Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅުމާލެ ހޮސްޕިޓަލް

ހުޅުމާލޭ ހޮސްޕިޓަލްގައި ހައްޖުވެރިންނަށް ޚާއްސަ ފުލޫ ކްލިނިކެއް!

ހައްޖުގެ އަޅުކަމަށްފަހު އެނބުރި އަންނަ މީހުންގެ ތެރެއިން ރޯގާގެ އަލާމާތްތައް ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ހުޅުމާލެ ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއް ހުޅުވައި، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ޚިދުމަތް ދޭން ވަނީ ފަށާފައި. މީގެ އިތުރުން އައިޖީއެމްއެޗުން ވެސް ވަނީ ހައްޖުވެރިންނަށް ކިއުއަކާ ނުލައި އަވަސް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައި، ބަލިތަކުން ރައްކާތެރިވުމަށް މާސްކް އެޅުމަށާއި ސިއްހީ އިރުޝާދުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 7 ޖޫން 2026 | އާދީއްތަ 08:20
ހުޅުމާލެ ހޮސްޕިޓަލް. ކޮންމެ ދުވަހަކު ވެސް އެ ހޮސްޕިޓަލުން ގިނަ ބަޔަކު ޚިދުމަތް ހޯދާ.

ހުޅުމާލެ ހޮސްޕިޓަލް. ކޮންމެ ދުވަހަކު ވެސް އެ ހޮސްޕިޓަލުން ގިނަ ބަޔަކު ޚިދުމަތް ހޯދާ. | ރާއްޖެއެމްވީ

ހުޅުމާލޭ ހޮސްޕިޓަލްގައި ހައްޖުވެރިންނަށް ޚާއްސަ ފުލޫ ކްލިނިކެއް ގާއިމްކޮށްފި އެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ، ހައްޖުވެރިންނަށް ޚާއްސަ ފުލޫ ކްލިނިކެއް ގާއިމްކޮށްފައިވާ ކަމަށާއި، އެ ކްލިނިކުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެެއްގެ މެންދުރު 2:00ން ރޭގަނޑު 10:00ށް ޚިދުމަތް ލިބޭނެ ކަމަށެވެ. 

Advertisement - newsAdvertisement

އެ ހޮސްޕިޓަލުން ބުނީ، ހުންއައިސް ރޯގާގެ އަލާމަތްތައް ހުންނަ ފަރާތްތަކުން ހޮސްޕިޓަލުގެ މައި ދޮރާށިކައިރީގައި ބެހެއްޓިފައިވާ ސްކްރީން ޑެސްކަށް އައުމަށް އެދޭ ކަމަށެވެ. އަދި ކްލިނިކަށް އަންނައިރު، މާސްކް އެޅުމަށް ވެސް އެދިފައިވެ އެވެ. 

މީގެ އިތުރުން އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމުން އެބުރި އައުމަށްފަހު ހުން އައިސް ނުވަތަ ރޯގާގެ އެއްވެސް އަލާމަތެއް ހުރިނަމަ އަދި ސިއްހީ އެހީތެރިކަން ބޭނުންވާނަމަ ކުއްލި ފަރުވާދޭ ބައި، އީއާރް އަށް ގޮސް ޓްރަޔަޖް ޓޯކަން ނަންބަރަށް މަޑުނުކޮށް، ޓްރަޔަޖް ކައުންޓަރުގައި އިންނަ މުވައްޒަފަށް ރިޕޯޓު ކުރުަށް އެދޭ ކަމަށެވެ. 

އުމުރުން ދުވަސްވީ މީހުންނާއި، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި، ކުޑަ ކުދިންނާއި، މާބަނޑު މީހުން އަދި ދިފާއީ ނިޒާމު ބަލިކަށިި މީހުންނަށް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ. 

މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ދިވެހި ހައްޖުވެރިން ރާއްޖެ އަންނަން ފަށާފައިވާއިރު، ކޮންމެ އަހަރެއްގައި ވެސް ހައްޖު މޫސުމަށްފަހު ހުމާއި، އެކިއެކި ރޯގާތައް ފެތުރޭ މިންވަރު އިތުރުވެގެންދެ އެވެ. އެހެންކަމުން ހައްޖުގެ އަޅުކަމަށް ގޮސްފައި އަންނަ މީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމާއި، ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅޭ އިދާރާތަކުން އިލްތިމާސްކުރެ އެވެ. 

ހުޅުމާލެ ހޮސްޕިޓަލްއައިޖީއެމްއެޗްހައްޖުއަރިދަފުސް

އިތުރަށް ކިޔާލަން

06 ޖޫން 2026

ދިވެހި ހައްޖުވެރިން ރާއްޖެ އަންނަން ފަށައިފި

06 ޖޫން 2026
ދިވެހި ހައްޖުވެރިން ރާއްޖެ އަންނަން ފަށައިފި
06 ޖޫން 2026

އެމްބިއުލާންސްގެ ޚިދުމަތް ހޯދުމަށް ވެސް ރައްޔިތުން މިއަދު އުފުލަން ޖެހެނީ ތަކުލީފު!

06 ޖޫން 2026
އެމްބިއުލާންސްގެ ޚިދުމަތް ހޯދުމަށް ވެސް ރައްޔިތުން މިއަދު އުފުލަން ޖެހެނީ ތަކުލީފު!
04 ޖޫން 2026

ހައްޖުވެރިން އެނބުރި އަންނަން ފަށާނީ މާދަމާ، ހައްޖާޖީންނަށް ވެސް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ: އެޗްޕީއޭ

04 ޖޫން 2026
ހައްޖުވެރިން އެނބުރި އަންނަން ފަށާނީ މާދަމާ، ހައްޖާޖީންނަށް ވެސް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ: އެޗްޕީއޭ
01 ޖޫން 2026

ލޯންޗެއް އެކްސިޑެންޓްވެ ނުރައްކާތެރި ހާދިސާއެއް، ދެ މީހަކަށް ސީރިއަސް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެނީ

01 ޖޫން 2026
ލޯންޗެއް އެކްސިޑެންޓްވެ ނުރައްކާތެރި ހާދިސާއެއް، ދެ މީހަކަށް ސީރިއަސް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެނީ
29 މެއި 2026

1.7 މިލިއަން ހައްޖުވެރިން ހައްޖުގެ އަޅުކަން ފުރިހަމަކޮށްފި

29 މެއި 2026
1.7 މިލިއަން ހައްޖުވެރިން ހައްޖުގެ އަޅުކަން ފުރިހަމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު