Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތް

އިނގިރޭސިވިލާތަށް ޓެރަރިޒަމްގެ ނުރައްކާ އިންތިހާއަށް މަތީގައި!

ހޯމަ ދުވަހުގެ ރޭ މެންޗެސްޓާ އެރީނާ އަށް ދިން ހަމަލާގައި 22 މީހުން މަރުވި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 24 މެއި 2017 | ބުދަ 07:35
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާރިއާނާ ގްރާންޑޭގެ ޝޯއަށް ފަހު މެންޗެސްޓަރ އެރީނާއަށް ދީފައިވާ ބޮމުގެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓުން ވަނީ ނަގައިފައި

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާރިއާނާ ގްރާންޑޭގެ ޝޯއަށް ފަހު މެންޗެސްޓަރ އެރީނާއަށް ދީފައިވާ ބޮމުގެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓުން ވަނީ ނަގައިފައި

އިނގިރޭސިވިލާތަަށް ޓެރެރިސްޓް ހަމަލާއެއް އަތުވެދާނެ ކަމަށް ބަލާ މިންގަނޑުން ބަލާނަމަ އެގައުމު މިހާރު އޮތީ އެންމެ މަތީ ހަރުފަތުގައި ކަމަށާއި، އެއީ "ކްރިޓިކަލް" ހާލަތުގައި ކަމަށް ބޮޑު ވަޒީރު ތެރީސާ މޭ އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ "ޓެރާ ތްރެޓް ލެވެލް"، "ކްރިޓިކަލް" ނުވަތަ އެންމެ ނުރައްކާތެރި ހާލަތުގައި ވުމުން އަންގައި ދެނީ، އެގައުމަށް، އިތުރު ޓެރަރިސްޓް ހަަމަލާއެއް އަތުވެދާނެ ކަން ވަރަށް ގާތް ކަމެވެ. "ޓެރާ ތްރެޓް ލެވެލް" އެންމެ މަތީ ހަރުފަތަަށް އިނގިރޭސިވިލާތުން ޖެއްސިއިރު، ހޯމަ ދުވަހުގެ ރޭ، ޖާނުން ފިދާވެގެން މެންޗެސްޓާ އެރީނާއަށް ވަނީ ބޮމުގެ ހަމަލާއެއް ދީފައެވެ. މެންޗެސްޓާ އެރީނާ އާށް ދިން ހަމަލާގައި 22 މީހުން މަރުވެ 59 މީހުން ޒަޚަމްވެފައިވެއެވެ.

ޖާނުން ފިދާވެގެން ބޮމުގެ ހަމަލާ ދިން ކަމަށް އޮފިޝަލުން ތުހުމަތުކޮށްފައި ވަނީ ސަލްމާން އަބެދީ ނަމަކަށް ކިޔާ މީހަކަށް ކަމަށްވާއިރު، ތަހުގީގު ކުރާ އޮފިޝަލުންނަށް އަދި، ހަަމަލާ ދިނީ އޭނާ އެކަނި ކަމަށް ކަށަވަރު ނުކޮށްދެވެއެވެ.

އިނގިރޭސިވިލާތުގެ މައި އިމާރާތްތަކާއި އަދި ތަންތަނުގައި ސަލާމަތީ ބާރުތަކުން މިހާރު ދަނީ ފޯރިމަރަމުންނެވެ.

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާރިއާނާ ގްރާންޑޭގެ ޝޯވއަށް ފަހު މެންޗެސްޓަރ އެރީނާއަށް ދީފައިވާ ބޮމުގެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް އިން ނަގައިފިއެވެ. ހަމަލާ ދިން ވަގުތު އެތަނުގައި ތިބި ބައެއް ފަރާތްތަކުން ބުނީ، ބޮން ގޮއްވާފައިވަނީ އާރިއާނާ ފަހު ލަވަ ނިންމާލާ "ޝުކުރިއްޔާ މެންޗެސްޓަރ"އޭ ބުނެ ސްޓޭޖުން ފޭބި ވަގުތެވެ. މެންޗެސްޓަރ އެރީނާއިން ބުނި ގޮތުގައި ބޮން ގޮއްވާފައިވަނީ ޝޯވ ބަލަން ދިޔަ މީހުން ނިކުންނަނިކޮށް، އެރީނާގެ ބޭރުންނެވެ. މި ހަމަލާގައި އާރިއާނާއަށް އަނިޔާއެއް ވެފައެއް ނުވާއިރު، އޭނާވަނީ އެކަމާ ގުޅިގެން "ހިތުގައި ޖެހިއްޖެ"ކަމަށް، ޓްވިޓާ މެދުވެރިކޮށް ބުނެފައެވެ.

މިފަހަރުގެ ކުރިން މިހާތަނަށް، އިނގިރޭސިވިލާތުގެ "ޓެރާ ތްރެޓް ލެވަލް"، "ކްރިޓިކަލް" އަށް ޖައްސައިފައި ވަނީ 2006 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުކުމް ބޯމަތީގައި އޮއްވައި ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ދުބާއީ އަށް

ހުކުމް ބޯމަތީގައި އޮއްވައި ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ދުބާއީ އަށް

26 އޯގަސްޓު 2017
ވެނެޒުއޭލާގެ ކުރީގެ ޗީފް ޕްރޮސިކިއުޓަރާއި އެކަމަނާގެ ފިރިކަލުން ވެނެޒުއޭލާގައި "ދިރިއުޅުމަށް ނުރައްކާ" ކަމަށް ވިދާޅުވެ ގައުމުން ބޭރަށް!

ވެނެޒުއޭލާގެ ކުރީގެ ޗީފް ޕްރޮސިކިއުޓަރާއި އެކަމަނާގެ ފިރިކަލުން ވެނެޒުއޭލާގައި "ދިރިއުޅުމަށް ނުރައްކާ" ކަމަށް ވިދާޅުވެ ގައުމުން ބޭރަށް!

19 އޯގަސްޓު 2017
ތުރުކީގެ ނޫހެއް ކަމަށްވާ "ކަމްހުރިޔަތް" ގެ 17 މުވައްޒަފެއްގެ މައްޗަށް ޓެރަރިޒަމްގެ ޝަރީއާތް ކުރަނީ

ތުރުކީގެ ނޫހެއް ކަމަށްވާ "ކަމްހުރިޔަތް" ގެ 17 މުވައްޒަފެއްގެ މައްޗަށް ޓެރަރިޒަމްގެ ޝަރީއާތް ކުރަނީ

24 ޖުލައި 2017
ޔޫރަޕްގައި އިސްލާމް ދީނާ ގުޅުވައިގެން ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ އަަދަަދު މައްޗަށް

ޔޫރަޕްގައި އިސްލާމް ދީނާ ގުޅުވައިގެން ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ އަަދަަދު މައްޗަށް

16 ޖޫން 2017
އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ އެމެރިކާގެ ގައުމީ ސަަލާމަތަށް މިހާރުން މިހާރަށް ނުރައްކާވެފައިވާ އެންމެ ބޮޑު މައްސަލަ: ޖޭމްސް މެޓިސް

އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ އެމެރިކާގެ ގައުމީ ސަަލާމަތަށް މިހާރުން މިހާރަށް ނުރައްކާވެފައިވާ އެންމެ ބޮޑު މައްސަލަ: ޖޭމްސް މެޓިސް

13 ޖޫން 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު