Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބުރުކީނާ ފާސޯ

ބުރުކީނާ ފާސޯއިން ފަރަންސޭސިވިލާތާ ގުޅުން ކަނޑާލައިފި

މި ނިންމުމަކީ ގައުމުގެ ސިޔާދަތު ރައްކާތެރިކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ބުރުކީނާ ފާސޯއިން ބުނާއިރު، ފަރަންސޭސިވިލާތުން ވަނީ އެ ތުހުމަތުތައް ދޮގުކޮށް އެއީ އެއްވެސް އަސާސެއް ނެތް ނިންމުމެއް ކަމަށް ބުނެފައި. 2022 ވަނަ އަހަރު ބުރުކީނާ ފާސޯގެ ވެރިކަމަށް އަސްކަރިއްޔާއިން އަތްގަދަކުރި ފަހުން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، އެ ގައުމުގައި ތިބި ފަރަންސޭސި ސިފައިން ވެސް ވަނީ މީގެ ކުރިން ބޭރުކޮށްފައި.

ރާއްޖެ އެމްވީ | 27 ޖޫން 2026 | ހޮނިހިރު 07:58
ބުރުކީނާ ފާސޯގެ ރައީސް ރޮކް މާކް ކްރިސްޓިއަން ކަބޯރޭ (ކަނާތްފަރާތުގައި) އަދި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއަލް މެކްރޮން، 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ބުރުކީނާ ފާސޯގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން.

ބުރުކީނާ ފާސޯގެ ރައީސް ރޮކް މާކް ކްރިސްޓިއަން ކަބޯރޭ (ކަނާތްފަރާތުގައި) އަދި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއަލް މެކްރޮން، 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ބުރުކީނާ ފާސޯގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން. | ގެޓީ އިމޭޖަސް

ފަރަންސޭސިވިލާތުން ބުރުކީނާ ފާސޯގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަތްބާނާ ކަމަށް ތުހުމަތުކޮށް، އެ ގައުމާއެކު އޮތް ޚާރިޖީ ގުޅުން ބުރުކީނާ ފާސޯއިން ކަނޑާލައިފި އެވެ.

މިއީ ފަރަންސޭސިވިލާތުގެ އިސްތިއުމާރީ ބާރުގެ ދަށުގައި ކުރިން އޮތް ހުޅަނގު އެފްރިކާގެ ގައުމުތަކުގެ ތެރެއިން، ގުޅުން ގޯސްވުމުގެ ސަބަބުން ފަރަންސޭސިވިލާތާ ދުރަށްޖެހުނު އެންމެ ފަހުގެ ގައުމެވެ.

މި ނިންމުން އިއުލާނުކޮށްފައިވަނީ ބުރުކީނާ ފާސޯގެ ކޮމިއުނިކޭޝަން މިނިސްޓަރު ގިލްބާޓް އޮއެޑްރައޯގޯ ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގަ އެވެ. އެ ގައުމުގެ ރަސްމީ އިންފޮމޭޝަން ސާވިސްއިން އާންމުކުރި މި ބަޔާނުގައި ބުނެފައިވަނީ، ފަރަންސޭސިވިލާތާއެކު އޮތް ގުޅުން ކަނޑާލުމުގެ ނިންމުމަށް ޖޫން މަހުގެ 26 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށެވެ.

ބުރުކީނާ ފާސޯގެ ވެރިރަށް އުއަގަޑޫގޫއިން ފަރަންސޭސިވިލާތަށް ތުހުމަތުކޮށްފައިވަނީ، އެ ގައުމުން އަދިވެސް އިސްތިއުމާރީ ނުފޫޒު ފަތުރަން މަސައްކަތްކުރާ ކަމަށާއި، ބުރުކީނާ ފާސޯގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަތްބާނައި، ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކުރާ ނެޓްވޯކްތަކާއި "ޓެރަރިސްޓުންނަށް" އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ.

ބުރުކީނާ ފާސޯގެ ސަރުކާރުގެ ބަޔާނުގައި ބުނެފައިވަނީ، އެ ގައުމުގެ މައްޗަށް ގަދަވެގަނެ ރައްޔިތުން އަޅުވެތިކުރުމަށް ގެންގުޅޭ މިފަދަ ސިޔާސަތުތަކާ ކުރިމަތިލުމުގައި، އެ ގައުމުން އިޚްތިޔާރުކުރީ ޒިންމާދާރުކަމާއެކު ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުން ކަމަށެވެ. ނަމަވެސް، އެފްރިކާގެ ސާހެލް ސަރަހައްދުގައި ހަރަކާތްތެރިވާ ޓެރަރިސްޓުންނަށް އެހީތެރިވާ ކަމަށް ކުރެވޭ ތުހުމަތުތައް ފަރަންސޭސިވިލާތުން މީގެ ކުރިން ވަނީ ދޮގުކޮށްފަ އެވެ.

މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި ނިންމުމަކީ ހަމައެކަނި ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ނުވަތަ ޚާރިޖީ ގުޅުމަށް އައި ބަދަލެއް ކަމަށެވެ. އަދި ބުރުކީނާ ފާސޯގެ ރައްޔިތުންނާއި ފަރަންސޭސި ރައްޔިތުންގެ މެދުގައި އޮތް ތާރީޚީ، ސަގާފީ އަދި އިޖުތިމާއީ ގުޅުންތަކަށް މީގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.

އޭއެފްޕީ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފަރަންސޭސިވިލާތުން ވަނީ ބުރުކީނާ ފާސޯގެ މި ނިންމުން ކުށްވެރިކޮށްފަ އެވެ. ފަރަންސޭސިވިލާތުން ބުނެފައިވަނީ މިއީ އެއްވެސް އަސާސެއް ނެތް، އަދި ދެކޮޅުވެރިކަން އިސްކޮށް ނިންމާފައިވާ ނިންމުމެއް ކަމަށާއި، މީގެއިން ހާމަވަނީ ބުރުކީނާ ފާސޯގެ ކަމާބެހޭ ފަރާތްތަކުގެ އަމަލުތައް ކަންބޮޑުވާ މިންވަރަށް ބަދަލުވަމުންދާ ކަމެވެ.

ބުރުކީނާ ފާސޯއާއި ފަރަންސޭސިވިލާތުގެ ޚާރިޖީ ގުޅުން ގޯސްވާން ފެށީ 2022 ވަނަ އަހަރު ބުރުކީނާ ފާސޯގެ އަސްކަރިއްޔާއިން އެ ގައުމުގެ ވެރިކަމަށް އަތްގަދަކުރި ހިސާބުންނެވެ. ވެރިކަމާ އަލަށް ހަވާލުވި ފަރާތްތަކުން ވަނީ ފަރަންސޭސިވިލާތާއެކު އޮތް އަސްކަރީ އެއްބަސްވުންތައް އުވާލައި، އޭގެ ޖެހިގެން އައި އަހަރު ފަރަންސޭސި ސިފައިން އެ ގައުމުން ބޭރުކޮށްފަ އެވެ.

ފަރަންސޭސިވިލާތުގެ އަސްކަރިއްޔާއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުމާއި، އެ ގައުމުތަކުގެ ދާޚިލީ ކަންކަމަށް ފަރަންސޭސިވިލާތުން އަތްބާނާ ކަމަށް ކުރެވޭ ތުހުމަތުތަކާއެކު، ކުރިން ފަރަންސޭސިވިލާތުގެ ދަށުގައި އޮތް އެތައް ގައުމަކުން މިހާރު ވަނީ ފަރަންސޭސިވިލާތާ އޮތް ގުޅުން ކަނޑާލާފަ އެވެ. ބުރުކީނާ ފާސޯގެ އިތުރުން މާލީ އަދި ނައިޖަރުން ވެސް ވަނީ ފަރަންސޭސި ސިފައިން އެ ގައުމުތަކުން ބޭރުކޮށް، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކަށް ފަރަންސޭސިވިލާތުން ވާގިވެރިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

މި ހުރިހާ ތުހުމަތުތަކެއް ފަރަންސޭސިވިލާތުން ދޮގުކުރާއިރު، އެ ގައުމުން ބުނަމުންދަނީ ހުޅަނގު އެފްރިކާގެ އެ ތިން ގައުމުގައި އޮތް އަސްކަރީ ސަރުކާރުތަކަކީ ސައްހަ ސަރުކާރުތަކެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އަދި އެ ގައުމުތަކުގައި އަލުން މަދަނީ ވެރިކަމެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވަމުންދާ ކަމަށްވެސް ފަރަންސޭސިވިލާތުން ބުނެ އެވެ.

ފަރަންސޭސިވިލާތް-ބުރުކީނާ ފާސޯހުޅަނގު އެފްރިކާފްރާންސްބުރްކީނާ ފާސޯ

އިތުރަށް ކިޔާލަން

26 ޖޫން 2026

ޔޫރަޕަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މަރުވެއްޖެ

26 ޖޫން 2026
ޔޫރަޕަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މަރުވެއްޖެ
25 ޖޫން 2026

މުޅި ހުޅަނގު ޔޫރަޕަށް ގަދަ ހޫނު ފެތުރި، ފްރާންސް ގައި "ރެޑް ހީޓް އެލާޓް" ނެރެފި

25 ޖޫން 2026
މުޅި ހުޅަނގު ޔޫރަޕަށް ގަދަ ހޫނު ފެތުރި، ފްރާންސް ގައި "ރެޑް ހީޓް އެލާޓް" ނެރެފި
24 ޖޫން 2026

ނައިޖަރ އިން ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ވަކިވުމުގެ ރަސްމީ މަރުހަލާ ފަށައިފި

24 ޖޫން 2026
ނައިޖަރ އިން ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ވަކިވުމުގެ ރަސްމީ މަރުހަލާ ފަށައިފި
24 ޖޫން 2026

ފްރާންސް ގެ ހެޑްކޯޗް ގެ މަންމަ މަރުވުމާ ގުޅިގެން އެނބުރި ގައުމަށް

24 ޖޫން 2026
ފްރާންސް ގެ ހެޑްކޯޗް ގެ މަންމަ މަރުވުމާ ގުޅިގެން އެނބުރި ގައުމަށް
24 ޖޫން 2026

ފްރާންސް އިން ފުރަތަމަ ފަހަރަށް އެބޯލާގެ ކޭސްއެއް ފެނިއްޖެ

24 ޖޫން 2026
ފްރާންސް އިން ފުރަތަމަ ފަހަރަށް އެބޯލާގެ ކޭސްއެއް ފެނިއްޖެ
21 ޖޫން 2026

އޭއައިއާ ގުޅޭ ޤަވާއިދު ތަކެއް އެކުލަވާލުމަށް، މެކްރޮން ގޮވާލައްވައިފި

21 ޖޫން 2026
އޭއައިއާ ގުޅޭ ޤަވާއިދު ތަކެއް އެކުލަވާލުމަށް، މެކްރޮން ގޮވާލައްވައިފި
18 ޖޫން 2026

ނައިޖަރުގެ ވެރިރަށް ނިއާމޭގެ އެއާޕޯޓަށް ބަޑީގެ ވަރުގަދަ ހަމަލާތަކެއް ދީފި

18 ޖޫން 2026
ނައިޖަރުގެ ވެރިރަށް ނިއާމޭގެ އެއާޕޯޓަށް ބަޑީގެ ވަރުގަދަ ހަމަލާތަކެއް ދީފި
18 ޖޫން 2026

ޖީ7 ގެ ލީޑަރުންނަށް ޓްރަމްޕް: "އަހަރެންނަކީ ބޮސް!"

18 ޖޫން 2026
ޖީ7 ގެ ލީޑަރުންނަށް ޓްރަމްޕް: "އަހަރެންނަކީ ބޮސް!"
13 ޖޫން 2026

އެމެރިކާ އާއި އީރާން އިން ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފްރާންސް އިން ގޮވާލައިފި

13 ޖޫން 2026
އެމެރިކާ އާއި އީރާން އިން ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފްރާންސް އިން ގޮވާލައިފި
01 ޖޫން 2026

ޕީއެސްޖީގެ ކާމިޔާބީ ފާހަގަ ކުރުމުގެ ތެރެއިން 400 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފި

01 ޖޫން 2026
ޕީއެސްޖީގެ ކާމިޔާބީ ފާހަގަ ކުރުމުގެ ތެރެއިން 400 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު