Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

"ވޯޓު ދެނީ ޑިގިޓަލީ، ކަނީ ޑިގިޓަލީ، ބޮނީ ޑިގިޓަލީ، އެހެން ޒަމާނަކަށް އައިސްފަ މިއޮތީ": ޖަނާބު

22 ޖޫން 2026 | ހޯމަ 08:07

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން" ބިލަކީ ރާއްޖޭގެ ތަރައްގީއަށާއި ޚިދުމަތްތައް އަވަސްކުރުމަށް ކޮންމެހެން ބޭނުންތެރި އަސާސީ ބިލެއް ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެ. މި ބިލުގެ ސަބަބުން މަސައްކަތުގެ ވަގުތު ސަލާމަތްވެ، ސިވިލް ސަރވިސް މުވައްޒަފުންނަށާއި އާންމު ރައްޔިތުންނަށް ނިޒާމީ ގޮތެއްގައި ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަން މެންބަރު ފާހަގަކުރެއްވި. އަދި ރާއްޖޭގެ ބޭންކިންގ އާއި ސިއްހީ ދާއިރާ ފަދަ މުހިންމު ޚިދުމަތްތައް މިހާރުވެސް ޑިޖިޓަލްވަމުންދާއިރު، މިއީ ގައުމުގެ ކުރިމަގަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް އޭނާ ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 22 ޖޫން 2026 | ހޯމަ 08:07
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު)

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) | ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ވޯޓު ލަނީ ވެސް، ރާއްޖޭގެ ރައްޔިތުން ކަނީ ވެސް އަދި ބޮނީ ވެސް ޑިޖިޓަލް ކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ހުށަހަޅުއްވާފައިވާ، މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު ޖަނާބު ވިދާޅުވީ މިއަދު ރާއްޖޭގައި ގިނަ ކަންކަން ކުރަނީ ޑިޖިޓަލް އެކިއެކި ޕްލެޓްފޯމްތަކުގެ އެހީގައި ކަމަށެވެ. އެގޮތުން ފައިސާ ޓްރާންސްފަރ ކުރުމުގެ މުއާމަލާތްތަކުން ފެށިގެން ގޮސް ބިލުތައް ދައްކަނީ ވެސް ޑިޖިޓަލް ކޮށް ކަމަށެވެ. 

Advertisement - newsAdvertisement

މެންބަރު ތުހުމަތު ކުރެއްވި ގޮތުގައި އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުން ޑިޖިޓަލް ވޯޓިންގ ގެ ވާހަކަ ދައްކަނީ ބިލުގެ މަގްސަދު ގެއްލުވާލުމަށެވެ. އެހެން ނަމަވެސް އެކަން ވެސް ނުކުރެވެން ވީ ސަބަބެއް ނެތް ކަމަށާއި ޑިޖިޓަލް ނުވަތަ އީ ވޯޓިންގ ނިޒާމަކަށް ނުދެވެން ވީ ސަބަބެއް ނެތް ކަމަށް މެންބަރު ވިދާޅުވި އެވެ. 

މިސާލަކަށް ވަރަށް ދާއިރާތައް އެބަހުރި މިހާރު ވެސް ޑިޖިޓަލީ ޚިދުމަތްދޭ. ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރަށް ފައިސާ ޓްރާންސްފަރ ކުރަނީ. ޑިޖިޓަލީ ކުރާ ކަމެއް. އެކަކު އަނެކަކަށް ފައިސާ ޓްރާންސްފަރ ކުރަނީ. ޑިޖިޓަލީ ކުރާ ކަމެއް. ހަމަ އެގޮތަށް ލޯން ތަކަށް އެޕްލައި ކުރަނީ. ޑިޖިޓަލީ ކުރާ ކަމެއް. ގަވަރނެންސަށް ބަލާއިރު ޓެކްސް ދައްކަނީ. ޑިޖިޓަލީ ކުރާ ކަމެއް. ސިއްހަތަށް ބަލާއިރު ޑޮކްޓަރަށް ދައްކަނީ. ޑިޖިޓަލީ ކުރާ ކަމެއް. މި ޑިޖިޓަލް  ނޭނގިގެން މިއުޅެނީ. އަޖައިބެއްނު. މި ބިލަކީ ދިވެހިރާއްޖެ އަށް، މިވަގުތު އަސާސީ އެއްޗެކޭ. ކޮންމެ މެންބަރެއް ކުރިމަތީގައި އިންނަނީ ޑިޖިޓަލް ސްކްރީނެއް. އޭގެން އަޅުގަނޑުމެން މި ބަލަނީ ޑިޖިޓަލީ. ވޯޓު ދެނީ ޑިޖިޓަލީ. ކަނީ ޑިޖިޓަލީ. ބޮނީ ޑިޖިޓަލީ. މި އެހެން ޒަމާނަކަށް އައިސްފަ މިއޮތީ. އެހެންވީމަ އަޅުގަނޑުމެން އެބަ ބޭނުންވޭ ދިވެހިރާއްޖެ އަށް ތަރައްގީ ގެންނަން. ޒުވާނުންގެ އަތްފައި މިނިވަންވާ ގޮތް ހަދަން. މިކަމާ ދެކޮޅަށް ވާހަކަދައްކަން މި ބިލުގެ މަގްސަދު ގެއްލޭ ގޮތަށް މަފްހޫމް އޮޅޭ ގޮތަށް ކޮންމެ ފަހަރަކު އެމްޑީޕީ
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު)

މެންބަރު ވިދާޅުވީ މި ބިލަކީ މިއަދު ރައްޔިތުންނަށް ވަރަށް މުހިއްމު ބިލެއް ކަމަށާ ޚާއްސަކޮށް މިއީ މި ގައުމަށް ވަރަށް މުހިއްމު ބިލެއް ކަމަށެވެ. މި ބިލު ފާސްވެގެން ދިޔުމުން  މިހާރު 8 ގަޑިއިރު ކުރާ މަސައްކަތުން 3 ގަޑިއިރު ކެނޑިގެންދާނެ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.  ޖަނާބު ވިދާޅުވީ މާނައަކީ ސިވިލް ސަރވިސް މުވައްޒަފުންނަށް 5 ގަޑިއިރަށް މަސައްކަތް ބަހާލަން ދައުލަތަށް ފުރުސަތު ލިބުން ކަމަށެވެ. މިއީ އޭގެ ސަބަބުން އެތައް ބަޔަކަށް ފަސޭހަތަކެއް ލިބިގެން ދާނެ ކަމެއް ކަމަށާ ޑިޖިޓަލް ކުރުމުގެ ބޭނުމަކީ ވެސް އެއީ ކަމަށް މެންބަރު ވިދާޅުވި އެވެ. 

މެންބަރު ވިދާޅުވީ ރާއްޖެ އަށް މިހާރު އަންނަން އުޅޭ ތަރައްގީ އަށް ބެލިކަމުގައި ވީ ނަމަވެސް މި ބިލު މުހިއްމު ކަމަށެވެ. ބިލުގެ ސަބަބުން ލޮލަށް ނުފެންނަ، މާނަވީ އެތައް ފައިދާ އެއް ލިބިގެން ދާ ކަމަށާއި ނިޒާމެއްގެ ތެރެއިން ރޭވިގެން މަސައްކަތްތައް ކުރުމަށްޓަކައި މި ބިލަކީ މުހިއްމު އަސާސީ ބިލެއް ކަމަށެވެ. 

އިބްރާހިމް މުހައްމަދު (ޖަނާބު)މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

22 ޖޫން 2026

ފިނޭންސް މިނިސްޓަރު ޒަރީރަށް ކޮމިޓީން ރުހުން ދީފި

22 ޖޫން 2026
ފިނޭންސް މިނިސްޓަރު ޒަރީރަށް ކޮމިޓީން ރުހުން ދީފި
22 ޖޫން 2026

މި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލަކުން، ކުރި ކަމަކުން ފައިދާއެއްވީ ދިވެހި ރައްޔިތަކު ނެތް: ޣަފޫރު

22 ޖޫން 2026
މި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލަކުން، ކުރި ކަމަކުން ފައިދާއެއްވީ ދިވެހި ރައްޔިތަކު ނެތް: ޣަފޫރު
21 ޖޫން 2026

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހަޅައިފި

21 ޖޫން 2026
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތަ ކުޑަކުރަން ސަރުކާރުން ހުށަހަޅައިފި
19 ޖޫން 2026

ކައުންސިލްތައް އޮވެގެން ރަށްތައް ތަރައްގީވާ ކަމަށް ވިދާޅުވި އައިބީ، ކައުންސިލަރުން ތިބުމަށްވުރެ ކަތީބުން ތިބި ޒަމާން މާ ރަނގަޅު ކަމަށް ވިދާޅުވެއްޖެ

19 ޖޫން 2026
ކައުންސިލްތައް އޮވެގެން ރަށްތައް ތަރައްގީވާ ކަމަށް ވިދާޅުވި އައިބީ، ކައުންސިލަރުން ތިބުމަށްވުރެ ކަތީބުން ތިބި ޒަމާން މާ ރަނގަޅު ކަމަށް ވިދާޅުވެއްޖެ
16 ޖޫން 2026

ޖަލުތަކުގެ ހާލަތު ދަށްވެފައިވާތީ މަޖިލީހަށް ކަރެކްޝަންސް ހާޒިރު ކޮށްދިނުމަށް އެދެފި

16 ޖޫން 2026
ޖަލުތަކުގެ ހާލަތު ދަށްވެފައިވާތީ މަޖިލީހަށް ކަރެކްޝަންސް ހާޒިރު ކޮށްދިނުމަށް އެދެފި
16 ޖޫން 2026

ހުއްޓިފައިވާ ފެނާ ނަރުދަމާގެ މައްސަލަތަކާ ގުޅިގެން މިނިސްޓަރު މުއްތަލިބު މަޖިލީހަށް ހާޒިރު ކުރަނީ

16 ޖޫން 2026
ހުއްޓިފައިވާ ފެނާ ނަރުދަމާގެ މައްސަލަތަކާ ގުޅިގެން މިނިސްޓަރު މުއްތަލިބު މަޖިލީހަށް ހާޒިރު ކުރަނީ
15 ޖޫން 2026

އީސީ އަށް އައްޔަނު ކުރުމަށް ރައީސް ފޮނުއްވީ ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް ގެ ނަން

15 ޖޫން 2026
އީސީ އަށް އައްޔަނު ކުރުމަށް ރައީސް ފޮނުއްވީ ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް ގެ ނަން
15 ޖޫން 2026

ފިނޭންސް މިނިސްޓަރު ޒަރީރަށް ރުހުން ހޯދުމުގެ މައްސަލަ ކޮމިޓީ އަށް

15 ޖޫން 2026
ފިނޭންސް މިނިސްޓަރު ޒަރީރަށް ރުހުން ހޯދުމުގެ މައްސަލަ ކޮމިޓީ އަށް
15 ޖޫން 2026

ޒާތީ މައުލޫމާތުގެ ބިލު ތަންފީޒު ކުރަން މިނިސްޓަރު އިހުސާން އާ ހަވާލު ކުރުމަކީ ޑްރެކިއުލަރ އާ ބްލަޑް ބޭންކު ހަވާލު ކުރުން ކަހަލަ ކަމެއް: ޒިޔާދު

15 ޖޫން 2026
ޒާތީ މައުލޫމާތުގެ ބިލު ތަންފީޒު ކުރަން މިނިސްޓަރު އިހުސާން އާ ހަވާލު ކުރުމަކީ ޑްރެކިއުލަރ އާ ބްލަޑް ބޭންކު ހަވާލު ކުރުން ކަހަލަ ކަމެއް: ޒިޔާދު
15 ޖޫން 2026

މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ތޯރިގު އާއި އާދަމް ޝަރީފް، ސަފީރު ކަމަަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

15 ޖޫން 2026
މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ތޯރިގު އާއި އާދަމް ޝަރީފް، ސަފީރު ކަމަަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް