Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ނޭޝަންސް ލީގު

ނޯވޭ ބަލިކޮށް ސާބިއާ އެއްވަނައަށް

ސާބިއާ އިން ނޯވޭ ބަލިކުރީ 0-2 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ސެޕްޓެމްބަރު 2022 | ބުދަ 04:14
ނޯވޭ އާއި ސާބިއާ ކުޅުނު މެޗުގެ ތެރެއިން

ނޯވޭ އާއި ސާބިއާ ކުޅުނު މެޗުގެ ތެރެއިން

ޔުއެފާ ނޭޝަންސް ލީގުގައި ނޯވޭ ބަލިކޮށް، ސާބިއާ އިން ގްރޫޕް ޑީގެ އެއް ވަނަ އަށް ޖެހިލައިފިއެވެ.

މި މެޗަށް ނުކުތްއިރު ދެ ޓީމަށް ވެސް ލިބެނީ ކުޅުނު ފަސް މެޗުން 10 ޕޮއިންޓެވެ. އެހެންކަމުން ގްރޫޕްގެ އެއް ވަނަ ހޯދުމަށް މި މެޗުވީ ދެ ޓީމަށް ވެސް ވަރަށް މުހިންމު މެޗަކަށެވެ.

ސާބިއާ އިން ނޯވޭ ބަލިކުރީ 0-2 އިންނެވެ. މެޗުގައި ސާބިއާގެ ފުރަތަމަ ލަނޑު 42 ވަނަ މިނެޓުގައި ޖެހީ ޑޫސަން ވްލަހޮވިޗްއެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު ދެ ވަނަ ހާފުގެ 54 ވަނަ މިނެޓުގައި ޖެހީ އަލެކްސެންޑާ މިޓްރިވިޗްއެވެ.

މި ގްރޫޕްގައި ސްވެޑެން އާއި ސްލޮވީނިއާ ބައްދަލު ކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސްލޮވީނިއާ އިންނެވެ. އެއީ މެޗުގެ 28 ވަނަ މިނެޓުގައި ބެންޖަމިން ސެސްކޯ ޖަހައިދިން ލަނޑުންނެވެ. ސްވެޑެން އަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޖެހީ 42 ވަނަ މިނެޓުގައި އެމިލް ފޯސްބާގްއެވެ.

މި ގްރޫޕްގެ އެއް ވަނައިގައި ސާބިއާ އޮތީ ހަ މެޗުން 13 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި އޮތް ނޯވޭ އަށް ލިބެނީ ހަ މެޗުން 10 ޕޮއިންޓެވެ. ސްލޮވީނިއާ އަށް ހަ ޕޮއިންޓު ލިބޭ އިރު، ސްވެޑެން އަށް ލިބެނީ ހަތަރު ޕޮއިންޓެވެ.

ޔުއެފާ ނޭޝަންސް ލީގުނޯވޭސާބިއާ

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2025

ސާބިއާގެ ރައީސް ބޮސްނިޔާގައި "ސްނައިޕަރ ޓޫރިޒަމް" ހިންގި ކަމަށް ކުރާ ތުހުމަތު ދޮގުކުރައްވައިފި

22 ނޮވެމްބަރު 2025
ސާބިއާގެ ރައީސް ބޮސްނިޔާގައި "ސްނައިޕަރ ޓޫރިޒަމް" ހިންގި ކަމަށް ކުރާ ތުހުމަތު ދޮގުކުރައްވައިފި
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
12 ޖުލައި 2025

ނޯވޭ އަށް، 2.6 ބިލިއަން ޑޮލަރުގެ ހެލިކޮޕްޓަރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި

12 ޖުލައި 2025
ނޯވޭ އަށް، 2.6 ބިލިއަން ޑޮލަރުގެ ހެލިކޮޕްޓަރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި
29 ޖޫން 2025

ސަރުކާރާ ދެކޮޅަށް ސާބިއާ ގައި ހިނގަމުންދާ މުޒާހަރާ ތަކުގައި ހަމަ ނުޖެހުން ހިނގައިފި

29 ޖޫން 2025
ސަރުކާރާ ދެކޮޅަށް ސާބިއާ ގައި ހިނގަމުންދާ މުޒާހަރާ ތަކުގައި ހަމަ ނުޖެހުން ހިނގައިފި
05 ޖޫން 2025

ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް

05 ޖޫން 2025
ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު