Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ސުލްޙައިގެ މަޝްވަރާތައް ނާކާމިޔާބު ވެއްޖެ ނަމަ، ހޮރްމޫޒް އިން ފީ ނަގާނަން: ޓްރަމްޕް

21 ޖޫން 2026 | އާދީއްތަ 06:01

ސުލްހައިގެ އެއްބަސްވުން ފުރިހަމަ ނުކުރެވިއްޖެ ހާލަތެއްގައި، މެދު އިރުމަތީގެ ގައުމު ތަކުގެ ހިމާޔަތުގައި "ގާޑިއަން އެންޖެލް" އެއްގެ ގޮތުން އެމެރިކާ އިން ކޮށްފައިވާ އަދި ކުރަމުންދާ ހޭދަ ތަކުގެ ބަދަލު ހޯދުމަށް، އެމެރިކާގެ ފަރާތުން ފީއެއް ކަނޑަ އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖޫން 2026 | އާދީއްތަ 06:01
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އީރާން އާއެކު ވެފައިވާ 60 ދުވަހުގެ ވަގުތީ އެއްބަސްވުމުގެ މުއްދަތާއި، އެ މުއްދަތު ހަމަވުމަށް ފަހު ވެސް ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރާ އުޅަނދު ފަހަރު ތަކުން އެއްވެސް ފީއެއް ނުނަގާނެ ކަމަށާއި، ނަމަވެސް ސުލްޙައިގެ މަޝްވަރާތައް ނާކާމިޔާބު ވެއްޖެ ނަމަ އެމެރިކާގެ ފަރާތުން އެފަދަ ފީއެއް ނަގާނެ ކަމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ހޮނިހިރު ދުވަހު ޓްރޫތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ކުރިއަށް އޮތް 60 ދުވަހުގެ ސުލްހައިގެ މުއްދަތުގައި ވެސް އަދި އެއަށް ފަހު ވެސް ހޯރްމޫޒް ކަނޑު އޮޅިން އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ.

އެހެން ނަމަވެސް، ސުލްހައިގެ އެއްބަސްވުން ފުރިހަމަ ނުކުރެވިއްޖެ ހާލަތެއްގައި، މެދު އިރުމަތީގެ ގައުމު ތަކުގެ ހިމާޔަތުގައި "ގާޑިއަން އެންޖެލް" އެއްގެ ގޮތުން އެމެރިކާ އިން ކޮށްފައިވާ އަދި ކުރަމުންދާ ހޭދަ ތަކުގެ ބަދަލު ހޯދުމަށް، އެމެރިކާގެ ފަރާތުން ފީއެއް ކަނޑަ އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ދުނިޔޭގެ ތެލާއި ގޭހުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހޯރްމޫޒް ކަނޑު އޮޅި، ހަނގުރާމައިގެ ދުވަސްވަރު އީރާން އިން ބަންދު ކުރުމާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުން ތަކެއް އަރާފައިވެ އެވެ. އީރާންގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ، އެމެރިކާ އިން އެއްބަސްވުމާ ޚިލާފުވުމާއި، ލުބުނާންގެ ދެކުނުގައި އިޒްރޭލް އިން ސުލްހައިގެ އެއްބަސްވުމާ ތަކުރާރުކޮށް ޚިލާފުވަމުން ދާތީ، ހޯރްމޫޒް ކަނޑު އޮޅި އުޅަނދު ފަހަރަށް ބަންދު ކުރާނެ ކަމަށެވެ.

އީރާންގެ މި ނިންމުމާ ގުޅިގެން އެމެރިކާގެ ސެންޓްރަލް ކޮމާންޑް އިން ބުނެފައި ވަނީ، ބައިނަލްއަގުވާމީ އެ ކަނޑުގެ ސަރަހައްދުން ރައްކާތެރިކަމާ އެކު ދަތުރު ފަތުރު ކުރުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށެވެ. އަދި އެމެރިކާގެ ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންދާ ކަމަށާއި، ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށް ވެސް އެމެރިކާގެ އަސްކަރިއްޔާ އިން ވަނީ ހާމަކޮށްފައި އެވެ.

މި މައްސަލަ އަކީ މެދު އިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސް ވެފައިވާ ދަނޑިވަޅެއްގައި ފެންމަތި ވެފައިވާ ކަމަކަށްވާ އިރު، ޓްރަމްޕްގެ މި އިންޒާރާ އެކު ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަން މިހާރު ވަނީ މި ސަރަހައްދަށް ހުއްޓިފައި އެވެ.

މަސްދަރު: އެޖެންސީސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ހުރްމުޒް ކަނޑުއޮޅިއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

21 ޖޫން 2026

އީރާނުގެ މަޖިލީސް ރައީސް: ޝަހީދުންގެ ހައްގުގައި މަސައްކަތްކުރާނަން

21 ޖޫން 2026
އީރާނުގެ މަޖިލީސް ރައީސް: ޝަހީދުންގެ ހައްގުގައި މަސައްކަތްކުރާނަން
21 ޖޫން 2026

މަޝްވަރާ ތަކުގައި ބައިވެރިވުމަށް އެމެރިކާގެ ނައިބު ރައީސް ވޭންސް ސްވިޒަލެންޑަށް

21 ޖޫން 2026
މަޝްވަރާ ތަކުގައި ބައިވެރިވުމަށް އެމެރިކާގެ ނައިބު ރައީސް ވޭންސް ސްވިޒަލެންޑަށް
20 ޖޫން 2026

އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާއެކު އެމެރިކާގެ އަސްކަރިއްޔާ ސަމާލުވެއްޖެ

20 ޖޫން 2026
އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާއެކު އެމެރިކާގެ އަސްކަރިއްޔާ ސަމާލުވެއްޖެ
20 ޖޫން 2026

އިސްރާއީލުން ލުބުނާނަށް ދޭ ހަމަލާތަކުން އީރާން-އެމެރިކާ މަޝްވަރާތަކަށް ހުރަސް

20 ޖޫން 2026
އިސްރާއީލުން ލުބުނާނަށް ދޭ ހަމަލާތަކުން އީރާން-އެމެރިކާ މަޝްވަރާތަކަށް ހުރަސް
20 ޖޫން 2026

ހަނގުރާމައިން އަވައްޓެރި ގައުމުތަަކަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ބޭނުންކޮށްފާނެ ކަމަށް އެމެރިކާ އިން ބުނެފި

20 ޖޫން 2026
ހަނގުރާމައިން އަވައްޓެރި ގައުމުތަަކަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ބޭނުންކޮށްފާނެ ކަމަށް އެމެރިކާ އިން ބުނެފި
20 ޖޫން 2026

އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފި

20 ޖޫން 2026
އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފި
20 ޖޫން 2026

ދުނިޔޭގެ ސުޕަރ ޕަވަރ އަށް އީރާނު ބަލި ނުކުރެވި ފަހަތައް ޖެހެން ޖެހުނީ ކީއްވެ؟

20 ޖޫން 2026
ދުނިޔޭގެ ސުޕަރ ޕަވަރ އަށް އީރާނު ބަލި ނުކުރެވި ފަހަތައް ޖެހެން ޖެހުނީ ކީއްވެ؟
20 ޖޫން 2026

ޤަތަރުން ހަދިޔާކުރި ލަގްޒަރީ ޖެޓު، ޓްރަމްޕްގެ އެއާ ފޯސް ވަން އަށް

20 ޖޫން 2026
ޤަތަރުން ހަދިޔާކުރި ލަގްޒަރީ ޖެޓު، ޓްރަމްޕްގެ އެއާ ފޯސް ވަން އަށް
20 ޖޫން 2026

އީރާން އަށް އޮތީ 60 ދުވަސް، އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ ހިތާމަ ކުރާނެ ފިޔަވަޅު ތަކެއް އަޅާނަން: ޓްރަމްޕް

20 ޖޫން 2026
އީރާން އަށް އޮތީ 60 ދުވަސް، އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ ހިތާމަ ކުރާނެ ފިޔަވަޅު ތަކެއް އަޅާނަން: ޓްރަމްޕް
20 ޖޫން 2026

އެމެރިކާ މިހާރު އޮތީ މާ ނުރައްލާތެރި އަދި ދަށް ޙާލަތެއްގައި ކަމަށް ވިދާޅުވެ، އޮބާމާގެ ފާޑު ކިޔުން އީރާންގެ އެއްބަސްވުމަށް އަމާޒު ކޮށްފި

20 ޖޫން 2026
އެމެރިކާ މިހާރު އޮތީ މާ ނުރައްލާތެރި އަދި ދަށް ޙާލަތެއްގައި ކަމަށް ވިދާޅުވެ، އޮބާމާގެ ފާޑު ކިޔުން އީރާންގެ އެއްބަސްވުމަށް އަމާޒު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް