Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަހުމޫދުގެ މަރު

މަހުމޫދުގެ ޤާތިލު ޝާ އަލޮމްއަށް ކުރި މަރުގެ ޙުކުމް ސުޕްރީމް ކޯޓަށް

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލިކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ ޝާ އަލޮމް މިއާގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ހައިކޯޓުން ދަމަހައްޓާފައިވަނީ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން. މި މައްސަލައިގައި ހައިކޯޓުގެ ބައެއް ފަނޑިޔާރުންގެ މެދުގައި އިޖުރާއީ ގޮތުން ރައުޔު ތަފާތުވި ނަމަވެސް، އޭނާގެ އިއުތިރާފާއި ހެކިތަކަށް ބަލާއިރު ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފައި. މަހުމޫދު މަރާލީ ފައިސާގެ ދަހިވެތިކަމުގައިކަން އޭނާގެ އިއުތިރާފުން އެނގެން އޮތްއިރު، މިއީ އޭނާ ހަތަރު ފަހަރެއްގެ މަތިން ވެފައިވާ ސައްޙަ އިއުތިރާފެއްކަމަށް ވެސް ހުކުމުގައި ފާހަގަކޮށްފައިވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 މެއި 2026 | އަންގާރަ 12:13
ދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލަ

ދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލަ | ރާއްޖެއެމްވީ

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގެ ދައުވާ ލިބޭ, ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާގެ ކިބައިން މަރަށް މަރު ހިފުމަށް ދަށު ކޯޓުން ކުރި ޙުކުމް ހައިކޯޓުން ދަމަހައްޓާފައިވާތީ، އެ ޙުކުމުގެ ސައްޙަކަން ކަށަވަރު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ. 

މަރުގެ މައްސަލަތަކުގައި މީހަކު މެރުމަށް ކުރާ ޙުކުމް ނިހާއީ ޙުކުމެއްކަން ކަށަވަރު ކުރުމަށް މަތީ މަރުޙަލާ ކޯޓުތަކަށް ހުށައަޅަން ޖެހެއެވެ. އެގޮތުން ދައުލަތުން އެކަން ކަށަވަރު ކުރުމަށް ސުޕްރީމް ކޯޓަށް މިވަނީ ހުށަހަޅާފައެވެ.

މި މައްސަލަ ހައިކޯޓުގައި ކުރިއަށްދިޔައިރު އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ތާއީދުކޮށް ޙުކުމްކޮށްފައިވަނީ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. އެގޮތުން  ޙުކުމް އިއްވަވަމުން ފަނޑިޔާރު ޙަސަން ޝަފީއު ވިދާޅުވީ، ޝާ އަލޮމްއަށް ލިބެންޖެހޭ ޙައްޤުތައް އޭނާއަށް ކިޔާދީފައިވާކަން އެނގެން ނެތް ކަމަށެވެ. އެގޮތުން އެ ޙައްޤުތައް ކަށަވަރުވިކަން ބަޔާންކުރުމަށް ސޮއި ކުރުވަންޖެހޭ ބަޔާނުގައިވެސް ސޮއި ކުރުވާފައިނުވާކަން ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ފަނޑިޔާރު ވަނީ އެކަންކަން އެހެން ހުރުމުން ޝާ އަލޮމްގެ އިއުތިރާފާމެދުވެސް ސުވާލު އުފެދޭކަމަށް ވިދާޅުވެފައެވެ. ފަނޑިޔާރު ވިދާޅުވީ، އިއުތިރާފެއް ހޯދުމުގެ ކުރިން އެމީހެއްގެ ދުސްތޫރީ ހައްޤުތައް ކަށަވަރު ކޮށްދިނުމަކީ ކުރަންޖެހޭކަމެއްކަމަށެވެ.

ފަނޑިޔާރު ޝަފީއު ވަނީ ޤާނޫނީ މަރުޙަލާތައް ފުރިހަމަ ކުރުމަށްފަހު އަލުން މައްސަލަ ނިންމެވުމަށް ދަށު ކޯޓަށް މައްސަލަ ތަހުވީލު ކުރެއްވުމަށް ފެނިލައްވާކަމަށް ވިދާޅުވެފައެވެ.

ދެން ރައުޔު އިއްވެވީ ފަނޑިޔާރު މުޙައްމަދު ނިޔާޒުއެވެ. ފަނޑިޔާރު ނިޔާޒު ވިދާޅުވީ، ދައުވާލިބޭ ފަރާތުގެ ވަކީލު މެދުވެރިކޮށްވެސް ދައުވާ ސާފުވިކަން ކަށަވަރު ކުރެވިދާނެ ކަމަށާއި، ސީދާ ޝާ އަލޮމްއާ ސުވާލު ކުުރުން ލާޒިމެއް ނޫން ކަމަށެވެ.

އެގޮތުން ބަލާއިރު، ދައުވާ ކުރެވުނު އަސްލު ކުށާއި، އޭގެ އަދަބު ސާފު ކޮށްދެވިފައިވާ ކަމަށާއި، އޭނާގެ މައްޗަށް ސާބިތުވެފައިވަނީވެސް އެ ކުށްކަމަށް ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ. އަދި ތަރުޖަމާނު މެދުވެރިކޮށް އޭނާއަށް ހައްގުތައް ކިޔާދެވިފައިވާކަންވެސް ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

އަދި އިޖުރާއަތުތައް އިސްފަސްވެގެން ޝާ އަލޮމްއަށް ލިބުނު ބޭއިންސާފެއް އޮތްކަމަށް ފެނިވަޑައިނުގަންނަވާކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު ނިޔާޒު ވިދާޅުވީ، މަހުމޫދު މަރާލި ގޮތް ޝާ އަލޮމް ކިޔާދީފައިވާ ކަމަށާއި، އެ ކަންކަމަށް ބަލާއިރު، ގަތުލު އަމްދުގެ ރުކުންތައް ސަރީހަކަމާއެކު ފެންނަން އޮތް ކަމަށެވެ. އެހެންކަމުން ފަނޑިޔާރު ނިޔާޒު ވަނީ ދަށު ކޯޓުން ޝާ އަލޮމް މެރުމަށް ކޮށްފައިވާ ޙުކުމް ދަމަހައްޓަންޖެހޭކަމަށް ދެކިލައްވާކަމަށް ވިދާޅުވެފައެވެ. އެ ރައުޔަށް ފަނޑިޔާރު ފާތިމަތު ފަރުހީޒާވެސް ވަނީ ތާއީދު ކުރައްވާފައެވެ.

ޝާ އަލޮމްގެ އިއުތިރާފުގައި ކިޔާދީފައިވާ ގޮތުގައި މަހުމޫދުގެ ނިއްކުރިމަތީގައި އަތުން ޖަހައި އޭނާ ވެއްޓުމުން ދެން ދަގަނޑު ގަނޑަކުން ޖެހީއެވެ. އަދި މަރުވިކަން ޔަޤީން ކުރުމަށް ވަޅިން ގައިގެ އެކި ތަންތަނަށް ހެރިކަމަށާއި އެއަށްފަހުވެސް ކޮޅު ތޫނުކޮށްފައިވާ ދަގަނޑު ގަނޑެއް މަހުމޫދުގެ ގަޔަށް ހަރައި، އެ ދަގަނޑު ގަނޑު ނުނެއްޓުމުން، މަހުމޫދުގެ ހަށިގަނޑުގެ މައްޗަށް އަރައި، އެ ދަގަނޑުގަނޑު ނައްޓާލިކަމަށް އޭނާ ކިޔާދީފައިވެއެވެ.

 އަދި ހަށިގަނޑު ފޮރުވުމަށްޓަކައި ވަޅަކަށް ލީކަންވެސް އޭނާ މަރާލި ގޮތް ކިޔާދެމުން ކިޔާދީފައިވެއެވެ. ޝާ އަލޮމް ކިޔާދިން ގޮތުގައި ފަހުން ދިން އަނިޔާތަކަކީ އެއީ އޭނާ މަރުވިކަން ޔަޤީންކޮށް، ނުތެދުވެވޭ ވަރު ކުރުމަށް ދިން އަނިޔާތަކެކެވެ.

އޭނާ އިއުތިރާފުވިއިރު މި ކުށުގެ އަދަބަކީ މަރުގެ އަދަބުކަން ބުނެދެވިފައިވާ ކަމަށާއި، އޭނާގެ އިއުތިރާފަކީ ސައްޙަ އިއުތިރާފެއްކަމަށް ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ. އެގޮތުން އެ ޙާދިސާ ހިނގި ވަގުތު އެތަނުން ދިޔަ ދެ އަންހެނަކަށް ވަނީ ޝާ އަލޮމް މީހެއްގެ ދެފައިގައި ހިފައިގެން ދަމާފައި ގެންދިޔަ މަންޒަރުވެސް ފެނިފައެވެ.

އަދި އޭނާ އިއުތިރާފުގައި ކިޔާދިން ގޮތަށް އެ އަނިޔާތައް މަހުމޫދުގެ ހަށިގަނޑުންވެސް ފެންނަން ހުއްޓެވެ.

އޭގެ އިތުރުން، އޭނާ މަހުމޫދު މަރާލީ އޭނާ ދަތިކޮށް އުޅެނިކޮށް އެއް ދުވަހު މަހުމޫދު އަތަށް މީހަކު ގިނަ އަަދަދެއްގެ ފައިސާ ދިން ތަން ފެނުމުން ކަމަށާއި، އެ ދުވަހު މަހުމޫދު އަތުން އެ ފައިސާ ހޯދުމަށް ނިޔަތް ގަތްކަމަށް އޭނާ ބުނެފައިވެއެވެ.

ހަތަރު ފަހަރެއްގެ މަތިން އޭނާ މި ކުށަށް އިއުތިރާފުވެފައިވެއެވެ.

މަހުމޫދު އަބޫބަކުރުޝާ އަލޮމް މިއާއދ. ދަނގެތިހައި ކޯޓުސުޕްރީމް ކޯޓުފަނޑިޔާރު ޙަސަން ޝަފީއު

އިތުރަށް ކިޔާލަން

26 މެއި 2026

ވޭވަށު ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް

26 މެއި 2026
ވޭވަށު ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް
25 މެއި 2026

ކޮރަޕްޝަންގެ މައްސަލަ ބެލުމަށް އޭސީސީ ފެއިލްވެއްޖެ: ޝަމީމްގެ ހުށަހެޅުމަކީ އޭސީސީ އުވާލައި، އެންމެ ކޮމިޝަނަރެއް ބެހެއްޓުން.

25 މެއި 2026
ކޮރަޕްޝަންގެ މައްސަލަ ބެލުމަށް އޭސީސީ ފެއިލްވެއްޖެ: ޝަމީމްގެ ހުށަހެޅުމަކީ އޭސީސީ އުވާލައި، އެންމެ ކޮމިޝަނަރެއް ބެހެއްޓުން.
24 މެއި 2026

ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ދޫކޮށްލުމަށް ގޮވާލާ އަޑު ސަރުކާރަށް ނީވެނީ މި ސަރުކާރަކީ ބީރު ސަރުކާރަކަށް ވީމަ: އަހުމަދު ޝާޒް

24 މެއި 2026
ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ދޫކޮށްލުމަށް ގޮވާލާ އަޑު ސަރުކާރަށް ނީވެނީ މި ސަރުކާރަކީ ބީރު ސަރުކާރަކަށް ވީމަ: އަހުމަދު ޝާޒް
24 މެއި 2026

ލީވާން އާއި ޝަހުޒާނަށް ކުރި ޙުކުމުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި

24 މެއި 2026
ލީވާން އާއި ޝަހުޒާނަށް ކުރި ޙުކުމުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި
19 މެއި 2026

ޚަރަދު ކުޑަކުރުމުގެ ބަހަނާއަށްފަހު އަނެއްކާވެސް އަތޮޅު އޮފީސް

19 މެއި 2026
ޚަރަދު ކުޑަކުރުމުގެ ބަހަނާއަށްފަހު އަނެއްކާވެސް އަތޮޅު އޮފީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު