Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ބޮޑުފޮޅުދޫގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނާ ރައީސް ޞާލިހް ބައްދަލު ކުރައްވައިފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އއ. ބޮޑުފޮޅުދޫގައި އެމްޑީޕީގެ އިސް މެންބަރުންނާ ބައްދަލުކުރައްވައި ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭ މަޝްވަރާތައް ކުރެއްވި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2025 | ހުކުރު 07:55
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ބޮޑުފޮޅުދޫގެ އެމްޑީޕީ އިސް މެމްބަރުންނާ ބައްދަލު ކުރައްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ބޮޑުފޮޅުދޫގެ އެމްޑީޕީ އިސް މެމްބަރުންނާ ބައްދަލު ކުރައްވަނީ

އއ. ބޮޑުފޮޅުދޫއަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ބޮޑުފޮޅުދޫގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނާ ބައްދަލު ކުރައްވައިފިއެވެ.

ރައީސް ޞާލިހް، ބޮޑޫފޮޅުދޫ އެމްޑީޕީގެ އިސް މެމްބަރުންނާއެކު ބޭއްވި މި ބައްދަލުވުމުގައި ގިނަ މަޝްވަރާތަކެއް ކޮށްފައިވެއެެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުން އަދި ބޮޑުފޮޅޫދޫގައި އެމްޑީޕީގެ ހަރަކާތްތަށް އިތުރަށް ފުޅާކުރުމުގެ މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވެއެެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ބޮޑުފޮޅުދޫގެ އެމްޑީޕީ މެމްބަރުން ވަނީ ރައީސް ސާލިހުގެ ދައުރުގައި އެރަށަށް ކޮށްދީފައިވާ ކަންކަމަށް ޝުކުރު އަދާކުރައްވާފައެެވެ. އަދި ރައީސް ޞާލިހުގެ ވެރިކަމުގައި އެރަށުގައި ފަށާފައިވާ މުހިންމު މަޝްރޫއުތައް، ރައީސް މުއިއްޒުގެ ސަރުކާރުން ކުރިޔަށް ނުގެންދާތީ އެކަން ހިތާމަޔާއެކު ފާހަގަ ކުރަށްވާފައިވެއެވެ.

ރައީސް ޞާލިހުގެ މި ދަތުރުފުޅަކީ ބޮޑުފުޅަދޫގެ އެމްޑީޕީ މެމްބަރުންގެ ޚާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް ސާލިހް ބުރާސްފަތި ދުވަހު ހަވީރު ބޮޑުފޮޅުދޫ އަށް ވަޑައިގެންނެވި އިރު އެމަނިކުފާނަށް ވަނީ އެރަށުން ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މިދަތުރުފުޅުގައި ބޮޑުފޮޅުދޫ ކައުންސިލުން ވަނީ ޚާއްސަ ހަފްލާއެއް ބާއްވާ، އއ. ބޮޑުފޮޅުދޫ ކައުންސިލުން އެރުވޭ ޚިދުމަތުގެ އެންމެ މަތީ ޝަރަފުގެ އައްޑަނަ ރައީސް ޞާލިހަށް އަރުވާފައެވެ. މި އައްޑަނަ ރައީސް ޞާލިހަށް އެރުވީ އެމަނިކުފާނުގެ ވެރިކަމުގައި ބޮޑުފޮޅުދޫގެ ތަރައްޤީއަށް ކުރިމަގަށްޓަކައި ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށް ކައުންސިލު އިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ރައީސް ސާލިހުގެ މި ދަތުރުފުޅުގައި ވަނީ ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލު ކުރުމަށް އެރަށު ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާގަވެސް ބައިވެރިވެވަޑައިގެންފައެވެ. އަދި ރައީސް ޞާލިހް ވަނީ އެ ރަށު އިސްރަށްވެހިންނާއި ޚާއްސަ އެހީ އާއި ރައްކާތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ޒިޔާރަތް ކުރަށްވާފައެވެ.

ރައީސް ޞާލިހުގެ ސަރުކާރުގައި ވަނީ ބޮޑުފުޅަދޫގައި ތަރައްގީގެ ގިނަ މަޝްރޫއު ތަކެއް ކުރިޔަށް ގެންގޮސްފައެެވެ. މިގޮތުން ބޮޑުފުޅަދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފެއްޓެވުމާއި، 300 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމާއި ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ގާއިމް ކުރުން ހިމެނެއެވެ.

ބޮޑުފުޅަދޫގައި ރައީސް ޞާލިހުގެ ސަރުކާރުން ކުރެއްވި އެންމެ މުހިންމު ކަމެއްގެ ގޮތުގައު އެރަށު ރައްޔިތުން ފާހަގަކުރާ ކަމަކީ ރަށުގެ ބިން ހިއްކުމެވެ. ބިން ހިއްކުމާއެކު، ތިރީހަކަށް އަހަރަށްފަހު ބޮޑުފުޅަދޫ ރައްޔިތުން އަމިއްލަ ރަށުން ގޯތި ލިބުމަށް އެދި ދެކެމުން އައި ހުވަފެން ވަނީ ހަގީގަތަކަށްވެފައެެވެ.

ބޮޑުފޮޅުދޫގެ ރައްޔިތުން ސިފަކުރާގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ ބޮޑުފޮޅުދޫގެ ތަރައްގީގެ ބާނީއެވެ.

އިބްރާހިމް މުހައްމަދު ސާލިހުއއ. ބޮޑުފޮޅުދޫއެމްޑީޕީރައީސް މުއިއްޒުބިންހިއްކުންލޯކަލް ކައުންސިލް އިންތިހާބު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު