Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އައިސީސީ

ނައިޖަރ އިން ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ވަކިވުމުގެ ރަސްމީ މަރުހަލާ ފަށައިފި

ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އަކީ ވަކި ފަރާތަކަށް ޖެހިފައިވާ "ސިޔާސީ ހަތިޔާރެއް" ކަމަށް ބުނެ، ނައިޖަރ އިން އެ ކޯޓުން ވަކިވުމުގެ ރަސްމީ މަރުހަލާ އދ. އަށް ހުށަހަޅައިފި. ނައިޖަރ އާއެކު ސަހޭލް ސަރަހައްދުގެ ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި، މި ކޯޓަކީ އިސްތިއުމާރީ ބާރުތަކުން ވަކި މަގުސަދުތަކެއް ހާސިލުކުރުމަށް ބޭނުންކުރާ ވަސީލަތެއް. މިއީ ބުރުންޑީ އާއި ފިލިޕީންސަށް ފަހު އެ ކޯޓުން ވަކިވާން ނިންމި ތިންވަނަ ގައުމު.

ރާއްޖެ އެމްވީ | 24 ޖޫން 2026 | ބުދަ 14:47
ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގެ އިމާރާތާއި އެ ކޯޓުގެ ލޯގޯ.

ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގެ އިމާރާތާއި އެ ކޯޓުގެ ލޯގޯ. | ގެޓީ އިމޭޖަސް

ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އަކީ "ނިއޯ-ކޮލޯނިއަލިސްޓް" ނުވަތަ އައު އިސްތިއުމާރީ ފިކުރަށް ތާއީދުކުރާ ތައައްސަބުން ފުރިގެންވާ ތަނެއް ކަމަށް ބުނެ، އެ ކޯޓުން ވަކިވުމަށް ނިންމި ނިންމުމާ އެއްގޮތަށް، ނައިޖާރ އިން އެ ކޯޓުން ވަކިވުމުގެ ރަސްމީ މަރުހަލާ ފަށައިފިއެވެ.

ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ނައިޖަރ އިން، އައިސީސީ އުފެއްދުމުގެ އަސާސް ކަމުގައިވާ ރޯމް ސްޓެޓިއުޓުން ވަކިވުމަށް އެދި އދ. އަށް ސިޓީ ހުށަހަޅާފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޭޕީ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނައިޖަރ އިން ފޮނުވި ސިޓީގައި ބުނެފައިވަނީ، އައިސީސީއަކީ ސުލްހައާއި އިންސާފަށް ލޯބިކުރާ ރައްޔިތުންގެ މެދުގައި ބޮޑު އުންމީދެއް އުފެއްދި ތަނެއް ނަމަވެސް، އެ ކޯޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ވަކި މަގުސަދުތަކެއް ހާސިލުކުރުމަށް ބޭނުންކުރަމުންދާ ކަމަށެވެ.

މިކަމާ ގުޅިގެން އައިސީސީން ބުނެފައިވަނީ، ބައިނަލްއަގުވާމީ އެންމެ ނުރައްކާތެރި ކުށްތައް ކުރާ ފަރާތްތަކަށް އަދަބު ދިނުމަށް ކުރާ ގުޅިފައިވާ މަސައްކަތުން ވަކިވުމަށް ނިންމާ ކޮންމެ ނިންމުމަކީ އެ ކޯޓުން ހިތާމަކުރާ ކަމެއް ކަމަށެވެ.

ނައިޖަރ އިން އައިސީސީން ވަކިވުމުގެ ނިންމުމަށް އަމަލުކުރަން ފެށޭނީ 12 މަސް ދުވަސް ފަހުންނެވެ. މިއާއެކު ނައިޖަރ ވެގެންދާނީ އެ ކޯޓުން ވަކިވާ ތިންވަނަ ގައުމަށެވެ. މީގެ ކުރިން 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބުރުންޑީން ވަނީ، އައިސީސީން ގަސްދުގައި އެފްރިކާގެ މީހުންނަށް އަމާޒުކޮށް ދައުވާކުރާ ކަމަށް ބުނެ އެ ކޯޓުން ވަކިވެފައެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ފިލިޕީންސް އިން ވެސް ވަނީ އެ ކޯޓުން ވަކިވެފައެވެ. އެ ގައުމުގެ އޭރުގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ވިދާޅުވީ އައިސީސީއަކީ އެ ގައުމާ ދެކޮޅަށް ބޭނުންކުރާ "ސިޔާސީ ހަތިޔާރެއް" ކަމަށެވެ.

ނައިޖަރާއިން އައިސީސީން ވަކިވާން އުޅޭކަން ފުރަތަމަ ހާމަކުރީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. އެ ގައުމާއި، ބުރުކީނާ ފާސޯ އަދި މާލީ ހިމެނޭ "އެލަޔަންސް އޮފް ސަހޭލް ސްޓޭޓްސް" (އޭއީއެސް) އިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އައިސީސީއަކީ ވަކި ބަޔަކަށް އިންސާފު ގާއިމުކޮށްދޭ "ސިލެކްޓިވް ޖަސްޓިސް" ގެ ދުނިޔޭގެ ނަމޫނާއެއް ކަމަށެވެ.

ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ މި ކޯޓަކީ އިސްތިއުމާރީ ބާރުތަކުން ގެންގުޅޭ "ނިއޯކޮލޯނިއަލް ރެޕްރެޝަން" ނުވަތަ އަޅުވެތިކުރުމުގެ ވަސީލަތެއްގެ ގޮތުގައި އޭއީއެސް އިން ސިފަކޮށްފައިވެއެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި އަދަބު ނުލިބި ސަލާމަތްވާ "ޚާއްސަ ދާއިރާ" ގެ ބޭރުގައި ތިބޭ ފަރާތްތަކަށް އެ ކޯޓުން އަމާޒުކުރާ ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.

ގަތުލުއާންމުތަކާއި، ހަނގުރާމައިގެ ކުށްތަކާއި، އިންސާނިއްޔަތާ ޚިލާފު ކުށްތައް ތަހުގީގުކޮށް ދައުވާކުރާ އައިސީސީން މީގެ ކުރިން އިންޒާރު ދީފައިވަނީ، ގައުމުތަކުން އެ ކޯޓުން ވަކިވުމަކީ ހަނގުރާމައާއި ހަމަނުޖެހުން އޮތް ސަރަހައްދުތަކުގައި ކުށްކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ބަލިކަށިވެގެންދާނެ ކަމެއް ކަމަށެވެ. މާލީ، ނައިޖަރ އަދި ބުރުކީނާ ފާސޯ އިން ރޯމް ސްޓެޓިއުޓް ތަސްދީގުކޮށްފައިވަނީ ތަރުތީބުން 2000، 2002 އަދި 2004 ވަނަ އަހަރުއެވެ.

މި ތިން ގައުމުން ވެސް ދަނީ އަލްގައިދާ އަދި އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުންހުރި ހަނގުރާމަވެރި ޖަމާއަތްތަކުން ހިންގާ ނުރައްކާތެރި ހަމަލާތަކާ ދެކޮޅަށް ގިނަ އަހަރުތަކެއް ވަންދެން ހަނގުރާމަކުރަމުންނެވެ. އެންމެ ފުރަތަމަ ހަމަނުޖެހުން އުފެދުނު މާލީގެ ސަރުކާރުން 2012 ވަނަ އަހަރު އެ މައްސަލަ އައިސީސީއަށް ހުށަހެޅި ނަމަވެސް، ވޭތުވެދިޔަ ދިހަ އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި އެ ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ އެންމެ ދެ ދައުވާއެވެ.

ބަމާކޯ، ނިއާމޭ އަދި އުއަގަޑޫގޫގެ ސަރުކާރުތަކުން ފަހަކަށް އައިސް ދަނީ އެ ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ކަމަށް ފެންނަ ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުންނެވެ.

އެގޮތުން 2025 ވަނަ އަހަރުގެ މާރިޗު މަހު ބުރުކީނާ ފާސޯ އާއި މާލީން ވަނީ "އިންޓަނޭޝަނަލް އޯގަނައިޒޭޝަން އޮފް ފްރެންކޯފޯން ނޭޝަންސް" އިން ވަކިވެފައެވެ. އެ ގައުމުތަކުން ބުނެފައިވަނީ ފްރާންސްގެ ޕެރިހުގައި މަރުކަޒުވެފައިވާ އެ ޖަމިއްޔާއިން، ސަގާފީ އަދި ފަންނީ އެއްބާރުލުން ދިނުމުގެ އަސްލު މަގުސަދު ދޫކޮށްލައި، ވަކި ފަރާތަކަށް ޖެހިފައިވާ "ސިޔާސީ ގޮތުން ނުފޫޒު ފޯރުވާ" ވަސީލަތަކަށް ބަދަލުވެފައިވާ ކަމަށެވެ.

ނައިޖަރބުރުންޑީފިލިޕީންސްބުރްކީނާ ފާސޯއިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ)މާލީ

ކޮމެންޓް

އިތުރަށް ކިޔާލަން

މޭރީގެ މަރު: ލަމްހާ އާއި މާވިން އަށް ހުކުމް ކުރުން އަންނަ މަހު އެކެއްގަ

މޭރީގެ މަރު: ލަމްހާ އާއި މާވިން އަށް ހުކުމް ކުރުން އަންނަ މަހު އެކެއްގަ

22 ޖޫން 2026
ނައިޖަރުގެ ވެރިރަށް ނިއާމޭގެ އެއާޕޯޓަށް ބަޑީގެ ވަރުގަދަ ހަމަލާތަކެއް ދީފި

ނައިޖަރުގެ ވެރިރަށް ނިއާމޭގެ އެއާޕޯޓަށް ބަޑީގެ ވަރުގަދަ ހަމަލާތަކެއް ދީފި

18 ޖޫން 2026
ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމުގައި 19 މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ

ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމުގައި 19 މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ

08 ޖޫން 2026
ފިލިޕީންސް އަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީ އިންޒާރުދީފި

ފިލިޕީންސް އަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީ އިންޒާރުދީފި

08 ޖޫން 2026
އީރާން ހަނގުރާމައާ ގުޅިގެން ފިލިޕީންސްގައި ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

އީރާން ހަނގުރާމައާ ގުޅިގެން ފިލިޕީންސްގައި ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

24 މާރިޗު 2026

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު