Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބައްސާމް މަނީލޯންޑަރިން ދައުވާ

އެމްއެމްޕީއާރުސީ މައްސަލައިގައި ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން 29،000 ޑޮލަރު ބައްސާމްގެ އެކައުންޓަށް ޖަމާކޮށް އަމިއްލަ ބޭނުންތަކަށް ޚަރަދުކޮށްފައިވާކަން އޭސީސީގެ ތަޙުޤީޤަށް ވަނީ ހާމަވެފަ. އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި މިހާރުވެސް ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ބައްސާމް، އެމްއެމްޕީއާރުސީގެ ބައެއް އެއްބަސްވުންތަކުގައި ހެއްކެއްގެ ގޮތުގައި ސޮއިކޮށްފައިވާކަންވެސް ފާހަގަކުރެވޭ. މި އާ ދައުވާއާއެކު، ބޮޑު ޚިޔާނާތުގެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލޭ ޖިނާއީ ދައުވާތަކުގެ އަދަދު އިތުރުވެގެންދާނެ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 1 ޖޫން 2026 | ހޯމަ 18:54
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް | އަވަސް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީ އިން ހޯމަ ބުނީ، އެ ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ދަށުން، މި މައްސަލަ ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ ހޯމަ ދުވަހު ކަމަށެވެ. މިގޮތުން، ބައްސާމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ފަންސާސް ތިން ވަނަ މައްދާގެ ދަށުންނެވެ.

Advertisement - newsAdvertisement

އޭސީސީ އިން ހާމަކުރި ތަފްސީލުތަކުން ދައްކާ ގޮތުގައި، މި މައްސަލައިގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަން ފާހަގަކުރެވިފައިވެ އެވެ. އެ ފައިސާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އެކައުންޓުތަކަށް ޖަމާކޮށް، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެދުވެރިވެގެން، އެސްއޯއެފުން ބައްސާމްގެ ބޭންކް އެކައުންޓަށް 29،000 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަޙުޤީޤަށް ސާބިތުވެފައިވާ ކަމަށް އޭސީސީ އިން ބުންޏެވެ.

އޭސީސީގެ ބަޔާނުގައި ބުނީ، މި ފައިސާ ބައްސާމް އަމިއްލަ ބޭނުންތަކަށް ޚަރަދުކޮށްފައިވާކަން ތަޙުޤީޤަށް ފާހަގަވެފައިވާ ކަމަށެވެ. މީގެ އިތުރުން، ބައްސާމް ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކުމުގެ ކަންކަމުގައި ބައިވެރިވެ، ރަށްތަކާއި ފަޅުތައް ކުއްޔަށްދިނުމާ ގުޅޭ ބައެއް އެއްބަސްވުންތަކުގައި އެ ކުންފުނީގެ ފަރާތުން ހެއްކެއްގެ ގޮތުގައި ސޮއިކޮށްފައި ކަމަށް ވެސް އޭސީސީ އިން ފާހަގަކޮށްފައިވެ އެވެ.

އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ސާބިތުވެ ބައްސާމް މިހާރުވެސް ގެންދަނީ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެގޮތުން، އެފްއޭއެމަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރާއި އިތުރު ދިހަ ހާސް ޑޮލަރަށް ހިޔާނާތްތެރިވުމާއި އެ ފައިސާ ލޯންޑާކުރުމުގެ ކުށުގައި ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ހަތަރު ދައުވާ އެއް ސާބިތުކޮށް އެ ހުކުމް ކޮށްފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން، ބައްސާމް ގަނެފައިވާ ކަމަށް ތުހުމަތުވާ އަމީން އެވެނިއުގެ ދެ އެޕާޓްމަންޓެއް ވެސް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ބައްސާމަށް މަނީ ލޯންޑަރިންގެ އިތުރު ދައުވާއެއް ކުރުމަށް ނިންމުމާ އެކު، މި މައްސަލައިގައި އޭނާގެ މައްޗަށް ކުރާ ދައުވާތައް އިތުރުވެގެންދާނެ އެވެ.

އެމްއެމްޕީއާރްސީބައްސާމް އަދީލް ޖަލީލްއެންޓި ކޮރަޕްޝަން ކޮމިޝަން

އިތުރަށް ކިޔާލަން

30 މެއި 2026

ނާޒިމް ވަކިކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް އަނެއްކާވެސް ޕީއެންސީ މެމްބަރުންނަށް ފައިސާ ބަހާފައިވާކަމުގެ އަޑުތަކެއް!

30 މެއި 2026
ނާޒިމް ވަކިކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް އަނެއްކާވެސް ޕީއެންސީ މެމްބަރުންނަށް ފައިސާ ބަހާފައިވާކަމުގެ އަޑުތަކެއް!
26 މެއި 2026

އޭސީސީ އަށް ސީދާ ރައްޔިތުންގެ ވޯޓަކުން ހޮވާ މީހަކު ނުގެންނަހާ ދުވަހަކު ރަނގަޅު ނުވާނެ: އަލީ ހުސައިން

26 މެއި 2026
އޭސީސީ އަށް ސީދާ ރައްޔިތުންގެ ވޯޓަކުން ހޮވާ މީހަކު ނުގެންނަހާ ދުވަހަކު ރަނގަޅު ނުވާނެ: އަލީ ހުސައިން
18 މެއި 2026

ރައީސްގެ މެމްބަރު ޔަޒްމީދު ޖޭއެސްސީގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވައިފި

18 މެއި 2026
ރައީސްގެ މެމްބަރު ޔަޒްމީދު ޖޭއެސްސީގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވައިފި
16 މެއި 2026

އަދީބު މިނިވަން ކުރި ނަމަވެސް ގެއްލުނު ފައިސާ ހޯދަން ރައީސް މުއިއްޒުގެ ސަރުކާރަށް ހުރަހެއް ނެތް: ކުރީގެ ރައީސް ސޯލިހު

16 މެއި 2026
އަދީބު މިނިވަން ކުރި ނަމަވެސް ގެއްލުނު ފައިސާ ހޯދަން ރައީސް މުއިއްޒުގެ ސަރުކާރަށް ހުރަހެއް ނެތް: ކުރީގެ ރައީސް ސޯލިހު
16 މެއި 2026

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގު: މިއީ އަންނަ ރުޅިއަކުން ނުވަތަ ހިތްހަމަ ޖައްސާލުމަށް ދައްކާ ވާހަކައެއްތަ؟

16 މެއި 2026
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގު: މިއީ އަންނަ ރުޅިއަކުން ނުވަތަ ހިތްހަމަ ޖައްސާލުމަށް ދައްކާ ވާހަކައެއްތަ؟
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު