Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޯލްޑް ކަޕް

ވޯލްޑް ކަޕްގައި ވީއޭއާރް ބޭނުންކުރުމުގައި ތާރީޚީ ނިންމުމެއް ފެނިގެންދިޔައިރު، ބެލުންތެރިންނަށް ބޮޑު ހައިރާން ކަމެއް!

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އެމެރިކާ އާއި ޕެރަގުއޭ ބައްދަލުކުރި މެޗު 4-1 އިން އެމެރިކާ ކާމިޔާބުކުރިއިރު، މި މެޗުގައި ވީއޭއާރް މެދުވެރިކޮށް ތާރީޚީ ނިންމުމެއް ވަނީ ފެނިފައި. އެގޮތުން ރެފްރީ ވަނީ އެމެރިކާގެ ކުޅުންތެރިއަކަށް ދެއްކި ރީނދޫ ކާޑު ބާތިލުކޮށް، ގަސްތުގައި ވެއްޓިގަތް ޕެރަގުއޭގެ ކުޅުންތެރިޔާއަށް ކާޑު ދައްކާފައި. މިއީ ކުޅުން އަލުން ފެށުމަށްފަހު ވީއޭއާރް ބޭނުންކޮށްގެން މިފަދަ ނިންމުމެއް ބަދަލުކުރި ފުރަތަމަ ފަހަރު.

ރާއްޖެ އެމްވީ | 13 ޖޫން 2026 | ހޮނިހިރު 10:44
ފޮޓޯގެ މެދުގައި ހުރި އުމުރުން 38 އަހަރުގެ ޓީމް ރީމް ވެފައިވަނީ ވޯލްޑް ކަޕްގެ މެޗެއްގައި އެމެރިކާގެ ގައުމީ ޓީމަށް ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާއަށް. އޭނާ ކުޅެމުންދަނީ ސެންޓަރ ބެކްގެ މަގާމަށް.

ފޮޓޯގެ މެދުގައި ހުރި އުމުރުން 38 އަހަރުގެ ޓީމް ރީމް ވެފައިވަނީ ވޯލްޑް ކަޕްގެ މެޗެއްގައި އެމެރިކާގެ ގައުމީ ޓީމަށް ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާއަށް. އޭނާ ކުޅެމުންދަނީ ސެންޓަރ ބެކްގެ މަގާމަށް. | ގެޓީ އިމޭޖަސް

ވޯލްޑް ކަޕްގައި އެމެރިކާ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް، އެ ޓީމުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ. ނަމަވެސް، މި މެޗުގެ ތެރެއިން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރުމުގައި ތާރީޚީ ނިންމުމެއް ފެނިގެންދިޔައިރު، ސޯފައި ސްޓޭޑިއަމްގައި ތިބި އެންމެން ތިބީ ވީގޮތް ނޭނގި ހައިރާންވެފައެވެ.

މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާ އާއި ޕެރަގުއޭ ބައްދަލުކުރި ގްރޫޕް 'ޑީ' ގެ މި މެޗުގައި އޮޅުންބޮޅުންތަކެއް އުފެދުނީ، 3-0 ގެ ނަތީޖާއަކުން އެމެރިކާ ކުރީގައި އޮއްވައެވެ.

އެމެރިކާގެ އުމުރުން 38 އަހަރުގެ ތަޖުރިބާކާރު ޑިފެންޑަރު ޓިމް ރީމް، ޕެރަގުއޭގެ މިގޭލް އަލްމިރޯންއަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރީނދޫ ކާޑެއް ދައްކައި، ޕެރަގުއޭއަށް ހިލޭ ޖެހުމެއް ދީފައެވެ.

އެ ހިލޭ ޖެހުން ފޮނުވާލި ފަހުން، ނެދަލެންޑްސްގެ ރެފްރީ ޑެނީ މަކެލީއަށް ވީއޭއާރްއިން އިރުޝާދު ދިނުމުން އޭނާ ވަނީ މޮނިޓަރު ބަލައި، ކުރިން ނިންމި ނިންމުން ބަދަލުކޮށްފައެވެ. މިއީ މީގެ ކުރިން ރެފްރީންނަށް ހުއްދަ އޮންނަ ކަމެއް ނޫނެވެ.

ރެފްރީ މަކެލީ ވަނީ ޓިމް ރީމްއަށް ދެއްކި ރީނދޫ ކާޑު ބާތިލުކުރުމަށްފަހު، ނިއުކާސަލް ޔުނައިޓެޑްގެ ކުރީގެ ފޯވާޑް އަލްމިރޯން ގަސްތުގައި ވެއްޓިގަތްކަން (ޑައިވް ކުރިކަން) ސާފުކޮށް އެނގެން އޮތުމުން އޭނާއަށް ރީނދޫ ކާޑު ދައްކާފައެވެ.

މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ވީއޭއާރް މެދުވެރިކޮށް ކުރީގެ ނިންމުން ބަދަލުކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް، މި ގަވާއިދު ބޭނުންކުރެވުނީ ގިނަ ބަޔަކު އުންމީދުކުރި ގޮތަކަށް ނޫނެވެ.

ފީފާއިން ވަނީ މި މުބާރާތަށް ގަވާއިދުތަކަށް ބައެއް ބަދަލުތައް ގެނެސްފައެވެ. މީގެ ތެރެއިން ކުޅުންތެރިން އޮޅުމުގެ މައްސަލައަށް ހާއްސަ ގަވާއިދެއް ހިމެނުމަށް އެދުނީ ރެފްރީންގެ ކޮމިޓީގެ އިސްވެރިޔާ ޕިއެރްލުއީޖީ ކޮލީނާއެވެ.

އަލަށް އެކުލަވާލި މި ގަވާއިދު ބުނާގޮތުން، ކުޅުންތެރިއަކަށް ރީނދޫ ކާޑެއް ނުވަތަ ރަތް ކާޑެއް ދައްކާފައިވަނިކޮށް، އެ ފައުލަކީ އަސްލު އިދިކޮޅު ޓީމުގެ ކުޅުންތެރިއަކު ކުރި ކަމެއްކަން އެނގިއްޖެނަމަ، އެ ނިންމުން ބަދަލުކުރުމުގެ އިޚުތިޔާރު ރެފްރީއަށް ލިބިގެންވެއެވެ.

މީގެ އިތުރުން، ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާ ހާލަތްތައް ވީއޭއާރްއިން ބެލޭނެ ގޮތަށް ގަވާއިދު ވަނީ ބަދަލުކޮށްފައެވެ. ނަމަވެސް، ފުރަތަމަ ރީނދޫ ކާޑު ރިވިއުއެއް ނުކުރެވޭނެއެވެ. ރެފްރީ މަކެލީއަށް މި ނިންމުން ބަދަލުކުރެވުނު ހަމައެކަނި ސަބަބަކީ، ކުޅުންތެރިޔާ އޮޅުމުގެ ގަވާއިދުގެ ދަށުން އެކަން ކުރަން ފުރުސަތު އޮތުމުންނެވެ.

މެޗުގެ އޮފިޝަލުން ވަނީ ކުޅުން އަލުން ފެށުމަށްފަހު މެޗު ހުއްޓުވާފައެވެ. އާންމުގޮތެއްގައި ކުޅުން އަލުން ފެށުމަށްފަހު ކުރީގެ ނިންމުމެއް ބަދަލުނުކުރެވޭތީ، މިކަމުގެ ސަބަބުން ސަޕޯޓަރުންގެ މެދުގައި ބޮޑު އޮޅުންބޮޅުމެއް އުފެދުނެވެ.

މިކަމާ ގުޅޭގޮތުން ބީބީސީ ސްޕޯޓްސްއާ ވާހަކަދައްކަމުން އެވަޓަން އަދި ވޭލްސްގެ ކުރީގެ ޑިފެންޑަރު އޭޝްލީ ވިލިއަމްސް ބުނީ، ހިލޭ ޖެހުން ޖަހަން ފުރުސަތު ދިނުމަށްފަހު ނިންމުން ބަދަލުކުރުމަކީ އާދަޔާ ހިލާފު ކަމެއް ނަމަވެސް، އެއީ ރަނގަޅު ނިންމުމެއް ކަމަށެވެ.

އޭނާ އިތުރަށް ބުނީ، މިފަދަ ކަމެއް ފެނުނު މިއީ ފުރަތަމަ ފަހަރު ކަމަށާއި، ނަމަވެސް އިންސާފުވެރިކޮށް ކަންކަން ނިންމުމަކީ މުހިންމު ކަމެއް ކަމަށެވެ.

ބީބީސީ ސްޕޯޓްސްގެ ކޮމެންޓޭޓަރު އަދި އިންގްލެންޑްގެ ކުރީގެ މިޑްފީލްޑަރު ޑެނީ މާފީ ބުނިގޮތުގައި، ގަސްތުގައި ވެއްޓިގަނެގެން އޮޅުވާލަން މަސައްކަތްކުރާ ކުޅުންތެރިންނަށް އަދަބު ލިބޭނެ ކޮންމެ ގަވާއިދަކީވެސް ފުޓްބޯޅައަށް ލިބޭ ކުރިއެރުމެކެވެ.

ޓޮޓެންހަމްގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅޭ އެމެރިކާ ޓީމުން މި މެޗު ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މި ކާމިޔާބީއާއެކު އަމިއްލަ ގައުމުގެ ސަޕޯޓަރުންގެ ކުރިމަތީގައި އެމެރިކާއިން ވަނީ އުފާވެރި ފެށުމެއް ހޯދާފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު އެމެރިކާ އޮތީ 3-0 އިން ކުރީގައެވެ. މިއީ ޕެރަގުއޭގެ ދަމިއަން ބޮބަޑިލާ އަތުން ބައިކޮޅަށް ވަން ލަނޑަކާއި، ފޮލަރިން ބެލޮގުން ކާމިޔާބުކުރި ދެ ލަނޑުން ހޯދި ކުރިއެރުމެކެވެ.

މި ދެ ލަނޑާއެކު ބެލޮގުން ވެފައިވަނީ ވޯލްޑް ކަޕް މެޗެއްގައި އެއް ލަނޑަށްވުރެ ގިނަ ލަނޑު ޖެހި އެމެރިކާގެ ދެވަނަ ކުޅުންތެރިޔާއަށެވެ.

ބްރެޒިލަށް އުފަން މައުރީސިއޯ ޕެރަގުއޭއަށް ލަނޑެއް ޖަހައިދީ އުންމީދެއް ހޯދައިދިން ނަމަވެސް، މެޗުގެ އެންމެ ފަހު ވަގުތު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖިއޮވާނީ ރޭނާ ވަނީ ހިތްގައިމު ލަނޑެއް ޖަހާފައެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް އޮއްސާލައިގެންނެވެ.

ވޯލްޑް ކަޕްއެމެރިކާޕެރަގުއޭވީއޭއާރްޓިމް ރީމްމިގޭލް އަލްމިރޯންފުޓްބޯޅަވަރލްޑް ކަޕް 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމުން ބޭރުގައި ހުރި އެމެރިކާ އިން ޚަރަދު ކުރާ ނުރައްކާތެރި ބަޔޯލެބް ނެޓްވޯކެއްގެ މައުލޫމާތު ހާމަވެއްޖެ

ގައުމުން ބޭރުގައި ހުރި އެމެރިކާ އިން ޚަރަދު ކުރާ ނުރައްކާތެރި ބަޔޯލެބް ނެޓްވޯކެއްގެ މައުލޫމާތު ހާމަވެއްޖެ

13 ޖޫން 2026
އުރީދޫން ވޯލްޑް ކަޕް "ފުޓްބޯޅަ ފޯރި" އަށް ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް

އުރީދޫން ވޯލްޑް ކަޕް "ފުޓްބޯޅަ ފޯރި" އަށް ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް

12 ޖޫން 2026
މެސީ، މަރަޑޯނާ ނުވަތަ ޕެލޭ؟ ވޯލްޑް ކަޕްގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ މޮޅު 10 ލެޖެންޑުން

މެސީ، މަރަޑޯނާ ނުވަތަ ޕެލޭ؟ ވޯލްޑް ކަޕްގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ މޮޅު 10 ލެޖެންޑުން

11 ޖޫން 2026
ވޯލްޑް ކަޕް 2026: މެޗުތަކުގެ ތާވަލު، ގްރޫޕްތައް، ޓީމުތައް އަދި މެޗުތައް ފަށާ ގަޑިތައް

ވޯލްޑް ކަޕް 2026: މެޗުތަކުގެ ތާވަލު، ގްރޫޕްތައް، ޓީމުތައް އަދި މެޗުތައް ފަށާ ގަޑިތައް

11 ޖޫން 2026
2026 ވަނަ އަހަރުގެ ވޯލްޑް ކަޕް: މުބާރާތާ ގުޅޭ މުހިންމު ބައެއް މައުލޫމާތު

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް: މުބާރާތާ ގުޅޭ މުހިންމު ބައެއް މައުލޫމާތު

11 ޖޫން 2026

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު