Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފްރާންސް

އޭއައިއާ ގުޅޭ ޤަވާއިދު ތަކެއް އެކުލަވާލުމަށް، މެކްރޮން ގޮވާލައްވައިފި

ފްރާންސްގެ ރައީސް މެކްރޮން ވިދާޅުވީ، އެމެރިކާގެ އޮފިޝަލުން ފްރޮންޓިއާ އޭއައި މޮޑެލްތައް ނުރައްކާތެރި ކަމަށް ގަބޫލު ކުރެއްވުމަކީ ރަނގަޅު ކަމެއް ކަމަށް. ނަމަވެސް އެކަމަށް ނެގި ފިޔަވަޅަކީ މުޅިން ގައުމީ ވަންތަކަމުގެ ރައްދެއް ކަމަށް ވިދާޅުވެ، މެކްރޮން އެކަމަށް ފާޑު ކިޔުއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖޫން 2026 | އާދީއްތަ 11:37
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން.

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން. | ގެޓީ އިމޭޖަސް

ތަރައްޤީ ވެފައިވާ އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ނިޒާމުތައް ރެގިއުލޭޓު ކުރުމުގައި އެކުގައި މަސައްކަތް ކުރުމަށް، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ދުނިޔޭގެ ޤައުމު ތަކަށް ގޮވާލައްވައިފި އެވެ. 

މެކްރޮން މިފަދައިން ގޮވާލައްވާފައި ވަނީ އޭއައި ދާއިރާގެ އެންމެ އިސް އެގްޒެކެޓިވް އިން ބައިވެރިވި މަތީ ފެންވަރުގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކައިގަ އެވެ. 

އޯޕަން އޭއައި ކުންފުނީގެ ވެރިޔާ ސޭމް އޯލްޓްމަން ވެސް ވަނީ ފްރާންސްގައި ބޭއްވި ގްރޫޕް އޮފް ސެވަން ނުވަތަ ޖީ ސެވަން ސަމިޓުގައި އެފަދަ ގޮވާލުމެއް ގޮވާލައްވައިފަ އެވެ. އޭނާ ވިދާޅުވީ އޭއައި ގަވާއިދުތައް އެކުލަވާލުމަށް ގައުމު ތަކަށް ބައިނަލްއަގުވާމީ އެއްބާރުލުމެއް ބޭނުންވާ ކަމަށެވެ. އޭނާ ވިދާޅުވީ އޭއައި ސަލާމަތީ ކަންކަން ޓެކްނޮލޮޖީ ކުންފުނި ތަކަށް ދޫކޮށްލުން ރަނގަޅު ނޫން ކަމަށެވެ.

އޭއައި ބާރުވެރި ކުރުމާ ބެހޭ މަޝްވަރާ ތަކުގައި މިފަދަ ވާހަކަ ތަކެއް އައިސްފައިވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ފާއިތުވި ހަފްތާގައި ނެރުއްވި އަމުރެއް މެދުވެރިކޮށެވެ. އެ އަމުރުގައި ބިދޭސީ ރައްޔިތުންނަށް އެންތްރޮޕިކް ކުންފުނީގެ އެންމެ ފަހުގެ އަދި އެންމެ ބާރު ގަދަ އޭއައި މޮޑެލްތައް ބޭނުން ކުރުން މަނާ ކޮށްފައިވެ އެވެ.

ފްރާންސްގެ ރައީސް މެކްރޮން ވިދާޅުވީ، އެމެރިކާގެ އޮފިޝަލުން ފްރޮންޓިއާ އޭއައި މޮޑެލްތައް ނުރައްކާތެރި ކަމަށް ގަބޫލު ކުރެއްވުމަކީ ރަނގަޅު ކަމެއް ކަމަށެވެ. ނަމަވެސް އެކަމަށް ނެގި ފިޔަވަޅަކީ މުޅިން ގައުމީ ވަންތަކަމުގެ ރައްދެއް ކަމަށް ވިދާޅުވެ، މެކްރޮން އެކަމަށް ފާޑު ކިޔުއްވި އެވެ.

ފްރާންސްގައި ކުރިއަށް ދިޔަ ޖީ7 ގެ ބައްދަލުވުމުގައި އޭއައި ދާއިރާގެ މުހިންމު ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ބާރުގަދަ ތިން، އޭއައި ކުންފުނީގެ ވެރިން ހިމެނި ވަޑައިގަންނަވަ އެވެ. އެއީ އޯލްޓްމަން އާއި ގޫގުލް ޑީޕްމައިންޑްގެ ވެރިޔާ ޑެމިސް ހަސަބިސް އަދި އެންތްރޮޕިކްގެ ވެރިޔާ ޑާރިއޯ އަމޯޑޭ އެވެ. ބައްދަލުވުމުގެ މައުޟޫޢަކީ އޭއައި ސަލާމަތާއި އަވަހަށް އަދި ފައިދާ ހުރި ގޮތުގައި ތަންފީޒު ކުރުމަށް ކަށަވަރު ކުރުމެވެ.

ފްރާންސްއެމަނުއަލް މެކްރޯންއާޓިފިޝިއަލް އިންޓެލިޖެންސް

އިތުރަށް ކިޔާލަން

18 ޖޫން 2026

ޖީ7 ގެ ލީޑަރުންނަށް ޓްރަމްޕް: "އަހަރެންނަކީ ބޮސް!"

18 ޖޫން 2026
ޖީ7 ގެ ލީޑަރުންނަށް ޓްރަމްޕް: "އަހަރެންނަކީ ބޮސް!"
18 ޖޫން 2026

ސުލްހަ ޤާއިމު ކުރުމުގެ ނިޔަތެއް ރަޝިޔާގެ ކިބައިގައި ނެތް ކަަމށް ޖީ7 ގެ ލީޑަރު އެއްބަސްވޭ: މެކްރޮން

18 ޖޫން 2026
ސުލްހަ ޤާއިމު ކުރުމުގެ ނިޔަތެއް ރަޝިޔާގެ ކިބައިގައި ނެތް ކަަމށް ޖީ7 ގެ ލީޑަރު އެއްބަސްވޭ: މެކްރޮން
17 ޖޫން 2026

އީރާނާ ދެކޮޅަށް ދިން ހަމަލާތަކުގައި މަސްކްގެ އާޓިފިޝަލް އިންޓެލިޖެންސް ޓޫލް "ގްރޮކް" ބޭނުންކޮށްފި

17 ޖޫން 2026
އީރާނާ ދެކޮޅަށް ދިން ހަމަލާތަކުގައި މަސްކްގެ އާޓިފިޝަލް އިންޓެލިޖެންސް ޓޫލް "ގްރޮކް" ބޭނުންކޮށްފި
16 ޖޫން 2026

ޚަބަރަށް ކުރާ އިތުބާރު ރެކޯޑް މިންވަރަކަށް ދުނިޔޭގެ ފެންވަރުގައި ދަށަށް ގޮސްފި

16 ޖޫން 2026
ޚަބަރަށް ކުރާ އިތުބާރު ރެކޯޑް މިންވަރަކަށް ދުނިޔޭގެ ފެންވަރުގައި ދަށަށް ގޮސްފި
13 ޖޫން 2026

އެމެރިކާ އާއި އީރާން އިން ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފްރާންސް އިން ގޮވާލައިފި

13 ޖޫން 2026
އެމެރިކާ އާއި އީރާން އިން ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފްރާންސް އިން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު