Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނައިޖަރ

ނައިޖަރުގެ ވެރިރަށް ނިއާމޭގެ އެއާޕޯޓަށް ބަޑީގެ ވަރުގަދަ ހަމަލާތަކެއް ދީފި

ނައިޖަރުގެ ވެރިރަށް ނިއާމޭގެ އެއާޕޯޓް ސަރަހައްދަށް ބަޑިއާއި ބޮމުގެ ވަރުގަދަ ހަމަލާތަކެއް އަމާޒުވެފައިވާއިރު، މިއީ މިއަހަރުގެ ތެރޭގައި އެ އެއާޕޯޓަށް ދިން ދެވަނަ ހަމަލާ. މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައި ނުވި ނަމަވެސް، މީގެ ކުރިން ދިން ހަމަލާގެ ޒިންމާ އުފުލާފައިވަނީ އައިއެސްއާ ގުޅުން އޮންނަ ހަނގުރާމަވެރި ގްރޫޕަކުން. މި ހާދިސާއާ ގުޅިގެން ސަރުކާރުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވޭ.

ރާއްޖެ އެމްވީ | 18 ޖޫން 2026 | ބުރާސްފަތި 08:27
ނައިޖަރުގެ ނޭޝަނަލް ކައުންސިލް ފޯ ދަ ސޭފްގާޑް އޮފް ދަ ހޯމްލޭންޑް (ސީ.އެން.އެސް.ޕީ) އަށް ތާއީދުކުރާ ފަރާތްތަކުން 20 އޮގަސްޓް 2023 ގައި އެ ގައުމުގެ ވެރިރަށް ނިއާމޭގެ ޕްލޭސް ޑި ލަ ކޮންސަރޓޭޝަނަށް އެއްވި އެއްވުމުގައި، އެ ގައުމުގެ އަސްކަރިއްޔާގެ ސާޖަންޓެއްގެ އިތުރުން ފަންނާނެއް ކަމަށްވާ މާމަން ސާނީ މައިގޯޗީ ހުށަހެޅުމެއް ހުށަހަޅަނީ.

ނައިޖަރުގެ ނޭޝަނަލް ކައުންސިލް ފޯ ދަ ސޭފްގާޑް އޮފް ދަ ހޯމްލޭންޑް (ސީ.އެން.އެސް.ޕީ) އަށް ތާއީދުކުރާ ފަރާތްތަކުން 20 އޮގަސްޓް 2023 ގައި އެ ގައުމުގެ ވެރިރަށް ނިއާމޭގެ ޕްލޭސް ޑި ލަ ކޮންސަރޓޭޝަނަށް އެއްވި އެއްވުމުގައި، އެ ގައުމުގެ އަސްކަރިއްޔާގެ ސާޖަންޓެއްގެ އިތުރުން ފަންނާނެއް ކަމަށްވާ މާމަން ސާނީ މައިގޯޗީ ހުށަހެޅުމެއް ހުށަހަޅަނީ. | ގެޓީ އިމޭޖަސް

ނައިޖަރުގެ ވެރިރަށް ނިއާމޭގައި ހުންނަ އެއާޕޯޓް ސަރަހައްދުން ބަޑީގެ ހަމަލާތަކެއްގެ އަޑު އިވިފައިވާ ކަމަށް އެ ސިޓީގެ ރައްޔިތުންނާ ހަވާލާދީ ރިޕޯޓްކޮށްފިއެވެ.

އެ ގައުމުގެ ގަޑިން ހެނދުނު 06:00 (ޖީއެމްޓީން 05:00) ހާއިރު ފެށުނު މި ހަމަލާތައް ގަޑިއިރަކަށް ދެމިގެންދިޔަ ކަމަށް ރޮއިޓާސް ނިއުސް އެޖެންސީން ބުނެފައިވެއެވެ. އަދި ބަޑީގެ އަޑުގެ އިތުރުން ގޮވުންތަކެއްގެ އަޑުވެސް އިވިފައިވާ ކަމަށް އެ އެޖެންސީން ރިޕޯޓްކޮށްފައިވެއެވެ.

އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދިން ދެ މީހަކު ބުނި ގޮތުގައި، ބަޑީގެ ހަމަލާތައް އަމާޒުވެފައިވަނީ ނިއާމޭ އެއާޕޯޓަށް ވަންނަ ދޮރާށި ހުންނަ ސަރަހައްދަށެވެ.

ނައިޖަރު ގެ ހަރުކަށި ފިކުރުގެ އިސްލާމީ ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަކުރާތާ މިހާރު ދިހަ އަހަރު ވެފައިވާއިރު، މިއަހަރުގެ ޖެނުއަރީ މަހުވެސް ޖިހާދީން ކަމަށް ބެލެވޭ ބަޔަކު ވަނީ މި އެއާޕޯޓަށް ހަމަލާދީފައެވެ. ނައިޖަރުގެ އަވަށްޓެރި ބުރުކީނާ ފާސޯ އަދި މާލީއެކޭ އެއްފަދައިން، އެ ގައުމުގައިވެސް މިހާރު ވެރިކަން ކުރަމުންދަނީ އަސްކަރީ ސަރުކާރަކުންނެވެ. މި ސަރުކާރު ވެރިކަމަށް އައުމުގެ މައިގަނޑު އެއް ސަބަބަކީ ކުރީގެ ސަރުކާރުތަކަށް މިފަދަ ހަމަނުޖެހުންތައް ހުއްޓުވުމުގައި ނާކާމިޔާބުވުމެވެ.

ބުރާސްފަތި ދުވަހު ދިން މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ. އަދި މިކަމާ ގުޅޭގޮތުން އެ ގައުމުގެ ސަރުކާރުންވެސް އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، ޖެނުއަރީ މަހު އެއާޕޯޓަށް ދިން ހަމަލާގެ ޒިންމާ އުފުލާފައިވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން އޮންނަ ގްރޫޕަކުންނެވެ.

ނައިޖަރއިސްލާމިކް ސްޓޭޓްބުރްކީނާ ފާސޯ

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2026

އެމެރިކާ ސިފައިން ސީރިއާ ގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

11 ޖެނުއަރީ 2026
އެމެރިކާ ސިފައިން ސީރިއާ ގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި
07 ޖެނުއަރީ 2026

ބުރްކީނާ ފާސޯގެ ރައީސް ކެޕްޓަން އިބްރާހީމް ޓްރައޮރޭ އަވަހާރަކޮށްލަން އުޅެފި

07 ޖެނުއަރީ 2026
ބުރްކީނާ ފާސޯގެ ރައީސް ކެޕްޓަން އިބްރާހީމް ޓްރައޮރޭ އަވަހާރަކޮށްލަން އުޅެފި
26 ޑިސެމްބަރު 2025

ނައިޖީރިއާ ގެ އިސްލާމިކް ސްޓޭޓް ޖަމާއަތައް އަމާޒު ކޮށް "ގަދަފަދަ، ނުރައްކާތެރި" ހަމަލާތަކެއް އެމެރިކާ އިން ދީފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

26 ޑިސެމްބަރު 2025
ނައިޖީރިއާ ގެ އިސްލާމިކް ސްޓޭޓް ޖަމާއަތައް އަމާޒު ކޮށް "ގަދަފަދަ، ނުރައްކާތެރި" ހަމަލާތަކެއް އެމެރިކާ އިން ދީފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
04 ސެޕްޓެމްބަރު 2025

ޕާކިސްތާނުގައި ސިޔާސީ އެއްވުމެއް އޮތް ތަނެއްގެ ކައިރީގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން 15 މީހުން މަރުވެއްޖެ

04 ސެޕްޓެމްބަރު 2025
ޕާކިސްތާނުގައި ސިޔާސީ އެއްވުމެއް އޮތް ތަނެއްގެ ކައިރީގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން 15 މީހުން މަރުވެއްޖެ
19 މާރިޗު 2025

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު