދޭ "ކޮމާންޑަރ އިސްމާއީލް ދީދީ އެވޯޑް" ޕްރައިވެޓް އަނޫސް މުހައްމަދު (ސ.ނ 9058) ހާސިލުކުރި އިރު، އަމާޒަށް ބަޑިޖެހުމުން އެންމެ މޮޅު ދަރިވަރަށް ދޭ "މޭޖަރ އިނގިރޭސި އުމަރު މަނިކު އެވޯޑް" ހާސިލުކުރީ ޕްރައިވެޓް މުހައްމަދު ރަޒާން އަލީ ޒާހިރު (ސ.ނ 9156) އެވެ.

މުޅި ކޯހުން އެއްވަނަ ޕްލެޓޫނަަކަށް ހޮވިފައިވަނީ ޝަހީދު ކޯޕްރަލް ހުސައިން އާދަމް ކޮމްޕެނީގެ ސިއެރާ ޕްލެޓޫނެވެ. ޝަހީދު ކޯޕްރަލް ހުސައިން އާދަމް ކޮމްޕެނީގެ، ސިއެރާ ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް ފާތިމަތު ސަރާ އާދަމް (ސ.ނ 9067) ހޮވުނު އިރު، ޝަހީދު ކޯޕްރަލް ހުސައިން އާދަމް ކޮމްޕެނީގެ، އަލްފާ ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް އައިޝަތު ރަނާ އަބްދުއް ރަހުމާން (ސ.ނ 9076) އެވެ. އަދި، ޝަހީދު ކޯޕްރަލް ހުސައިން އާދަމް ކޮމްޕެނީގެ، ޓެންގޯ ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް މާއިޒް މުހައްމަދު ޒުހައިރު (ސ.ނ 9062) އެވެ. އަދި ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ކޮމްޕެނީގެ، ޗާރލީ ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް އުލްވާން އަތޫފް އަރީބް (ސ.ނ 9154) އެވެ.

އެމްއެންޑީއެފްކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސް

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

17 އޯގަސްޓު 2026

ގެއްލުނު މީހުން ހޯދުމުގައި އެމެރިކާ ސިފައިން އެހީވި ކަމަށް އެމްއެންޑީއެފްއިން ބުނެފި

17 އޯގަސްޓު 2026
ގެއްލުނު މީހުން ހޯދުމުގައި އެމެރިކާ ސިފައިން އެހީވި ކަމަށް އެމްއެންޑީއެފްއިން ބުނެފި
17 އޯގަސްޓު 2026

ގެއްލުނު 3 މީހުން ދޯނިތެރޭގައި ތާށިވީ ކަމަށް ބެލެވޭ، ފެނުމުގެ ފުރުސަތު ކުޑަ: އެމްއެންޑީއެފް

17 އޯގަސްޓު 2026
ގެއްލުނު 3 މީހުން ދޯނިތެރޭގައި ތާށިވީ ކަމަށް ބެލެވޭ، ފެނުމުގެ ފުރުސަތު ކުޑަ: އެމްއެންޑީއެފް
15 އޯގަސްޓު 2026

ފްރެންޑް 4 ސަޕްލައި ދޯނި ވަނީ 1600 މީޓަރަށް ވުރެ ފުނުގައި، މިއީ އަސްކަރީ ސަބްމެރިންވެސް ދަތުރުކުރާ ފުން މިނެއް ނޫން: އެމްއެންޑީއެފް

15 އޯގަސްޓު 2026
ފްރެންޑް 4 ސަޕްލައި ދޯނި ވަނީ 1600 މީޓަރަށް ވުރެ ފުނުގައި، މިއީ އަސްކަރީ ސަބްމެރިންވެސް ދަތުރުކުރާ ފުން މިނެއް ނޫން: އެމްއެންޑީއެފް
13 އޯގަސްޓު 2026

"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާއަށް 8 ދުވަސް: އެމްއެންޑީއެފްއިން ބުނަނީ ގެއްލުނު ދިވެހިން ހޯދަން ބޭރުގެ އެހީ ލިބިފައިވާނަމަ އެކަން އިއުލާނުކުރާނީ ސަރުކާރުން ކަމަށް

13 އޯގަސްޓު 2026
"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާއަށް 8 ދުވަސް: އެމްއެންޑީއެފްއިން ބުނަނީ ގެއްލުނު ދިވެހިން ހޯދަން ބޭރުގެ އެހީ ލިބިފައިވާނަމަ އެކަން އިއުލާނުކުރާނީ ސަރުކާރުން ކަމަށް
12 އޯގަސްޓު 2026

މިއަދު ވެސް މޫސުން ގޯސް، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ފެން ހިންދުމުގެ މަސައްކަތް ކުރަނީ!

12 އޯގަސްޓު 2026
މިއަދު ވެސް މޫސުން ގޯސް، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ފެން ހިންދުމުގެ މަސައްކަތް ކުރަނީ!
11 އޯގަސްޓު 2026

ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތަކުގައި ދިމާވާ ހިތާމާވެރި ހާދިސާތަކާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުންގެ އިސް ވެރިން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި

11 އޯގަސްޓު 2026
ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތަކުގައި ދިމާވާ ހިތާމާވެރި ހާދިސާތަކާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުންގެ އިސް ވެރިން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި
10 އޯގަސްޓު 2026

ފަރަށް އެރި އުރަފާ ދޯނީގައި ތިބި 6 މީހުން ނޮޅިވަރަންފަރަށް ގެންގޮސްފި

10 އޯގަސްޓު 2026
ފަރަށް އެރި އުރަފާ ދޯނީގައި ތިބި 6 މީހުން ނޮޅިވަރަންފަރަށް ގެންގޮސްފި
10 އޯގަސްޓު 2026

"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު މީހުން ހޯދުމަށް މިހާތަނަށް 9400 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލާފައިވޭ!

10 އޯގަސްޓު 2026
"ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާ: ގެއްލުނު މީހުން ހޯދުމަށް މިހާތަނަށް 9400 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލާފައިވޭ!
09 އޯގަސްޓު 2026

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

09 އޯގަސްޓު 2026
އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް
09 އޯގަސްޓު 2026

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

09 އޯގަސްޓު 2026
"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް