Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޯޝަލް މީޑިއާ

އޮސްޓްރޭލިޔާ ގައި 16 އަހަރުން ދަށުގެ ކުދިންނަށް ޑިސެމްބަރު 10 ން ފެށިގެން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ވާނެ

21 ނޮވެމްބަރު 2025 | ހުކުރު 17:31

ޑިސެމްބަރު 10 ން ފެށިގެން އޮސްޓްރޭލިއާ ގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ވެގެން ދާއިރު، ދިރާސާތަކުން ދައްކާގޮތުން 10-15 އަހަރުގެ ކުދިންގެ ތެރެއިން ކޮންމެ 10 ކުދިންގެ ތެރެއިން 7 ކުދިން ގެއްލުންދޭ ކޮންޓެންޓާއި ސައިބަރ ބުލީއިންއާ ވަނީ ކުރިމަތި ވެފައި.

ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2025 | ހުކުރު 17:31
ބައެއް މަޝްހޫރު އޮންލައިން ސޯޝަލް މީޑިއާ އަދި ސޯޝަލް ނެޓްވޯކިން ސައިޓްތަކުގެ ލޯގޯ ހިމެނޭ ފޮޓޯ އެއް

ބައެއް މަޝްހޫރު އޮންލައިން ސޯޝަލް މީޑިއާ އަދި ސޯޝަލް ނެޓްވޯކިން ސައިޓްތަކުގެ ލޯގޯ ހިމެނޭ ފޮޓޯ އެއް

ޑިސެމްބަރު 10 ން ފެށިގެން، އޮސްޓްރޭލިއާ ގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާ ވާނެ އެވެ.

އެއާއެކު އެ ތާރީޚުން ފެށިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެކައުންޓް ނުހެދޭނެ ގޮތަށާއި މިހާރު ހުރި އެކައުންޓްތައް ބަންދުކުރުމަށް ނުވަތަ ނައްތާލުމަށް ސޯޝަލް މީޑިއާ ކުންފުނިތަކުން "ފިޔަވަޅުތައް" އަޅަންޖެހޭނެ އެވެ.

ގިނަ މައިންބަފައިން ގެ މެދުގައި މަޤްބޫލު އަދި ދުނިޔޭގެ ފުރަތަމަ މިފަދަ ސިޔާސަތެއް ތަންފީޒު ކުރާ އޮސްޓްރޭލިއާ ގެ ސަރުކާރުން ބުނާގޮތުން މި ފިޔަވަޅު އެޅީ ކުދިންނަށް ސޯޝަލް މީޑިއާގެ ސަބަބުން ކުރިމަތިވެދާނެ "ޕްރެޝަރުތަކާއި ރިސްކްތައް" ކުޑަކުރުމަށް ކަމުގައެވެ.

މި އަހަރުގެ ކުރީކޮޅު ސަރުކާރުން ކުރި ދިރާސާއަކުން ހާމަވި ގޮތުގައި 10 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންގެ 96 އިން ސައްތަ ސޯޝަލް މީޑިއާ ބޭނުންކުރެ އެވެ. އަދި ކޮންމެ 10 ކުދިންގެ ތެރެއިން 7 ކުދިން ވަނީ ގެއްލުން ހުރި ކޮންޓެންޓާއި އަމަލުތަކާ ކުރިމަތިލާފައިވާ ކަމަށެވެ. މީގެ ތެރޭގައި އަމިއްލަ ނަފްސަށް ގެއްލުން ދިނުމަށް ހިތްވަރުދޭ ކޮންޓެންޓް ހިމެނެއެވެ. 7 ކުދިންގެ ތެރެއިން 1 ކުއްޖަކު ބޮޑެތި މީހުންނާއި ނުވަތަ ބޮޑެތި ކުދިންގެ ފަރާތުން ގްރޫމިންގ ގެ އަމަލުތަކާ ކުރިމަތިލާފައިވާ ކަމަށް ރިޕޯޓްކޮށްފައި ވުމުގެ އިތުރުން، ސައިބަރ ބުލީއިންގެ ޝިކާރައަކަށްވެފައިވާ ނިސްބަތުން ގިނަ ކުދިން ތިބި ކަމަށް ވެސް ބުނެފައި ވެއެވެ.

އޮސްޓްރޭލިއާ ސަރުކާރުން ވަނީ ކުޑަކުދިންނަށް މަނާ ކުރާ ދިހަ ޕްލެޓްފޯމެއްގެ ނަން ހާމަ ކޮށްފަ އެވެ: ފޭސްބުކް، އިންސްޓަގްރާމް، ސްނެޕްޗެޓް، ތްރެޑްސް، ޓިކްޓޮކް، އެކްސް، ޔޫޓިއުބް، ރެޑިޓް އަދި ސްޓްރީމިންގ ޕްލެޓްފޯމްތަކުގެ ތެރޭގައި ކިކް އަދި ޓްވިޗް ހިމެނެއެވެ. މީގެ އިތުރުން އޮންލައިން ގޭމިންގއަށް މި މަނާކުރުން ފުޅާކުރުމަށް ވެސް އަންނަނީ ސަރުކާރަށް ޕްރެޝަރ ކުރަމުންނެވެ.

އުސޫލު ހަމަޖެހިފައިވާ ގޮތުން މި މަނާކުރުމާ ޚިލާފުވުމުން ކުދިންނަށާއި މައިންބަފައިންނަށް އަދަބެއް ނުދެވޭނެއެވެ. އެއީ ސޯޝަލް މީޑިއާ ކުންފުނިތަކުން އެކަން ތަންފީޒު ކުރަން ޖެހޭނެއަތީ އާއި، ސީރިއަސް ނުވަތަ ތަކުރާރުކޮށް ޚިލާފުވުމުން އެކުންފުނިތައް 32 މިލިއަން އެމެރިކާ ޑޮލަރުން ޖުރިމަނާ ކުރެވޭ ގޮތައް އޮތުމުންނެވެ.

ސަރުކާރުން ބުނާގޮތުން މި ކުންފުނިތަކުން ކުދިން އެމީހުންގެ ޕްލެޓްފޯމްތަކުން ދުރުކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅަން ޖެހޭނެއެވެ. އަދި އުމުރު ޔަޤީންކުރުމުގެ ޓެކްނޮލޮޖީތައް ބޭނުން ކުރަން ޖެހޭނެއެވެ.

މިއާ އެކު ފޭސްބުކް، އިންސްޓަގްރާމް އަދި ތްރެޑްސް ގެ ވެރިފަރާތް މެޓާ އިން އިޢުލާން ކޮށްފައި ވަނީ ޑިސެމްބަރު 4 ން ފެށިގެން ޓީނޭޖް އެކައުންޓްތައް ބަންދުކުރަން ފަށާނެ ކަމަށެވެ. އެހެން ޕްލެޓްފޯމްތަކުން މި މަނާކުރުމާ އެއްގޮތަށް އަމަލުކުރާނެ ގޮތް މިހާތަނަށް ބުނެފައެއް ނުވެއެވެ.

އޮސްޓްރޭލިއާސޯޝަލް މީޑިއާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
30 ނޮވެމްބަރު 2025

ބޮޑު ވަޒީރު ކަމުގައި ހުންނަވައި ކައިވެނި ކުރެއްވި ފުރަތަމަ ބޭފުޅަކަށް އަލްބަނީސް

30 ނޮވެމްބަރު 2025
ބޮޑު ވަޒީރު ކަމުގައި ހުންނަވައި ކައިވެނި ކުރެއްވި ފުރަތަމަ ބޭފުޅަކަށް އަލްބަނީސް
27 ނޮވެމްބަރު 2025

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި
12 އޮކްޓޯބަރު 2025

މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

12 އޮކްޓޯބަރު 2025
މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ
06 އޮކްޓޯބަރު 2025

ފުލުހެއްގެ އަމިއްލަ މައުލޫމާތު ހާމަކޮށްފި ނަމަ "ހަރުކަށި" ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު!

06 އޮކްޓޯބަރު 2025
ފުލުހެއްގެ އަމިއްލަ މައުލޫމާތު ހާމަކޮށްފި ނަމަ "ހަރުކަށި" ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު!
30 ސެޕްޓެމްބަރު 2025

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯ އަކީ އެޑިޓެއް، ސައްޔާރާގެ ތީމް ލަވަ މޯދީވެސް ކިޔާފަ އެބައިން: ޝިއުނާ

30 ސެޕްޓެމްބަރު 2025
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯ އަކީ އެޑިޓެއް، ސައްޔާރާގެ ތީމް ލަވަ މޯދީވެސް ކިޔާފަ އެބައިން: ޝިއުނާ
22 ސެޕްޓެމްބަރު 2025

މުއިއްޒު ބޭއެވެ. ތިޔަގޮތައް އަހަރެމެން ލައްވައި ގާނޫނާ ޚިލާފްވިޔަ ނުދޭށެވެ.

22 ސެޕްޓެމްބަރު 2025
މުއިއްޒު ބޭއެވެ. ތިޔަގޮތައް އަހަރެމެން ލައްވައި ގާނޫނާ ޚިލާފްވިޔަ ނުދޭށެވެ.
18 ސެޕްޓެމްބަރު 2025

"ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރި ކޮންމެ ސަރުކާރެއް، ރައްޔިތުންގެ ބާރުގަދަ އަޑުގެ ކުރިމަތީގައި ވަނީ ބަލިވެފަ"

18 ސެޕްޓެމްބަރު 2025
"ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރި ކޮންމެ ސަރުކާރެއް، ރައްޔިތުންގެ ބާރުގަދަ އަޑުގެ ކުރިމަތީގައި ވަނީ ބަލިވެފަ"
18 ސެޕްޓެމްބަރު 2025

މީޑިއާ ބިލު ތަސްދީގުކޮށް ރާއްޖޭގެ މިނިވަން މީޑިއާ އާއި ރައްޔިތުންނަށް ބަސް ބުނުމުގެ ހައްގު ކަފުންކޮށް ވަޅުލައިފި

18 ސެޕްޓެމްބަރު 2025
މީޑިއާ ބިލު ތަސްދީގުކޮށް ރާއްޖޭގެ މިނިވަން މީޑިއާ އާއި ރައްޔިތުންނަށް ބަސް ބުނުމުގެ ހައްގު ކަފުންކޮށް ވަޅުލައިފި
15 ސެޕްޓެމްބަރު 2025

ބިލު އިސްލާހު ކުރީ ހަރުކަށި އުސޫލުތަކާއި އެކު ސޯޝަލް މީޑިއާ ވެސް ކޮންޓްރޯލް ކުރެވޭގޮތަށް: ނޫސްވެރިން

15 ސެޕްޓެމްބަރު 2025
ބިލު އިސްލާހު ކުރީ ހަރުކަށި އުސޫލުތަކާއި އެކު ސޯޝަލް މީޑިއާ ވެސް ކޮންޓްރޯލް ކުރެވޭގޮތަށް: ނޫސްވެރިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް