Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން

ކަންކަން ނުވިޔަސް ޕީއެންސީ މެމްބަރުން ތިބޭނީ އާގަމަ ވެފައި، ބައި އިލެކްޝަންގައި އެމްޑީޕީ ހޮވަންވީ އެހެންވެ: ސޯބެ

ހަންކެޑެ މަޝްރޫޢާއި ޝަންގްރިއްލާ ރިސޯޓުގެ ވަޒީފާތަކާ ގުޅޭގޮތުން ސަރުކާރުން އިތުރުފުޅު ހަދަމުންދާ ކަމަށް ވިދާޅުވެ، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ސޯބެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި. ސަރުކާރުގެ ނާޤާބިލުކަމުން މަޝްރޫޢުތައް ހުއްޓިފައިވާތީ އެކަންކަމާ ސުވާލުކުރާނެ މީހަކު މަޖިލީހުގައި ހުންނަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 4 ޖޫން 2026 | ބުރާސްފަތި 18:52
އައްޑޫ ސިޓީގައި ބާއްވާ ސޯބެގެ ކެމްޕެއިން ޖަލްސާގެ ތެރެއިން

އައްޑޫ ސިޓީގައި ބާއްވާ ސޯބެގެ ކެމްޕެއިން ޖަލްސާގެ ތެރެއިން | އެމްޑީޕީ

ކަންކަން ނުވިޔަސް ޕީއެންސީގެ މެމްބަރުން ތިބޭނީ އާގަމަ ވެފައި ކަމަށާއި ބައި އިލެކްޝަންގައި އެމްޑީޕީގެ ކެނޑިޑޭޓު ހޮވަންވީ އެހެންވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤު (ސޯބެ) ވިދާޅުވެއްޖެ އެވެ.

ސޯބެ އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ "ސޯބެ ޖަލްސާ"ގައި ވާހަކަދައްކަވަމުންނެވެ. އައްޑޫގައި މި ސަރުކާރުން ހަވާ ފަޓާސް އަރުވާފައި ހަންކެޑެ މަޝްރޫޢު ރަނގަޅަށް ކުރިއަށް ގެންދާނެކަމަށް ބުނި ނަމަވެސް މިހާރު އެ މަސައްކަތް ކޮބައިތޯ އޭނާ ސުވާލު އުފެއްދެވި އެވެ. އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު ހަންކެޑޭ ޕްރޮޖެކްޓް ފައިނޭންސިން ހަމަޖެއްސި ނަމަވެސް މި ސަރުކާރުގެ ނާޤާބިލުކަމުގެ ސަބަބުން މަޝްރޫޢުގެ މެދުތެރެއިން އެކަން ފެއިލްވެފައިވާ ކަމަށް މީގެ ކުރިން ވެސް އެމްޑީޕީ އިން ދަނީ ބުނަމުންނެވެ. ސޯބެ ވިދާޅުވީ ހަންކެޑެ ނުހުޅުވާ ސަބަބާއި މެދު ސުވާލު ކުރާނެ ކެނޑިޑޭޓަކީ އޭނާ ކަމަށެވެ.

"ހަންކެޑެ ނުހުޅުވައިގެން އުޅެނީ ކީއްވެތޯ އަހާނެ މީހަކީ މިއީ. އެހެންވެގެން ވޯޓުދޭންވީ." އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެ ސިޓީގެ ޝަންގްރިއްލާ ރިސޯޓުން ވަޒީފާ ދޭން ބުނި މީހުންނަށް ވަޒީފާ ނުދެވޭ ކަމަށާއި ސަރުކާރުން ދައްކަނީ މިފަދަ ފޭކު ވާހަކަތަކެއް ކަމަށް ސޯބެ ވިދާޅުވި އެވެ.  އައްޑޫގެ ލިންކްރޯޑް 1000 ދުވަހުން ނުނިމުމަކީ ބޭކާރު ވަގުތުތަކެއް ނަގާލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނުވެ ހުރި ކަންކަމާއި މެދު ސުވާލުކޮށް ސަރުކާރު ޖަވާބުދާރީ ކުރުވޭނެ މީހަކީ އޭނާ ކަމަށް ސޯބެ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ނޫސްވެރިންނާއި ދިމާއަށް ސަރުކާރުން ހުތުރު ބަސްތައް ރައްދުކުރުމާއި ދެކޮޅަށް އޭނާ ވާހަކަދެއްކެވި އެވެ. އެއީ ރައީސް ޑރ .މުހައްމަދު މުއިއްޒު "ޓްރަމްޕް" އަށް ހެދެން ވެގެން ދައްކަވާ ވާހަކަތަކެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ. 

ސޯބެ ވަނީ ހިތަދޫ އުތުރު ދާއިރާ އަކީ މުޅި ރާއްޖެ އަށް ވެސް މުހިންމު ދާއިރާ އެއް ކަމަށާއި އެ ދާއިރާ ތަމްސީލް ކުރަން ވާނީ މުޅި އައްޑޫގައި ނުކުރެވި ހުރި ކަންކަމަށް ޖަވާބުދާރީ ކުރުވޭނެ މީހެއް ކަމަށް ވެސް ވިދާޅުވެފަ އެވެ. ޕީއެންސީ މެމްބަރަކަށް އެކަން ނުކުރެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ހިތަދޫ އުތުރުއަބްދުﷲ ސާދިގުއެމްޑީޕީޕީއެންސީއައްްޑޫ ސިޓީޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

04 ޖޫން 2026

މިއަދުގެ ހާލަތަކީ މަޖިލީހުގެ ރިމޯޓް އޮތީ ރައީސްގެ އަތްޕުޅުގައި، ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ މަޖިލީސް ސަލާމަތްކުރުން : ރައީސް ސޯލިހު

04 ޖޫން 2026
މިއަދުގެ ހާލަތަކީ މަޖިލީހުގެ ރިމޯޓް އޮތީ ރައީސްގެ އަތްޕުޅުގައި، ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ މަޖިލީސް ސަލާމަތްކުރުން : ރައީސް ސޯލިހު
04 ޖޫން 2026

އައްޑޫގައި، އާރްޑީސީގެ މަސައްކަތްތަކަށް ނެގި ވެހިކަލްތަކަށް ފައިސާ ނުދީގެން ޒުވާނުން މުޒާހަރާކޮށްފި

04 ޖޫން 2026
އައްޑޫގައި، އާރްޑީސީގެ މަސައްކަތްތަކަށް ނެގި ވެހިކަލްތަކަށް ފައިސާ ނުދީގެން ޒުވާނުން މުޒާހަރާކޮށްފި
04 ޖޫން 2026

އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް ވާދަކުރައްވާ އިބްރާހިމް މުހައްމަދު (ވާޑު)ގެ ތާއީދު މީކާއިލް އަށް

04 ޖޫން 2026
އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް ވާދަކުރައްވާ އިބްރާހިމް މުހައްމަދު (ވާޑު)ގެ ތާއީދު މީކާއިލް އަށް
04 ޖޫން 2026

އެމްޑީޕީގެ މެމްބަރުން ކުރިއަށް ދާން ބޭނުމީ ޕާޓީ އާއި އެކު ދެގޮތެއް ނުވެ ތިބި ފަރާތްތަކާއި އެކު: މީކާއިލް

04 ޖޫން 2026
އެމްޑީޕީގެ މެމްބަރުން ކުރިއަށް ދާން ބޭނުމީ ޕާޓީ އާއި އެކު ދެގޮތެއް ނުވެ ތިބި ފަރާތްތަކާއި އެކު: މީކާއިލް
04 ޖޫން 2026

ވޯޓުލީ މީހާ އަމިއްލައަށް ޖެހި އިތުރު ފާހަގައެއް އެމްޑީޕީގެ ވޯޓުގެ ތެރެއިން ބާތިލުކުރި 3 ވޯޓު ކަރުދާހުގައިވެސް ނެތް: ސުއޫދު

04 ޖޫން 2026
ވޯޓުލީ މީހާ އަމިއްލައަށް ޖެހި އިތުރު ފާހަގައެއް އެމްޑީޕީގެ ވޯޓުގެ ތެރެއިން ބާތިލުކުރި 3 ވޯޓު ކަރުދާހުގައިވެސް ނެތް: ސުއޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު