Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ ކޮލިފައިންގ

ހާލަންޑްގެ ދެ ލަނޑާއެކު މޮޅުވެ، ނޯވޭއިން ޔޫރޯ ކޮލިފައިންގގެ އުއްމީދު ދަމަހައްޓައިފި

ސްޕެއިންއިން ވަނީ ސްކޮޓްލެންޑް ބަލިކޮށްފަ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 13 އޮކްޓޯބަރު 2023 | ހުކުރު 07:37
ނޯވޭގެ ދެވަނަ ލަނޑު ޖެހުމަށްފަހު ހާލަންޑް އެހެން ކުޅުންތެރިންނާއެކު: ފޮޓޯ-ރޮއިޓަރސް

ނޯވޭގެ ދެވަނަ ލަނޑު ޖެހުމަށްފަހު ހާލަންޑް އެހެން ކުޅުންތެރިންނާއެކު: ފޮޓޯ-ރޮއިޓަރސް

އިތުބާރު ފޯވާޑް ހާލަންޑްގެ ދެ ލަނޑާއެކު ސައިޕްރަސް ބަލިކޮށް, ނޯވޭއިން އަންނަ އަހަރު އޮންނަ ޔޫރޯއަށް ކޮލިފައިވުމުގެ އުއްމީދު ދަމަހައްޓައިފިއެވެ.

ޔޫރަޕިއަން ޗެމްޕިއަންޝިޕަށް ކޮލިފައިވުމުގެ އުއްމީދު ނޯވޭއިން ދެމެހެއްޓީ 4-0 ން ސައިޕްރަސް ބަލިކޮށްގެންނެވެ. ދެވަނަ ހާފްގައި ނޯވޭގެ ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ޖެހީ މެންޗެސްޓަރ ސިޓީގެ ފޯވާޑް ހާލަންޑެވެ. ހަތް މިނިޓްގެ ތެރޭގައި ހާލަންޑް ޖެހި ދެ ގޯލާއެކު ކޮލިފިކޭޝަންގައި އޭނާ ޖެހި ލަނޑުގެ އަދަދަކީ ހައެކެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ފުރަތަމަ ހާފްގައި ނޯވޭއަށް ކުރިހޯދައިދިނީ ސޯލޮތްއެވެ. ފަހު ލަނޑު ޖެހީ އޯސްނެސްއެވެ. ފުރަތަމަ ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީވެސް އޭނާއެވެ. މެޗުން ނޯވޭ މޮޅުވުމުން ގްރޫޕްގައި ހިމެނޭ ސްކޮޓްލެންޑްގެ ޖާގަ ޔަޤީންވުންވެސް ދިގުލައިގެން ދިޔައީއެވެ.

ނޯވޭއަށް ދެން އޮތީ އާދިއްތަ ދުވަހު ސްޕެއިންއާ ވާދަކުރާ މެޗެވެ. އެމެޗުން ނޯވޭއަށް މޮޅުނުވެވިއްޖެ ނަމަ ސްކޮޓްލެންޑް ޔޫރޯއަށް ކޮލިފައިވާނެއެވެ. ނޯވޭ އޮތީ ގްރޫޕްގެ ތިން ވަނައިގައެވެ, އެއްވަނައިގައި އޮތް ސްކޮޓްލެންޑާ ދެމެދު ފަސް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ދެވަނައިގައި އޮތީ ބުރާސްފަތި ދުވަހުގެރޭ ސްކޮޓްލެންޑް ބަލިކުރި ސްޕެއިންއެވެ. ސްޕެއިންއާ ނޯވޭއާ ދެމެދު އޮތީ ދެ ޕޮއިންޓްގެ ފަރަގެކެވެ. ބުރާސްފަތި ދުވަހު ސްޕެއިން އަތުން ޕޮއިންޓެއް ހޯދައިގެން އަމިއްލަ ބާރުގައި ކޮލިފައިވުމުގެ ފުރުޞަތު ސްކޮޓްލެންޑަށް އެބައޮތެވެ. މިގްރޫޕްގެ ފުލުގައި ސައިޕްރަސް އޮތީ ޕޮއިންޓެއް ނުލިބިއެވެ.

ޔޫރޯ ކޮލިފައިންގއާލިން ބްރައުޓް ހާލަންޑްނޯވޭ

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
12 ޖުލައި 2025

ނޯވޭ އަށް، 2.6 ބިލިއަން ޑޮލަރުގެ ހެލިކޮޕްޓަރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި

12 ޖުލައި 2025
ނޯވޭ އަށް، 2.6 ބިލިއަން ޑޮލަރުގެ ހެލިކޮޕްޓަރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި
27 އޮކްޓޯބަރު 2024

ހާލަންޑުގެ ލަނޑުން މޮޅުވެ ސިޓީ އެއް ވަނަ އަށް

27 އޮކްޓޯބަރު 2024
ހާލަންޑުގެ ލަނޑުން މޮޅުވެ ސިޓީ އެއް ވަނަ އަށް
01 ސެޕްޓެމްބަރު 2024

ހާލަންޑްގެ ހެޓްރިކާ އެކު މޮޅުވެ ސިޓީ އެއް ވަނައިގައި

01 ސެޕްޓެމްބަރު 2024
ހާލަންޑްގެ ހެޓްރިކާ އެކު މޮޅުވެ ސިޓީ އެއް ވަނައިގައި
22 މެއި 2024

ނޯވޭ، އަޔަލޭންޑް އަދި ސްޕެއިން އިން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފި

22 މެއި 2024
ނޯވޭ، އަޔަލޭންޑް އަދި ސްޕެއިން އިން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު