Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލް - ހިޒްބުﷲ

އިޒްރޭލުގެ ޓާގެޓް ތަކަށް ހިޒްބުﷲ އިން ވަރުގަދަ ހަމަލާތަކެއް ދީފި

2 ޖޫން 2026 | އަންގާރަ 06:36

ލުބުނާނުގެ ދެކުނުގައި ހަރަކާތްތެރިވާ އިޒްރޭލުގެ ސިފައިންނާއި އަސްކަރީ އުޅަނދުތަކަށް އަމާޒުކޮށް ހިޒްބުالله އިން ވަރުގަދަ ހަމަލާތަކެއް ދީފި. މި ހަމަލާތަކުގައި ޑްރޯން، ރޮކެޓް އަދި ގައިޑެޑް މިސައިލް ބޭނުންކޮށްގެން އިޒްރޭލުގެ ތިން ޓޭންކަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އެ ޖަމާއަތުން ބުނޭ. މީގެ އިތުރުން ހަދާތާ އަދި ބަޔާދާ އަވަށުގައި ތިބި އިޒްރޭލު ސިފައިންނަށް އަމާޒުކޮށް އާޓިލަރީ ހަމަލާތައް ވެސް ވަނީ ފޮނުވާލާފައި.

ރާއްޖެ އެމްވީ | 2 ޖޫން 2026 | އަންގާރަ 06:36
އިޒްރޭލުގެ އުތުރު ބިތުގައި ހުރި މަގާމަކުން 2026 ވަނަ އަހަރުގެ މޭ މަހުގެ 7 ވަނަ ދުވަހު ފެންނަން ހުރި މަންޒަރުތަކަށް ބަލާއިރު، ލުބުނާނުގެ ދެކުނުގައި ސުންނާފަތިކޮށްލާފައިވާ އިމާރާތްތަކުގެ ކައިރިން އިޒްރޭލު ސިފައިންގެ އަސްކަރީ އުޅަނދެއް ދަތުރުކުރަނީ.

އިޒްރޭލުގެ އުތުރު ބިތުގައި ހުރި މަގާމަކުން 2026 ވަނަ އަހަރުގެ މޭ މަހުގެ 7 ވަނަ ދުވަހު ފެންނަން ހުރި މަންޒަރުތަކަށް ބަލާއިރު، ލުބުނާނުގެ ދެކުނުގައި ސުންނާފަތިކޮށްލާފައިވާ އިމާރާތްތަކުގެ ކައިރިން އިޒްރޭލު ސިފައިންގެ އަސްކަރީ އުޅަނދެއް ދަތުރުކުރަނީ. | އޭއެފްޕީ

އީރާނުގެ މަދަދުލިބޭ ހިޒްބުالله ޖަމާއަތުން "ހުރިހާ ހަމަލާތަކެއް ހުއްޓާލުމަށް" އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، ލުބުނާނުގެ ދެކުނުގައި ހުރި އިޒްރޭލުގެ އަމާޒުތަކަށް ހޯމަ ދުވަހުގެ ރޭ ދަންވަރު އެ ޖަމާއަތުން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

ހިޒްބުالله އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހަދާތާ އަވަށުގައި ހަރަކާތްތެރިވަމުންދިޔަ އިޒްރޭލުގެ މަކާވާ މަރުކާގެ ޓޭންކަކަށް ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށެވެ. މީގެ އިތުރުން އެ ސަރަހައްދުގައި ތިބި އިޒްރޭލުގެ ސިފައިންނަށް އަމާޒުކޮށް ގިނަ އަދަދެއްގެ ރޮކެޓާއި އާޓިލަރީ ހަމަލާތައް ދީފައިވާ ކަމަށާއި، އޭގެ ފަހުން އެ ސަރަހައްދުގައި އޮތް އިޒްރޭލުގެ އިތުރު ދެ ޓޭންކަކަށް ވެސް ހަމަލާދީފައިވާ ކަމަށް އެ ޖަމާއަތުން ބުނެފައިވެއެވެ.

މީގެ އިތުރުން ހިޒްބުالله އިން ނެރުނު ތިންވަނަ ބަޔާނެއްގައި ބުނެފައިވަނީ، ހޯމަ ދުވަހުގެ ރޭ ލުބުނާނު ގަޑިން ރޭގަނޑު 11:00 ގެ ފަހުން، ބަޔާދާ އަވަށުގައި އޮތް އިޒްރޭލުގެ މަކާވާ ޓޭންކަކަށް "ގައިޑެޑް މިސައިލް" ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށެވެ.

ހިޒްބުﷲއީރާންއިޒްރޭލްލުބުނާން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

02 ޖޫން 2026

ޓްރަމްޕް: އިޒްރޭލާއި ހިޒްބުﷲ ހަނގުރާމަ ހުއްޓާލަން އެއްބަސްވެއްޖެ

02 ޖޫން 2026
ޓްރަމްޕް: އިޒްރޭލާއި ހިޒްބުﷲ ހަނގުރާމަ ހުއްޓާލަން އެއްބަސްވެއްޖެ
01 ޖޫން 2026

އީރާންގެ ރައީސް ޕެޒެޝްކިއާން އިސްތިއުފާ ދެއްވި ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި

01 ޖޫން 2026
އީރާންގެ ރައީސް ޕެޒެޝްކިއާން އިސްތިއުފާ ދެއްވި ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި
30 މެއި 2026

ހަނގުރާމަ ނިންމުމަށް ސުލްޙަވެރި އޮނިގަނޑެއްގެ ތެރެއިން މަސައްކަތް ކުރަން އީރާން އޮތީ ތައްޔާރަށް: އީރާންގެ ރައީސް

30 މެއި 2026
ހަނގުރާމަ ނިންމުމަށް ސުލްޙަވެރި އޮނިގަނޑެއްގެ ތެރެއިން މަސައްކަތް ކުރަން އީރާން އޮތީ ތައްޔާރަށް: އީރާންގެ ރައީސް
30 މެއި 2026

އެމެރިކާ އިން އުސޫލު ތަކުގައި ނުހިފާއްޓާ ކަމަށް ބުނެ، އީރާންގެ ފާޑު ކިޔުން

30 މެއި 2026
އެމެރިކާ އިން އުސޫލު ތަކުގައި ނުހިފާއްޓާ ކަމަށް ބުނެ، އީރާންގެ ފާޑު ކިޔުން
29 މެއި 2026

ޣައްޒާގެ 70 އިންސައްތަ ސަރަހައްދު ހިފުމަށް ނަތަންޔާހޫ އަމުރުކުރައްވައިފި

29 މެއި 2026
ޣައްޒާގެ 70 އިންސައްތަ ސަރަހައްދު ހިފުމަށް ނަތަންޔާހޫ އަމުރުކުރައްވައިފި
28 މެއި 2026

ކުވެއިތަށް އަމާޒުވި މިސައިލް, ޑްރޯން ހަމަލާތައް ހުއްޓުވައިފި

28 މެއި 2026
ކުވެއިތަށް އަމާޒުވި މިސައިލް, ޑްރޯން ހަމަލާތައް ހުއްޓުވައިފި
27 މެއި 2026

އިރާން: އަސްކަރީ ހަނގުރާމައިން ބަލިވި ދުޝްމަނުން "ސޮފްޓް ވޯ" ގެ ޒަރީއާއިން ހަމަޖެހުން ނަގާލަން މަސައްކަތް ކުރަނީ

27 މެއި 2026
އިރާން: އަސްކަރީ ހަނގުރާމައިން ބަލިވި ދުޝްމަނުން "ސޮފްޓް ވޯ" ގެ ޒަރީއާއިން ހަމަޖެހުން ނަގާލަން މަސައްކަތް ކުރަނީ
27 މެއި 2026

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ނުވަނީސް އިޒްރޭލާއެކު ގުޅުން ބަދަހި ނުކުރާނެ ކަމަށް ސައުދީން ބުނެފި

27 މެއި 2026
ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ނުވަނީސް އިޒްރޭލާއެކު ގުޅުން ބަދަހި ނުކުރާނެ ކަމަށް ސައުދީން ބުނެފި
26 މެއި 2026

ބައިނަލްއަޤުވާމީ އިންޓަނެޓުގެ ޚިދުމަތް އަލުން ދިނުމަށް އީރާންގެ ރައީސް އަމުރު ކުރައްވައިފި

26 މެއި 2026
ބައިނަލްއަޤުވާމީ އިންޓަނެޓުގެ ޚިދުމަތް އަލުން ދިނުމަށް އީރާންގެ ރައީސް އަމުރު ކުރައްވައިފި
26 މެއި 2026

ނަތަންޔާހޫ އަށް ހޮސްޕިޓަލްގައި ފަރުވާ ދީފި

26 މެއި 2026
ނަތަންޔާހޫ އަށް ހޮސްޕިޓަލްގައި ފަރުވާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް