Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުރީގެ ރައިީސް އިބްރާހިމް މުހައްމަދު ޞާލިހު

ބޮޑުފޮޅުދޫއަށް ކުރެއްވި ދަތުރުފުުޅަށްފަހު ރައީސް ޞާލިހް މާލެ ވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ބޮޑުފޮޅުދޫ ކައުންސިލުގެ ޚިދުމަތުގެ އެންމެ މަތީ ޝަރަފުގެ އައްޑަނަ ޙާޞިލްކުރެއްވި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 12 ސެޕްޓެމްބަރު 2025 | ހުކުރު 08:25
ރައީސް ޞާލިހް ބޮޑުފޮޅުދޫ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ރައީސް ޞާލިހް ބޮޑުފޮޅުދޫ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

އއ. ބޮޑޮފޮޅުދޫއަށް ކުރެއްވި ދަތުރުފުޅަށްފަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މާލެ ވަޑައިގެންފިއެވެ.

ރައީސް ޞާލިހުގެ މި ދަތުރުފުޅަކީ ބޮޑުފުޅަދޫގެ އެމްޑީޕީ މެމްބަރުންގެ ޚާއްސަ ދައުވަތަކަށް ކުރައްވި ދަތުރުފުޅެކެވެ. ރައީސް ސާލިހް ބުރާސްފަތި ދުވަހު ހަވީރު ބޮޑުފޮޅުދޫ އަށް ވަޑައިގެންނެވި އިރު އެމަނިކުފާނަށް ވަނީ އެރަށުން ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރައީސް ޞާލިހަށް މަރުހަބާ ދެންނެވުމަށް އެރަށު ގިނަ އަދަދެއްގެ ރައްޔިތުންވަނީ ބަނދަރަު ސަރަހައްދަށް ޖަމާވެފައެވެ.

މިދަތުރުފުޅުގައި ބޮޑުފޮޅުދޫ ކައުންސިލުން ވަނީ ޚާއްސަ ހަފްލާއެއް ބާއްވާ، އއ. ބޮޑުފޮޅުދޫ ކައުންސިލުން އެރުވޭ ޚިދުމަތުގެ އެންމެ މަތީ ޝަރަފުގެ އައްޑަނަ ރައީސް ޞާލިހަށް އަރުވާފައެވެ. މި އައްޑަނަ ރައީސް ޞާލިހަށް އެރުވީ އެމަނިކުފާނުގެ ވެރިކަމުގައި ބޮޑުފޮޅުދޫގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

މީގެ އިތުރުން ރައީސް ސާލިހުގެ މި ދަތުރުފުޅުގައި ވަނީ ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލު ކުރުމަށް އެރަށު ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާގަވެސް ބައިވެރިވެވަޑައިގެންފައެވެ. އަދި ރައީސް ޞާލިހް ވަނީ އެ ރަށު އިސްރައްވެހިންނާއި ޚާއްސަ އެހީ އާއި ރައްކާތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ޒިޔާރަތް ކުރަށްވާފައެވެ.

ރައީސް ޞާލިހް ބޮޑުފޮޅުދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށު އެމްޑީޕީގެ އިސް މެމްބަރުންނާ ބައްދަލު ކުރައްވާ، މުހިން މަޝްވަރާތަކެއް ކުރައްވާފައިވެއެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުން އަދި ބޮޑުފޮޅޫދޫގައި އެމްޑީޕީގެ ހަރަކާތްތަށް އިތުރަށް ފުޅާކުރުމުގެ މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވެއެެވެ.

ރައީސް ޞާލިހުގެ ސަރުކާރުގައި ވަނީ ބޮޑުފުޅަދޫގައި ތަރައްގީގެ ގިނަ މަޝްރޫއު ތަކެއް ކުރިޔަށް ގެންގޮސްފައެެވެ. މިގޮތުން ބޮޑުފުޅަދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފެއްޓެވުމާއި، 300 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމާއި ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ގާއިމް ކުރުން ހިމެނެއެވެ.

ބޮޑުފުޅަދޫގައި ރައީސް ޞާލިހުގެ ސަރުކާރުން ކުރެއްވި އެންމެ މުހިންމު ކަމެއްގެ ގޮތުގައު އެރަށު ރައްޔިތުން ފާހަގަކުރާ ކަމަކީ ރަށުގެ ބިން ހިއްކުމެވެ. ބިން ހިއްކުމާއެކު، ތިރީހަކަށް އަހަރަށްފަހު ބޮޑުފުޅަދޫ ރައްޔިތުން އަމިއްލަ ރަށުން ގޯތި ލިބުމަށް އެދި ދެކެމުން އައި ހުވަފެން ވަނީ ހަގީގަތަކަށްވެފައެެވެ.

ބޮޑުފޮޅުދޫގެ ރައްޔިތުން ސިފަކުރާގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ ބޮޑުފޮޅުދޫގެ ތަރައްގީގެ ބާނީއެވެ.

އިބްރާހިމް މުހައްމަދު ސާލިހުއއ. ބޮޑުފޮޅުދޫއެމްޑީޕީބޮޑުފޮޅުދޫ ކައުންސިލްބިންހިއްކުންތަރައްގީގެ މަޝްރޫއު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
10 ޑިސެމްބަރު 2025

މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް

10 ޑިސެމްބަރު 2025
މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު