Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފްރާންސް

ފްރާންސްގެ ރައީސް މެކްރޮން އަނެއްކާ ވެސް އަވި އައިނުގައި، އެތައް ބައެއްގެ ސަމާލުކަން!

30 ޖޫން 2026 | އަންގާރަ 04:56

އާންމުންގެ ސަމާލުކަން އެކަމަށް މާ ބޮޑަށް ލިބުނީ، ފަހުން އޮމާންގެ ސުލްޠާން އާއެކު ބޭއްވެވި ރަސްމީ ބައްދަލުވުމުގައި ވެސް މެކްރޮން އަވި އައިނުގައި ހުންނެވުމުން. ދެ ޤައުމުގެ ދެ މެދުގައި މުހިންމު އެއްބަސްވުން ތަކެއްގައި ސޮއި ކުރެއްވުން ކުރިއަށް ގެންދެވި އިރު ވެސް، މެކްރޮން އިންނެވީ އަވި އައިނުގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖޫން 2026 | އަންގާރަ 04:56
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަވި އައިނުގައި.

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަވި އައިނުގައި. | ގެޓީ އިމޭޖަސް

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަނެއްކާ ވެސް އަވި އައިނު އަޅުއްވައިގެން ހުންނެވުމުން، އެތައް ބައެއްގެ ސަމާލުކަން އެކަމަށް ލިބިއްޖެ އެވެ.

މެކްރޮން އަވި އައިނު އަޅުއްވައިގެން ހުންނެވީ ހޯމަ ދުވަހު އޮމާންގެ ސުލްޠާން ހައިތަމް ބިން ޠާރިޤް އަށް މަރުޙަބާ ދެންނެވުމުގެ ތެރޭގައި އެވެ. ފްރާންސްގެ ރިޔާސީ ގަނޑުވަރުގައި އޮމާންގެ ސުލްޠާން އަށް މަރުޙަބާ ދެންނެވިއިރު މެކްރޮން ހުންނެވީ އަވި އައިނުގައި އެވެ.

އާންމުންގެ ސަމާލުކަން އެކަމަށް މާ ބޮޑަށް ލިބުނީ، ފަހުން އޮމާންގެ ސުލްޠާން އާއެކު ބޭއްވެވި ރަސްމީ ބައްދަލުވުމުގައި ވެސް މެކްރޮން އަވި އައިނުގައި ހުންނެވުމުންނެވެ. ދެ ޤައުމުގެ ދެ މެދުގައި މުހިންމު އެއްބަސްވުން ތަކެއްގައި ސޮއި ކުރެއްވުން ކުރިއަށް ގެންދިޔައިރު ވެސް، މެކްރޮން އިންނެވީ އަވި އައިނުގައި އެވެ.

ނަމަވެސް މިފަހަރު މެކްރޮން އަވި އައިނު އަޅުއްވައިގެން ހުންނެވި ސަބަބާ ގުޅޭ ގޮތުން ރަސްމީ އިދާރާ އަކުން އެއްވެސް އެއްޗެއް ބުނެފައި ނުވެ އެވެ. އަދި އެކަމުގައި މެކްރޮން ވެސް ވާހަކަ ދައްކަވާފައި ނުވެ އެވެ. ހޯމަ ދުވަހު ބައެއް އެހެން އިވެންޓު ތަކުގައި ވެސް މެކްރޮން ބައިވެރިވެ ވަޑައިގެންނެވީ އަވި އައިނުގައި އެވެ.

މީގެ ކުރިން، މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ވެސް މެކްރޮން ވަނީ އަވި އައިނު އަޅުއްވައިގެން އުޅުއްވައިފަ އެވެ. އެފަހަރު ވެސް ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ވަރަށް ބޮޑަށް ލިބުނެވެ. އެފަހަރު މެކްރޮން އައިނު އަޅުއްވައިގެން އުޅުއްވީ އިންފެކްޝަނެއްގެ ސަބަބުން، ދެ ލޮލަށް ލޭ އަރާފައި ހުރުމުންނެވެ.

މެކްރޮން އައިނު އަޅުއްވައިގެން އުޅުއްވަނީ، އިންފެކްޝަނެއްގެ ސަބަބުން ލޮލަށް ލޭ އަރާފައި ހުރުމުން
Raajje.mv

މެކްރޮން އައިނު އަޅުއްވައިގެން އުޅުއްވަނީ، އިންފެކްޝަނެއްގެ ސަބަބުން ލޮލަށް ލޭ އަރާފައި ހުރުމުން

ސްވިޒަލެންޑުގެ ޑާވޮސްގައި ޖަނަވަރީ މަހު ކުރިއަށް ދިޔަ ވޯލްޑް އިކޮނޮމިކް ފޯރަމް އަށް ވެސް މެކްރޮން ވަޑައިގެންނެވީ އަވި އައިނު އަޅުއްވައިގެންނެވެ. އެ ފޯރަމްގައި ތަޤުރީރު ކުރެއްވިއިރު، އަދި ޤައުމު ތަކުގެ ލީޑަރުންނާ ބައްދަލު ކުރެއްވިއިރު ވެސް މެކްރޮން ހުންނެވީ އަވި އައިނު އަޅުއްވައިގެންނެވެ. 

އެފަހަރު ވެސް މެކްރޮން އަވި އައިނު އަޅުއްވައިގެން ހުންނެވުމުން، މުޅި ދުނިޔޭގެ ސަމާލުކަން އެކަމަށް ލިބުނެވެ. އަދި އެކަމަށް މަޖާ ކުރުމުގެ ގޮތުން ސޯޝަލް މީޑިއާގައި އެކި ކަހަލަގެ މީމްތައް ހަދައި، ޤައުމު ތަކުގެ ވެރިންގެ މެދުގައި ވެސް އެކަން މަޤުބޫލު ވެގެން ދިޔަ އެވެ.

ފްރާންސްއެމަނުއަލް މެކްރޯން

އިތުރަށް ކިޔާލަން

29 ޖޫން 2026

ޕެރިހުގެ އައިފެލް ޓަވަރަށް ހޮނު އަޅައިފި

29 ޖޫން 2026
ޕެރިހުގެ އައިފެލް ޓަވަރަށް ހޮނު އަޅައިފި
29 ޖޫން 2026

ފަރަންސޭސިވިލާތުގައި މަތިންދާބޯޓެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

29 ޖޫން 2026
ފަރަންސޭސިވިލާތުގައި މަތިންދާބޯޓެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
29 ޖޫން 2026

ވިލާތުގެ ގަދަ ހޫނާ ގުޅިގެން 1300 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

29 ޖޫން 2026
ވިލާތުގެ ގަދަ ހޫނާ ގުޅިގެން 1300 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
28 ޖޫން 2026

ފްރާންސް ގައި މަތިންދާބޯޓެއް ވެއްޓި 11 މީހުން މަރުވެއްޖެ

28 ޖޫން 2026
ފްރާންސް ގައި މަތިންދާބޯޓެއް ވެއްޓި 11 މީހުން މަރުވެއްޖެ
27 ޖޫން 2026

ބުރުކީނާ ފާސޯއިން ފަރަންސޭސިވިލާތާ ގުޅުން ކަނޑާލައިފި

27 ޖޫން 2026
ބުރުކީނާ ފާސޯއިން ފަރަންސޭސިވިލާތާ ގުޅުން ކަނޑާލައިފި
26 ޖޫން 2026

ޔޫރަޕަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މަރުވެއްޖެ

26 ޖޫން 2026
ޔޫރަޕަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މަރުވެއްޖެ
25 ޖޫން 2026

މުޅި ހުޅަނގު ޔޫރަޕަށް ގަދަ ހޫނު ފެތުރި، ފްރާންސް ގައި "ރެޑް ހީޓް އެލާޓް" ނެރެފި

25 ޖޫން 2026
މުޅި ހުޅަނގު ޔޫރަޕަށް ގަދަ ހޫނު ފެތުރި، ފްރާންސް ގައި "ރެޑް ހީޓް އެލާޓް" ނެރެފި
24 ޖޫން 2026

ފްރާންސް ގެ ހެޑްކޯޗް ގެ މަންމަ މަރުވުމާ ގުޅިގެން އެނބުރި ގައުމަށް

24 ޖޫން 2026
ފްރާންސް ގެ ހެޑްކޯޗް ގެ މަންމަ މަރުވުމާ ގުޅިގެން އެނބުރި ގައުމަށް
24 ޖޫން 2026

ފްރާންސް އިން ފުރަތަމަ ފަހަރަށް އެބޯލާގެ ކޭސްއެއް ފެނިއްޖެ

24 ޖޫން 2026
ފްރާންސް އިން ފުރަތަމަ ފަހަރަށް އެބޯލާގެ ކޭސްއެއް ފެނިއްޖެ
21 ޖޫން 2026

އޭއައިއާ ގުޅޭ ޤަވާއިދު ތަކެއް އެކުލަވާލުމަށް، މެކްރޮން ގޮވާލައްވައިފި

21 ޖޫން 2026
އޭއައިއާ ގުޅޭ ޤަވާއިދު ތަކެއް އެކުލަވާލުމަށް، މެކްރޮން ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް