Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކްރިކެޓް

އިންގްލޭންޑްއިން ވެސްޓް އިންޑީސް ބަލިކޮށްފި

މި ސީރީސްގެ ހަތަރު ވަނަ މެޗު އިންގްލޭންޑްއިން ކާމިޔާބުކޮށްފައިވަނީ 6 ލަނޑުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2017 | ބުރާސްފަތި 11:37
ވެސްޓް އިންޑީސްގެ ޓީމު

ވެސްޓް އިންޑީސްގެ ޓީމު

އިންގްލޭންޑާއި ވެސްޓް އިންޑީސްއާ ދެމެދު ކުރިޔަށްދިޔަ ފަސް މެޗުގެ އޯޑީއައި ސީރީސްއިން އިންގްލޭންޑް މޮޅުވެއްޖެއެވެ.

ލަންޑަންގައި ހުންނަ "ދަ ކިއާ އޯވަލް" ސްޓޭޑިއަމްގައި ކުޅުނު މި ސީރީސްގެ ހަތަރު ވަނަ މެޗު އިންގްލޭންޑްއިން ކާމިޔާބުކޮށްފައިވަނީ 6 ލަނޑުންނެވެ. އެ ޓީމުން ވަނީ މީގެ ކުރިން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކޮށްފައެވެ. އެގޮތުން ފުރަތަމަ މެޗު އިންގްލޭންޑްއިން ކާމިޔާބުކުރީ ހަތް ވިކެޓުންނެވެ. ދެވަނަ މެޗުގެ ކުޅުން ވާރޭވެހުމުގެ ސަބަބުން ހުއްޓާލިއެވެ. އަދި ތިންވަނަ މެޗު އެ ޓީމުން ކާމިޔާބު ކުރީ 124 ލަނޑުންނެވެ.

ހަތަރުވަނަ މެޗުގައި ޓޮސް ދިމާވެގެން ކުޅެންއަރާ އިންގްލޭންޑްއިން ވަނީ 35 އޯވަރުގެ ތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން 258 ލަނޑު ހަދާ ފަސް ވިކެޓް ނަގާފައެވެ. މި އިނިންގްސްގައި އެ ޓީމުގެ ފަރާތުން އެންމެ ރަނގަޅަށް ބެޓްކުރީ 66 ބޯޅައިން 84 ލަނޑު ހެދި ޖޭސަން ރޯއިއެވެ. އޭނާގެ ފަހަތުން ދެން އެންމެ ރަނގަޅަށް ބެޓްކުރީ 25 ބޯޅައިން 48 ލަނޑު ހެދި މުއީން އަލީއެވެ.

ޖަވާބުގައި ކުޅެންއަރާ ވެސްޓް އިންޑީސްއިން ވަނީ 50 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 356 ލަނޑު ހަދާ ފަސް ވިކެޓް ނަގާފައެވެ. މި އިނިންގްސްގައި އެ ޓީމުގެ ފަރާތުން އެންމެ ރަނގަޅަށް ބެޓްކުރީ 130 ބޯޅައިން 176 ލަނޑު ހެދި އެވިން ލުއިސްއެވެ. އޭނާގެ ފަހަތުން ދެން އެންމެ ރަނގަޅަށް ބެޓްކުރީ 62 ބޯޅައިން 77 ލަނޑު ހެދި އެ ޓީމުގެ ކެޕްޓަން ޖޭސަން ހޯލްޑާއެވެ.

މި މެޗުގައި ވެސްޓް އިންޑީސްއިން ހެދި 365 ލަނޑަކީ އެ ޓީމުން މިހާތަނަށް އިންގްލޭންޑާ ދެކޮޅަށް ހެދި އެންމެ ގިނަ ލަނޑުގެ އަދަދެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި

ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި

02 އެޕްރީލު 2017
ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި

ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި

20 މާރިޗު 2017
ޕްރިމިއާ ލީގު: ވެސްޓްބްރޮމް އިން އާސެނަލްގެ އުންމީދުތައް ފުނޑުފުނޑުކޮށްލައިފި

ޕްރިމިއާ ލީގު: ވެސްޓްބްރޮމް އިން އާސެނަލްގެ އުންމީދުތައް ފުނޑުފުނޑުކޮށްލައިފި

18 މާރިޗު 2017
ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި

ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި

07 މާރިޗު 2017
ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި

ޓީރެކްސް އިން ކިންގްސް ބީސީ ބަލިކޮށްފި

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު