Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އޮސްޓްރޭލިއާ

އޮސްޓްރޭލިއާގައި ސްނެޕްޗެޓް ބޭނުން ކުރާ ހަތަރު ލައްކަ އަށް ވުރެ ގިނަ އެކައުންޓު ބްލޮކު ކޮށްފި

އޮސްޓްރޭލިއާގެ އީސޭފްޓީ އޮންލައިން ރެގިއުލޭޓަރުން މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ހާމަ ކޮށްފައިވާ ގޮތުގައި، ޓެކްނޮލޮޖީ ކުންފުނި ތަކުން ހަތަރު މިލިއަން އެކައުންޓު ބްލޮކުކޮށް، ރަނގަޅު ނަތީޖާއެއް ނެރެފައިވާ ކަމަށް. އޭގެ ފަހުން ޖަނަވަރީ މަސް ނިމުމަކަށް އައިއިރު، އޮސްޓްރޭލިއާގައި ބްލޮކު ކޮށްފައިވާ ހަތަރު ލައްކަ ފަނަރަ ހާސް އެކައުންޓަކީ 16 އަހަރުން ދަށުގެ ކުދިންނަށް ނިސްބަތްވާ އެކައުންޓު ތަކެއް ކަމަށް ސްނެޕްޗެޓް އިން ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2026 | އަންގާރަ 04:48
ސްނެޕްޗެޓް، އެ ކުންފުނިން ވަނީ އޮސްޓްރޭލިއާގައި ހަތަރު ލައްކަ ފަނަރަ ހާހަށް ވުރެ ގިނަ އެކައުންޓު ބްލޮކު ކޮށްފައި

ސްނެޕްޗެޓް، އެ ކުންފުނިން ވަނީ އޮސްޓްރޭލިއާގައި ހަތަރު ލައްކަ ފަނަރަ ހާހަށް ވުރެ ގިނަ އެކައުންޓު ބްލޮކު ކޮށްފައި | އޭއެފްޕީ

އޮސްޓްރޭލިއާގައި ސްނެޕްޗެޓް ބޭނުން ކުރަމުން އަންނަ 415،000 (ހަތަރު ލައްކަ ފަނަރަ ހާސް) އެކައުންޓު ބްލޮކު ކޮށްފި އެވެ. 

ހޯމަ ދުވަހު ސްނެޕްޗެޓް ކުންފުނިން ބުނެފައި ވަނީ، އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާ ކުރުމުގެ ޤާނޫނުގެ ދަށުން އެކައުންޓުތައް ބްލޮކު ކޮށްފައިވާ ކަމަށެވެ. ނަމަވެސް، އުމުރު ޔަޤީން ކުރުމުގެ ޓެކްނޮލޮޖީ ހުރަސް ކުރުމަށް ފަހު، ބައެއް ކުދިން އަދިވެސް ސްނެޕްޗެޓް ބޭނުން ކޮށްފާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. 

ދުނިޔޭގައި ފުރަތަމަ ފަހަރަށް ތަންފީޒު ކުރާ މި ޤާނޫނަށް އިތުރު ރައްކާތެރި ކަމެއްގެ ގޮތުން، އެޕް ސްޓޯރު ތަކުން ބޭނުން ކުރާ މީހުންގެ އުމުރު ޗެކް ކުރުމަށް މަޖުބޫރު ކުރުމަށް އޮސްޓްރޭލިއާގެ ކަމާ ގުޅުން ހުރި ބެލެނިވެރި އިދާރާ ތަކަށް އެ ކުންފުނިން ވަނީ ގޮވާލައިފަ އެވެ. 

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ތަންފީޒު ކުރަން ފެށި މި ޤާނޫނުގެ ދަށުން ސްނެޕްޗެޓް، މެޓާ، ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ ޕްލެޓްފޯމް ތަކުން 16 އަހަރުން ދަށުގެ ކުދިންނަށް އެކައުންޓު ބޭނުން ކުރުމުގެ ފުރުސަތު ހުއްޓުވަން ޖެހެ އެވެ. މި ޤާނޫނާ އެއްގޮތަށް އަމަލު ކުރުމަށް އެކަށީގެންވާ ފިޔަވަޅު ނޭޅިއްޖެ ނަމަ، އެ ކުންފުންޏެއް 49.5 މިލިއަން އޮސްޓްރޭލިއަން ޑޮލަރު، ނުވަތަ 34 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރެވޭނެ އެވެ. 

އޮސްޓްރޭލިއާގެ އީސޭފްޓީ އޮންލައިން ރެގިއުލޭޓަރުން މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ހާމަ ކޮށްފައިވާ ގޮތުގައި، ޓެކްނޮލޮޖީ ކުންފުނި ތަކުން ހަތަރު މިލިއަން އެކައުންޓު ބްލޮކުކޮށް، ރަނގަޅު ނަތީޖާއެއް ނެރެފައިވާ ކަމަށެވެ. އޭގެ ފަހުން ޖަނަވަރީ މަސް ނިމުމަކަށް އައިއިރު، އޮސްޓްރޭލިއާގައި ބްލޮކު ކޮށްފައިވާ ހަތަރު ލައްކަ ފަނަރަ ހާސް އެކައުންޓަކީ 16 އަހަރުން ދަށުގެ ކުދިންނަށް ނިސްބަތްވާ އެކައުންޓު ތަކެއް ކަމަށް ސްނެޕްޗެޓް އިން ވަނީ ބުނެފަ އެވެ. 

ނަމަވެސް، ސްނެޕްޗެޓް އިން ބުނެފައި ވަނީ އެ ޤާނޫނުގައި ވަރަށް ބޮޑެތި ދޮރު ތަކެއް ހުޅުވިފައިވާ ކަަމަށެވެ. އުމުރު ލަފާ ކުރުމުގެ ޓެކްނޮލޮޖީ ދެ އަހަރު ނުވަތަ ތިންއަހަރުގެ ތަފާތެއް ހުރެެގެން ސައްހަވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެ ސަބަބުން 16 އަހަރުން ދަށުގެ ކުދިންނަށް ރައްކާތެރިކަން ކުޑަ ވެގެން ގޮސް ދާނެ ކަމުގެ ބިރު އޮތް ކަމަށް އެ ކުންފުނިން ވަނީ ފާހަގަ ކޮށްފަ އެވެ. 

އެޕް ސްޓޯރު ތަކުން ޑައުންލޯޑު ކުރުމުގެ ކުރިން، އެ ބޭނުން ކުރާ މީހުންގެ އުމުރު ޗެކް ކުރުމަށް އޮސްޓްރޭލިއާ އިން މަޖުބޫރު ކުރުމަށް މެޓާ ހިންގާ މާކް ޒަކަބާގް ގޮވާލާފައިވާއިރު، ސްނެޕްޗެޓް އިން ވެސް ވަނީ އެކަމަށް ތާއީދުކޮށް ގޮވާލައިފަ އެވެ. 

މަސްދަރު: އޭއެފްޕީ

އޮސްޓްރޭލިއާސްނެޕްޗެޓްސޯޝަލް މީޑިއާކުދިންނާ ސޯޝިއަލް މީޑިއާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އޮސްޓްރޭލިއާގެ ހުރިހާ ސްޓޭޓެއްގައި ތައުލީމު އުގެނުމުގެ ހައްގު ގާނޫނީގޮތުން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ރަނގަޅު ކުރަންޖެހޭ ކަމަށް ރާއްޖެ އިން ބުނެފި

އޮސްޓްރޭލިއާގެ ހުރިހާ ސްޓޭޓެއްގައި ތައުލީމު އުގެނުމުގެ ހައްގު ގާނޫނީގޮތުން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ރަނގަޅު ކުރަންޖެހޭ ކަމަށް ރާއްޖެ އިން ބުނެފި

27 ޖެނުއަރީ 2026
އޮސްޓްރޭލިއާގައި ބަޑިން ހަމަލާ ދީ ތިން މީހަކު މަރާލައިފި

އޮސްޓްރޭލިއާގައި ބަޑިން ހަމަލާ ދީ ތިން މީހަކު މަރާލައިފި

22 ޖެނުއަރީ 2026
މީލާދީ އައު އަހަރު 2026 ށް ދުނިޔެ މަރުހަބާ ކިޔައިފި

މީލާދީ އައު އަހަރު 2026 ށް ދުނިޔެ މަރުހަބާ ކިޔައިފި

31 ޑިސެމްބަރު 2025
ބޮންޑައި ބީޗުގެ ހަމަލާގައި އަނިޔާވި އަޙުމަދު ބުނީ، އޭނާ ބޭނުން ވަނީ މައުސޫމް މީހުން ސަލާމަތް ކުރަން ކަމަށް

ބޮންޑައި ބީޗުގެ ހަމަލާގައި އަނިޔާވި އަޙުމަދު ބުނީ، އޭނާ ބޭނުން ވަނީ މައުސޫމް މީހުން ސަލާމަތް ކުރަން ކަމަށް

30 ޑިސެމްބަރު 2025
ބޮންޑައި ބީޗުގެ ހަމަލާއާ ގުޅިގެން، ސަލާމަތީ އިދާރާތައް ރިވިއު ކުރުމަށް ބޮޑު ވަޒީރު އަންގަވައިފި

ބޮންޑައި ބީޗުގެ ހަމަލާއާ ގުޅިގެން، ސަލާމަތީ އިދާރާތައް ރިވިއު ކުރުމަށް ބޮޑު ވަޒީރު އަންގަވައިފި

21 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު