Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ބޮޑު ވަޒީރުގެ ރޭހަށް ނިކުންނަވާނެ ކަމަށް ބެލެވޭ ބާންހަމް، ބައި އިލެކްޝަން ކާމިޔާބު ކުރައްވައިފި

ލޭބާ ޕާޓީގެ ލީޑަރު ކަމުގެ ރޭހަށް ނުކުމެ ވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ބާންހަމް ކުރިން ވެސް ދެއްވާފައިވާއިރު، އެ މަގާމަށް ވާދަ ކުރުމަށްޓަކައި އެ ޕާޓީގެ މަދުވެގެން 81 މެންބަރުންގެ ތާއީދު އޭނާ އަށް ބޭނުން ވާނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ޖޫން 2026 | ހޮނިހިރު 03:57
އިނގިރޭސިވިލާތުގެ މޭކަރފީލްޑް ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އެންޑީ ބާންހަމް.

އިނގިރޭސިވިލާތުގެ މޭކަރފީލްޑް ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އެންޑީ ބާންހަމް. | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ މޭކަރފީލްޑް ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރައްވައި، އެންޑީ ބާންހަމް އަލުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް އިންތިޚާބުވެ ވަޑައިގެން ފިއެވެ.

މި ކާމިޔާބީއާ އެކު ވެރިކަން ކުރާ ލޭބާ ޕާޓީގެ މިހާރުގެ ލީޑަރު އަދި ބޮޑު ވަޒީރު ކިއާ ސްޓާމާއާ ވާދަ ކުރައްވައި، ޕާޓީގެ ލީޑަރު ކަމުގެ މަގާމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ބާންހަމް އަށް މި ވަނީ ފަހިވެފައި އެވެ.

އިންތިޚާބުގެ ނަތީޖާ އިޢުލާނު ކުރުމަށް ފަހު ދެއްވި ތަގުރީރުގައި ބާންހަމް ވިދާޅުވީ، މިހާރު ގައުމުގެ ސިޔާސީ މަސްރަހު އޮތް ގޮތުން ކަންކަން ރަނގަޅަށް ކުރިއަށް ނުދާކަން އެންމެނަށް ވެސް އެނގޭ ކަމަށެވެ. އަދި މި އިންތިޚާބުގެ ނަތީޖާ އަކީ ގައުމުގެ ސިޔާސީ ހާލަތު ބަދަލު ވެގެން ދާނެ މުހިންމު ދަނޑިވަޅަކަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ލޭބާ ޕާޓީގެ ލީޑަރު ކަމުގެ ރޭހަށް ނުކުމެ ވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ބާންހަމް ކުރިން ވެސް ދެއްވާފައިވާއިރު، އެ މަގާމަށް ވާދަ ކުރުމަށްޓަކައި އެ ޕާޓީގެ މަދުވެގެން 81 މެންބަރުންގެ ތާއީދު އޭނާ އަށް ބޭނުން ވާނެ އެވެ. ބާންހަމް އަކީ މީގެ ކުރިން ޓޯނީ ބްލެއާ އަދި ގޯޑަން ބްރައުންގެ ސަރުކާރުގައި ކެބިނެޓުގެ މުހިންމު މަގާމު ތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ސިޔާސީ ބޭފުޅެކެވެ.

މޭކަރފީލްޑުގެ އައު މެންބަރު ވިދާޅުވީ، ވެސްޓްމިންސްޓަރަށް އެނބުރި ވަޑައިގަތުމުގެ ވިސްނުން އަބަދުވެސް ގެންގުޅުއްވި ކަމަށާއި، އެއީ ފުރިހަމަ ނުވެ އޮތް މަސައްކަތްތައް ނިންމުމަށްޓަކައި ކަމަށެވެ. ވަކިން ޚާއްޞަކޮށް އިނގިރޭސިވިލާތުގެ އުތުރުގެ ސަރަހައްދު ތަކަށް ލިބެން ޖެހޭ ފުރުސަތުތައް ހޯދައިދީ، އެ ސަރަހައްދުގެ ކުރިއެރުމަށް މަސައްކަތް ކުރުމަކީ އޭނާގެ މުހިންމު އަމާޒެއް ކަމަށް ބާންހަމް ވިދާޅުވި އެވެ.

މި އިންތިޚާބުގެ ނަތީޖާ އާއެކު ލޭބާ ޕާޓީގެ އެތެރޭގެ ސިޔާސީ ވާދަވެރިކަން އިތުރު ވެގެން ދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތް ތަކުން ލަފާ ކުރެ އެވެ. ބާންހަމް އަކީ މެންޗެސްޓަރގެ މޭޔަރުކަން ވެސް ކުރައްވާފައިވާ، އާންމުންގެ މެދުގައި މަގުބޫލު ބޭފުޅަކަށް ވުމުން، ބޮޑު ވަޒީރު ސްޓާމާގެ ލީޑަރު ކަމަށް މިއީ ކުރިމަތި ވާނެ ބޮޑު ގޮންޖެހުމެއް ކަމަށް ބެލެވެ އެވެ.

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްލޭބަރ ޕާޓީ - ޔޫކޭކިއާ ސްޓާމަރ (އިނގިރޭސި ބޮޑު ވަޒީރު)މޭކަރފީލްޑްއެންޑީ ބަރންހަމް

އިތުރަށް ކިޔާލަން

14 ޖޫން 2026

އިނގިރޭސިވިލާތުން ރަޝިޔާގެ "ޝެޑޯ ފްލީޓް" ތެޔޮ ބޯޓެއް ހުއްޓުވާފައިވާ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

14 ޖޫން 2026
އިނގިރޭސިވިލާތުން ރަޝިޔާގެ "ޝެޑޯ ފްލީޓް" ތެޔޮ ބޯޓެއް ހުއްޓުވާފައިވާ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ
13 ޖޫން 2026

ބޮޑު ވަޒީރު ސްޓާމާ ފެއިލް ވެފައިވާ ކަމަށް ވިދާޅުވެ، ޑިފެންސް ސެކްރެޓަރީ ހީލީ އިސްތިއުފާ ދެއްވައިފި

13 ޖޫން 2026
ބޮޑު ވަޒީރު ސްޓާމާ ފެއިލް ވެފައިވާ ކަމަށް ވިދާޅުވެ، ޑިފެންސް ސެކްރެޓަރީ ހީލީ އިސްތިއުފާ ދެއްވައިފި
13 ޖޫން 2026

ފަލަސްޠީނުގެ ހައްގުގައި އިނގިރޭސިވިލާތުގައި އަޑު އުފުލާ ބަޔަކަށް ޓެރަރިޒަމްގެ ދައުވާކޮށް، އަށް އަހަރުގެ ޖަލު ޙުކުމެއް އިއްވައިފި

13 ޖޫން 2026
ފަލަސްޠީނުގެ ހައްގުގައި އިނގިރޭސިވިލާތުގައި އަޑު އުފުލާ ބަޔަކަށް ޓެރަރިޒަމްގެ ދައުވާކޮށް، އަށް އަހަރުގެ ޖަލު ޙުކުމެއް އިއްވައިފި
10 ޖޫން 2026

ޕްރޮސްޓޭޓް ކެންސަރުގެ ފަރުވާ އަވަސްކޮށްދޭ "ޕްރެސިޝަން ރޭޑިއޯތެރަޕީ" އިނގިރޭސިވިލާތުން ތައާރަފުކޮށްފި

10 ޖޫން 2026
ޕްރޮސްޓޭޓް ކެންސަރުގެ ފަރުވާ އަވަސްކޮށްދޭ "ޕްރެސިޝަން ރޭޑިއޯތެރަޕީ" އިނގިރޭސިވިލާތުން ތައާރަފުކޮށްފި
07 ޖޫން 2026

ސްޓާމަރ، މެކްރޮން، ޒެލެންސްކީ އަދި މާޒްގެ ބައްދަލުވުމެއް އިނގިރޭސިވިލާތުގައި

07 ޖޫން 2026
ސްޓާމަރ، މެކްރޮން، ޒެލެންސްކީ އަދި މާޒްގެ ބައްދަލުވުމެއް އިނގިރޭސިވިލާތުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު