Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިތަދޫ އުތުރު ބައިއިލެކްޝަން

ރައީސް ސޯލިހު ސޯބެގެ ކެމްޕެއިނަށް އައްޑޫ އަށް ވަޑައިގެންފި

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ޞާދިޤު (ސޯބެ) އަށް ތާއީދު ހޯއްދެވުމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕާޓީގެ އިސްވެރިން އައްޑޫ ސިޓީއަށް ވަޑައިގެންފި. މި އިންތިޚާބުގައި ސޯބެއަށް ކުރީގެ ރައީސް ޔާމީންގެ ތާއީދު ލިބިވަޑައިގެންފައިވާއިރު، ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މި ގޮނޑިއަށް ވާދަކުރައްވަނީ އަހުމަދު ސައީދު (ސޮޑާ). މި ބައި-އިލެކްޝަން ބާއްވަން ޖެހުނީ ކުރިން އެ ގޮނޑި ފުރުއްވި މުޙައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތުމުން އޭނާގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 3 ޖޫން 2026 | ބުދަ 18:32
ސޯބެގެ ކެމްޕެއިނަށް ރައީސް ސޯލިހު އައްޑޫ ސިޓީ އަށް ވަޑައިގަތުމުން ވަނީ ހޫނު މަރުހަބާ އެއް ދަންނަވާފަ.

ސޯބެގެ ކެމްޕެއިނަށް ރައީސް ސޯލިހު އައްޑޫ ސިޓީ އަށް ވަޑައިގަތުމުން ވަނީ ހޫނު މަރުހަބާ އެއް ދަންނަވާފަ. | ރާއްޖެ އެމްވީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤު (ސޯބެ) ގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް ބުދަ ދުވަހުގެ ރޭ އައްޑޫ ސިޓީއަށް ވަޑައިގެންފި އެވެ.

ރައީސް ސޯލިހު އައްޑޫ ސިޓީއަށް ވަޑައިގަތުމުން އެ ސިޓީގެ ގިނަ އަދަދެއްގެ އާންމު މެމްބަރުން ވަނީ އެއާޕޯޓުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފަ އެވެ.

މި ދަތުރުފުޅުގައި ރައީސް ސޯލިހުގެ އަރިހުގައި އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އާއި މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވެސް ބައިވެވަޑައިގަންނަވަ އެވެ. މީގެ އިތުރުން ސޯބެގެ ކެމްޕެއިންގަ ބައިވެރިވުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ބުރާސްފަތި ދުވަހު އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. 

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ފޯރި ގަދަވެފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ވެސް ވަނީ މި އިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓް ސޯބެއަށް ތާއީދުކުރައްވާކަން ހާމަކުރައްވާފަ އެވެ. 

އެމްޑީޕީގެ ޓިކެޓުގައި މި ގޮނޑިއަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލައްވާފައި ވަނީ ސޯބެ އެކަނި ކަމަށްވާތީ، ޕްރައިމަރީއަކާ ނުލައި އޭނާއަށް ވަނީ ޓިކެޓު ކަށަވަރުވެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި މި މަހުގެ 6 ވަނަ ދުވަހު އޮންނަ ބައި-އިލެކްޝަންގައި ވާދަކުރައްވަނީ ދެ ބޭފުޅުންނެވެ. އެއީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އާއި އަބްދުﷲ ސާދިގު (ސޯބެ) އެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނެއް ބާއްވަން ޖެހުނީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި ޕީއެންސީގެ މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. 

ޕީއެންސީގެ ޓިކެޓަށް ބޭއްވި ޕްރައިމަރީގައި ސިނާން އަދި ސޮޑާ ވާދަކުރައްވައި، އެ ޕްރައިމަރީ ސިނާން ކާމިޔާބު ކުރެއްވި ނަމަވެސް، ފަހުން އޭނާ ޓިކެޓު ދޫކޮށްލުމުން ޕީއެންސީން ވަނީ ސޮޑާ އަށް ޓިކެޓު ދީފަ އެވެ.

ހިތަދޫ އުތުރުއަބްދުﷲ ސާދިގުއައްްޑޫ ސިޓީކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

އިތުރަށް ކިޔާލަން

02 ޖޫން 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަގެ ވޯޓާސް ލިސްޓުގައި ކެނޑިޑޭޓުންގެ ފަރާތުން ސޮއިކޮށްފި

02 ޖޫން 2026
 ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަގެ ވޯޓާސް ލިސްޓުގައި ކެނޑިޑޭޓުންގެ ފަރާތުން ސޮއިކޮށްފި
31 މެއި 2026

ބައެއް ރަށްތައް ފެންބޮޑުވެ، ގެއްލުން ލިބުނުއިރު، ފާއިތުވި 24 ގަޑިއިރު ސ. ގަމަށް 106.7 މިލިމީޓަރުގެ ވާރޭ ވެހިފައިވޭ!

31 މެއި 2026
ބައެއް ރަށްތައް ފެންބޮޑުވެ، ގެއްލުން ލިބުނުއިރު، ފާއިތުވި 24 ގަޑިއިރު ސ. ގަމަށް 106.7 މިލިމީޓަރުގެ ވާރޭ ވެހިފައިވޭ!
28 މެއި 2026

ކައުންސިލް އިންތިޚާބަށް ޖެހި "ކަޑަ" ތަކަށް މިވީ ކީއް؟

28 މެއި 2026
ކައުންސިލް އިންތިޚާބަށް ޖެހި "ކަޑަ" ތަކަށް މިވީ ކީއް؟
25 މެއި 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ލެވެނީ 4121 މީހުންނަށް

25 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ލެވެނީ 4121 މީހުންނަށް
19 މެއި 2026

މުޅި ގައުމު މިދަނީ ނެތެމުން، ފަނާވަމުން، ގާނޫނުން ލިބޭ މިނިވަންކަމާއި ހައްގަކީ ހަމަ ހުރެފަ ޖަހައިގަނެވޭނެ އެއްޗެއް ނޫން: ކުރީގެ ނައިބު ރައީސް ފައިސަލް

19 މެއި 2026
މުޅި ގައުމު މިދަނީ ނެތެމުން، ފަނާވަމުން، ގާނޫނުން ލިބޭ މިނިވަންކަމާއި ހައްގަކީ ހަމަ ހުރެފަ ޖަހައިގަނެވޭނެ އެއްޗެއް ނޫން: ކުރީގެ ނައިބު ރައީސް ފައިސަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު