Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާއެކު އެމެރިކާގެ އަސްކަރިއްޔާ ސަމާލުވެއްޖެ

20 ޖޫން 2026 | ހޮނިހިރު 18:20

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހުރްމުޒް ކަނޑުއޮޅި ބަންދުކުރިކަން އީރާނުން އިޢުލާންކުރުމާއެކު، އެމެރިކާގެ އަސްކަރިއްޔާއިން އެ ސަރަހައްދުގައި ސަމާލުވެ ހަރަކާތްތެރިވާން ފަށައިފި. އެމެރިކާގެ ސެންޓްކޮމްއިން ބުނި ގޮތުގައި ކަނޑުއޮޅި ބަންދުކުރި ނަމަވެސް ވިޔަފާރި އުޅަނދުފަހަރަށް އަދިވެސް ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ ފުރުސަތު އެބައޮތް. މި ނުތަނަވަސްކަން އުފެދިފައި މިވަނީ ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން ސްވިޒަލޭންޑުގައި މަޝްވަރާތައް ބޭއްވުމަށް ތައްޔާރުވަމުންދަނިކޮށް.

ރާއްޖެ އެމްވީ | 20 ޖޫން 2026 | ހޮނިހިރު 18:20
ޔޫއެސް ސެންޓްރަލް ކޮމާންޑްގެ އެކްސް އެކައުންޓް މެދުވެރިކޮށް 2026 އޭޕްރީލް 18 ވަނަ ދުވަހު އާންމުކޮށްފައިވާ މި ފޮޓޯއިން ފެންނަނީ، 2026 އޭޕްރީލް 17 ވަނަ ދުވަހު ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމުގެ މަސައްކަތުގައި އޭއެޗް-64 އަޕާޗޭ ހެލިކޮޕްޓަރުތަކެއް އެ ސަރަހައްދުގެ މަތިން އުދުހެމުންދާ މަންޒަރު.

ޔޫއެސް ސެންޓްރަލް ކޮމާންޑްގެ އެކްސް އެކައުންޓް މެދުވެރިކޮށް 2026 އޭޕްރީލް 18 ވަނަ ދުވަހު އާންމުކޮށްފައިވާ މި ފޮޓޯއިން ފެންނަނީ، 2026 އޭޕްރީލް 17 ވަނަ ދުވަހު ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމުގެ މަސައްކަތުގައި އޭއެޗް-64 އަޕާޗޭ ހެލިކޮޕްޓަރުތަކެއް އެ ސަރަހައްދުގެ މަތިން އުދުހެމުންދާ މަންޒަރު. | އޭއެފްޕީ

އީރާނުން މުހިންމު ކަނޑުގެ ސަރަހައްދެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބަންދުކުރިކަން އިޢުލާންކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، އެމެރިކާ ސިފައިން އެ ސަރަހައްދުގައި "ހަރަކާތްތެރިވަމުންދާ ކަމަށާއި ސަމާލުވެ ތިބި ކަމަށް" ހޮނިހިރު ދުވަހު އެމެރިކާގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނާއެކު ވެފައިވާ އެއްބަސްވުމުގެ ހުރިހާ ކަމަކަށް ފުރިހަމައަށް އަމަލުކުރަމުންދާކަން ކަށަވަރުކުރުމަށްޓަކައި، އެމެރިކާގެ ފައުޖުތައް އެ ސަރަހައްދުގައި ސަމާލުކަމާއެކު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާގެ ފައުޖުތައް ބަލަހައްޓާ ސެންޓްކޮމްއިން ބުނި ގޮތުގައި، ހޮނިހިރު ދުވަހު ވިޔަފާރިކުރާ 55 އުޅަނދެއް އެ ކަނޑުއޮޅި ހުރަސްކޮށްފައިވާއިރު، ބައިނަލްއަގުވާމީ އެ ކަނޑުގެ މަގުން އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ ފުރުސަތު މިއަދުވެސް އޮތީ ހުޅުވިފައެވެ.

އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރިކަން އިޢުލާންކުރީ އެމެރިކާގެ ބަޔާނުގެ ކުޑަވަގުތުކޮޅެއް ކުރިންނެވެ. އީރާނުން ބުނި ގޮތުގައި މި ފިޔަވަޅަކީ އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އެޅި ފިޔަވަޅެކެވެ. އަދި އެ ހަމަލާތަކަކީ އެމެރިކާއާއެކު ވެފައިވާ ނާޒުކު އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށްވެސް އީރާނުން ވަނީ ބުނެފައެވެ.

މި ނުތަނަވަސްކަން އަލުން އުފެދިފައި މިވަނީ، އެއްބަސްވުން ތަންފީޒުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެމެރިކާ އާއި އީރާނުގެ މަންދޫބުން ސްވިޒަލޭންޑަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނިކޮށެވެ.

އީރާނުގެ ނިންމުން އިޢުލާން ކުރުމުގެ ކުރިން ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވީ، ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް ސްވިޒަލޭންޑަށް ވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ކަނޑުދަތުރުފަތުރުގެ ކަންކަން ބަލާ ފަރާތްތަކުން ހުކުރު ދުވަހު ބުނި ގޮތުގައި، ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި އެ ކަނޑުއޮޅިން އެންމެ ގިނަ އުޅަނދުފަހަރު ދަތުރުކޮށްފައިވަނީ މި ދުވަސްވަރުއެވެ.

އީރާންހުރްމުޒް ކަނޑުއޮޅިއިޒްރޭލްލުބުނާންއެމެރިކާ-އީރާން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

20 ޖޫން 2026

އިސްރާއީލުން ލުބުނާނަށް ދޭ ހަމަލާތަކުން އީރާން-އެމެރިކާ މަޝްވަރާތަކަށް ހުރަސް

20 ޖޫން 2026
އިސްރާއީލުން ލުބުނާނަށް ދޭ ހަމަލާތަކުން އީރާން-އެމެރިކާ މަޝްވަރާތަކަށް ހުރަސް
20 ޖޫން 2026

އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފި

20 ޖޫން 2026
އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފި
20 ޖޫން 2026

އީރާނުގެ ވޯލްޑް ކަޕް ޓީމަށް ކުރިމަތިކޮށްފައިވާ ހުރަސްތަކާ ގުޅޭގޮތުން ވައިޓް ހައުސްއިން މަޝްވަރާކުރަނީ

20 ޖޫން 2026
އީރާނުގެ ވޯލްޑް ކަޕް ޓީމަށް ކުރިމަތިކޮށްފައިވާ ހުރަސްތަކާ ގުޅޭގޮތުން ވައިޓް ހައުސްއިން މަޝްވަރާކުރަނީ
20 ޖޫން 2026

ދުނިޔޭގެ ސުޕަރ ޕަވަރ އަށް އީރާނު ބަލި ނުކުރެވި ފަހަތައް ޖެހެން ޖެހުނީ ކީއްވެ؟

20 ޖޫން 2026
ދުނިޔޭގެ ސުޕަރ ޕަވަރ އަށް އީރާނު ބަލި ނުކުރެވި ފަހަތައް ޖެހެން ޖެހުނީ ކީއްވެ؟
20 ޖޫން 2026

ސުލްހައިގެ އެއްބަސްވުމާ ޚިލާފުވެ އިސްރާއީލުން ލުބުނާނަށް ދިން ހަމަލާގައި 10 މީހުން މަރުވެއްޖެ

20 ޖޫން 2026
ސުލްހައިގެ އެއްބަސްވުމާ ޚިލާފުވެ އިސްރާއީލުން ލުބުނާނަށް ދިން ހަމަލާގައި 10 މީހުން މަރުވެއްޖެ
20 ޖޫން 2026

ވިޓްކޮފް އީރާނާ ގުޅޭ މަޝްވަރާތަކަށް ސްވިޒަލޭންޑަށް

20 ޖޫން 2026
ވިޓްކޮފް އީރާނާ ގުޅޭ މަޝްވަރާތަކަށް ސްވިޒަލޭންޑަށް
19 ޖޫން 2026

އިސްރާއީލާއި ހިޒްބުﷲ ހަމަލާބަދަލުކުރުން ހުއްޓާލަން އެއްބަސްވެއްޖެ

19 ޖޫން 2026
އިސްރާއީލާއި ހިޒްބުﷲ ހަމަލާބަދަލުކުރުން ހުއްޓާލަން އެއްބަސްވެއްޖެ
19 ޖޫން 2026

އީރާންގެ ބަނދަރުތަކަށް އެޅި ހުރަސްތައް އެމެރިކާއިން އުވާލައިފި

19 ޖޫން 2026
އީރާންގެ ބަނދަރުތަކަށް އެޅި ހުރަސްތައް އެމެރިކާއިން އުވާލައިފި
19 ޖޫން 2026

އެމެރިކާގެ ނައިބު ރައީސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގެ އިސް މަސްއޫލުވެރިންނަށް ވަރުގަދަ ބަަހުގެ ހަމަލާތަކެއް ދެއްވައިފި

19 ޖޫން 2026
އެމެރިކާގެ ނައިބު ރައީސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގެ އިސް މަސްއޫލުވެރިންނަށް ވަރުގަދަ ބަަހުގެ ހަމަލާތަކެއް ދެއްވައިފި
18 ޖޫން 2026

ހަނގުރާމައިގައި ހަލާކުވި އީރާނުގެ ޕެޓްރޯކެމިކަލް ޔުނިޓްތަކުގެ 89 އިންސައްތަ އަލުން މަސައްކަތް ފަށައިފި

18 ޖޫން 2026
ހަނގުރާމައިގައި ހަލާކުވި އީރާނުގެ ޕެޓްރޯކެމިކަލް ޔުނިޓްތަކުގެ 89 އިންސައްތަ އަލުން މަސައްކަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް