Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު އިސްތިއުފާ ދެއްވަނީ

މިކަމާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ނޫސް ތަކުން ބުނެފައި ވަނީ، ހޯމަ ދުވަހު ބޮޑު ވަޒީރު އިސްތިއުފާ ދެއްވުމަށް ފަހު، އެމަނިކުފާނު މަގާމުން ވަކިވެ ވަޑައިގަންނަވާނެ ތާވަލެއް ނުވަތަ ޓައިމްލައިނެއް އާންމު ކުރައްވާނެ ކަމަށް ބެލެވޭ ކަމަށް. މިއީ އެ ގައުމުގެ ސިޔާސީ މަސްރަހަށް ކުއްލި ސިހުމެއް ލިބިގެން ދިޔަ ޚަބަރެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖޫން 2026 | އާދީއްތަ 05:24
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ. | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވާ ކަމަށް އެ ގައުމުގެ މީޑިއާ ތަކުން ރިޕޯޓު ކޮށްފި އެވެ.

އިނގިރޭސި މީޑިއާ ތަކުން ހާމަކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހު ބޮޑު ވަޒީރު ކަމުން އިސްތިއުފާ ދެއްވާނެކަން ސްޓާމާ ރަސްމީކޮށް އިއުލާނު ކުރައްވާނެ އެވެ.

މިކަމާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ނޫސް ތަކުން ބުނެފައި ވަނީ، ހޯމަ ދުވަހު ބޮޑު ވަޒީރު އިސްތިއުފާ ދެއްވުމަށް ފަހު، އެމަނިކުފާނު މަގާމުން ވަކިވެ ވަޑައިގަންނަވާނެ ތާވަލެއް ނުވަތަ ޓައިމްލައިނެއް އާންމު ކުރައްވާނެ ކަމަށް ބެލެވޭ ކަމަށެވެ. މިއީ އެ ގައުމުގެ ސިޔާސީ މަސްރަހަށް ކުއްލި ސިހުމެއް ލިބިގެން ދިޔަ ޚަބަރެކެވެ. 

ބޮޑު ވަޒީރުގެ މަގާމުން ސްޓާމާ އިސްތިއުފާ ދެއްވާނެ ކަމަށް ރިޕޯޓު ކޮށްފައިވާއިރު، ފާއިތުވި ދުވަސް ތަކުގައި ސްޓާމާ އަށް ވަނީ ޕްރެޝަރު ބޮޑުވެފައި އެވެ. އެގޮތުން އެމެރިކާގެ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުމެއް ބޭއްވި ޕީޓާ މެންޑެލްސަން އަށް ސަފީރުކަން ދިން މައްސަލައިގައި އެތައް ޕްރެޝަރެއް ކުރިމަތިވި އެވެ.

އޭގެ ފަހުން އިނގިރޭސިވިލާތުގައި ކުރިއަށް ގެންދިޔަ ލޯކަލް އިންތިޚާބުގައި ވެރިކަން ކުރާ ލޭބާ ޕާޓީ އަށް ލިބުނު ނާކާމިޔާބާ ގުޅިގެން، ޕާޓީގެ އެތެރެއިން ސްޓާމާ އިސްތިއުފާ ދިނުމަށް އެތައް ޕްރެޝަރެއް ކުރިމަތިވި އެވެ. އަނެއްކޮޅުން، ސްޓާމާއާ ދެކޮޅަށް ނިކުންނާނެ ކަމަށް ބެލެވޭ އެންޑީ ބާންހަމް ވަނީ ހުކުރު ދުވަހު އޮތް ޤާނޫނު ހަދާ މަޖިލީހުގެ ބައި އިލެކްޝަން ކާމިޔާބު ކުރައްވައިފަ އެވެ. 

ބޮޑު ވަޒީރު ސްޓާމާ އިސްތިއުފާ ދެއްވާނެ ކަމަށް ރިޕޯޓު ކޮށްފައިވާއިރު، އިނގިރޭސިވިލާތުގެ ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައި ނުވެ އެވެ. ނަމަވެސް، ސްޓާމާއާ ގާތް ބައެއް ފަރާތްތަކުން އެކި އެކި މީޑިއާ ތަކަށް ބުނެފައި ވަނީ ސްޓާމާ ހުންނެވީ އަދިވެސް މަސައްކަތަށް ފޯކަސް ކުރައްވައިގެން ކަމަށެވެ. 

އިނގިރޭސިވިލާތުގެ ސިޔާސީ އުސޫލުތައް އޮންނަ ގޮތުން، ބޮޑު ވަޒީރު އިސްތިއުފާ ދެއްވުމުން ދެން އަމަލު ކުރާނެ ގޮތުގެ ތަފްސީލީ ތާވަލެއް އެމަނިކުފާނު ހުށަހަޅުއްވަން ޖެހެ އެވެ. މީގެ ތެރޭގައި އައު ބޮޑު ވަޒީރަކު އައްޔަން ކުރުމުގެ މަރުހަލާތައް ކުރިއަށް ދާނެ ގޮތް ހިމެނޭނެ އެވެ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަގާމަށް ސްޓާމާ އައްޔަން ކުރައްވާފައި ވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހު އެވެ. އެ އަހަރު އޮތް ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ލޭބާ ޕާޓީ އިން ވަނީ ބޮޑު އަޣުލަބިއްޔަތެއް ހޯދައިފަ އެވެ. ސްޓާމާ އަކީ 2010 ވަނަ އަހަރު ގޯޑަން ބްރައުންގެ ފަހުން، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވި ލޭބާ ޕާާޓީގެ ފުރަތަމަ ބޭފުޅާ އެވެ. އަދި އެ އިންތިޚާބަކީ، 2005 ވަނަ އަހަރު އޭރުގެ ބޮޑު ވަޒީރު ޓޯނީ ބްލެއާގެ ފަހުން ލޭބާ ޕާޓީ އަށް ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބުނު ފުރަތަމަ ފަހަރެވެ. 

އުމުރުން 63 އަހަރުގެ ސްޓާމާ އަކީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ލޭބާ ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނެވި ބޭފުޅާ އެވެ.

މަސްދަރު: އަލް ޖަޒީރާ

އިނގިރޭސިވިލާތްލޭބަރ ޕާޓީ - ޔޫކޭކިއާ ސްޓާމަރ (އިނގިރޭސި ބޮޑު ވަޒީރު)

އިތުރަށް ކިޔާލަން

20 ޖޫން 2026

ބޮޑުވަޒީރުކަމުން ވަކިވެވަޑައިގަންނަވާނެ ތާރީޚެއް ކަނޑައެޅުއްވުމަށް ސަރ ކިއަރ ސްޓާމަރއަށް ކުރިމަތިވަމުންދާ ފިއްތުންތައް އިތުރުވަނީ

20 ޖޫން 2026
ބޮޑުވަޒީރުކަމުން ވަކިވެވަޑައިގަންނަވާނެ ތާރީޚެއް ކަނޑައެޅުއްވުމަށް ސަރ ކިއަރ ސްޓާމަރއަށް ކުރިމަތިވަމުންދާ ފިއްތުންތައް އިތުރުވަނީ
20 ޖޫން 2026

ބޮޑު ވަޒީރުގެ ރޭހަށް ނިކުންނަވާނެ ކަމަށް ބެލެވޭ ބާންހަމް، ބައި އިލެކްޝަން ކާމިޔާބު ކުރައްވައިފި

20 ޖޫން 2026
ބޮޑު ވަޒީރުގެ ރޭހަށް ނިކުންނަވާނެ ކަމަށް ބެލެވޭ ބާންހަމް، ބައި އިލެކްޝަން ކާމިޔާބު ކުރައްވައިފި
14 ޖޫން 2026

އިނގިރޭސިވިލާތުން ރަޝިޔާގެ "ޝެޑޯ ފްލީޓް" ތެޔޮ ބޯޓެއް ހުއްޓުވާފައިވާ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

14 ޖޫން 2026
އިނގިރޭސިވިލާތުން ރަޝިޔާގެ "ޝެޑޯ ފްލީޓް" ތެޔޮ ބޯޓެއް ހުއްޓުވާފައިވާ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ
13 ޖޫން 2026

ބޮޑު ވަޒީރު ސްޓާމާ ފެއިލް ވެފައިވާ ކަމަށް ވިދާޅުވެ، ޑިފެންސް ސެކްރެޓަރީ ހީލީ އިސްތިއުފާ ދެއްވައިފި

13 ޖޫން 2026
ބޮޑު ވަޒީރު ސްޓާމާ ފެއިލް ވެފައިވާ ކަމަށް ވިދާޅުވެ، ޑިފެންސް ސެކްރެޓަރީ ހީލީ އިސްތިއުފާ ދެއްވައިފި
13 ޖޫން 2026

ފަލަސްޠީނުގެ ހައްގުގައި އިނގިރޭސިވިލާތުގައި އަޑު އުފުލާ ބަޔަކަށް ޓެރަރިޒަމްގެ ދައުވާކޮށް، އަށް އަހަރުގެ ޖަލު ޙުކުމެއް އިއްވައިފި

13 ޖޫން 2026
ފަލަސްޠީނުގެ ހައްގުގައި އިނގިރޭސިވިލާތުގައި އަޑު އުފުލާ ބަޔަކަށް ޓެރަރިޒަމްގެ ދައުވާކޮށް، އަށް އަހަރުގެ ޖަލު ޙުކުމެއް އިއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު