Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޯވޭ

ރޭޕްގެ މައްސަލައެއްގައި ނޯވޭގެ ވަލީއަހުދުގެ ދަރިކަލުން 4 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ނޯވޭގެ ވަލީއަހުދު މެޓޭ-މާރިޓްގެ ދޮށީ ދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް އުފުލި ރޭޕްގެ ދެ ދައުވާއެއް ސާބިތުވާކަމަށް ނިންމައި، އޮސްލޯ ޑިސްޓްރިކްޓް ކޯޓުން އޭނާ ހަތަރު އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި. ދައުލަތުން ހަތް އަހަރަށްވުރެ ދިގު މުއްދަތެއްގެ އަދަބަކަށް އެދުނު ނަމަވެސް، ކޯޓުން ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވުނު އިތުރު ދެ ދައުވާއަކުން އޭނާ ބަރީއަކޮށްފައި. ހޮއިބީގެ މަންމަގެ ސިއްހީ ހާލަތު ގޯސްވުމާ ގުޅިގެން ލުއި އަދަބަކަށް ދިފާއީ ވަކީލުން އެދުނު މި މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައި.

ރާއްޖެ އެމްވީ | 15 ޖޫން 2026 | ހޯމަ 07:51
މާރިއަސް ބޯގް ހޮއިބީ އަކީ ނޯވޭގެ ވަލީއަހުދު މެޓޭ-މާރިޓްގެ ދަރިކަލުން ކަމުގައިވީ ނަމަވެސް، އޭނާއަކީ އެ ގައުމުގެ ޝާހީ އާއިލާގެ މެންބަރެއް ނޫން.

މާރިއަސް ބޯގް ހޮއިބީ އަކީ ނޯވޭގެ ވަލީއަހުދު މެޓޭ-މާރިޓްގެ ދަރިކަލުން ކަމުގައިވީ ނަމަވެސް، އޭނާއަކީ އެ ގައުމުގެ ޝާހީ އާއިލާގެ މެންބަރެއް ނޫން. | އޭއެފްޕީ

ނޯވޭގެ ވަލީއަހުދު މެޓޭ-މާރިޓްގެ ދޮށީ ދަރިކަލުން، އުމުރުން 29 އަހަރުގެ މާރިއަސް ބޯގް ހޮއިބީ، ރޭޕްގެ ދެ މައްސަލައެއްގައި ކުށްވެރިވާކަމަށް ކަނޑައަޅައި، އޭނާ ހަތަރު އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

އޮސްލޯ ޑިސްޓްރިކްޓް ކޯޓެއްގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވަނީ، ހޮއިބީގެ މައްޗަށް އުފުލާފައިވާ ރޭޕްގެ އިތުރު ދެ ދައުވާއަކުން އޭނާ ބަރީއަކޮށްފައެވެ. ނަމަވެސް، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު އެހެން ގިނަ ކުށްތަކެއް ސާބިތުވާކަމަށް ފަނޑިޔާރުން ވަނީ ނިންމަވާފައެވެ.

ހުކުމް އިއްވުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހަށް ހޮއިބީ ހާޒިރުވެފައެއް ނުވެއެވެ. އޭނާ މި ޝަރީއަތުގައި ބައިވެރިވީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

ދައުލަތުގެ ވަކީލުން އެދިފައިވަނީ ހޮއިބީ ހަތް އަހަރާއި ހަތް މަސްދުވަހަށް ޖަލަށްލުމަށެވެ. ނަމަވެސް އޭނާގެ ދިފާއީ ވަކީލުން އެދިފައިވަނީ 18 މަސްދުވަހަށްވުރެ ކުރު މުއްދަތެއްގެ އަދަބެއް ކަނޑައެޅުމަށެވެ. އަދި މި ހުކުމް އިސްތިއުނާފު ކުރުމުގެ ފުރުސަތު ދިފާއީ ވަކީލުންނަށް އޮންނާނެއެވެ.

މާރިއަސް ބޯގް ހޮއިބީގެ މަންމަ، ވަލީއަހުދު މެޓޭ-މާރިޓް ނޯވޭގެ ޝާހީ އާއިލާއާ ގުޅިވަޑައިގަތީ ހޮއިބީގެ އުމުރުން އެންމެ ހަތަރު އަހަރުގައެވެ. އޭނާ ޝާހީ އާއިލާގެ ތެރޭގައި ބޮޑުވި ނަމަވެސް، އޭނާއަކީ ރަސްމީކޮށް ޝާހީ ލަގަބެއް އޮންނަ ބޭފުޅެއް ނޫނެވެ.

ވަލީއަހުދު މެޓޭ-މާރިޓް މިހާރު ގެންދަވަނީ ފުއްޕާމޭގެ ބައްޔެއް ކަމަށްވާ 'ޕަލްމޮނަރީ ފައިބްރޯސިސް' އަށް ފަރުވާ ހޯއްދަވަމުންނެވެ. އަދި ދާދިފަހުން އެކަމަނާ ވަނީ ފުއްޕާމޭ ބަދަލުކުރުމަށް (ލަންގް ޓްރާންސްޕްލާންޓް) އިންތިޒާރުކުރާ މީހުންގެ ލިސްޓުގައި ހިމަނާފައެވެ. މަންމަގެ ސިއްހީ ހާލަތު ދަށަށް ދާތީ، މަންމައާއެކު ވަގުތު ހޭދަކުރުމަށްޓަކައި ހޮއިބީ ޖަލުން މިނިވަންކޮށްދިނުމަށް އޭނާގެ ވަކީލުން ތަކުރާރުކޮށް ވަނީ އެދިފައެވެ.

މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ޖޯން ސްވަރޑްރަޕް އެފްޖެސްޓާޑް، ހޯމަ ދުވަހުގެ ހެނދުނު ޝަރީއަތުގެ މަޖިލިސް ފެއްޓެވީ ފަނޑިޔާރުންގެ ނިންމުންތަކުގެ ޚުލާސާއަކުންނެވެ. އޭގެ ފަހުން، ހުކުމުގެ ތަފްސީލު ބަޔާންކޮށްފައިވާ 128 ސަފުހާގެ ރިޕޯޓު ވަނީ އިއްވަވާފައެވެ.

ނޯވޭމެޓޭ-މާރިޓްމާރިއަސް ބޯގް ހޮއިބީއޮސްލޯ ޑިސްޓްރިކްޓް ކޯޓު

އިތުރަށް ކިޔާލަން

08 މާރިޗު 2026

އޮސްލޯގައި ހުންނަ އެމެރިކާ އެމްބަސީ ކައިރިން ބާރުގަދަ ގޮވުމެއް!

08 މާރިޗު 2026
އޮސްލޯގައި ހުންނަ އެމެރިކާ އެމްބަސީ ކައިރިން ބާރުގަދަ ގޮވުމެއް!
20 ފެބުރުއަރީ 2026

އެމެރިކާ އާއި އީރާނާ ދެމެދު މަސްރަހު ހޫނުވަމުން ދަނިކޮށް މެދުއިރުމަތީގައި ތިބި ނޯވޭ ސިފައިން އަނބުރާ ގެންދަނީ

20 ފެބުރުއަރީ 2026
އެމެރިކާ އާއި އީރާނާ ދެމެދު މަސްރަހު ހޫނުވަމުން ދަނިކޮށް މެދުއިރުމަތީގައި ތިބި ނޯވޭ ސިފައިން އަނބުރާ ގެންދަނީ
12 ފެބުރުއަރީ 2026

އެޕްސްޓީންއާ އޮތް ގުޅުމުގެ މައްސަލާގައި ނޯވޭގެ ކުރީގެ ބޮޑުވަޒީރުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލައިފި

12 ފެބުރުއަރީ 2026
އެޕްސްޓީންއާ އޮތް ގުޅުމުގެ މައްސަލާގައި ނޯވޭގެ ކުރީގެ ބޮޑުވަޒީރުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލައިފި
19 ޖެނުއަރީ 2026

ނޮބެލް ސުލްހައިގެ އިނާމު ނުލިބުމުން ދެން ކޮންމެހެން ހަމަ އެކަނި ސުލްހަ އަށް އުޅޭކަށް ނުޖެހޭ: ޓްރަމްޕް

19 ޖެނުއަރީ 2026
ނޮބެލް ސުލްހައިގެ އިނާމު ނުލިބުމުން ދެން ކޮންމެހެން ހަމަ އެކަނި ސުލްހަ އަށް އުޅޭކަށް ނުޖެހޭ: ޓްރަމްޕް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
12 ޖުލައި 2025

ނޯވޭ އަށް، 2.6 ބިލިއަން ޑޮލަރުގެ ހެލިކޮޕްޓަރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި

12 ޖުލައި 2025
ނޯވޭ އަށް، 2.6 ބިލިއަން ޑޮލަރުގެ ހެލިކޮޕްޓަރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި
22 މެއި 2024

ނޯވޭ، އަޔަލޭންޑް އަދި ސްޕެއިން އިން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފި

22 މެއި 2024
ނޯވޭ، އަޔަލޭންޑް އަދި ސްޕެއިން އިން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފި
13 އޮކްޓޯބަރު 2023

ހާލަންޑްގެ ދެ ލަނޑާއެކު މޮޅުވެ، ނޯވޭއިން ޔޫރޯ ކޮލިފައިންގގެ އުއްމީދު ދަމަހައްޓައިފި

13 އޮކްޓޯބަރު 2023
ހާލަންޑްގެ ދެ ލަނޑާއެކު މޮޅުވެ، ނޯވޭއިން ޔޫރޯ ކޮލިފައިންގގެ އުއްމީދު ދަމަހައްޓައިފި
13 ސެޕްޓެމްބަރު 2023

ޖޯޖިއާ ބަލިކޮށް ނޯވޭ ތިން ވަނަ އަށް

13 ސެޕްޓެމްބަރު 2023
ޖޯޖިއާ ބަލިކޮށް ނޯވޭ ތިން ވަނަ އަށް
28 ސެޕްޓެމްބަރު 2022

ނޯވޭ ބަލިކޮށް ސާބިއާ އެއްވަނައަށް

28 ސެޕްޓެމްބަރު 2022
ނޯވޭ ބަލިކޮށް ސާބިއާ އެއްވަނައަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު