Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ކުންފުނިތަކުގެ ވެރިން ވަކިކުރުމާއި އިސްތިއުފާގެ ބޮޑު ސިއްރު!!؟

ދައުރުގެ މެދުތެރެއިން ނެގި ވޯޓުން ރައީސް މުއިއްޒު ބޮޑުތަނުން ބަލިވެވަޑައިގެންނެވިއިރު އެބައްޔަށްފަހު ސަރުކާރުގެ ކުންފުނިތަކުގެ ބޮޑުން ދަނީ ވަކިކުރައްވަމުންނެވެ. އަދި ބައެއް ވެރިން އެދަނީ އަމިއްލައަށް އިސްތިއުފާ ދެއްވަމުންނެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 12 އެޕްރީލު 2026 | އާދީއްތަ 12:29
ޕީއެންސީ އިން ބޭއްވި ކެމްޕެއިން އިވެންޓުގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ

ޕީއެންސީ އިން ބޭއްވި ކެމްޕެއިން އިވެންޓުގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ | ސަން

ދައުރުގެ މެދުތެރެއިން ސަރުކާރަށް ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނެފިއެވެ. ރައީސް މުއިއްޒަށް އިތުބާރު ނުކުރާ ކަމަށް ހާމަކޮށްދީފިއެވެ. ރައީސް މުއިއްޒާއި މުޅި ސަރުކާރު ވަތަށް ފައިބައިގެން ބެހި ވަޒީފާތަކާއި ނުގޮތަކަށް ދެމުންދިޔަ ފައިސާގެ ހަދިޔާތަކާއި ފޯރުވަމުންދިޔަ ވަޒީފާގެ ބިރުގެ އިތުރުން ފަހުވަގުތު ފެށި މަޝްރޫއުތަކާއެކު ވެސް ބޮޑުތަނުން ބަލިވެއްޖެއެވެ. ފެންނަ ނުފެންނަ ވޯޓުގައި، ރައީސްކަމަށް އަންނަން މުއިއްޒަށް ތާއީދުކުރި މީހުންނަށްވުރެ ގިނަ މީހުން ނޫނެކޭ ބުނެފިއެވެ.

މި ބޮޑު ބައްޔާއެކު އެބަލި ގަބޫލު ކުރާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އިސްލާހް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެކަން ކުރައްވާނެ ކަމަށް ވިދާޅުވުމަށްފަހު ރައީސް އެބޭއްވީ ސަރުކާރުގެ ބޮޑުންނާއެކު ބޮޑު ބައްދަލުވުމެކެވެ. މުލިއާގޭގައި ބޭއްވި އެބައްދަލުވުމުގައި މި ބޮޑު ބަލި އެކަނޑުއްވާ ލެއްވީ މަޖިލިސް މެންބަރުންނަށާއި ވަޒީރުންނަށެވެ. އެދެފިއްޔާ ކޮށްނުދެނީ ކޮންކަމެއްހޭ ވިދާޅުވެ އެމީހުންނަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ކޯފާ އިސްކުރައްވައި ރަނގަޅަށް ކަލަ ގޮވާލެއްވީއެވެ. އަދި ބޮޑު ބަދަލުތަކެއް ގެންނަވާނެ ކަމަށާއި ކަނޑާލަން ޖެހޭ މީހުން ކަނޑާލައްވާނެ ކަމަށާއި އޭގެ ތެރޭގައި ވަޒީރުންވެސް އިސްތިސްނާ ނުވާނެ ކަމަށް ރައީސް ވިދާޅުވީއެވެ.

ރައީސް ގެންނަވާ ބަދަލު ތަކުގެ ތެރެއިން މަޖިލިސް މެންބަރ އަސްމާއްތަގެ އާއިލާ ފިޔަވައި ފުރަތަމަ ވަކިކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ރިޓަޔަރޑް މުޙައްމަދު ނަޖާޙް އެވެ. ނަޖާހު ވަކިކުރެއްވިއިރު އެތަނަކީ އިންތިޚާބާ ދިމާކޮށް އެންމެގިނަ މުވައްޒަފުންނެގި އެއްތަނެވެ. އެގޮތުން ކުރިން ފެނަކައިގެ މުސާރައަށް މަހަކު 24 މިލިއަން ޚަރަދުކުރަމުން އައި ކުންފުނިން މަހު މުސާރައަށް 100 މިލިއަނެއްހާ ރުފިޔާ ވަނީ ހޭދަކުރާން ފަށާފައެވެ. މީގެ އިތުރުން ފެނަކައަކީ ވަޒީފާގެ ބިރާއި ނުފޫޒު ފޯރުވިކަމަށް ގިނަބަޔަކު ބުނި އެއް ކުންފުންޏެވެ.

ދެންވެސް އަންގަވައިގެން އިސްތިއުފާ ދެއްވީ އެފަދަ ކުންފުންޏެއްގެ އެމްޑީއެވެ. ހަމަ އެބީދައިން ފަހުވަގުތު ވަޒީފާތަކަށް މީހުންނެގި އެމްޕީއެލްގެ އެމްޑީ މުހައްމަދު ރިޝްވާންއެވެ.

އެއާއެކުއެކީހެން އެގްރޯ ނެޝަނަލް ކޯޕަރޭޝަންގެ އެމްޑީކަމުން ހުސައިން ދީދީވެސް ވަކިކުރެއްވީއެވެ. މިއީވެސް އިންތިޚާބާ ދިމާކޮށް ގިނަ އަދަދެއްގެ ވަޒީފާތައް ބެހި ކުންފުންޏެކެވެ.

ދެން އެވަކިކުރެއްވީ އެޗްޑީސީގެ ޑީއެމްޑީ މުހައްމަދު އަސްބާހު އަލީ ނަސީރުއެވެ. މިފަހަރު ކުންފުނީގެ އެމްޑީއާ ނުކުޅެ ޑީއެމްޑީއާ ކުޅުއްވިއިރު އެޗްޑީސީއަކީ އެންމެ ގިނަ ވަޒީފާތައް ފަހުވަގުތު ބަހާލި އަނެއް ކުންފުންޏެވެ. 27 މިލިއަނެއްހާ ރުފިޔާ މުސާރައަށް ހަރަދު ކުރަމުން އައި އެޗްޑީސީން 47 މިލިއަނެއްހާ ރުފިޔާ ވަނީ މުސާރައަށް ހަރަދުކުރަން ފަށާފައެވެ. ވޯޓަށް ކުޑަތަންވެގެން އައިއިރު ބޮޑު އަގުގައި އުސޫލުން ބޭރުން ހުޅުމާލޭން ސްލޮޓްތައް ވިއްކުމާއި އިދިކޮޅު ކެންޑިޑޭޓުންގެ ކެމްޕޭން ތަކެއްޗަށް ގެއްލުންދިން ކަމުގެ ތުހުމަތު ކުރެވުނެވެ.

މީގެ އިތުރުން އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީ އިބްރާހީމް ޝާހިދުވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. މިއީވިސް ފަހުވަގުތު ވަޒީފާތައް ބެހި އެއް ކުންފުންޏެވެ.

މިއީ ރައީސް މުއިއްޒު އުމުރޫގެ އަޅުކަމުގައި މައްކާގެ މާތް ބިމުގައި ހުންނަވައިގެން ކުރެއްވި ކަންކަމެވެ. ވަކިކުރެއްވި މީހުންނެވެ.

އުމުރޫގެ އަޅުކަމަށްފަހު ވަޑައިގެން އޭގެ ސިލްސިލާ އެވަނީ ފަށްޓަވާފައެވެ. އެކަމަކު ތަފާތު ގޮތަކަށެވެ. މިފަހަރު ވަކިކުރުމުގެ ބަދަލުގައި އިސްތިއުފާ ދެއްވައިގެންނެވެ. ހައްގުން ކަމަކާ ނުލައި ސަބަބެއްވެސް އަންގަވައި ނުލައްވައި އެވެރިން އެދަނީ އިސްތިއުފާ ދެއްވަމުންނެވެ. އެގޮތުން ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސީއީއޯގެ މަގާމުން ފަރުހަތު ޝަހީރު އާއި މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު، އަބްދުލް މަތީން އެ މަގާމުން ވަނީ އިސްތިއުފާ ދެއްވާފައެވެ.

ރީތިކޮށްލަން އެބޭފުޅުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވިއަސް އެއީކީ އެބޭފުޅުން ބޭނުންވެގެން ކުރައްވާނެ ކަމެއް ނޫނެވެ. ބާރުގަދަ ސަރުކާރެއްގެ ބޮޑެތި ކުންފުނިތަކުގެ ވެރިން ހަމަ ތިއްބަވާފައެއް އެގޮތައް އެގޮތައް އިސްތިއުފާއެއް ނުދެއްވާނެއެވެ. އެހެންކަމުން އެބޭފުޅުން އިސްތިއުފާ އެދެއްވަނީ ކޮންމެވެސް މަޖްބޫރީ ހާލަތެއް މެދުވެރިވެގެން ނުވަތަ އަންގަވައިގެންނެވެ. އިސްތިއުފާ ނުދީފިނަމަ ވަކިކުރައްވާނެ ކަމުގެ ބިރު ދައްކަވައިގެންނެވެ.

ކުންފުނިތަކުގެ ވެރިން ވަކިކުރަން ނުވަތަ އެބޭފުޅުން ލައްވައި އިސްތިއުފާ ދެއްވާއިރު އުފެދޭ ސުވާލަކީ މިކަމުގެ ހަގީގީ ސިއްރަކީ ކޮބައި ހެއްޔެވެ. ސީދާ އޭގެ ޖަވާބެއް ނުލިބުނަސް އެނގޭ ހަގީގަތަކީ މިސަރުކާރުން ތާއީދު ހޯދަން ކުރާ މައިގަނޑު މަސައްކަތަކީ މީހުންނަށް ވަޒީފާތައް ބެހުމެވެ. ސިވިލް ސަރވިސްގެ ބޭރުން އެކަމަށް ރައީސް މުއިއްޒު ބޭނުން ކުރެއްވި ޓޫލްއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކެވެ. އެކަމަށްޓަކައި މާލެއާއި ރަށްްރަށުގެ ކުންފުނތިކަށް އިންތިޚާބާ ދިމާކޮށް މީހުންނަށް ވޒީފާތައް އެބަހާލީ ސުމާރެއް ނެތިއެވެ. ހިތުހުރިވަރަކަށެވެ. ބައެއް މީހުން އިށީންނާނެގޮނޑިމޭޒެއްވެސް ނެތްއިރުވެސް ވަޒީފާތަކަށް މީހުންތައް ނެގީއެވެ.

ކޮންމެއަކަސް މައްސަލަ ދިމާވާ ހިސާބަކީ އެއީއެވެ. އެވަރަށް ކުންފުނިތައް މެދުވެރިކޮށް މީހުންނަށް ވަޒީފާ ދިން ނަމަވެސް ވޯޓުން އޭގެ ނަތީޖާ ނުފެނުމެވެ. ޕީއެންސީއަށް ވޯޓުން ނާކާމިޔާބުވުމެވެ. ރައީސް މުއިއްޒު ޖެއްސެވި ހިސާބާ ދިމާނުވުމެވެ. އެހެންކަމުން ކުންފުނިތަކުގެ ވެރިން ވަކިކުރުމުގެ ހަގީގީ ސިއްރަކީ ނުވަތަ ސަބަބަކީ ރައީސް މުއިއްޒު ހަވާލު ކުރެއްވި ޓާސްކްތައް އެބޭފުޅުންނަށް ފުރިހަމަ ނުކުރެވުމެވެ. ވަޒީފާއަށް ލީ މީހުން ލައްވައި ބޭނުންފުޅުވި ވަރަށް ވޯޓު ނުލިބުމެވެ. ބޮޑަށް އެނގިވަޑައިގަންނަވާނީ ރައީސް މުިއްޒަށާއި ކުންފުނިތަކުގެ ވެރިންނަށެވެ.

ޑރ. މުއިއްޒުފެނަކަ ކޯޕަރޭޝަންމުޙައްމަދު ނަޖާހްއެޗްޑީސީސިފްކޯއެމްޑަބްލިޔުއެސްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑަބްލިއުއެސްސީ. ގެ އެމްޑީ މަތީން އިސްތިއުފާ ދެއްވައިފި

އެމްޑަބްލިއުއެސްސީ. ގެ އެމްޑީ މަތީން އިސްތިއުފާ ދެއްވައިފި

12 އެޕްރީލު 2026
ފެނަކައިގެ ޑީއެމްޑީ އާރިފް މަގާމުން އިސްތިއުފާ ދެއްވައިފި

ފެނަކައިގެ ޑީއެމްޑީ އާރިފް މަގާމުން އިސްތިއުފާ ދެއްވައިފި

07 އެޕްރީލު 2026
ބޮޑުބައްޔާއެކު ބޮޑުންތައް ވަކިކުރަނީ. ހީނާ ވަލީދާއި ދެންތިބި މީހުން ކޮބާ؟

ބޮޑުބައްޔާއެކު ބޮޑުންތައް ވަކިކުރަނީ. ހީނާ ވަލީދާއި ދެންތިބި މީހުން ކޮބާ؟

07 އެޕްރީލު 2026
މޭޔަރުންގެ މެސެޖު ވަރަށް ސާފު: "ޚުދުމުހުތާރު ކަމަށް ފުރުސަތެއް ނެތް، ކުރިއަށް އޮތީ ރާއްޖެ އިތުރަށް ރަން ރީނދޫ ކުލައިން ފަވާލުން."

މޭޔަރުންގެ މެސެޖު ވަރަށް ސާފު: "ޚުދުމުހުތާރު ކަމަށް ފުރުސަތެއް ނެތް، ކުރިއަށް އޮތީ ރާއްޖެ އިތުރަށް ރަން ރީނދޫ ކުލައިން ފަވާލުން."

07 އެޕްރީލު 2026
އިންތިޚާބުގެ ދެ ދުވަސް ފަހުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި

އިންތިޚާބުގެ ދެ ދުވަސް ފަހުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި

06 އެޕްރީލު 2026

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު