Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާސިމް އަލް ހަކީމް

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އާސިމް ރާއްޖެ ވަަޑައިގަތުމުން މޭޔަރ އާދަމް ޢާޒިމް މަރުޚަބާ ދަންނަވައިފި

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އާސިމް އަލް ހަކީމް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ "ދަ ޓްރެވެލާ" އިން އިންތިޒާމްކޮށްގެން ރާއްޖޭގެ ފަސް ސިޓީއެއްގައި ދަރުސް ދެއްވުމަށް ކުރައްވާ ދަތުރުފުޅެއް. މި ދަރުސްތައް ކުޅުއްދުފުށި، މާލެ، އައްޑޫ، ފުވައްމުލައް އަދި ތިނަދޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ދަރުސަކަށްފަހު އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ފުރުސަތު ވެސް އޮންނާނެ. މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގައި ދީނީ ކަންކަން ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގެ މައުލޫމާތު ޝައިޚާ ހިއްސާކުރައްވާފަ.

މަޚްތޫމް
މަޚްތޫމް | 28 އެޕްރީލު 2026 | އަންގާރަ 09:45
ޝައިހް އާސިމް ރާއްޖެ ވަަޑައިގަތުމުން، މޭޔަރު އާޒިމް އެއަރޕޯޓުން މަރުހަބާ ދަންނަވަނީ.

ޝައިހް އާސިމް ރާއްޖެ ވަަޑައިގަތުމުން، މޭޔަރު އާޒިމް އެއަރޕޯޓުން މަރުހަބާ ދަންނަވަނީ. | މާލެ ސިޓީ ކައުންސިލް

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އާސިމް އަލް ހަކީމް ރާއްޖެ ވަަޑައިގަތުމުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އެމަނިކުފާާނާއި ބައްދަލުކުރައްވައި މަރުޚަބާ ދަންނަވައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯރޓްގެ ވީއައިޕީ ލައުންޗްގައި ބޭއްވި މި ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމްގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ އިސްލާމީ މުޝީރު ޝައިޚް އިލްޔާސް ޖަމާލް ބައިވެރިވެ ވަޑައިގެންނެވި އެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރ ޢާޒިމް ދެއްކެވި ވާހަކައިގައި ޝައިޚް އާސިމް ރާއްޖެއަށް ވަޑައިގަތުމުން ވަރަށް ބޮޑު އުފަލެއް ލިބިވަޑައިގެންނެވި ކަމަށާއި، ރާއްޖެއަކީ ދީނީ ކަންތަކަށް ވަރަށް ޚާއްސަ އަހަމިއްޔަތެއް ދެއްވާ ޤައުމެެއް ކަން ފާހަގަ ކުރައްވާފައިވެ އެވެ. އަދި ވަކިން ޚާއްސަކޮށް މާލެ ސިޓީ ކައުންސިލުން މާލެ ސިޓީގައި ދިނީ ކަންކަން ފުޅާ ކުރެއްވުމަށް ކުރައްވާ މަސައްކަތްތަކަށް އަލި އަޅުއްވައި ވާހަކަފުޅު ދެއްކެވި އެވެ.

ޝައިހް އާސިމް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ރާއްޖޭގައި ޚާއްސަ ދަރުސްތަކެއް ކުރިޔަށް ގެންދިއުމަށް ކުރައްވާ ދަތުރުފުޅެކެވެ. "ދަ ޓްރެވެލާ" އިން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދާ މި ދަރުސްތައް ރާއްޖޭގެ ފަސް ސިޓީ އެއްގައި ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން އެންމެ ފުރަތަމަ ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ ކުޅުއްދުފުށި ސިޓީ ގައި މި އެޕްރީލް މަހުގެ 28 ވަނަ ދުވަހުގެ ރޭގައެވެ. އަދި އޭގެ ފަހުން މާލެ ސިޓީގައި 29 އެޕްރީލް ވަނަ ދުވަހު ދަރުސް ދެއްވުމަށް ވަނީ ހަމެޖެހިފައެވެ. މީގެ އިތުރުން އައްޑު ސިޓީގައި މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ފުވައްމުލައް ސީޓީ ގައި ދަރުސް ދެއްވާނީ މޭއި މަހުގެ 1 ވަނަ ދުވަހުގެ ރޭގައި ކަމަށް ވެސް އިންތިޒާމް ކުރާ ފަރާތުން ވަނީ މައުލޫމާތު ދީފަ އެވެ.

މި ސިލްސިލާ ދަރުސްތަކުގެ އެންމެ ފަހު މަންޒިލަކީ ތިނަދޫ ސިޓީ ކަމަށްވާ އިރު، އެ ސިޓީގައި ދަރުސް ދިނުމަށް ހަޖެހިފައިވަނީ މޭއި 2 ވަނަ ދުވެހުގެ ރޭގަ އެވެ.

މި ދަރުސްތައް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި ދަރުސްތަކަށްފަހު އާންމުންގެ ސުވާލުތަކަށް ފުރުސަތު ދޭން ވަނީ ނިންމާފަ އެވެ.

ޝައިޚް އާސިމް އަކީ ދުނިޔޭގެ އާ ޖީލުގެ މުސްލިމުންގެ މެދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ހޯއްދަވާފައިވާ ބޭފުޅެކެވެ.

ފަޟީލަތުއްޝައިޚް އާސިމް އަލް ހަކީމްއާދަމް އާޒިމްމާލެ ސިޓީޝެއިޚް އިލްޔާސް ޖަމާލުކުޅުދުއްފުށި ސިޓީދަ ޓްރެވެލާ

އިތުރަށް ކިޔާލަން

27 އެޕްރީލު 2026

ޝައިޚް އާސިމް އަލް ހަކީމް ރާއްޖޭގެ 5 ސިޓީގައި ދަރުސްދެއްވަނީ

27 އެޕްރީލު 2026
ޝައިޚް އާސިމް އަލް ހަކީމް ރާއްޖޭގެ 5 ސިޓީގައި ދަރުސްދެއްވަނީ
26 އެޕްރީލު 2026

މޭޔަރު އާޒިމް އަށް ހަމަލާ ދިންތާ އެއް ދުވަސް ފަހުން އެ މައްސަލަ ތަހުގީގު ކުރާ ކަމަށް ފުލުހުން ބުނެފި

26 އެޕްރީލު 2026
މޭޔަރު އާޒިމް އަށް ހަމަލާ ދިންތާ އެއް ދުވަސް ފަހުން އެ މައްސަލަ ތަހުގީގު ކުރާ ކަމަށް ފުލުހުން ބުނެފި
25 އެޕްރީލު 2026

އާޒިމަށް ޙަމަލާދޭ ވީޑިއޯ އެއް ރައީސަށް ފެނިވަޑައިގެންފި: ރައީސް އޮފީސް

25 އެޕްރީލު 2026
އާޒިމަށް ޙަމަލާދޭ ވީޑިއޯ އެއް ރައީސަށް ފެނިވަޑައިގެންފި: ރައީސް އޮފީސް
25 އެޕްރީލު 2026

ހަމަލާ ދިނުމާއި ގުޅިގެން މޭޔަރު އާޒިމްއަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރީގެ ރައީސް ސޯލިހު ގޮވާލައްވައިފި

25 އެޕްރީލު 2026
ހަމަލާ ދިނުމާއި ގުޅިގެން މޭޔަރު އާޒިމްއަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރީގެ ރައީސް ސޯލިހު ގޮވާލައްވައިފި
25 އެޕްރީލު 2026

ރޯދަމަހަށް ފަހު، ކަރަންޓު ބިލުތަށް އެތަށް ގުނައެއް ބޮޑުވެފައިވާތީ އެމްޑީޕީ އިން ސްޓެލްކޯ ކުރިމަތީ އިހުތިޖާޖު ކޮށްފި

25 އެޕްރީލު 2026
ރޯދަމަހަށް ފަހު، ކަރަންޓު ބިލުތަށް އެތަށް ގުނައެއް ބޮޑުވެފައިވާތީ އެމްޑީޕީ އިން ސްޓެލްކޯ ކުރިމަތީ އިހުތިޖާޖު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު