Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ ކޮލިފިކޭޝަން

ޖޯޖިއާ ބަލިކޮށް ނޯވޭ ތިން ވަނަ އަށް

މޮޅާއެކު ނޯވޭ ތިން ވަަނައިގައި އޮތީ ކުޅުނު ފަސް މެޗުން ހަތް ޕޮއިންޓު ހޯދައިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2023 | ބުދަ 02:43
މެޗުގައި ލަނޑު ޖެހުމަށްފަހު ނޯވޭގެ ކުޅުންތެރިންނާއެކު ހާލަންޑް އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ނޯވޭގެ ކުޅުންތެރިންނާއެކު ހާލަންޑް އުފާ ފާޅުކުރަނީ

މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގެ ގްރޫޕް އޭގައި ޖޯޖިއާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ނޯވޭ ތިން ވަނަ އަށް ޖެހިލައިފި އެވެ.

ޖޯޖިއާއާ ދެކޮޅަށް ނުކުތްއިރު، ނޯވޭ އޮތީ ގްރޫޕްގެ ހަތަރު ވަނައިގަ އެވެ. ތިން ވަނައިގައި އޮތީ ޖޯޖިއާ އެވެ. އެހެންކަމުން ދެ ޓީމަށް ވެސް މުހިންމުވި މެޗު ނޯވޭ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ނޯވޭ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ނޯވޭ އަށް ލީޑު ނަގައިދިނީ ޒުވާން ކުޅުންތެރިޔާ އާލިން ހާލަންޑް އެވެ. އޭނާ އެ ލަނޑު ޖެހީ އެންޓޯނިއޯ ނޫސާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ނޯވޭގެ ދެ ވަނަ ލަނޑު މެޗުގެ 33 ވަނަ މިނެޓުގައި ޖެހީ މާޓިން އޮޑެގާޑް އެވެ. އޭނާ ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ނޫސާ އެވެ. މެޗުގައި ޖޯޖިއާ އިން އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ 90 މިނެޓު ހަމަވެ، އިތުރަށް ދެއްކި ވަގުތުގެ ތެރޭގަ އެވެ. އެ ޓީމުގެ އެ ލަނޑު ޖަހައިދިނީ ޒިވްޒިވާޑްޒް އެވެ.

މޮޅާއެކު ނޯވޭ ތިން ވަަނައިގައި އޮތީ ކުޅުނު ފަސް މެޗުން ހަތް ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ހަތަރު ވަނައިގައި އޮތް ޖޯޖިއާ އަށް ލިބެނީ ހަތަރު ޕޮއިންޓެވެ.

ޔޫރޯ ކޮލިފައިންގޖޯޖިއާނޯވޭ

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
12 ޖުލައި 2025

ނޯވޭ އަށް، 2.6 ބިލިއަން ޑޮލަރުގެ ހެލިކޮޕްޓަރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި

12 ޖުލައި 2025
ނޯވޭ އަށް، 2.6 ބިލިއަން ޑޮލަރުގެ ހެލިކޮޕްޓަރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި
06 ޖުލައި 2024

ޖޯޖިއާ ޤައުމީ ޓީމަށް މަރުޙަބާ ކިޔަން ނިކުތީ ބޮޑު ވަޒީރު

06 ޖުލައި 2024
ޖޯޖިއާ ޤައުމީ ޓީމަށް މަރުޙަބާ ކިޔަން ނިކުތީ ބޮޑު ވަޒީރު
22 ޖޫން 2024

ޗެކް ރިޕަބްލިކުން، ޖޯޖިއާ އާ އެއްވަރު ކޮށްފި

22 ޖޫން 2024
ޗެކް ރިޕަބްލިކުން، ޖޯޖިއާ އާ އެއްވަރު ކޮށްފި
22 މެއި 2024

ނޯވޭ، އަޔަލޭންޑް އަދި ސްޕެއިން އިން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފި

22 މެއި 2024
ނޯވޭ، އަޔަލޭންޑް އަދި ސްޕެއިން އިން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު