Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައުސިން މިނިސްޓްރީގެ ބަޔާން

މާރުކޭޓު ގޮޅިތަކާއި ގާޑިޔާތަކުގައި ބިދޭސީ ސޭޓުން ތިބެއްޖެ ނަަމަ، ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި ފިޔަވަޅު އަޅަނީ!

ހައުސިން މިނިސްޓްރީން މިކަން އިސްލާހު ކުރުމަށް ވަނީ ދެ ދުވަސް ދީފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 26 ސެޕްޓެމްބަރު 2017 | އަންގާރަ 13:48
މާލޭ މާރުކޭޓު ސަރަހައްދު

މާލޭ މާރުކޭޓު ސަރަހައްދު

މާލޭ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގައި ގިނަ އަދަދެއްގެ ބިދޭސީ ސޭޓުން ތިބޭތީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ފިޔަަވަޅު ވަޅާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހަައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ، މިހާރަކަށް އައިސް މާލޭ ލޯކަލް މާރުކޭޓު، ދަތުރުވެރިންގެ މާރުކޭޓު ގޮޅިތައް އަދި މާލެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ގާޑިޔާތަކުގައި ބިދޭސީ ސޭޓުން ތިބޭކަން ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މިކަމަކީ މިނިސްޓްރީން މީގެ ކުރިން އާންމުކޮށްފައިވާ " ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖޭއަށް ބިދޭސީން ގެނައުމުގެ ގަވައިދު"ގެ ދަށުން މަނާ ކަމެކެވެ.

މީގެ އިތުރުން މާލެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ގޮޅިތައް އަދި މާލެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ގާޑިޔާތަކުގެ ތެރެއިން ބައެއް ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ނުވަތަ އެ ނޫން ވެސް ބޭނުމަށް ދޫކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އަދި މިގޮތަށް އަމަލުކުރުމަކީ ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކާ އެކު ވެފައިވާ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ހައުސިން މިނިސްޓްރީން ވަނީ މިކަންކަން އިސްލާހުކުރުމަށް ގަޑިޔާތަކާއި މާރުކޭޓު ގޮޅިތަކުގައި ވިޔަފާރި ކުރާ ފަރާތްތަކަށް ދެ ދުވަސް ދީފަ އެވެ.

އޭގެ ފަހުން ވެސް އެފަދަ ކަމެއް ފާހަަގަކުރެވިއްޖެ ނަަމަ، މާރުކޭޓުތަކުގެ ގޮޅިތަކާއި ގާޑިޔާތައް ކުއްޔަށް ދިނުމާބެހޭ އުސޫލުގެ 14 ވަނަ މާއްދާގެ (ށ) އާއި 20 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

އެގޮތުން އުސޫލާ ހިލާފުވާ ފަރާތްތައް 5،000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ. އަދި ކުއްޔަށް ދޫކޮށްފައިވާ ފަރާތުގެ ކިބައިން ކުއްޔަށް ދޫކޮށްފައިވާ ތަން މިނިސްޓްރީން ނަގާނެ ކަމަށް ވެސް ވަނީ އަންގާފަ އެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2017

ތުހްމަތުކުރަނީ ބިދޭސީ މީހާ މަރާލީ ކަމަށް، ތިން މީހަކު ހައްޔަރުކޮށްފި

31 މާރިޗު 2017
ތުހްމަތުކުރަނީ ބިދޭސީ މީހާ މަރާލީ ކަމަށް، ތިން މީހަކު ހައްޔަރުކޮށްފި
30 މާރިޗު 2017

ލ. ފޮނަދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

30 މާރިޗު 2017
ލ. ފޮނަދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ
18 މާރިޗު 2017

ބިދޭސީއަކަށްޓަކައި ގާނޫނުއަސާސީ ބަދަލު ކުރުމަކީ އެންމެ ބޮޑު ޚިޔާނާތް: މައުމޫނު

18 މާރިޗު 2017
ބިދޭސީއަކަށްޓަކައި ގާނޫނުއަސާސީ ބަދަލު ކުރުމަކީ އެންމެ ބޮޑު ޚިޔާނާތް: މައުމޫނު
04 މާރިޗު 2017

ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ

04 މާރިޗު 2017
ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
18 ފެބުރުއަރީ 2017

ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

18 ފެބުރުއަރީ 2017
ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ
06 ފެބުރުއަރީ 2017

ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

06 ފެބުރުއަރީ 2017
ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު