Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ރަސްކަމުގެ ތެރޭގައި އަމިއްލަ ޓެކްސް ބިލު ހާމަ ކުރައްވާ އިނގިރޭސިވިލާތުގެ ފުރަތަމަ ރަސްގެފާނަށް ޗާލްސް

މި ފިޔަވަޅުގެ ދަށުން ހާމަ ކުރާނީ ފާއިތުވި 2024 ވަނަ އަހަރާއި 2025 ވަނަ އަހަރު ރަސްގެފާނު ދައްކަވާފައިވާ ޓެކްސްގެ ތަފްސީލުތައް. މީގައި ޑަޗީ އޮފް ލެންކަސްޓަރުން ލިބޭ ފައިދާ އާއި، އަމިއްލަ އިންވެސްޓްމަންޓު ތަކުން ލިބޭ އާމްދަނީ އަދި ސެންޑްރިންހަމް އަދި ބަލްމޯރަލް ފަދަ އަމިއްލަ އިމާރާތް ތަކުން ލިބޭ އާމްދަނީ އަށް ދައްކާ ޓެކްސް ހިމެނޭނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖޫން 2026 | އާދީއްތަ 13:08
އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިން ވަނަ އަދި ރާނީ ކަމީލާ.

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިން ވަނަ އަދި ރާނީ ކަމީލާ. | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިން ވަނަ، އަމިއްލަ ޓެކްސް ބިލުތައް ހާމަ ކުރައްވަން ނިންމަވައިފި އެވެ. 

ބަކިންހަމް ޕެލަސް އިން ބުނެފައިވާ ގޮތުގައި، މިއީ ރަސްގެފާނު އަމިއްލަފުޅަށް ނިންމެވި ނިންމުމެކެވެ. އަދި މި ބިލު ހާމަ ކުރައްވާނީ މި ހަފުތާގެ ބުރާސްފަތި ދުވަހު ކުރިއަށްދާ ރަސްގެފާނުގެ އާއިލާގެ އަހަރީ މާލީ ރިޕޯޓުގެ ބައެއްގެ ގޮތުގައި ކަމަށް ބުނެފައިވެ އެވެ. 

ބަކިންހަމް ޕެލަސް އިން ބުނެފައިވާ ގޮތުގައި މި ފިޔަވަޅަކީ ރަސްގެފާނުގެ އާއިލާގެ މާލީ ކަންކަމުގައި ހާމަކަން އިތުރު ކުރުމާއި، ޒިންމާވާން ޖެހޭ ގޮތް ފަހުމު ކުރުމަށް އެހީވުމުގެ ބޭނުމުގައި އަޅާ ފިޔަވަޅެކެވެ. އަދި އެންޑްރޫ މައުންޓްބެޓަން ވިންޒާއާ ގުޅޭ މައްސަލައިގެ ފަހުން ރަސްގެފާނުގެ އާއިލާގެ މާލީ ކަންކަމުގައި ހާމަކަން އިތުރު ކުރުމަށް ގޮވާލި ގޮވާލުންތަކާ ވެސް ގުޅިގެން މި ފިޔަވަޅު އަޅަން ނިންމީ އެވެ.  ކު

މި ފިޔަވަޅުގެ ދަށުން ހާމަ ކުރާނީ ފާއިތުވި 2024 ވަނަ އަހަރާއި 2025 ވަނަ އަހަރު ރަސްގެފާނު ދައްކަވާފައިވާ ޓެކްސްގެ ތަފްސީލު ތަކެވެ. މީގައި ޑަޗީ އޮފް ލެންކަސްޓަރުން ލިބޭ ފައިދާ އާއި، އަމިއްލަ އިންވެސްޓްމަންޓު ތަކުން ލިބޭ އާމްދަނީ އަދި ސެންޑްރިންހަމް އަދި ބަލްމޯރަލް ފަދަ އަމިއްލަ އިމާރާތް ތަކުން ލިބޭ އާމްދަނީ އަށް ދައްކާ ޓެކްސް ހިމެނޭނެ އެވެ.

ބަކިންހަމް ޕެލަސްގެ ތަރުޖަމާނަކު ވިދާޅުވެފައިވާ ގޮތުގައި މިއީ ރައްޔިތުންނަށް އިތުރަށް ހާމަކަން ބޮޑު ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ. އެގޮތުން ކޮންމެ އަހަރެއްގެ ޓެކްސް ހާމަ ކުރުމަށް ރަސްގެފާނު ވަނީ ވައުދު ވެވަޑައިގެންފައި އެވެ. މީގެ އިތުރުން ރަސްގެފާނު ޗާލްސް ވޭލްސްގެ ޕްރިންސްކަން ކުރެއްވި ދުވަސްވަރު ވެސް ދައްކަވާ ޓެކްސްގެ މިންވަރު ހާމަ ކުރައްވަމުން ގެންދެވި އެވެ. 

ރަސްގެފާނުގެ އާމްދަނީ އަށް ޓެކްސް ދެއްކުން ލާޒިމެއް ނޫނެވެ. އެހެން ނަމަވެސް، ރަސްގެފާނުގެ އިޚްތިޔާރުގައި އާމްދަނީ އަށް ޓެކްސް ދައްކަވަ އެވެ. މިފަހަރު ފުރަތަމަ ފަހަރަށް ދައްކަވާފައިވާ ޓެކްސްގެ ޖުމްލަ އަދަދު ހާމަ ކުރައްވާނެ އެވެ. މީގެ ތެރޭގައި ފާއިތުވި އަހަރު 24 މިލިއަން ޕައުންޑް ވަރު ފައިދާ ހޯދި ޑަޗީ އޮފް ލެންކަސްޓަރުން ލިބޭ އާމްދަނީ އަށް ދައްކާ ޓެކްސް ހިމެނޭނެ އެވެ.

ރަސްގެފާނުގެ ޓެކްސް ބިލް ހާމަ ކުރާނީ ސޮވްރިން ގްރާންޓްގެ ތަފްސީލާ އެކުގައި އެވެ. މިއީ ރަސްގެފާނުގެ އާއިލާ އަށް ދައުލަތުން ދޭ އަހަރީ ފައިސާ އެވެ. މި އަހަރު ސޮވްރިން ގްރާންޓް 137.9 މިލިއަން ޕައުންޑަށް އިތުރު ވެފައިވެ އެވެ.

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްއިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަބަކިންހަމް ޕެލެސް

އިތުރަށް ކިޔާލަން

21 ޖޫން 2026

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު އިސްތިއުފާ ދެއްވަނީ

21 ޖޫން 2026
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު އިސްތިއުފާ ދެއްވަނީ
20 ޖޫން 2026

ބޮޑު ވަޒީރުގެ ރޭހަށް ނިކުންނަވާނެ ކަމަށް ބެލެވޭ ބާންހަމް، ބައި އިލެކްޝަން ކާމިޔާބު ކުރައްވައިފި

20 ޖޫން 2026
ބޮޑު ވަޒީރުގެ ރޭހަށް ނިކުންނަވާނެ ކަމަށް ބެލެވޭ ބާންހަމް، ބައި އިލެކްޝަން ކާމިޔާބު ކުރައްވައިފި
14 ޖޫން 2026

އިނގިރޭސިވިލާތުން ރަޝިޔާގެ "ޝެޑޯ ފްލީޓް" ތެޔޮ ބޯޓެއް ހުއްޓުވާފައިވާ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

14 ޖޫން 2026
އިނގިރޭސިވިލާތުން ރަޝިޔާގެ "ޝެޑޯ ފްލީޓް" ތެޔޮ ބޯޓެއް ހުއްޓުވާފައިވާ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ
13 ޖޫން 2026

ބޮޑު ވަޒީރު ސްޓާމާ ފެއިލް ވެފައިވާ ކަމަށް ވިދާޅުވެ، ޑިފެންސް ސެކްރެޓަރީ ހީލީ އިސްތިއުފާ ދެއްވައިފި

13 ޖޫން 2026
ބޮޑު ވަޒީރު ސްޓާމާ ފެއިލް ވެފައިވާ ކަމަށް ވިދާޅުވެ، ޑިފެންސް ސެކްރެޓަރީ ހީލީ އިސްތިއުފާ ދެއްވައިފި
13 ޖޫން 2026

ފަލަސްޠީނުގެ ހައްގުގައި އިނގިރޭސިވިލާތުގައި އަޑު އުފުލާ ބަޔަކަށް ޓެރަރިޒަމްގެ ދައުވާކޮށް، އަށް އަހަރުގެ ޖަލު ޙުކުމެއް އިއްވައިފި

13 ޖޫން 2026
ފަލަސްޠީނުގެ ހައްގުގައި އިނގިރޭސިވިލާތުގައި އަޑު އުފުލާ ބަޔަކަށް ޓެރަރިޒަމްގެ ދައުވާކޮށް، އަށް އަހަރުގެ ޖަލު ޙުކުމެއް އިއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު