Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހަކު މަރުވުން

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ލޯންޗުގައި ޑިއުޓީގައި ހުރި އޮފިސަރަކު ގެއްލިގެން ހޯދަނިކޮށް ފެނުނީ މޫދުއަޑީގައި މަރުވެފައި ވަނިކޮށް!

ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަނިކޮށް ގެއްލުނު ފުލުސް އޮފިސަރު، ހއ. އުލިގަމު އަހުމަދު އާސިފް (33އ) މޫދުގެ އަޑިން މަރުވެފައި ވަނިކޮށް ފެނިއްޖެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ތަހުގީގު ކުރަމުންދާއިރު، ނިޔާވި އޮފިސަރުގެ އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ މުއައްސަސާއިން ދަނީ ކުރަމުން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ޖޫން 2026 | ބުރާސްފަތި 05:54
ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ މަންޒަރެއް

ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ މަންޒަރެއް | މޯލްޑިވްސް ޕޮލިސް

ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުންދިޔަ ފުލުހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، މޫދު އަޑިން މަރުވެފައި ވަނިކޮށް ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވި ގޮތުގައި މި ހިތާމަވެރި ހާދިސާ ހިނގާފައި ވަނީ 2026 ޖޫން 11 ވީ ބުދަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އެގޮތުން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބޭނުންކުރި "ޕޮލިސް ލޯންޗް 57" ގައި ހަރަކާތްތެރިވި ފުލުހުންގެ ތެރެއިން އޮފިސަރަކު ގެއްލުނުކަން އެނގުމާއެކު، އެ ސަރަހައްދުގައި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ވަގުތުން ފަށާފައެވެ. އޭނާއަކީ އެވަގުތު ލޯންޗުގައި ޑިއުޓީގައި ހުރި އޮފިސަރެކެވެ. 

Advertisement - newsAdvertisement

މި އޮފިސަރު ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން އޭނާ ފެނިފައިވަނީ މޫދުގެ އަޑިންނެވެ. އޭނާ ފެނުމާއެކު ވަނީ އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. ނަމަވެސް، ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނީ، އޭނާ އެ ތަނަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ނިޔާވި އޮފިސަރުގެ އާއިލާއަށާއި، އޭނާއާއެކު މަސައްކަތްކުރި މުވައްޒަފުންނަށް ބޭނުންވާ ނަފްސާނީ އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން، މި އޮފިސަރު ހޯދުމުގެ މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަން ފުލުހުން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، އޮޕަރޭޝަންގެ ތެރެއިން ކަން ހިނގާދިޔަ ގޮތް ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. 

މައުލޫމާތު ލިބޭ ގޮތުގައި މަރުވެފައިވަނީ ހއ އުލިގަމު އަހުމަދު އާސިފް (33) އެވެ. އޭނާމަސައްކަތް ކުރަމުން ދިޔައީދި ދިވެހި ފުލުހުންގެ ޚިދުމަތުގައި ސީނިއަރ ސާޖެންޓެއްގެ ގޮތުގައެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުއަހުމަދު އާސިފްއއ. މަތިވެރިހއ. އުލިގަމު

އިތުރަށް ކިޔާލަން

10 ޖޫން 2026

ދަރިއަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ހައްޔަރު ކުރި ފުލުސް އޮފިސަރުގެ ވަނަވަރު ހާމަކޮށްފި

10 ޖޫން 2026
ދަރިއަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ހައްޔަރު ކުރި ފުލުސް އޮފިސަރުގެ ވަނަވަރު ހާމަކޮށްފި
07 ޖޫން 2026

ފުލުހުންގެ ޚިދުމަތުގެ ރަސްމީ ތަރުޖަމާނުގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢާރިފް އައްޔަންކުރައްވައިފި

07 ޖޫން 2026
ފުލުހުންގެ ޚިދުމަތުގެ ރަސްމީ ތަރުޖަމާނުގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢާރިފް  އައްޔަންކުރައްވައިފި
06 ޖޫން 2026

ފުލުހުންގެ ދުވަސްވީ އޮފިސަރަކު 16 އަހަރުގެ އަންހެން ދަރިއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު!

06 ޖޫން 2026
ފުލުހުންގެ ދުވަސްވީ އޮފިސަރަކު 16 އަހަރުގެ އަންހެން ދަރިއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު!
03 ޖޫން 2026

ފުލުހުންގެ އިންޓެލިޖެންސްގެ ނަން ބަދަލު ކުރި ގޮތް ގޯސް، ރާއްޖޭގެ ސަލާމަތީ އޮނިގަނޑާ މެދު ނުބައި ތަސައްވުރެއް އުފެދިދާނެ: ހަމީދު

03 ޖޫން 2026
ފުލުހުންގެ އިންޓެލިޖެންސްގެ ނަން ބަދަލު ކުރި ގޮތް ގޯސް، ރާއްޖޭގެ ސަލާމަތީ އޮނިގަނޑާ މެދު ނުބައި ތަސައްވުރެއް އުފެދިދާނެ: ހަމީދު
02 ޖޫން 2026

14 ކޮމާންޑު ލެވެލްއެއް ހިމަނައި، ފުލުހުންގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް!

02 ޖޫން 2026
14 ކޮމާންޑު ލެވެލްއެއް ހިމަނައި، ފުލުހުންގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު