Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކާބޯތަކެތި ލޭބަލްކުރުން

ގޯސްކޮށް ކާބޯތަކެތި ލޭބަލްކުރާނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭގޮތަށް ގަވާއިދު އާންމުކޮށްފި

10 ޖޫން 2026 | ބުދަ 10:13

ކާބޯތަކެތީގެ އަސްލު އޮޅޭގޮތަށް ލޭބަލްކުރުމާއި ފެންވަރު ދަށް ތަކެތީގައި ބަންދުކުރުން މަނާކުރާ އާ ގަވާއިދުގެ ދަށުން، އިހުމާލުވާ ފަރާތްތައް އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ޖިނާއީ ދައުވާ ކުރެވޭނެ. މި ގަވާއިދާ އެއްގޮތަށް ބާޒާރުގައި ހުރި ތަކެތި އިސްލާހުކުރުމަށް ވިޔަފާރިވެރިންނަށް ހަ މަސްދުވަހުގެ މުއްދަތެއް ދީފައިވާއިރު، ކާބޯތަކެތި ބަންދުކުރަން ޖެހޭނީ ހަމައެކަނި "ފުޑް ގްރޭޑަޑް" މެޓީރިއަލް ބޭނުންކޮށްގެން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ޖޫން 2026 | ބުދަ 10:13
ކާބޯތަކެތި ވިއްކާ ފިހާރައެއްގައި ކާބޯތަކެތީ އަޅާ ފުރާލާފައިވާ ޝޮޕިންގް ކާޓެއް.

ކާބޯތަކެތި ވިއްކާ ފިހާރައެއްގައި ކާބޯތަކެތީ އަޅާ ފުރާލާފައިވާ ޝޮޕިންގް ކާޓެއް. | އައިސްޓޮކް

ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގައި އަމަލުކުރަންޖެހޭ ހަރުކަށި އުސޫލުތަކެއް ހިމެނޭ "ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދު" އާންމުކޮށްފިއެވެ.

 މި ގަވާއިދުގެ ދަށުން، ކާބޯތަކެތީގެ އަސްލު އޮޅޭގޮތަށް ލޭބަލްކޮށްގެން ރާއްޖެއަށް ތަކެތި އެތެރެކުރުމާއި، އެފަދަ ތަކެތި ބަންދުކޮށް ގަނެވިއްކުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

Advertisement - newsAdvertisement

މި ގަވާއިދުގައިވާ ގޮތުން، ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގައި އިހުމާލުވެގެން މީހެއްގެ ސިއްޙަތަށް ނުރައްކާތެރި ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ މީހެއްގެ ފުރާނައަށް ނުރައްކާވާފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.

މީގެ އިތުރުން، އަސްލު އޮޅޭގޮތަށް ލޭބަލްކޮށްގެން ކާބޯތަކެތި ވިއްކައިފި ނަމަ 10،000 ރުފިޔާއާއި 750،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ކާބޯތަކެތި ބަންދުކުރަންޖެހޭ މިންގަނޑުތަކަށް ބަލާއިރު، ކޮންމެ އެއްޗެއްވެސް ބަންދުކުރަންވާނީ "ފުޑް ގްރޭޑަޑް" މެޓީރިއަލްއެއް ބޭނުންކޮށްގެންނެވެ. ވަކިން ހާއްސަކޮށް، އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލަން ތައްޔާރުކޮށްފައި ހުންނަ ޕެޓު ފުޅި ފަދަ ޕްލާސްޓިކު ފުޅިތަކަށް ކާބޯތަކެތި އަޅައި ބަންދުކުރުމަކީ މި ގަވާއިދުގެ ދަށުން މަނާކަމެކެވެ. މިފަދަ ބަންދުކުރުމުގެ މިންގަނޑުތަކާ ހިލާފުވާ ފަރާތްތައް 5،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މި އާ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ބަންދުކޮށް ލޭބަލްކޮށްފައިވާ ކާބޯތަކެތި، އާ މިންގަނޑުތަކަށް ފައްތަން ވިޔަފާރިވެރިންނަށް ހަ މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން، މިހާރު ބާޒާރުގައި ހުރި ތަކެތި މި މުއްދަތުގެ ތެރޭގައި ގަވާއިދާ އެއްގޮތަށް އިސްލާހުކުރަން ޖެހޭނެއެވެ.

ޖޫރިމަނާގެ އިތުރުން، މި ގަވާއިދުގައި މަނާކޮށްފައިވާ ކަމެއް ކުރުމަކީ ގާނޫނުލްއުގޫބާތުގެ ދަށުން ނުވަތަ ރާއްޖޭގެ އެހެން ގާނޫނެއްގެ ދަށުން ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކަމެއް ނަމަ، އެ ފަރާތެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމުގެ އިހުތިޔާރުވެސް ކަމާބެހޭ މުއައްސަސާތަކަށް ލިބިގެންވާ ކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދުޤާނޫނުލްޢުޤޫބާތުފުޑް ގްރޭޑަޑް މެޓީރިއަލް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 މެއި 2026

ޒިނޭގެ ތުހުމަތު ނޫން ގޮތަކަށް، އެ ވަށައިގެން އެހެން ގޮތްގޮތަށް ބުނެވޭ ބަހަކުން ގަޒުފެއް ނުކުރެވޭނެ: ޑރ. ޖަމީލް

22 މެއި 2026
ޒިނޭގެ ތުހުމަތު ނޫން ގޮތަކަށް، އެ ވަށައިގެން އެހެން ގޮތްގޮތަށް ބުނެވޭ ބަހަކުން ގަޒުފެއް ނުކުރެވޭނެ: ޑރ. ޖަމީލް
06 މެއި 2026

އައިޝާ ޑޮކިއުމެންޓްރީގެ ތަހުގީގަށް ހުރިހާ ވާހަކައެއް ކިޔައިދީ އެއްބާރުލުންދޭން އީޝާ ހުރީ ތައްޔާރަށް: ޝަމީމް

06 މެއި 2026
އައިޝާ ޑޮކިއުމެންޓްރީގެ ތަހުގީގަށް ހުރިހާ ވާހަކައެއް ކިޔައިދީ އެއްބާރުލުންދޭން އީޝާ ހުރީ ތައްޔާރަށް: ޝަމީމް
29 އެޕްރީލު 2026

އުމުރު ދުވަހު ޖަލުގަ އޮންނަން ޖެހުނަސް މަސްދަރު ހާމައެއް ނުކުރާނަން: ފިޔާޒް

29 އެޕްރީލު 2026
 އުމުރު ދުވަހު ޖަލުގަ އޮންނަން ޖެހުނަސް މަސްދަރު ހާމައެއް ނުކުރާނަން: ފިޔާޒް
05 ޖެނުއަރީ 2026

އެމްއެމްޕީއާރުސީގެ ފައިސާ ގޯނި އުފުއްލި ކަމަށް އިއުތިރާފުވެވަޑައިގެންނެވި މެމްބަރު މުހައްމަދު އިސްމާއިލް، އަތްފައި ބުރިކުރަން ޖެހޭ ކަމަށް ވިދާޅުވީ އެހެން މެންބަރުންގެ

05 ޖެނުއަރީ 2026
އެމްއެމްޕީއާރުސީގެ ފައިސާ ގޯނި އުފުއްލި ކަމަށް އިއުތިރާފުވެވަޑައިގެންނެވި މެމްބަރު މުހައްމަދު އިސްމާއިލް، އަތްފައި ބުރިކުރަން ޖެހޭ ކަމަށް ވިދާޅުވީ އެހެން މެންބަރުންގެ
05 ޖެނުއަރީ 2026

ރައީސް މުއިއްޒު މޫނަކަށް ކަނދުރާ އަކަށް ނުބައްލަވާ، ބައްލަވަނީ ވޮލެޓާ ބޭންކް ބެލެންސަށް: މެންބަރު ޒިޔާދު

05 ޖެނުއަރީ 2026
ރައީސް މުއިއްޒު މޫނަކަށް ކަނދުރާ އަކަށް ނުބައްލަވާ، ބައްލަވަނީ ވޮލެޓާ ބޭންކް ބެލެންސަށް: މެންބަރު ޒިޔާދު
04 ޖެނުއަރީ 2026

ޖުވާ ކުޅުމާއި ޖުވާކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅައިފި

04 ޖެނުއަރީ 2026
ޖުވާ ކުޅުމާއި ޖުވާކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅައިފި
12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
07 އޯގަސްޓު 2025

މީހުންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އެއްގަމު އުޅަނދު ދުއްވުން ކުށެއްގެ ގޮތުގައި ހިމަނަން ހުށަހެޅި ބިލަށް އާންމުންގެ ހިޔާލު ހޯދަނީ

07 އޯގަސްޓު 2025
މީހުންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އެއްގަމު އުޅަނދު ދުއްވުން ކުށެއްގެ ގޮތުގައި ހިމަނަން ހުށަހެޅި ބިލަށް އާންމުންގެ ހިޔާލު ހޯދަނީ
05 އޯގަސްޓު 2025

މީހުންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އެއްގަމު އުޅަނދު ދުއްވުން ކުށެއްގެ ގޮތުގައި ހިމަނަން ހުށަހެޅި ބިލް ބަލައިގަނެފި

05 އޯގަސްޓު 2025
މީހުންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އެއްގަމު އުޅަނދު ދުއްވުން ކުށެއްގެ ގޮތުގައި ހިމަނަން ހުށަހެޅި ބިލް ބަލައިގަނެފި
04 އޯގަސްޓު 2025

ނުރައްކާތެރިކޮށް ދުއްވުމާއި އަނިޔާއެއް ލިބިދާނެފަދަ ކަމެއް ކުރުމަކީ ކުށެއްގެ ގޮތުގައި ގާނޫނުގައި ކަނޑައަޅަނީ

04 އޯގަސްޓު 2025
ނުރައްކާތެރިކޮށް ދުއްވުމާއި އަނިޔާއެއް ލިބިދާނެފަދަ ކަމެއް ކުރުމަކީ ކުށެއްގެ ގޮތުގައި ގާނޫނުގައި ކަނޑައަޅަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް