Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރޯޑްކާސްޓިންގ ކޮމިޝަން

ހުއްދަ ނެތި ރީބްރޮޑްކާސްޓް ކުރި މައްސަލައެއްގައި ކުންފުންޏެއް 46000ރ. އިން ޖޫރިމަނާކޮށްފި

28 ސެޕްޓެމްބަރު 2017 | ބުރާސްފަތި 16:16

ޖޫރިމަނާ ކޮށްފައިވަނީ އިޖަފް ޕްރައިވެޓް ލިމިޑެޓް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 28 ސެޕްޓެމްބަރު 2017 | ބުރާސްފަތި 16:16
ބްރޮޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުން

ބްރޮޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުން

ހުއްދަ ނެތި ރީބްރޮޑްކާސްޓު ކުރި މައްސަލައެއްގައި ވ.ފެލިދޫގައި ކޭބަލް ޓީވީގެ ޚިދުމަތްދޭ ކުންފުންޏެއް 46000ރ. އިން ޖޫރިމަނާ ކޮށްފި އެވެ.

މިއަހަރު ޖުލައި މަހު ހުށަހެޅި ޝަކުވާއާ ގުޅިގެން ޖޫރިމަނާ ކޮށްފައިވަނީ އިޖަފް ޕްރައިވެޓް ލިމިޑެޓް އެވެ.

Advertisement - newsAdvertisement

މި މައްސަލައާ ގުޅިގެން ޖަވާބުދާރީވުމަށް ފުރުސަތު ދިނުމުން މިދިޔަ އޮގަސްޓް މަހު އިޖަލް ކުންފުނިން ބުނެފައިވަނީ، ވ.ފެލިދޫގައި ދެމުންގެންދާ ޚިދުމަތް ޑިޖިޓަލް ޚިދުމަތެއްގެ ގޮތުގައި ފެށުމަށްޓަކައި މިހާރު ކުރިއަށް ގެންދަނީ ނެޓްވޯކް އަޕްގްރޭޑް ކުރުމާއި ސިސްޓަމް ޓެސްޓްކުރުމުގެ މަސައްކަތް ކަމަށާއި، ކުންފުނީގެ ފަރާތުން ޕެކޭޖް ވިއްކައިގެން އެ ޚިދުމަތް ދިނުމަށް އަދި ފެށިފައިނުވާ ކަމަށެެވެ.

އެހެންނަމަވެސް އިޖަފް ޕްރައިވެޓް ލިމިޓެޑުން ވ. ފެލިދޫގައި ހުއްދަ ނެތި ބޭރުގެ 21 ޗެނަލެއް ރީބްރޯޑްކާސްޓް ކުރާކަމަށް ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާ ކަމަށް މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަނުން ބުނެ އެވެ. އެކުންފުނި ޖޫރިމަނާ ކޮށްފައިވަނީ ބްރޮޑްކާސްޓް ކުރުމުގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ށ) ގެ ދަށުންނެެވެ. އެގޮތުން ގަވައިދާ ހިލާފަށް ދެއްކި ކޮންމެ ޗެނަލަކަށް 2000ރ. ގެ މަގުން 42000ރ. ވަނީ ޖޫރިމަނާ ކޮށްފަ އެވެ.

އިޖަފް ޕްރައިވެޓް ލިމިޓެޑަށް ބްރޮޑްކާސްޓިންގ ކޮމިޝަނުން ލައިސަންސް ދޫކޮށްފައިވަނީ، ޓީ.ވީ.އެމް، ވީ.ޓީ.ވީ، ރާއްޖެ ޓީވީ އަދި ދި ޓީވީ ބޭސިކް ޕެކޭޖްގެ ގޮތުގައި ހިމެނުމަށް ކަމަށްވެފައި، އެ މުއްދަތުގެ ފަހުން ޕެކޭޖެއް ނުވަތަ ޑިކޯޑަރެއްގެ އަގު ފާސްކުރުމަށް ކޮމިޝަނަށް ހުށަހަޅާފައި ނުވާ ކަމަށް ބްރޮޑްކާސްޓިންގ ކޮމިޝަނުން ބުނެ އެވެ. އަދި މި އަހަރުގެ ޖުލައި 15 ވަނަ ދުވަހުން ފެށިގެން ޚިދުމަތްދޭން ފަށާފައިވާ އިރު 495ރ. އަށް ޑީކޯޑަރު ވިއްކާފައިވާ ކަމަށް ފެލިދޫ ކައުންސިލްގެ ލިޔެކިޔުންތަކުން ސާބިވާ ކަމަށް ބްރޮޑްކާސްޓިން ކޮމިޝަނުން ބުނެ އެވެ.

ރީބްރޯޑްކްޓްކުރުމުގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ނ) އަދި 32 ވަނަ މާއްދާގެ (ހ) އާ އިޖަފް ޕްރައިވެޓް ލިމިޓެޑް ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖަދުވަލު 2 ގެ 9 ވަނަ ނުކުތާގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ކޮމިޝަނުން ފާސްކޮށްފައިނުވާ އަގެއް ހިދުމަތަކަށް ނަގާފައިވާތީ 2000ރ. އިން ޖޫރިމަނާ ކުރުމަށް ބްރޮޑްކާސްޓިންގ ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

އެގޮތުން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެފައިސާ އެކޮމިޝަނަށް ދެއްކުމަށް އިޖަފް ޕްރައިވެޓް ލިމިޑެޓަށް ވަނީ އަމުރުކޮށްފަ އެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

18 ފެބުރުއަރީ 2017
ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ
12 ފެބުރުއަރީ 2017

ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި

12 ފެބުރުއަރީ 2017
ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި
09 ފެބުރުއަރީ 2017

ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި

09 ފެބުރުއަރީ 2017
ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް