Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ސްޓާމާ ހުރީ ފެއިލް ވެފައި، އޭނާ އިސްތިއުފާ ދެއްވާނެ: ޓްރަމްޕް

ޓްރަމްޕް މިހެން ވިދާޅުވީ އޭނާގެ ޓްރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި. އެގޮތުން އެ ޕޯސްޓުގައި ޓްރަމްޕް ވިދާޅުވެފައި ވަނީ ވަރަށް މުހިންމު ދެ ދާއިރާއެއްގައި ސްޓާމާ ފެއިލްވެފައިވާ ކަމަށް. އެއީ އިމިގްރޭޝަންގެ މައްސަލަ އާއި، އެނާޖީގެ ދާއިރާ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖޫން 2026 | އާދީއްތަ 14:50
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ހުންނެވީ ފެއިލް ވެފައި ކަމަށާއި، އޭނާ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވީ އޭނާގެ ޓްރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެވެ. އެގޮތުން އެ ޕޯސްޓުގައި ޓްރަމްޕް ވިދާޅުވެފައި ވަނީ ވަރަށް މުހިންމު ދެ ދާއިރާއެއްގައި ސްޓާމާ ފެއިލްވެފައިވާ ކަމަށެވެ. އެއީ އިމިގްރޭޝަންގެ މައްސަލަ އާއި، އެނާޖީގެ ދާއިރާ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައި އެވެ. 

ސްޓާމާގެ ސަރުކާރުގެ އިމިގްރޭޝަންގެ ސިޔާސަތު ތަކާއި، އެނާޖީގެ ސިޔާސަތުތަކާ ގުޅިގެން އެތައް ފާޑު ކިޔުން ތަކެއް މީގެ ކުރިން ވެސް އަމާޒުވެފައިވެ އެވެ. އަދި މި ދާއިރާ ތަކުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ މެދު ރައްޔިތުންގެ ތެރޭގައި ވެސް ކަންބޮޑުވުން އިންތިހާ އަށް އޮވެ އެވެ. 

ޚާއްސަކޮށް އިމިގްރޭޝަންގެ މައްސަލަ އަކީ އިނގިރޭސިވިލާތުގައި މިހާރު ވެސް ވަރަށް ބޮޑު މައްސަލަ އެކެވެ. ޤާނޫނާ ޚިލާފަށް އިނގިރޭސިވިލާތަށް ވަންނަ މީހުންގެ އަދަދު އިތުރު ވަމުންދާތީ، މި މައްސަލަ އަށް ޙައްލެއް ހޯދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ވެސް އިންތިހާ އަށް ފާޑު ކިޔުން އަމާޒުވެފައިވެ އެވެ. 

ސްޓާމާ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާއިރު، އިނގިރޭސިވިލާތުގެ މީޑިއާ ތަކުގައި އެ ވާހަކަ ރިޕޯޓު ކޮށްފައިވެ އެވެ. އެގޮތުން ހޯމަ ދުވަހުގެ ވަގުތެއްގައި ސްޓާމާ އިސްތިއުފާ އިއުލާން ކުރައްވާނެ ކަމަށާއި، އެއަށް ފަހު ދެން އަމަލު ކުރާނެ ގޮތުގެ ޓައިމްލައިނެއް ވެސް ކަނޑަ އަޅުއްވާނެ ކަމަށް ރިޕޯޓު ތަކުގައި ވަނީ ބުނެފައި އެވެ.

2024 ވަނަ އަހަރު ސްޓާމާ ބޮޑު ވަޒީރުގެ މަގާމަށް ވަޑައިގެންނެވުމަށް ފަހު، ޓްރަމްޕްގެ ރިޔާސީ ދެ ވަނަ ދައުރު ފެށުމާ އެކު އެމެރިކާއާ ގާތް ގުޅުމެއް ބާއްވަން މަސައްކަތް ކުރި އެވެ. ނަމަވެސް، ބައެއް މައްސަލަ ތަކުގައި ޚިޔާލު ތަފާތުވެ ޓްރަމްޕް އާއި ސްޓާމާގެ ގުޅުން ގޯސްވެފައިވެ އެވެ. އަދި ޓްރަމްޕް ވަނީ އެކި ފަހަރު މަތިން ސްޓާމާ އަށް ފާޑު ވިދާޅުވެފައި އެވެ.

މަސްދަރު: އަލް ޖަޒީރާ

އިނގިރޭސިވިލާތްކިއާ ސްޓާމަރ (އިނގިރޭސި ބޮޑު ވަޒީރު)އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްޔޫއެސްއޭ-ޔޫކޭ

އިތުރަށް ކިޔާލަން

21 ޖޫން 2026

ރަސްކަމުގެ ތެރޭގައި އަމިއްލަ ޓެކްސް ބިލު ހާމަ ކުރައްވާ އިނގިރޭސިވިލާތުގެ ފުރަތަމަ ރަސްގެފާނަށް ޗާލްސް

21 ޖޫން 2026
ރަސްކަމުގެ ތެރޭގައި އަމިއްލަ ޓެކްސް ބިލު ހާމަ ކުރައްވާ އިނގިރޭސިވިލާތުގެ ފުރަތަމަ ރަސްގެފާނަށް ޗާލްސް
21 ޖޫން 2026

ސުލްޙައިގެ މަޝްވަރާތައް ނާކާމިޔާބު ވެއްޖެ ނަމަ، ހޮރްމޫޒް އިން ފީ ނަގާނަން: ޓްރަމްޕް

21 ޖޫން 2026
ސުލްޙައިގެ މަޝްވަރާތައް ނާކާމިޔާބު ވެއްޖެ ނަމަ، ހޮރްމޫޒް އިން ފީ ނަގާނަން: ޓްރަމްޕް
21 ޖޫން 2026

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު އިސްތިއުފާ ދެއްވަނީ

21 ޖޫން 2026
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު އިސްތިއުފާ ދެއްވަނީ
20 ޖޫން 2026

ޤަތަރުން ހަދިޔާކުރި ލަގްޒަރީ ޖެޓު، ޓްރަމްޕްގެ އެއާ ފޯސް ވަން އަށް

20 ޖޫން 2026
ޤަތަރުން ހަދިޔާކުރި ލަގްޒަރީ ޖެޓު، ޓްރަމްޕްގެ އެއާ ފޯސް ވަން އަށް
20 ޖޫން 2026

އީރާން އަށް އޮތީ 60 ދުވަސް، އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ ހިތާމަ ކުރާނެ ފިޔަވަޅު ތަކެއް އަޅާނަން: ޓްރަމްޕް

20 ޖޫން 2026
އީރާން އަށް އޮތީ 60 ދުވަސް، އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ ހިތާމަ ކުރާނެ ފިޔަވަޅު ތަކެއް އަޅާނަން: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު