Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް 20

ނުރައްކާތެރިކޮށް ދުއްވުމާއި އަނިޔާއެއް ލިބިދާނެފަދަ ކަމެއް ކުރުމަކީ ކުށެއްގެ ގޮތުގައި ގާނޫނުގައި ކަނޑައަޅަނީ

މަގުމަތީގެ ގަވައިދުތަކާއި ހިލާފަށް އުޅަނދު ދުއްވާ ފަރާތްތަކާމެދު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅޭނެ މަގު ތަނަވަސްކުރަންޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 އޯގަސްޓު 2025 | ހޯމަ 07:28
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

ނުރައްކާތެރިކޮށް ދުއްވުމާއި އަނިޔާއެއް ލިބިދާނެފަދަ ކަމެއް ކުރުމަކީ ކުށެއްގެ ގޮތުގައި ގާނޫނުލްއުގޫބާތުގައި ކަނޑައަޅަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހަޅުއްވައިފިއެވެ.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް ހުށަހަޅުއްވާފައިވާ އިސްލާހާއި ގުޅިގެން ފަހު ބަސް އިއްވަމުން މެންބަރު މީކާއިލް ވިދާޅުވީ ބިލު ހުށަހެޅުއްވީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 121 ވަނަ މާއްދާ މިހާރު އޮތްގޮތުން ފަރުވާލެއްނެތި ކުރާ އަމަލަކުން އަނިޔާއެއް ލިބިދާނެކަމުގެ އަމަލުތަކަކީ ކުށެއްކަމަށް ކަނޑައަޅާފައި އޮތްނަމަވެސް އެ މާއްދާގެ (ށ) އޮތް ގޮތުން މީހަކު މަރުވެދާނެ ނުވަތަ މީގެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމާ މެދު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ގޮތުގައި ބެލެވޭނެ ހާލަތްތަކުގެ ތެރޭގައި މަގުމަތީގެ ގަވާއިދުތަކާއި ހިލާފަށް އަދި މަގުމަތި ބޭނުންކުރާ ފަރާތްތަކުގެ ފުރާނައަށް ފަރުވާލެއް ނެތްގޮތަށް އިންޖީނުލީ އުޅަނދު ދުއްވުމާއި ބެހޭ ހާލަތު ހިމަނާފައި ނުވުމުގެ ސަބަބުން ބިރުވެރިކަން އުފެދޭގޮތަށް ނުވަތަ ނުރައްކާތެރިކޮށް އިންޖީނުލީ އުޅަނދު ދުއްވުމުން ކުރިމަތިވާ އެކްސިޑެންޓުތަކުގައި ޝާމިލުވާ ފަރާތްތަކާއި މެދު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އެކަށީގެންވާ ފިޔަވަޅު އެޅެން ނެތުމުން ދިމާވާ ގޮންޖެހުންތައް ހައްލުކުރުމެވެ. މީގެ އިތުރުން މަގުމަތީގެ ގަވާއިދުތަކާއި ހިލާފަށް އަދި ފަރުވާލެއް ނެތް ގޮތަށް އުޅަނދުފަހަރު ދުއްވުމުން ކުރިމަތިވާ އެކްސިޑެންޓްތަކުގައި އަނިޔާގެ ޝިކާރައަކަށްޗާ މީހުންނަށް އިންސާފު ނުލިބޭނެ ގޮތަށް އޮތް އޮތުން އިސްލާހުކުރުންވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް މެންބަރު މީކާއިލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ އާންމު މިންގަނޑުތަކާއި ހިލާފަށް އަދި ނުރައްކާތެރުކޮށް އުޅަނދު ދުއްވާ ފަރާތްތަކާއި މެދު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅުއެޅޭނޭ މަގުަފަހިކުރުމުގެ ގޮތުން ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވުމަކީ ވަކި ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް ގެންނަންޖެހެ އިސްލާހުތައް ގެނައުން ކަމަށް މެންބަރު މީކާއިލް ވިދާޅުވިއެވެ.

މެންބަރު މީކާއިލް ވިދާޅުވީ ބިލުގައި މައިގަނޑު 2 ކަމެއް ހިމަނާފައިވާނެ ކަމަށެވެ.

ފުރަތަމަ ކަމަކަށް ބިރުވެރިކަން އުފެދޭގޮތަށް މީހެއްގެ ފުރާނައަށް ގެއްލުމެއް ކުރިމަތިވެދާނެ ކަމާއިމެދު ފަރުވާލެއް ނެތްގޮތަށް އިންޖީނުލީ އެއްގަމު އުޅަނދުފަހަރު ދުއްވުމަކީ އެހެންމީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ގޮތަށް ނުވަތަ އޭނާ މަރުވެދާނެ ގޮތަށް ފަރުވާލެއް ނެތި ބިރު ކުރިމަތިވެދާނެ ގޮަތަށް ކުރާ އަމަލެއްގެ ގޮތުގައި، މި އިސްލާހުގެ ދަށުން ބަލާނެ. ދެވަނަ ކަމަކަށް ނުރައްކާތެރިކޮށް ވެހިކަލް ދުއްވުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް މާއްދާއެއް މި ބިލުން ތާރަފަކުރެވިގެން އެބަދޭ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

މެންބަރު މީކާއިލް ވިދާޅުވީ މިހާރު ގާނޫނު އޮތްގޮތުން ޝަރީއަތުގެ މަރުހަލާގައި ކުށް ސާބިތުކުރަން އުނދަގޫ ކަމަށެވެ. އެގޮތުން ކުރި ކުށަކާއި ގުޅިގެން މީހަކަށް އަނިޔާއެއް ނުލިބޭނަމަ ނުވަތަ މަރު ނުވާނަމަ ނުރައްކާތެރިކޮށް ދުއްވުން ކުށަކަށް ނުވާ ކަމަށެވެ. ނަމަވެސް ހުށަހަޅާފައިވާ އިސްލާހާއެކު މީހަކަށް އަނިޔާއެއް ލިބުނަސް ނުވަތަ ނުލިބުނަސް މީހުންގެ ފުރާނައަށް ނުރައްކާވާފަދަ ގޮތަކަށް އޯވަރޓޭކް ކުރުމާއި ސްޕީޑް ލިމިޓަށްވުރެ ބާރަށް ދުއްވުމަކީ ނުބައި މަގުތަކުން ދުއްވުމަކީ ކުށެއްގެ ގޮތުގައި ވަކި އަދަބެއްގެ ގޮތުގައި ބިލުން ކަނޑައެޅިގެންދާނެ ކަމަށެވެ.

މިކަމަށް ހައްލު އަންނާނީ ހަމައެކަނި ގާނޫނުން އަދަބު ކަނޑައެޅިގެން ނޫން. މިހާރުވެސް ގާނޫނު އޮތްގޮތުން ކުށުގެ އަދަބުގެ މަރުހަލާއަށް ދެވެން އޮންނަކަން ފާހަގަކުރެވޭ. އެހެންނަމަވެސް ހޭލުންތެރިކަން އިތުރުކުރަން އެބަޖެހޭ. ލާމަރުކަޒީ ނިޒާމަށްވެސް އިސްލާހު އަންނަތަން އެބަފެނޭ. ކައުންސިލްތަކުގެ ބަޖެޓުންވެސް ކުރިއަށް އޮތްތަނުގައި ވަކި އިންސައްތައެއް ޓްރެފިކް ހޭލުންތެރިކުރުމަށް ހަމަޖައްސަން އެބަޖެހޭ. އަދަބު ދީގެން އެކަނި އިސްލާހުވާނަމަ މިކަން އޮންނާނީ އިސްލާހުވެފައި. އެހެންނަމަވެސް ތަންފީޒީ މަރުހަލާފައި މި ކަންކަން ހުއްޓުވަން ތިބޭ ފުލުހުންގެ ދައުރު އިންތިހާއަށް ބޮޑުކަން ފާހަގަކުރަން.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

މެންބަރު މީކާއިލް ވަނީ ކޮމިޓީ މަރުހަލާފައި މަޝްވަރާ ހޯދާއިރު ހުރިހާ ކަމަކަށް ބަލައިގެން ރަނގަޅު މަސައްކަތެއް މަޖިލީހުން ކޮށްދެއްވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. މެންބަރު ވަނީ ކޮމިޓީ މަރުހަލާގައި ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކެއްގެ ޝާމިލުވުން ހިމެނޭހެން ބިލުގެ މަސައްކަތް ސިޔާސީ ނަަޒަރަކުން ނުބަލައި ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ.

މީކާއީލް އަހުމަދު ނަސީމްގަލޮޅު ދެކުނު ދާއިރާޤާނޫނުލްޢުޤޫބާތުނުރައްކާތެރި ދުއްވުންޖިނާއީ އަދުލުގެ ނިޒާމްއެއްގަމު ދަތުރުފަތުރު

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ އާއި މެދު ސުވާލުކުރުމުން މިނިސްޓަރ ސައީދުގެ ވާހަކަ "ޑިފެންސް" އަށް!

ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ އާއި މެދު ސުވާލުކުރުމުން މިނިސްޓަރ ސައީދުގެ ވާހަކަ "ޑިފެންސް" އަށް!

14 އޮކްޓޯބަރު 2025
އިންތިޚާބުތައް އެއްކޮށްލުމަކީ 2028 ގެ އިންތިޚާބު ވަގަށް ނެގުމަށް ރައީސް މުއިއްޒު ކުރާކަމެއް: މީކާއީލް

އިންތިޚާބުތައް އެއްކޮށްލުމަކީ 2028 ގެ އިންތިޚާބު ވަގަށް ނެގުމަށް ރައީސް މުއިއްޒު ކުރާކަމެއް: މީކާއީލް

08 އޮކްޓޯބަރު 2025
އަޅުގަނޑުމެން މި ނުކުންނަނީ މިހާރު ވެރިކަމުގައި ހުރި އަނިޔާވެރި ވަލިއްޔުލްއަމްރު އަޒުލުކުރަން: މީކާއީލް

އަޅުގަނޑުމެން މި ނުކުންނަނީ މިހާރު ވެރިކަމުގައި ހުރި އަނިޔާވެރި ވަލިއްޔުލްއަމްރު އަޒުލުކުރަން: މީކާއީލް

03 އޮކްޓޯބަރު 2025
މީޑިއާ ކޮންޓްރޯލްކުރާ ބިލަކީ ގާނޫނުއަސާސީއާ އެއްގޮތަށް އޮތް ބިލެއް ކަމަށް ފިލްޒާ ދެއްވިކަމަށް ބުނާ ލަފާ ވުޖޫދަކު ނެތް

މީޑިއާ ކޮންޓްރޯލްކުރާ ބިލަކީ ގާނޫނުއަސާސީއާ އެއްގޮތަށް އޮތް ބިލެއް ކަމަށް ފިލްޒާ ދެއްވިކަމަށް ބުނާ ލަފާ ވުޖޫދަކު ނެތް

17 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު