Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރާއްޖެ-ޔޫއޭއީ

ޔޫއޭއީ ފަތުރުވެރިންނަށް އެންމެ ކަމުދަނީ ރާއްޖެ

28 ޖޫން 2026 | އާދީއްތަ 18:01

މި އަހަރުގެ ހޫނު މޫސުމުގައި ޔޫއޭއީގެ ފަތުރުވެރިން ބޭރު ގައުމުތަކަށް ދަތުރުކުރުން އިތުރުވެފައިވާއިރު، މި ސީޒަނުގައި ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވުނު ހޮޓެލް ބުކިންތަކުގެ ފަސްބައިކުޅަ އެއްބައި ހިއްސާކުރަނީ ރާއްޖެ. ޑީނާޓާ ޓްރެވަލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފަތުރުވެރިން މިހާރު ދުރު ރާސްތާގެ މަންޒިލްތަކަށް އިސްކަންދޭ މިންވަރު އިތުރުވެ، ހޮޓެލް ބުކިންތަކުގެ އެވްރެޖް އަގު ވަނީ 16 އިންސައްތަ މައްޗަށް ގޮސްފައި

ރާއްޖެ އެމްވީ | 28 ޖޫން 2026 | އާދީއްތަ 18:01
ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރުޖް ޚަލީފާ ފެންނަ ގޮތަށް، ދުބާއީގެ ކްރީކް ހާބަރުގައި ތިބެގެން އެ ސިޓީގެ ހިތްގައިމު މަންޒަރުތަކަށް ބަލަހައްޓައިގެން ތިބި ދެމަފިރިއަކު

ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރުޖް ޚަލީފާ ފެންނަ ގޮތަށް، ދުބާއީގެ ކްރީކް ހާބަރުގައި ތިބެގެން އެ ސިޓީގެ ހިތްގައިމު މަންޒަރުތަކަށް ބަލަހައްޓައިގެން ތިބި ދެމަފިރިއަކު | ގެޓީ އިމޭޖަސް

2026 ވަނަ އަހަރުގެ މި ހޫނު މޫސުމުގައި، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލަކަށް ދިވެހިރާއްޖެ ހޮވިއްޖެއެވެ. "ޑީނާޓާ ޓްރެވަލް" އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ސީޒަނުގައި ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވުނު ހޮޓެލް ބުކިންތަކުގެ ފަސްބައިކުޅަ އެއްބައި ހިއްސާކުރަނީ ރާއްޖެ އެވެ. މި ހޫނު މޫސުމުގައި ޔޫއޭއީގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު ފަސް މަންޒިލްގެ ތެރޭގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ތައިލެންޑް، މޮރިޝަސް، ކެނެޑާ އަދި އޮސްޓްރޭލިއާ އެވެ.

ޔޫއޭއީގައި ހުންނަ ޑީނާޓާ ޓްރެވަލްގެ ރީޓެއިލް އެންޑް ލެއިޝަރ އޮޕަރޭޝަންސްގެ އިސްވެރިޔާ މީރާ ކެތައިތު ވިދާޅުވި ގޮތުގައި، މި އަހަރުގެ ހޫނު މޫސުމުގައި ބައިނަލްއަގުވާމީ ދަތުރުތަކަށް އޮތް މަގުބޫލުކަން ކުރިއަށްވުރެ ބޮޑުވެފައިވާއިރު، ކޮންމެ 10 ހޮޓެލް ބުކިންއެއްގެ ތެރެއިން ނުވަ ބުކިންއަކީ ގައުމުން ބޭރުގެ މަންޒިލްތަކަށް ކޮށްފައިވާ ބުކިންތަކެވެ. ރާއްޖެ، ތައިލެންޑް އަދި މޮރިޝަސް ފަދަ އަބަދުވެސް މަގުބޫލު މަންޒިލްތަކަށް އޮތް ޝައުގުވެރިކަން ދެމިއޮތް ނަމަވެސް، އާ މަންޒިލްތަކާއި ތަފާތު ތަޖުރިބާތައް ހޯދުމަށް ދުރު ރާސްތާގެ ގައުމުތަކަށް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވަމުންދާކަން އެ ކުންފުނިން ފާހަގަކުރެ އެވެ.

މީގެ އިތުރުން، ޔޫއޭއީގެ އެތެރޭގެ ފަތުރުވެރިކަން ނުވަތަ "ޑޮމެސްޓިކް ސްޓޭ" އަކީވެސް މާކެޓުގެ މުހިންމު ބައެއްކަން ކެތައިތު ފާހަގަކުރެއްވި އެވެ. ހާއްސަކޮށް ބަންދު ދުވަސްތަކާ ދިމާކޮށް ކުރާ ކުރު ދަތުރުތަކުގައި ދުބާއީ، އަބޫދާބީ އަދި ފުޖައިރާ އަކީ މި ހޫނު މޫސުމުގައި އެންމެ މަގުބޫލު މަންޒިލްތަކެވެ. ބައިނަލްއަގުވާމީ ދަތުރުތަކަށް ބަލާއިރު، ފަތުރުވެރިން އާންމުކޮށް ފަސް ރޭގެ މުއްދަތަކަށް ބުކިން ހަދާއިރު، ދުރު ރާސްތާގެ ދަތުރުތަކުގައި މި މުއްދަތު މިއަށްވުރެ ދިގުވެއެވެ. އަދި ހަތަރު ތަރި އާއި ފަސް ތަރީގެ ހޮޓާތަކަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ބުކިންތަކުގެ އެވްރެޖް އަގު ގާތްގަނޑަކަށް 16 އިންސައްތަ މައްޗަށް ގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މަސްދަރު: އިންޑެކްސްބޮކްސް

ޔުނައިޓެޑް އަރަބް އެމިރޭޓްސްޑީނާޓާ ޓްރެވަލްރާއްޖެ-ޔޫއޭއީ

އިތުރަށް ކިޔާލަން

25 ޖޫން 2026

ޖީސީސީ ޚާރިޖީ ވަޒީރުންނާއި ރޫބިއޯގެ ބައްދަލުވުން މަނާމާގައި ފަށައިފި

25 ޖޫން 2026
ޖީސީސީ ޚާރިޖީ ވަޒީރުންނާއި ރޫބިއޯގެ ބައްދަލުވުން މަނާމާގައި ފަށައިފި
25 ޖޫން 2026

ޤަތަރަށާއި ޔޫއޭއީ އަށް އައު ސަފީރުން ޢައްޔަން ކުރައްވައިފި

25 ޖޫން 2026
ޤަތަރަށާއި ޔޫއޭއީ އަށް އައު ސަފީރުން ޢައްޔަން ކުރައްވައިފި
24 ޖޫން 2026

އީރާން ފްރޭމް ކުރަން އިސްރާއީލުން ޔޫއޭއީގެ ނިއުކްލިއަރ ޕްލާންޓަށް ދިން މަކަރުވެރި ހަމަލާގެ ކަން ހިނގައިދިޔައީ ކިހިނެއް؟

24 ޖޫން 2026
އީރާން ފްރޭމް ކުރަން އިސްރާއީލުން ޔޫއޭއީގެ ނިއުކްލިއަރ ޕްލާންޓަށް ދިން މަކަރުވެރި ހަމަލާގެ ކަން ހިނގައިދިޔައީ ކިހިނެއް؟
15 ޖޫން 2026

މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ތޯރިގު އާއި އާދަމް ޝަރީފް، ސަފީރު ކަމަަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

15 ޖޫން 2026
މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ތޯރިގު އާއި އާދަމް ޝަރީފް، ސަފީރު ކަމަަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި
13 ޖޫން 2026

ހަމަލާތައް ހުއްޓާލާ މަތިން ޔޫއޭއީން އީރާނަށް ފައިސާ ފޮނުވި ވާހަކަތައް ދޮގުކޮށްފި

13 ޖޫން 2026
ހަމަލާތައް ހުއްޓާލާ މަތިން ޔޫއޭއީން އީރާނަށް ފައިސާ ފޮނުވި ވާހަކަތައް ދޮގުކޮށްފި
01 ޖޫން 2026

މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ތޯރިގު އާއި އާދަމް ޝަރީފް، ސަފީރު ކަމަަށް އައްޔަން ކުރަން ކޮމިޓީ އިން ރުހުން ދީފި

01 ޖޫން 2026
މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ތޯރިގު އާއި އާދަމް ޝަރީފް، ސަފީރު ކަމަަށް އައްޔަން ކުރަން ކޮމިޓީ އިން ރުހުން ދީފި
27 މެއި 2026

ޔޫއޭއީގެ ނިއުކްލިއާ ޕްލާންޓަށް ދިން ޑްރޯން ހަމަލާ އދ އިން ކުށްވެރި ކޮށްފި

27 މެއި 2026
ޔޫއޭއީގެ ނިއުކްލިއާ ޕްލާންޓަށް ދިން ޑްރޯން ހަމަލާ އދ އިން ކުށްވެރި ކޮށްފި
17 މެއި 2026

އީރާން ހަނގުރާމައިގެ މައްސަލައިގައި ޕުޓިން އާއި ޔޫއޭއީގެ ރައީސް މަޝްވަރާ ކުރައްވައިފި

17 މެއި 2026
އީރާން ހަނގުރާމައިގެ މައްސަލައިގައި ޕުޓިން އާއި ޔޫއޭއީގެ ރައީސް މަޝްވަރާ ކުރައްވައިފި
08 މެއި 2026

ޔޫއޭއީއަށް ދިން މިސައިލް ހަމަލާ ހުއްޓުވައިފި ކަމަށް އެ ގައުމުން ބުނެފި

08 މެއި 2026
ޔޫއޭއީއަށް ދިން މިސައިލް ހަމަލާ ހުއްޓުވައިފި ކަމަށް އެ ގައުމުން ބުނެފި
05 މެއި 2026

ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އީރާނުގެ ހަނގުރާމަމަތީ އުޅަނދުތަކެއް ފައްތާލާފައިވާ ކަމަށް ބުނެ އެމެރިކާއިން ދައްކާ ވާހަކަ އީރާނުން ދޮގުކޮށްފި

05 މެއި 2026
ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އީރާނުގެ ހަނގުރާމަމަތީ އުޅަނދުތަކެއް ފައްތާލާފައިވާ ކަމަށް ބުނެ އެމެރިކާއިން ދައްކާ  ވާހަކަ އީރާނުން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް