Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އުތުރުކޮރެއާގެ ކޯޅުން

އުތުރު ކޮރެއާގެ ފާޑުކިޔުން މިފަހަރު އިޒްރޭލަށް!

އިޒްރޭލުން އުޅެނީ ޖަރީމާތައް ފޮރުވަން

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 30 އެޕްރީލު 2017 | އާދީއްތަ 14:08
އުތުރު ކޮރެއާގެ އަސްކަރީ ބާރު ދައްކާލަން ބޭއްވި ހެވިކަމުގެ ހިނގާލުމެއްގެ ތެރެއިން

އުތުރު ކޮރެއާގެ އަސްކަރީ ބާރު ދައްކާލަން ބޭއްވި ހެވިކަމުގެ ހިނގާލުމެއްގެ ތެރެއިން

އެމެރިކާއާ ހުޅަނގުގެ ޤައުމުތައް ސިލްސިލާ އިންޒާރުތަކެއް ދެމުން އަންނަ އުތުރު ކޮރެއާ އިން އިޒްރޭލަށް ވަރަށް ވަރުގަދައަށް ފާޑު ކިޔައިފިއެވެ.

އުތުރު ކޮރެއާގެ ފާޑުކިޔުން އިޒްރޭލަށް އަމާޒުމިވީ އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުން އަކީ "މޮޔަ އެއް" ގެ ގޮތުގައި އިޒްރޭލުން ސިފަކުރުމުންނެވެ.

އިޒްރޭލަށް ރައްދު ދިނުމުގެ ގޮތުން އުތުރު ކޮރެއާއިން ބުނީ މެދުއިރުމަތީގައި ގަވައިދާ ހިލާފަށް ނިއުކްލިއަ ހަތިޔާރު އުފައްދާ ހަމަ އެކަނި ގައުމަކީ އިޒްރޭލުކަމަށެވެ.

އުތުރުކޮރެއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނާއި ޙަވާލާދީ އެގައުމުގެ ސަރުކާރުގެ ނިއުސް އެޖެންސީ ބުނެފައިވަނީ އުތުރުކޮރެއާގެ ނިއުކްލިއަ މަޝްރޫއާ ދެކޮޅަށް އިޒްރޭލުން އަޑު އުފުލަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މެދުއިރުމަތީގައިވާ ނުއުކްލިއަ ހަތިޔާރު އުފައްދާ ހަމަ އެކަނި ގައުމަކީ އިޒްރޭލު ކަމަށާއި އެކަންކުރަނީ އެމެރިކާގެ މަދަދާއި އެކުގައި ކަމަށް ޚާރިޖީ ވުޒާރާގެ ތަރުޖަމާނާއި ޙަވާލާދީ ކޭސީއެންއޭ އިން ބުނެފައިވެއެވެ.

އުތުރު ކޮރެއާ އިން މިފަހަރު އިޒްރޭލާއި ޖެހިގަތްއިރު، ދެކުނު ކޮރެއާ އާ އެމެރިކާގެ އިތުރުން އޮސްޓްރެލިއާއަށް ވެސް އުތުރު ކޮރެއާ އިން ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ދީފައެވެ.

މިހުރިހާ ގައުމުތަކެއްގެ ތެރެއިންވެސް އުތުރު ކޮރެއާ އާ އެންމެ ބޮޑަށް މައްސަލަ ޖެހިފައިވަނީ އެމެރިކާއާއެވެ. ދެގައުމުގެ މެދުގައި ހުރިހާކަމެއް ހޫނުވީ އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލްތައް ޓެސްޓް ކުރުން އިތުރު ކުރުމުންނެވެ.

އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުން އަކީ "މޮޔަ އެއް" ގެ ގޮތުގައި އިޒްރޭލުން ސިފަކުރުމުން އުތުރު ކޮރެއާ އިން ބުނެފައިވަނީ އެއީ "ދަހިވެތި ނުލަފާ ވާހަކައެއް" ކަމަށެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓަރު އަވިގްޑޯރް ލީބަމަން ވިދާޅުވެފައި ވަނީ ކިމް ޖޮން އުން އަކީ ދުނިޔޭގެ ހަމަޖެހުން ނަގައިލަމުންދާ ހައްދުފަހަނައަޅާފައިވާ މޮޔަ ގްރޫޕެއްގެ ވެރިޔަކަށް ހުރި މޮޔަމީހެއް" ކަމަށެވެ.

އިޒްރޭލުގައި ނިއުކްލިއަ ހަތިޔާރު އުފައްދަމުންދާ ކަމަށް އުތުރު ކޮރެއާ އިން ތުހުމަތު ކުރިނަމަވެސް އިޒްރޭލުން މީގެ ކުރިންވެސް އަދި މިހާތަނަށް އެއްވެސް މިހައިތަނަށް ބުނެފައެއް ނުވެއެވެ.

އިޒްރޭލުން އެކަމަށް އެއްޗެއް ބުނެފައި ނެތަސް އެގައުމުގައި ނިއުކްލިއަ ވޯހެޑް ހުންނާނެ ކަމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ގަބޫލުކުރެއެވެ.

އިޒްރޭލަކީ އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގާ ގައުމެއް ކަމަށް ސިފަކޮށް އިޒްރޭލުން ބުނެފައިވަނީ އިޒްރޭލުން އެފަދަ ވާހަކަ ދައްކަނީ ފަލަސްތީނު މީހުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ފޮރުވަން ވެގެން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު