Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސީހު

ރާއްޖޭގެ ނޫސްވެރިން "ފޭކް ނިއުސް" ފަތުރައިގެން މަޝްހޫރު ވުމަށް މަސައްކަތް ކުރޭ: މަޖިލީހުގެ ރައީސް

29 ސެޕްޓެމްބަރު 2017 | ހުކުރު 09:23

ފޭކް ނިއުސް ފަތުރަނީ ޚަބަރެއް ރައްދުވާ ފަރާތެއް ދެރަކޮށް ނިކަމެތި ކޮށްލަން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 29 ސެޕްޓެމްބަރު 2017 | ހުކުރު 09:23
"މައުލޫމާތު ހާމަކުރުމުގެ ރަންވަނަ - 2017" ލިބުނު އޭސީސީއަށް އެވޯޑް ހަވާލު ކުރައްވަނީ

"މައުލޫމާތު ހާމަކުރުމުގެ ރަންވަނަ - 2017" ލިބުނު އޭސީސީއަށް އެވޯޑް ހަވާލު ކުރައްވަނީ

ރާއްޖޭގެ މީޑިއާތަކުގައި މަސައްކަތް ކުރާ ބައެއް ނޫސްވެރިން " ފޭކް ނިއުސް" ފަތުރައިގެން މަޝްހޫރުވުމަށް މަސައްކަތް ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެއެވެ.

މައުލޫމާތު ލިބިގަތުމުގެ ހައްގުގެ ދުވަސް ފާހަގަ ކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މަސީހު ވިދާޅުވީ ދިވެހި މީޑިއާތަކުގައި ފޭކު ޚަބަރުތައް ފެތުރުމުގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށާއި އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ.

ނޫސްވެރިންނާ މީޑިއާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން މަސީހު ވިދާޅުވީ ދިވެހި ނޫސްވެރިން "ފޭކް ނިއުސް" ފަތުރަނީ ޚަބަރެއް ރައްދުވާ ފަރާތް ދެރަ ކޮށްލުމުގެ ގޮތުންނާއި އަދި މަޝްހޫރު މީހުންނާ ގުޅޭ ގޮތުން އަސްލެއް ނެތް ދޮގު ޚަބަރު ފަތުރައިގެން ނޫސްވެރިޔާ މަޝްހޫރުވުމަށްޓަކައި ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ނޫސްވެރިން މިހާރު އަމަލުކުރަމންދާ ގޮތަކީ ޑިމޮކުރެސީއާ ވަަރށް ދުރު އަދި ޑިމޮކްރެސީ މުޅިން ފުނޑާލާފަދަ ގޮތްތަކެއް ކަމަށެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ވާހަކަ ހަދައިގެން ދެއްކުމަކީ ތަމްސީލް ކުޅުމަކީ ފިލްމް އިންޑަސްތްރީތަކުގައި ކުރާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ މީޑިއާތަކާއި ނޫސްވެރިން މިއަދު ކުރަނީ ފިލްމް އިންޑަސްޓްރީތަކުގައި ކުރާ މަސައްކަތް ކަމަށް މަސީހު ވިދާޅުވިއެވެ.

ޚަބަރު ގެނެސްދޭން ޖެހޭ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މަސީހު ވިދާޅުވީ ޚަބަރަކީ ކަމެއް ހިނގި ގޮތަށް ނުވަތަ ތަނެއްގައި ވީ ކަމެއް އެކަމެއް ހިނގި ގޮތަކަށް އެއްވެސް އުނިއިތުރެއް ނުގެނެސް ގެނެސް ނުވާނެ ކަމަށެވެ. ނަމަވެސް އެ ވީކަމެއް ނުވަތަ ހިނގި ކަމެއްގެ ވަކި ބައެއް ނުވަތަ ވަކި ތަންކޮޅެއް ނަގައިގެން އެކި ވާހަކަތައް އިތުރު ކޮށްގެން ގެނެސް ދިނުމަކީ އެއީ ޚަބަރު ގެނެސް ދިނުން ނުވަތަ ޚަބަރު ލިޔުން ނޫން ކަމަށް މަސީހު ވިދާޅުވިއެވެ. އަދި ގައުމު ތަރައްގީގެ މަަގަށް މިސްރާބް ޖަހަފައިވާއިރު ފިލްމް އިންޑަސްޓްރީތަކުގައި ކުރާ ކަންކަން ރާއްޖޭގެ ނޫސްވެރިން ހުއްޓާލަން ޖެހޭ ކަމަށާއި ޚަބަރާއި މައުލޫމާތު ގެނެސް . ދިނުމުގައި ސަމާލުވާން ޖެހޭ ކަމަށް މަސީހު ވިދާޅުވިއެވެ.

މީގެއިތުރުން މަސީހު ވިދާޅުވި ގޮތުގައި ގެނެސް ދޭން ޖެހޭ ޚަބަރަކީ ނުވަތަ ލިޔަން ޖެހޭ ޚަބަރަކީ ގައުމުތަރައްގީ ކުރާ ވާހަކައާއި ގައުމަށް އަންނަ ކުރިއެރުމުގެ ވާހަކައެވެ. އަދި އެ ނޫން ގޮތްގޮތަށް ޚަބަރު ހަދައިގެން ފެތުރުމަކީ ގައުމަށް ދޭ ހަމަލާ އެއް ކަމަށާއި އެއީ ގައުމަށް ދޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް މަސީހު ވިދާޅުވިއެވެ. އަދި ގައުމުގެ ތަރައްގީ އަށްޓަކައި ކުރާ ކަންކަމުގެ ވާހަކަ ނުގެނެސް "ފޭކް ނިއުސް" ފެތުރުމުގެ ސަބަަބުން ގައުމަށް އަންނަން ތިބޭ އިންވެސްޓަރުން ވެސް ނާންނަ ކަމަށާއި އެއީ މުޅި ގައުމަށް ލިބިގެންދާ ހިތާމައެއް ކަމަށް މަސީހު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
28 ޖެނުއަރީ 2017

ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި

28 ޖެނުއަރީ 2017
ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް